މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގދ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:00 އިން 23:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,868 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 310 ވަނަ ޞަފްޙާ

މާލޭގެ ގެއެއްގައި 35 އަހަރުގެ މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެ

މާލޭގެ ގެއެއްގައި 35 އަހަރުގެ މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެ

މާލޭގެ ގެއެއްގައި ނިޔާވެފައި އޮތް 35 އަހަރުގެ މީހަކު ފެނިއްޖެ އެވެ. މީޑިއާތަކަށް މަޢުލޫމާތު ދެމުން ފުލުހުން ބުނީ ގަލޮޅުގައި ހުންނަ ގެއެއްގައި ޚަބަރު ހުސްވެފައި އޮތް މީހަކު އޮތްކަމުގެ ރިޕޯޓް މިއަދު ހަވީރު ފަހެއް ޖަހާކަށް ހާއިރު ލިބިފައިވާ ކަމަށެވެ. ނިޔާވެފައި އޮއްވާ ފެނުނީ މާލެއަށް ނިސްބަތްވާ ފިރިހެނެކެވެ. އެއީ ގ. ފޮރެސް ލައިޓް އަލީ ރަޝީދު އެވެ. އައިޖީއެމްއެޗާ ހަވާލާދީ ފުލުހުން ބުނީ އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ ނިޔާވެފައި ކަމަށެވެ. […]

އަލީ އާދިލް
އަންހެނެއްގެ ކަރުގައި އޮތް ފަށް ޖަހައިގަތް މީހާ ހައްޔަރުކޮށް ކޯޓުން 7 ދުވަހުގެ ބަންދަށް

އަންހެނެއްގެ ކަރުގައި އޮތް ފަށް ޖަހައިގަތް މީހާ ހައްޔަރުކޮށް ކޯޓުން 7 ދުވަހުގެ ބަންދަށް

މާލޭގެ އަލިކިލެގެފާނު މަގުގައި ސައިކަލް ދުއްވަމުން ދިޔަ އަންހެނެއްގެ ކަރުގައި އޮތް ފަށެއް ޖަހައިގަތް މައްސަލާގައި ހައްޔަރުކުރެވުނު މީހާ 7 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް މިއަދު ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ. މި މައްސަލާގައި އިއްޔެ ހައްޔަރުކުރެވުނީ ވިލިމާލޭ، ފިޔަބަރި، ހަސަން އިސާމް (30 އަހަރު) އެވެ. ފުލުހުން މިއަދު މަޢުލޫމާތު ދިންގޮތުގައި، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން، 7 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ. މި ހާދިސާ ހިނގާފަ...

އަލީ އާދިލް
ގޫގުލްއިން އައު "ވިސްނުންތޫނު" އޭއައި މޮޑެލްއެއް ތަޢާރަފުކޮށްފި

ގޫގުލްއިން އައު "ވިސްނުންތޫނު" އޭއައި މޮޑެލްއެއް ތަޢާރަފުކޮށްފި

ގޫގުލްއިން އެކުންފުނީގެ އައު އޭއައި މޮޑެލްއެއް ކަމަށްވާ ޖެމިނައި 2.0 ފްލޭޝް ތިންކިންގ އެކްސްޕެރިމެންޓަލް ތަޢާރަފުކޮށްފިއެވެ. މި މޮޑެލްއަކީ އަދި ތަޖުރިބާކުރެވެމުންދާ މަރުހަލާގައިވާ މޮޑެލްއެއް ކަމަށާއި، އަދި އިތުރަށް ރަނގަޅުކުރަންޖެހޭ ކަންތައްތަކެއް ހުރިކަމަށް ވަނީ ފާހަގަކުރެވިފައެވެ.   މި އައު މޮޑެލް ވަނީ ގޫގުލްގެ އޭއައި ޕްރޮޓޯޓައިޕިންގ ޕްލެޓްފޯމް ކަމަށްވާ އޭއައި ސްޓޫޑިއޯގައި ބޭނުންކުރެވެން ފަށާފައެވެ. މި މޮޑެލްގެ ސިފަތަކުގެ ތެރޭގައި ގިނަ ވަސީލަތްތަކުން މަޢުލޫމާތު ދެނެގަތުމާއި، ވިސްނުންތެރިކަމާއި...

