މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ

ރާއްޖެ

16,867 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 293 ވަނަ ޞަފްޙާ

ރައީސް ދެއްވީ އަނގޮޅިތީމުގެ ފެނާ ނަރުދަމާގެ މައްސަލަ ޙައްލުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން

ރައީސް ދެއްވީ އަނގޮޅިތީމުގެ ފެނާ ނަރުދަމާގެ މައްސަލަ ޙައްލުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން

ރ. އަނގޮޅިތީމުގެ ފެނާ ނަރުދަމާގެ މައްސަލަ ޙައްލުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. ރައީސް މި ޔަޤީންކަން ދެއްވީ، އެމަނިކުފާނު ރ.އަތޮޅުގެ 11 ރަށަކަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ރ. އަނގޮޅިތީމަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރަށްވާ ދެއްކެވި ވާހަކަފުޅުގައެވެ. އެރަށުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ ފާއިތުވި އަހަރު ގިނަ ކަންތައްތަކެއް ނުކުރެވުނީ އިޤްތިޞާދީ ދަތިތަކާ ހެދިކަން ފާހަގަކުރަށްވާފައެވެ. އަދި މިއަހަރު ބަޖެޓް ފާސްވެ، ގިނ...

ޔުމްނާ ޢަލީ
ސިއްހީ ޚިދުމަތްދޭތަންތަނަށް ބޭނުންވާނެ ކޮލިޓީ މެޝިނަރީޒްތައް ބަލްކްކޮށް ގެންނަނީ

ސިއްހީ ޚިދުމަތްދޭތަންތަނަށް ބޭނުންވާނެ ކޮލިޓީ މެޝިނަރީޒްތައް ބަލްކްކޮށް ގެންނަނީ

ހެލްތު ސެންޓަރތަކާއި ހޮސްޕިޓަލްތަކުގައި ހުންނަންޖެހޭ އެންމެ ކޮލިޓީ މެޝިނަރީޒްތައް ބަލްކްކޮށް ގެނެސް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ސިއްޚީ ޚިދުމަތްދޭ ސަރުކާރުގެ ތަންތަނުގައި ވެސް ބެހެއްޓުމަށް ނިންމާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިއަދު ރ.އަތޮޅުގެ 11 ރަށަކަށް ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅު އަނގޮޅިތީމަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރަށްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ރަށެއްގެ ތަރައްޤީއަށް ބޭނުންވާ ވަރަށް ގިނަ ކަންކަން ހުންނާނެކަމަށެވެ....

ޔުމްނާ ޢަލީ
ވަހީދު ހދ.އަތޮޅު ކައުންސިލުގެ ރައީސްކަމުގެ ހުވާކުރައްވައިފި

ވަހީދު ހދ.އަތޮޅު ކައުންސިލުގެ ރައީސްކަމުގެ ހުވާކުރައްވައިފި

ހދ. އަތޮޅު ކައުންސިލްގެ ރައީސްކަމަށް އަލަށް އިންތިހާބުވެވަޑައިގެންނެވި، މުހައްމަދު ވަހީދު މަގާމުގެ ހުވާކުރައްވައިފިއެވެ. މަގާމާއި ހުވާކުރެއްވުމަށް ފަހު މި ނޫހާއި ވާހަކަފުޅު ދައްކަމުން ވަހީދު ވިދާޅުވީ، އެންމެ އިސްކަމެއް ދެއްވާނީ މަގާމުގެ މައްސޫލިއްޔަތު ފުރިހަމައަށް އްދާކުރައްވަން ކަމަށެވެ. ހާއްސަކޮށް ސަރުކާރާއި ގުޅިގެން، ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދެއްވައިގެން އަތޮޅާއި ރައްޔިތުންނަށް ކުރިއެރުން ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވަހީދު ވިދާޅުވިއެވެ. ވަހީދު އިތުރަށް ވިދާޅުވ...

އިބްރާހިމް ޚަލީލް
އެފްއޭއެމްގެ ހިޔާނާތާ ގުޅިގެން އަމިން ކުންފުންޏަށް ދައުވާކޮށްފި

އެފްއޭއެމްގެ ހިޔާނާތާ ގުޅިގެން އަމިން ކުންފުންޏަށް ދައުވާކޮށްފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ފައިސާއަށް ބައްސާމް އަދީލް ޖަލީލް ހިޔާނަތްތެރިވެ, އަމިން އެވެނިއުގެ ފްލެޓްތަކެއް ގަތް މައްސަލާގައި އަމިން ކޮންސްޓްރަކްޝަނާއި އިތުރު ދެ މީހަކަށް ދައުލަތުން ދައުވާކޮށްފި އެވެ. އެފްއޭއެމްއަށް ފީފާއިން އިން ދިން ފައިސާތައް ބައްސާމާއި އެތަނުގެ އިސްވެރިންގެ އެކައުންޓްތަކަށް ޖަމާކޮށް, އެ ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު ބޭނުންކޮށްގެން އަމިން އެވެނިއުގެ ފްލެޓްތައް ބައްސާމް ގަތް މައްސަލާގައި ދައުލަތުން  ދައުވާކުރަން ކްރިމިނަލް ކޯޓަށް ފޮނުވީ އަމި...

