ވ. އާރަށް މައްސަލައިގައި ކުރީގެ ރައީސް، އަބްދުالله ޔާމީނަށް ކުރާ ހިޔާނާތުގެ ދައުވާތަކާ ގުޅިގެން ފަހުން ހުށަހެޅި އާ ހެކިތައް ބަލައިގަނެވޭނެ ކަމަށް ބުނެ ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގެ އަޑުއެހުންތައް އެ ކޯޓުން މިއަދު ނިންމާލައިފި އެވެ. ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގެ ތެރެއިން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑަ ކުރެއްވި ކަމަށް ސާބިތުވާ ކަމަށް ކަނޑައަޅައި 11 އަހަރުގެ ޖަލު ހުކުމެއް އެމަނިކުފާނުގެ މައްޗަށް […]
ހުސައިން ހަބީބް
1446 ވަނަ އަހަރު ދިވެހިރާއްޖޭގެ ރައްޔިތުންނަށް ސަޢޫދީ ޢަރަބިއްޔާއިން ހަދިޔާކުރެއްވި ކަދުރު ބަހަން ފަށައިފިއެވެ. މި އަހަރު ރާއްޖޭގެ ރައްޔިތުންނަށް ބެހުމަށް ސަޢުދީ ސަރުކާރުން ހަދިޔާކޮށްފައި ވަނީ 50 ޓަނުގެ ކަދުރެވެ. މި ކަދުރު މިދިޔަ ޑިސެމްބަރުމަހުގެ ތެރޭގައި ރާއްޖެ ގެނެސްފައިވާއިރު، މިއަދު ކަދުރު ބަހަންފަށާފައިވާކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ. އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބުނިގޮތުގައި ސިޓީތަކާއި އަތޮޅުތަކުގެ ރަށްރަށުގައި ކަދުރު ބަހާނީ މީހުން ދިރިއުޅޭ ގޭބިސީތަކުގ...
ޔުމްނާ ޢަލީ
މަކަރާއި ހީލަތުގެ މައްސަލައަކަށް ތުހުމަތުކުރެވިގެން މީހަކު ހޯދަން ދިވެހި ފުލުހުންގެ ޚިދުމަތުން އެމީހާގެ ފޮޓޯ އާންމުކޮށްފިއެވެ. އެމީހާގެ ފޮޓޯ އާންމުކުރަމުން، ފުލުހުން ބުނީ އެމީހާއަކީ މަކަރާއި ހީލަތުގެ މައްސަލައަކަށް ތުހުމަތުކުރެވިގެން ފުވައްމުލަކު ސިޓީ ޕޮލިހުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވާ މީހެއް ކަމަށެވެ. ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން އެމީހާއަކީ ކާކުކަން ދެނެގަނެވިފައިނުވާކަމަށާއި، އެހެންވެ އެމީހާ އަދި ދެނެގަނެވިފައިނުވާކަމަށް ފުލުހުން ބުންޏެވެ. އެހެނ...
ޔުމްނާ ޢަލީ
ސަރުކާރުގެ ބައެއް ވުޒާރާތަކަށް ގެންނެވި ބަދަލުތަކާއެކު އަލުން ޢައްޔަންކުރެއްވި ހަތަރު ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ. ރައީސް، ޑރ. މުޙައްމަދު މުޢިއްޒު، ސަރުކާރުގެ ބައެއް ވުޒާރާތަކަށް ބަދަލު ގެންނަވައި އެ ވުޒާރާތަކަށް ވަޒީރުން ޢައްޔަން ކުރެއްވީ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ. އެއަށްފަހު، ވަޒީރުންނަށް ރުހުން ހޯއްދެވުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވެވީ މިދިޔަ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ. ރައީސް ވަޒީރުންގެ މަޖިލީހަށް އަލަށް ގެންނެވި ބަދަލުތަކުގެ ދަށުން...
ޔުމްނާ ޢަލީ
ކ. ކާށިދޫ ބާ ހުކުރު މިސްކިތުގެ ތެރެއިން ފެނުނު އާސާރީ ތަނެއް ދިރާސާ ކުރުމުގެ މަސައްކަތް ފަށައިފިއެވެ. ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއި ތަރިކައާ ބެހޭ ވުޒާރާ ން މިއަދު ބުނީ ކ. ކާށިދޫ ބާ ހުކުރު މިސްކިތުގެ ތެރެއިން ފެނުނު އާސާރީ ތަނެއްގެ ތަރަހަ ދިރާސާ ކުރުމުގެ މަސައްކަތް ފަށައިގެން ކުރިއަށްދާ ކަމަށެވެ. މި ތަނަކީ 2020 ވަނަ އަހަރު ފެނިފައިވާ ތަނެކެވެ. ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ބުނިގޮތުގައި މި ހިނގާ 2025 ވަނަ […]
ޔުމްނާ ޢަލީ
މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ޚިޔާނާތުގެ މައްސަލަތަކާ ގުޅިގެން، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބުދުލްޣަފޫރު ހިމެނޭހެން ތިން މީހަކާއެކު ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް ހަދާފައިވާ އެއްބަސްވުންތައް، މިހާރުގެ ޕްރޮސެކިއުޓަރ ޖެނެރަލް ނިމުމަކަށް ގެނައުމާއި ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ. އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ބޮޑު މައްސަލައިގައި ބައެއް ފަރާތްތަކަށް ތ...