އަޙްމަދު ދާއޫދު
މިނިވަން ތަހްގީގަކަށް ޖާގަ ދިނުމަށް އެޗްޑީސީގެ އެމްޑީއާއި ބޯޑު މެމްބަރުން ސަސްޕެންޑްކޮށްފި

މިނިވަން ތަހްގީގަކަށް ޖާގަ ދިނުމަށް އެޗްޑީސީގެ އެމްޑީއާއި ބޯޑު މެމްބަރުން ސަސްޕެންޑްކޮށްފި

ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ލިސްޓްގައި ނެތް ބަޔަކަށް ގޯތި ދީފައިވާކަމަށް ފެންމަތިވެފައިވާ މައްސަލައިގެ މިނިވަން ތަހްގީގަކަށް ޖާގަ ދިނުމަށް އެޗްޑީސީގެ ޗެއާމަން ފިޔަވައި، އެ ކުންފުނޯގެ އެމްޑީއާއި ބޯޑު މެމްބަރުން ތަހްގީގު ނިމެންދެން ސަސްޕެންޑްކޮށްފިއެވެ. އެކަން ހާމަކުރެއްވީ ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ހީނާ ވިދާޅުވެފައި ވަނީ، ފުލުހުން އިސްނަގައިގެން އެޗްޑީސީގައި ކުރިއަށްގެންދާ ޖިނާއީ ތަޙުޤީޤު މިނިވަންކަމާއެކު ބާރަށް ކުރިއަށް ގެންދިއުމަށް...

ޔުމްނާ ޢަލީ
ބްރިޖުގައި އެކްސިޑެންޓެއް ހިނގައި އަނިޔާވި މީހަކަށް ފަރުވާދެނީ

ބްރިޖުގައި އެކްސިޑެންޓެއް ހިނގައި އަނިޔާވި މީހަކަށް ފަރުވާދެނީ

ސިނަމާލެ ބްރިޖުގައި އެކްސިޑެންޓެއް ހިނގައި އަނިޔާވި މީހަކަށް ފަރުވާދޭންފަށައިފިއެވެ. ފުލުހުން ބުނިގޮތުގައި މި އެކްސިޑެންޓް ހިނގާފައި ވަނީ ސައިކަލެއް ދެ ކާރުގައި ޖެހިގެންނެވެ. މި އެކްސިޑެންޓްގައި މީހަކަށް އަނިޔާވެފައިވާއިރު، އޭނާ އަށް ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަކަމަށް ފުލުހުން ބުންޏެވެ. މި މައްސަލަ ފުލުހުން އަންނަނީ ތަހްގީގުކުރަމުންނެވެ.

ޔުމްނާ ޢަލީ
އަންނަ އަހަރު ދައުލަތުގެ ބަޖެޓުން ފައިސާ ދެނީ 5 ސިޔާސީ ޕާޓީއަކަށް

އަންނަ އަހަރު ދައުލަތުގެ ބަޖެޓުން ފައިސާ ދެނީ 5 ސިޔާސީ ޕާޓީއަކަށް

ސިޔާސީ ޕާޓީތަކުގެ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުން 5 ސިޔާސީ ޕާޓީއަކަށް ފައިސާ ދިނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ. ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގައި، ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރެވޭނީ 10،000 މެންބަރުން ހަމަވާ ޕާޓީތަކަށް އެކަންޏެވެ. މި ޝަރުތު ފުރިހަމަވާ 5 ޕާޓީއަކީ އެމްޑީޕީ، ޕީއެންސީ، އަދާލަތު ޕާޓީ، ޖުމްހޫރީ ޕާޓީ އަދި އެމްޑީއޭ އެވެ. ޤާނޫނުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، ސިޔާސީ ޕާޓީތައް ހިންގުމަށް ދައުލަތުގލަތުގެ ބަޖެޓ...