ހުސައިން ހަބީބް
ރަސްގެތީމު ކައުންސިލް އިދާރާގެ އާ އިމާރާތް ހުޅުވައިފި

ރަސްގެތީމު ކައުންސިލް އިދާރާގެ އާ އިމާރާތް ހުޅުވައިފި

ރ. ރަސްގެތީމު ކައުންސިލް އިދާރާގެ އާ އިމާރާތް ހުޅުވައިފިއެވެ. މި އިމާރާތް ހުޅުއްވައިދެއްވީ ރައީސް ޑރ. މުހައްމަދު މުޢިއްޒު އެވެ. މި އިމާރާތަކީ، ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ޕީއެސްއައިޕީގެ ދަށުން އަޅާފައިވާ ތަނެކެވެ. ރައީސް މިހާރު ރ.އަތޮޅުގެ ބައެއް ރަށްތަކަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ރަސްގެ ތީމަށް ވަޑައިގެންފައިވާއިރު، އެރަށު ކައުންސިލް އިދާރާގެ އާ އިމާރާތް ހުޅުއްވައި ދެއްވުމާއެކު އެރަަށު ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ.) ކޮމިޓީއާ...

ޔުމްނާ ޢަލީ
ވާދޫ އަކީ އަމިއްލަ އިސްނެގުމާއެކު ގިނަ ކަންތައްތަކެއް ކުރަމުން އަންނަ ރަށެއް: ރައީސް 1 މިނިޓު

ވާދޫ އަކީ އަމިއްލަ އިސްނެގުމާއެކު ގިނަ ކަންތައްތަކެއް ކުރަމުން އަންނަ ރަށެއް: ރައީސް

ރ. ވާދޫއަކީ އަމިއްލައަށް އިސްނަންގަވައިގެން، ބިނާކުރަނިވި ވިސްނުމެއްގައި، ގިނަ ކަންތައްތަކެއް ކުރާ ރައްޔިތަކު ދިރިއުޅެމުންދާ ރަށެއްގެ ގޮތުގައި ރައީސް  ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ސިފަކުރަށްވައިފިއެވެ. އެމަނިކުފާނު މިއަދު ވަނީ ރ.އަތޮޅަށް ދަތުރެއް ފައްޓަވާފައެވެ. މި ދަތުރުފުޅުގެ ތެރެއިން ފުރަތަމަ ވަޑައިގަތީ ރ. ވާދޫއަށެވެ. ރައީސް މިއަދު ވާދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމު އެރަށް ސިފަކުރައްވާފައި ވަނީ، އަމިއްލައަށް އިސްނަންގަވައިގެން، ބިނާކު...

ޔުމްނާ ޢަލީ
ބައްސާމްގެ އެޕާޓްމެންޓްތައް އަތުލި މައްސަލަ ނުބަލަން ފަނޑިޔާރުންގެ މަޖިލީހުން ނިންމައިފި

ބައްސާމްގެ އެޕާޓްމެންޓްތައް އަތުލި މައްސަލަ ނުބަލަން ފަނޑިޔާރުންގެ މަޖިލީހުން ނިންމައިފި

އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ގަނެފައިވާ ދެ ޕެންޓްހައުސް އަތުލަން ހުޅުމާލޭ ކޯޓުން ނެރުނު އަމުރުގެ މައްސަލަ ނުބަލަން ހައި ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ވެސް ނިންމައިފި އެވެ. ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ އަމުރުގެ ދަށުން، ބައްސާމުގެ ދެ ޕެންޓްހައުސް ހަ ދުވަހުގެ ތެރޭގައި ހުސްކުރަން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ފުލުހުން އޭނާ އަށް އެންގި އެވެ. އެ އެންގުމާ އެއްގޮތަށް ބައްސާމް އެތަން ހުސްކުރި ނަމަވެސް, ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ އަމުރު […]

ހުސައިން ހަބީބް
ރޫހާނީ ފަރުވާ އިޝްތިހާރުކުރާ މައްސަލައެއް، ރިޕޯޓްކޮށްދިނުމަށް އެދިއްޖެ