ޔުމްނާ ޢަލީ
ރާއްޖޭގެ ހައިކޯޓުގައި 11 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރެއްވި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ފަޟީލަތއްޝައިޙް ޝުޢައިބު ޙުސައިން ޒަކަރިއްޔާ މިއަދު އަވަހާރަވެއްޖެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޝުޢައިބް އަވަހާރަވީ އަލާސްކަންފުޅާ އުޅުއްވުމަށްފަހުގައެވެ. އަވަހާރަވީއިރު އުމުރުފުޅުން 55 އަހަރެވެ. ޝުޢައިބްގެ ޖަނާޒާ ބާއްވަން ހަމަޖެހިފައިވަނީ މާލޭ އާސަހަރާގައެވެ. ކަށުނަމާދުކުރުން އޮތީ މިރޭ 23:00ގައެވެ. ޝުޢައިބަކީ ހައިކޯޓުގެ ފަނޑިޔާރުކަމުގެ އިތުރުން، ރާއްޖޭގެ ޝަރުޢީ ދާއިރާގެ ގިނަ މަގާމުތަކެއް ވެސް އަ...
އަލީ އާދިލް
މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންގެ ޚިޔާނާތުގެ މައްސަލަތަކާ ގުޅިގެން ދައުލަތުން ހަތަރު ފަރާތަކާއެކު ހަދާފަައިވާ އެއްބަސްވުން ނިމުމަކަށް ގެނެސްފިއެވެ. ޕީޖީ އޮފީހުން މިއަދު ބުނީ ހަތަރު ފަރާތަކާއެކު އެ އޮފީހުން ހަދާފައިވާ އިމިޔުނިޓީ އަދި އެއްބާރުލުންދިނުމުގެ އެއްބަސްވުންތައް ނިމުމަކަށް ގެނައުމަށް 19 ޖަނަވަރީ 2025 ދުވަހު ޕްރޮސިކިއުޓަރ ޖެނެރަލް ވަނީ ނިންމަވާފައެވެ. އެ ފަރާތްތަކަކީ، ހ. ސާމަރާ،އަޙްމަދު އަދީބު ޢަބްދުލްޣަފޫރު މ. ލޭންޑް އޮފް ގާރޑެން،އަޙްމަދު އިޝްފާޙް ޢަލީ މ. ސެސް...
ޔުމްނާ ޢަލީ
ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅުނު ކަމަށް ތުހުމަތުކުރެވޭ ބިދޭސީއަކު ޑީޕޯޓްކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފިއެވެ. ފުލުހުން ބުނީ ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅުނު ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ބަންގްލަދޭޝް ރައްޔިތެއް ކަމުގައިވާ، މުޙައްމަދު އާރިފް މިއާ (31އ) އެ އިދާރާގެ ބެލުމުގެ ދަށަށް ގެންދިޔަކަމަށެވެ. އަދި އެމީހާ މިހާރު ވަނީ ޑީޕޯޓްކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފައިކަމަށް ވެސް ފުލުހުން ބުންޏެވެ. ފުލުހުން ވަނީ މި ޖަނަވަރީ މަހުގެ 17 ވަނަ ދުވަހުގެ ރޭ މާލޭގައި ހިންގި މި އޮޕަރޭޝަނެއ...