އަލީ އާދިލް
ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީން ގޯތި ދީފައިވާކަމަށް ތުހުމަތުވާ މައްސަލައެއް

ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީން ގޯތި ދީފައިވާކަމަށް ތުހުމަތުވާ މައްސަލައެއް

ސަރުކާރުން ހިންގާ ‘’ބިންވެރިޔާ ސްކީމް’’ގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ހައުސިން ޑިވެލޮޕްމަންޓް (އެޗްޑީސީ)ން ގޯތި ދީފައިވާކަމަށް ތުހުމަތުވާ މައްސަލައެއް ފުލުހުން ބަލަންފަށައިފިއެވެ. ފުލުހުން މިއަދު ބުނީ ބިންވެރިޔާ ސްކީމް ދަށުން ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީން ގޯތި ދީފައިވާކަމަށް ބެލެވޭ މައްސަލައެއް ފެންމަތިވެފައިވާ ކަމަށެވެ. އެހެންވެ އެ މައްސަލާގައި ޖިނާއީ ތަހުގީގެއް ފަށާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. މިފަދަ މައްސަލައެއްގެ ޖިނާއީ ތަހުގީގު ފެށިކަން ފުލުހުން ހާމަކުރިއިރު، ގޯތީގެ ރަޖިސްޓަރީ ފ...

ޔުމްނާ ޢަލީ
ވޭޕް ބޭނުންކޮށްގެން ހަތަރު މީހަކު ޖޫރިމަނާކޮށްފި

ވޭޕް ބޭނުންކޮށްގެން ހަތަރު މީހަކު ޖޫރިމަނާކޮށްފި

ރާއްޖޭގައި ވޭޕް ބޭނުންކުރުން މަނާކުރި ފަހުން، އެކަން ކުރި ހަތަރު މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން މިއަދު ހާމަކޮށްފިއެވެ. މިއީ ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނުގެ ދަށުން ވޭޕް ބޭނުންކުރުމުގެ ސަބަބުން ޖޫރިމަނާކުރެވުނު ފުރަތަމަ ފަހަރެވެ. މިދިޔަ އާދިއްތަ ދުވަހު އަމަލުކުރަން ފެށި މި ގާނޫނުގައިވާ ގޮތުން ވޭޕާއި އެފަދަ އުފެއްދުމެއް ބޭނުންކޮށްފި ނަމަ، 5،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. ފުލުހުން މިއަދު ހާމަކުރި ގޮތުގައި، އިއްޔެގެ ނިޔަލަށް މި ގާނޫނާ ހިލާފުވެގެން ހަތަރު […]

އަލީ އާދިލް
އައްމަޓީގެ ޕާސްޕޯޓް ދޫކޮށް, ބޭރަށް ދާން ހުއްދަ ދީފި

އައްމަޓީގެ ޕާސްޕޯޓް ދޫކޮށް, ބޭރަށް ދާން ހުއްދަ ދީފި

ސީލައިފްގެ މައްސަލާގައި ހިޔާނާތުގެ ދައުވާ ލިބޭ އަހުމަދު މޫސާ (އައްމަޓީ) ރާއްޖެއިން ބޭރަށް ދާން ހުއްދަ ދީފި އެވެ. ފްލެޓް އިމާރާތްކޮށްދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި ސީލައިފް ކުންފުނީގެ ވެރިޔާ އައްމަޓީގެ މައްޗަށް ކުރާ ހިޔާނާތުގެ ގިނަ ދައުވާތަކާ ގުޅިގެން އޭނާގެ ޕާސްޕޯޓް އޮތީ ހިފަހައްޓައިފަ އެވެ. ކްރިމިނަލް ކޯޓުން މިއަދު ބުނީ އައްމަޓީގެ ޕާސްޕޯޓް ވަގުތީ ގޮތުން ދޫކޮށްލަން އަމުރުކުރީ އެހެން މީހަކު ޖާމިނު ކުރުމަށް ފަހު ރާއްޖެއިން […]