ރޫހާނީ ފަރުވާ އިޝްތިހާރުކުރާ މައްސަލައެއް، ރިޕޯޓްކޮށްދިނުމަށް އެދިއްޖެ

ބޭރު މީހަކު ރާއްޖޭގަައި ރޫހާނީ ފަރުވާ އިޝްތިހާރުކުރާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ. މިފަދަ މައްސަލައެއް ބަލަން ފެށިކަން ހާމަކޮށް ފުލުހުން މިއަދު ބުނީ، “މާސްޓަރ ދުރްގާ ރާއޯ ގުރުޖީ” ނަމަކަށް ކިޔާ މީހަކު ދިވެހިރާއްޖޭގައި ރޫހާނީ ފަރުވާގެ ހިދުމަތްތަކެއް ދޭކަމަށް ބުނެ ސޯޝަލް މީޑިއާގެ މަންސަތަކުގައި އިޝްތިހާރު ކުރަމުންދާ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން، ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކަމާބެހޭ އިދާރާތަ...

ޔުމްނާ ޢަލީ
ކައުންސިލް އިދާރާގެ އާ އިމާރާތް އަޅާ 55 ރަށުގެ ތެރޭ ބޮޑުތިލަދުންމަތީގެ 16 ރަށެއް

ކައުންސިލް އިދާރާގެ އާ އިމާރާތް އަޅާ 55 ރަށުގެ ތެރޭ ބޮޑުތިލަދުންމަތީގެ 16 ރަށެއް

55 ރަށެއްގައި ކައުންސިލް އިދާރާގެ އާ ޢިމާރާތް އެޅުމަށް އިއްޔެ ސަރުކާރުން މެލޭޝިއާގެ ކުންފުންޏަކާއި ހަވާލުކޮށްފައިވާއިރު، އޭގެ ތެރޭގައި ބޮޑުތިލަދުންމަތީގެ 16 ރަށެއް ހިމެނިއްޖެއެވެ. ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ދިވެހި ސަރުކާރުން މި މަސައްކަތް ހަވާލުކޮށްފައި ވަނީ، މެލޭޝިޔާގެ ހެކްސްޓަރ ގްލޯބަލް އާއެވެ. މި އެއްބަސްވުމުގެ ދަށުން ކައުންސިލް އިދާރާގެ އާ އިމާރާތް އަޅާ ރަށްތަކުގެ ލިސްޓް، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު، އެކްސްގައި ކުރެއްވި...

ޔުމްނާ ޢަލީ
ރައީސް ރ.އަތޮޅަށް ފުރާވަޑައިގެންފި

ރައީސް ރ.އަތޮޅަށް ފުރާވަޑައިގެންފި

ރައީސް  ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މާޅޮސްމަޑުލު އުތުރުބުރީ(ރ.އަތޮޅު)ގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގަންނަވައިފިއެވެ. ރައީސް އޮފީހުގެ އިސްތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ ތިން ދުވަހުގެ ދަތުރުފުޅެއް ކަމަށެވެ. އަދި މި ދަތުރުފުޅުގައި ރ.އަތޮޅުގެ އެގާރަ ރަށަކަށް ރައީސް ވަޑައިގަންނަވާނެކަމަށް ވެސް ހީނާ ވިދާޅުވެފައެވެ. މިދަތުރުފުޅާއި ގުޅިގެން ރައީސް އޮފީހުން ބުނީ މި ދަތުރުފުޅުގައި ރައީސް ވަޑައިގަންނަވާނެ 11 ރަށަކީ، އަނގޮޅިތީމު،...

ޔުމްނާ ޢަލީ
ރައީސް މުޢިއްޒު، ޓްރަމްޕަށް ތަހުނިޔާ ވިދާޅުވެއްޖެ

ރައީސް މުޢިއްޒު، ޓްރަމްޕަށް ތަހުނިޔާ ވިދާޅުވެއްޖެ

އެމެރިކާގެ 47 ވަނަ ރައީސްގެ ގޮތުގައި މިރޭ ހުވާކުރެއްވި ޑޮނަލްޑް ޓްރަމްޕަށް ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުޢިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ. ޓްރަމްޕް އެމެރިކާގެ ވެރިކަމާއި ހަވާލުވެވަޑައިގެންނެވުމުން މަރުޙަބާ ވިދާޅުވެ ރައީސް އެކްސްގައި ކުރެއްވި ޕޯސްޓްގައި ވަނީ ދުނިޔޭގެ ހަމަޖެހުމާއި ސަލާމަތަށްޓަކައި އެމެރިކާގެ ރައީސް، ޓްރަމްޕާއި އެ މަނިކުފާނުގެ ސަރުކާރާއެކު ބައިނަލްއަޤްވާމީ މައިދާނުގައި މަސައްކަތް ކުރުމަށް ބޭނުންފުޅުވާކަމުގައި ވިދާޅުވެފައެވެ. މި މެސެޖުގައި ރައީސް ވަނީ މި އަހަރަކީ އެމެރިކާއާއި ދިވ...