ޔުމްނާ ޢަލީ
ފެމިލީކޯޓުގައި ވޭތުވި 2024 އަހަރު ފެމިލީ 2485 ކައިވެނި އަދި 1326 ވަރީގެ މައްސަލަތައް ނިންމާފައިވާކަމަށް އެ ކޯޓުގެ ތަފާސް ހިސާބުން ދައްކައިފިއެވެ. ފެމިލީ ކޯޓުގެ 2024 ވަނަ އަހަރުގެ ތަފާސްހިސާބު ހިމެނޭ އުސްއަލިތައް އެ ކޯޓުން އިއްޔެ އާންމުކޮށްފައިވާއިރު، އެ ކޯޓުން ބުނެފައި ވާގޮތުގައި 2024 ވަނަ އަހަރު ކުރެވުނު މަސައްކަތާއި ދެވުނު ޚިދުމަތްތަކާމެދު އެ ކޯޓުން ހިތްހަމަ ޖެހެއެވެ. އެ ކޯޓުން ބުނީ، ފެމިލީ ކޯޓަކީ ހަމައެކަނި ކައިވެންޏާއި ވަރީގެ ކޯޓެއް ނޫންކަމަށެވެ. އަދި […]
ޔުމްނާ ޢަލީ
އަމީނީމަގު ތަރައްގީ ކުރުމުގެ އެއްބަސްވުމާއި ތަފްސީލުތައް ހާމަކުރަން ކޮމިޝަނަރުގެ އޮފީހުން އެންގީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން ވެސް މިއަދު ހުކުމްކޮށްފި އެވެ. އަމީނީމަގު ތަރައްގީ ކުރުމުގެ މަޝްރޫއު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކުރަން ކުރީގެ ސަރުކާރުން ހެދި އެއްބަސްވުމާއި އެ މަގުގެ ކުރެހުންތައް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެންގި މައްސަލަ ކުރީގެ ސަރުކާރުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން ވެސް 2023 ވަނަ އަހަރު ނިންމީ އެ މައުލޫމާތު ދޭން ޖެހޭނެ […]
ހުސައިން ހަބީބް
ދުނިޔޭގެ އެއްވެސް ހިސާބަކުން މީގެކުރިން ފެނިފައިވާކަމަށް ރެކޯޑް ކުރެވިފައިނުވާ މަހެއް ރާއްޖެއިން ފެނިއްޖެއެވެ. އެ މަހަށް ދީފައިވާ ދިވެހި ނަމަކީ ”ރަކި ބުރެކި” އެވެ. މެރީން ޖާނަލް ޖާނަލް މޯލްޑިވްސްއިން ބުނީ މި މަސް ފެނިފައިވަނީ ކަނޑުގެ އަޑިން އަލި ފަނޑުވާ ހިސާބުން ކަމަށެވެ. އަދި އެއީ 100 މީޓަރާއި 125 މީޓަރު ދެމެދު ފުނުން ކަމަށް ވެސް ބުނެފަވެއެވެ. މެރީން ޖާނަލް ޖާނަލް މޯލްޑިވްސް އިން ފާހަގަކޮށްފައިވާ ގޮތުގައި މި މަސް ފެނުނު ފުންމިނަކީ ތަފާތު […]
ޔުމްނާ ޢަލީ
ދިވެހި ސަރުކާރުން ކުރިއަށް ގެންދާ “އޮޕަރޭޝަން ކުރަނގި” މާލެ ސަރަހައްދުގައި އިތުރަށް ފުޅާކޮށްފިއެވެ. މި އޮޕަރޭޝަނަކީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ. ދާޚިލީ ވަޒީރު އަލީ އިހްސާން މިއަދު ވިދާޅުވި ގޮތުގައި މިހާތަނަށް މި އޮޕަރޭޝަންގެ ދަށުން 25,483 ބިދޭސީންގެ ބަޔޮމެޓްރިކް ޑޭޓާ ނަގާފައިވެއެވެ. މީގެ ތެރޭގައި 1,455 ބިދޭސީ މަސައްކަތްތެރިންގެ 10 އިނގިލީގެ ނިޝާނާއި ފޭޝަލް ރެކޮގްނިޝަނަށް ބޭނުންވާ ފޮޓޯ ނަގައި، ޑޭޓާބޭސް އަޕްޑޭޓް ކ...
ޔުމްނާ ޢަލީ
މާލޭގެ އާޓިފިޝަލް ބީޗު ސަރަހައްދުގައި މާރާމާރީ ހިންގި ބިދޭސީންތަކެއް ޑީޕޯޓްކޮށްލަން ނިންމާފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ. ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު މިއަދު ވިދާޅުވީ، އިއްޔެ އާޓިފިޝަލް ބީޗު ސަރަހައްދުގައި ބިދޭސީންތަކެއްގެ މެދުގައި ހިނގި މާރާމާރީއަކާއި ގުޅިގެން ފުލުހުން ވަނީ ތިން ބިދޭސީއަކު އިމިގްރޭޝަނާއި ހަވާލުކޮށްފައި ކަމަށެވެ. މި އެންމެން ވެސް ޑީޕޯޓުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށް ޝަމްޢާން ވިދާޅުވިއެވެ. ”އާންމު މަސްލަހަ...
ޔުމްނާ ޢަލީ
ފާޑުކިޔުމުގެ ނަމުގައި ދިވެހި ރައްޔިތުންނަށް ހަޖޫޖެހުމަކީ ދަށުދަރަޖައިގެ ޢަމަލެއް ކަމަށް ނައިބު ރައީސް ހުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ، ”މަގުމަތިން ސަރުކާރު ވައްޓާނުލާނެ ކަމަށް މުއިއްޒު ހީކޮށްގެން ނުވާނެ: އުމަރު” މި ސުރުޚީގެ ދަށުން އޮންލައިން ނޫހެއްގައި ޝާޢިއުކޮށްފައިވާ ޚަބަރެއް ހިއްސާކުރަށްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ނައިބު ރައީސް ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒަކީ އަބަދުވެސް ބިނާކުރަނިވި ފާޑުކިޔުމަށް ޖާގަދެއްވާ ބޭފުޅެއްކަމަށެވެ. އަދ...
ޔުމްނާ ޢަލީ