ހުސައިން ހަބީބް
"ލެޓްސް ކޮފީ މޯލްޑިވްސް" އަށް ގެއްލުންދިން މައްސަލާގައި ދެ މީހަކު ހައްޔަރަށް

"ލެޓްސް ކޮފީ މޯލްޑިވްސް" އަށް ގެއްލުންދިން މައްސަލާގައި ދެ މީހަކު ހައްޔަރަށް

މާލޭގައި ހުންނަ “ލެޓްސް ކޮފީ މޯލްޑިވްސް” އަށް ގެއްލުންދިން މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ. 12 ޑިސެމްބަރު 2024 ގައި މާލޭ ހަވީރީ ހިނގުމުގައި ހުންނަ މި ކެފޭ އަށް ބަޔަކު ވަނީ ވަދެ ގެއްލުންދީފައެވެ. ފުލުހުން ބުނީ “ލެޓްސް ކޮފީ މޯލްޑިވްސް” އަށް ގެއްލުންދީ، ތޫނު ހަތިޔާރު ބޭނުންކޮށްގެން އެތަނުގެ މުވައްޒަފުންނަށް ބިރުދެއްކި މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އަހްމަދު ތައުފީޤް (31އ) ވައިލެޓްމާގެ/ގދ.ދެއްވަދޫ އަދި އަސަދުﷲ ޚާތިމް […]

ޔުމްނާ ޢަލީ
ދިރުވާލައިގެން ޑްރަގް އެތެރެކުރި މީހެއްގެ ޖަލު ހުކުމް ހައި ކޯޓުން ބާތިލްކޮށްފި

ދިރުވާލައިގެން ޑްރަގް އެތެރެކުރި މީހެއްގެ ޖަލު ހުކުމް ހައި ކޯޓުން ބާތިލްކޮށްފި

ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރި މީހަކު އުމުރަށް ޖަލަށްލާން ކުރި ހުކުމް ހައި ކޯޓުން ބާތިލްކޮށް, އެ މައްސަލަ އަނެއްކާވެސް ބަލަން އަންގައިފި އެވެ. މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރި ކަމުގެ ކުށް ސާބިތުވެ އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި އޮތީ ގއ. ވިލިނގިލީ، ތިންމާ، އަހުމަދު ޝާފިއުގެ މައްޗަށެވެ. އެއީ 2013 ވަނަ އަހަރު ސްރީ ލަންކާ އިން ރާއްޖެ އައިއިރު އޭނާ ދިރުވާލައިގެން ގެނައި 76 ގްރާމްގެ މަސްތުވާތަކެތީގެ މައްސަލައެއްގަ އެވެ. ކްރިމިނަލް ކޯޓުގެ […]

ހުސައިން ހަބީބް
ޖަނަވަރީ 2 ވާ ބުރާސްފަތި ދުވަސް ބަންދު

ޖަނަވަރީ 2 ވާ ބުރާސްފަތި ދުވަސް ބަންދު

2 ޖަނަވަރީ 2025 ވާ ބުރާސްފަތި ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ. މި ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވިކަން ހާމަކުރެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައެވެ. މީލާދީ އާ އަހަރު ފެށޭ ދުވަސް ކަމަށްވާ ޖަނަވަރީ 1 ވަނަ ދުވަހަކީ ސަރުކާރު ބަންދުވަހެކެވެ. ކަލަންޑަރުގައިވާގޮތުން 2025 ޖަނަވަރީ 1ވަނަ ދުވަސް ދިމާވަނީ ބުދަ ދުވަހަކާއެވެ. ކަލަންޑަރު ބުނާގޮތުން އެ ދުވަހާ ޖެހިގެން އަންނަ ދުވަސް ބުރާސްފަތި […]