ޔުމްނާ ޢަލީ
މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން 1.9 މިލިއަން ރުފިޔާގެ މުދާ ކްލިއަރކޮށްފި

މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން 1.9 މިލިއަން ރުފިޔާގެ މުދާ ކްލިއަރކޮށްފި

ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން 18 ދުވަހުން 1.9 މިލިއަން ރުފިޔާގެ މުދާ ކްލިއަރކޮށްފިއެވެ. މޯލްޑިވްސް ކަސްޓަމްސް ސާރވިސް އިން ބުނީ ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ޖެނުއަރީ 1 އިން 18 އަށް 9 މިލިއަން ރުފިޔާގެ މުދާ ކްލިއަރކޮށްފައިވާ ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ ވައިގެ މަގުން އެތެރެކުރި 9 ޝިޕްމަންޓާއި، ކަނޑުގެ މަގުން އެތެރެކުރި 3 ޝިޕްމަންޓެވެ. ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކޮށްފި މީގެ ތެރެއިން ވައިގެ މަގުން […]

ޔުމްނާ ޢަލީ
55 ރަށެއްގެ ކައުންސިލް އާ އިމާރާތް އެޅުމަށް މެލޭޝިއާގެ ކުންފުންޏަކަށް

55 ރަށެއްގެ ކައުންސިލް އާ އިމާރާތް އެޅުމަށް މެލޭޝިއާގެ ކުންފުންޏަކަށް

ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން 55 ރަށެއްގެ ކައުންސިލްގެ އިދާރާ ޢިމާރާތްކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. ދިވެހި ސަރުކާރުން މި މަސައްކަތް ހަވާލުކޮށްފައި ވަނީ، މެލޭޝިޔާގެ ހެކްސްޓަރ ގްލޯބަލް އާއެވެ. މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްގެ ޕާމަނަންޓް ސެކްރެޓަރީ ޑރ. ފާތުމަތު މުނާ އެވެ. ކޮންޓްރެކްޓަރގެ ފަރާތުން ސޮއިކުރެއްވީ ހެކްސްޓަރ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޝަރީފްއެވެ. ކައުންސިލް އި...

ޔުމްނާ ޢަލީ
މާލޭގައި ނޭޕާލް މެއިޑަކު ތިން އަހަރު ކުއްޖަކަށް އަނިޔާކުރި މައްސަލައެއް

މާލޭގައި ނޭޕާލް މެއިޑަކު ތިން އަހަރު ކުއްޖަކަށް އަނިޔާކުރި މައްސަލައެއް

ތިން އަހަރުގެ ކުޑަކުއްޖަކަށް ގޭގައި ގެންގުޅޭ ނޭޕާލްގެ އަންހެނަކު އަނިޔާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ. ފުލުހުން މިއަދު ބުނީ މާލޭގައި، ތިން އަހަރުގެ ކުޑަކުއްޖަކަށް ގޭގައި ގެންގުޅޭ ނޭޕާލްގެ އަންހެނަކު އަނިޔާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް އިއްޔެ (19 ޖަނަވަރީ 2025) ވަނަ ދުވަހު ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ. އަދި މި މައްސަލަ ފުލުހުން ގެންދަނީ ތަޙުޤީޤުކުރަމުން ކަ...

ޔުމްނާ ޢަލީ
ސޮއި ފޯޖުކޮށްގެން ޝެއާ ބަދަލުކުރަން އުޅުނު މައްސަލައެއް

ސޮއި ފޯޖުކޮށްގެން ޝެއާ ބަދަލުކުރަން އުޅުނު މައްސަލައެއް

އެމެރަލްޑް ގްރޭންޑް ހޮޓެލްގެ އިލެކްޓްރޯނިކް ސޮއި ފޯޖުކޮށްގެން ކުންފުނީގެ ޝެއާ ބަދަލުކުރަން އުޅުނު މައްސަލައެއް ފުލުހުންނަށް ބަލަން ފަށައިފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ އެމެރަލްޑް ގްރޭންޑް ހޮޓެލްގެ އީ-ސިގްނޭޗަރ ފޯޖްކޮށްގެން ކުންފުނީގެ ޝެއާ ބަދަލުކުރަން އުޅުނު މައްސަލައެއް ރިޕޯޓުކޮށްފައިވާކަމަށެވެ. އެހެންކަމުން މި މައްސަލައިގެ ތަޙުޤީޤު ކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ. މި މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ. އިލެކްޓްރޯނިކް ސޮއި ފޯޖުކުރުމާއި ޝެއާ ނަހަމަ ގޮތުގައ...

ޔުމްނާ ޢަލީ