ޔުމްނާ ޢަލީ
ލަމްހާ ދޫކޮށްލި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަނީ

ލަމްހާ ދޫކޮށްލި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަނީ

އައިޖީއެމްއެޗްގައި މަސައްކަތްކުރި ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި ދައުވާލިބޭ ހަލީމަތު ލަމްހާ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކުރި މައްސަލަ ނުބަލަން ހައި ކޯޓުން ނިންމުމުން އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމައިފި އެވެ. ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ އޮކްޓޫބަރު 2021 ގައި މަރާލި ކަމަށް ބުނެ އޭނާގެ ފިރިމީހާ މާވިން އެސްވައިގެ މައްޗަށް ދައުލަތުން ދައުވާ ކުރާއިރު، ލަމްހާގެ މައްޗަށް ކުރަނީ އެކަމުގައި ބައިވެރިވުމުގެ ދައުވާ އެވެ. އޭގެ […]

ހުސައިން ހަބީބް
އޮމަދޫ ރައްޔިތުންނަށް ރައީސްދެއްވީ އުންމީދުތަކުގައި ކުލަޖައްސައިދޭނެކަމުގެ ޔަޤީންކަން

އޮމަދޫ ރައްޔިތުންނަށް ރައީސްދެއްވީ އުންމީދުތަކުގައި ކުލަޖައްސައިދޭނެކަމުގެ ޔަޤީންކަން

އދ. އޮމަދޫ ރައްޔިތުން އެދޭގޮތަށް އެރަށުގެ ތަރައްޤީގެ ކަންކަން ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އެ ރަށުގެ ރައްޔިތުންނަށް ދެއްވައިފިއެވެ. ރައީސް މިހެން ވިދާޅުވީ، އަރިއަތޮޅު ދެކުނުބުރީގެ ބައެއް ރަށްރަށަށް އިއްޔެ އެމަނިކުފާނު ފެއްޓެވި ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު އޮމަދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި އޮމަދޫގެ ބަނދަރުގެ މައްސަލައަށް ޙައްލު ހޯއްދަވައިދެއްވުމަށް ރަށުގެ ރައްޔިތުންގެ ކަންބޮޑ...

ޔުމްނާ ޢަލީ
ލަމްހާ ބަންދުން ދޫކޮށްލި މައްސަލަ ހައި ކޯޓުން ބަލާކަށް ނުޖެހޭނެ: ފަނޑިޔާރުންގެ މަޖިލިސް

ލަމްހާ ބަންދުން ދޫކޮށްލި މައްސަލަ ހައި ކޯޓުން ބަލާކަށް ނުޖެހޭނެ: ފަނޑިޔާރުންގެ މަޖިލިސް

އައިޖީއެމްއެޗްގައި މަސައްކަތްކުރި މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި ދައުވާލިބޭ ހަލީމަތު ލަމްހާ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމި މައްސަލަ ނުބަލަން ހައި ކޯޓުގެ ރަޖިސްޓްރާ ނިންމި ނިންމުމަށް އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ވެސް ތާއީދުކޮށްފި އެވެ. އޮކްޓޫބަރު، 2021 ގައި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ މަރާލި ކަމަށް ބުނެ އޭނާގެ ފިރިމީހާ މާވިން އެސްވައިގެ މައްޗަށް ދައުލަތުން ދައުވާ ކުރާއިރު، ލަމްހާގެ މައްޗަށް ކުރަނީ އެކަމުގައި ބައިވެރިވުމުގެ ދައުވާ އެވެ. އޭގެ ތެރެއިން […]

ހުސައިން ހަބީބް