މައި ޚަބަރަށް ދިޔުމަށް

ރާއްޖެ

16,866 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 289 ވަނަ ޞަފްޙާ

ފުލުހުންނަށް ނޭނގި ލަމްހާ ކޯޓަށް ދާތީ ޕީޖީން އެދުނީ އޭނާ ޖަލަށްލާން

ފުލުހުންނަށް ނޭނގި ލަމްހާ ކޯޓަށް ދާތީ ޕީޖީން އެދުނީ އޭނާ ޖަލަށްލާން

މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި ދައުވާލިބޭ ހަލީމަތު ލަމްހާ ފުލުހުންނަށް ނާންގާ ކޯޓުތަކަށް ދިއުމަކީ ކޯޓުގެ ޝަރުތާ ހިލާފުވުން ކަމަށް ބުނެ އޭނާ ޖަލަށް ބަދަލުކުރަން ދައުލަތުން މިއަދު އެދުމުން ކްރިމިނަލް ކޯޓުން އެކަމަށް މިއަދު ދެކޮޅު ހަދައިފި އެވެ. އައިޖީއެމްއެޗްގައި މަސައްކަތްކުރި މޭރީ އޮކްޓޫބަރު، 2021 ގައި މަރާލުމުގައި ބައިވެރިވުމުގެ ދައުވާ ލަމްހާގެ މައްޗަށް ކުރާއިރު، ލަމްހާ މިދިޔަ އަހަރުގެ ނޮވެންބަރު މަހު ކްރިމިނަލް ކޯޓުން ވަނީ ޝަރުތުތަކާ އެކު ގޭބަންދަށް ބަދަލުކޮށްފަ އެވެ. މިއަދުގެ […]

ހުސައިން ހަބީބް
ޤައުމަކަށް ރަށަކަށް ގެނެވޭ ތަރައްޤީއަކީ ސިޔާސީ ކަމެއް ނޫން: ރައީސް

ޤައުމަކަށް ރަށަކަށް ގެނެވޭ ތަރައްޤީއަކީ ސިޔާސީ ކަމެއް ނޫން: ރައީސް

ޤައުމަކަށް ވިޔަސް، ރަށަކަށް ވިޔަސް ގެނެވޭ ތަރައްޤީއަކީ ސިޔާސީ ކަމެއް ނޫންކަމަށާއި، އެއީ ދަރިންނަށާއި، ދަރިންގެ ދަރިންގެ މުސްތަޤްބަލަށްޓަކައި ޕްލޭން ކުރެވިގެން ކުރެވޭ ސީރިއަސް މަސައްކަތެއްކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ހއ. އަތޮޅުގެ 10 ރަށަކަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ރޭ ދިއްދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރަށްވާ ދެއްކެވި ވާހަކަ ފުޅުގައެވެ. ދިއްދޫ އެއާޕޯޓު ހަގީގަތަކަށް ހައްދަވައިދެއްވާނެކަމުގެ ޔަގީންކަން ދެއްވަމުން ރައީ...

ޔުމްނާ ޢަލީ
ތިލަދުންމަތީގެ 14 ރަށެއް، 57 ރަށެއްގައި ހައުސިން ޔުނިޓް އަޅަން ހުޅުވާލައިފި

ތިލަދުންމަތީގެ 14 ރަށެއް، 57 ރަށެއްގައި ހައުސިން ޔުނިޓް އަޅަން ހުޅުވާލައިފި

ތިލަދުންމަތީގެ 14 ރަށް ހިމެނޭހެން ޑިޒައިން އެންޑް ބިލްޑް އުސޫލުން ރާއްޖޭގެ 57 ރަށެއްގައި 12000 އަށްވުރެ ގިނަ ހައުސިންގ ޔުނިޓު ތަރައްގީކޮށްދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާން ކޮށްފިއެވެ. މިމަޝްރޫޢުގެ މިމަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އާއި ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ.) އުސޫލުތަކާއި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ގައި ބަޔާންކުރާ ހަމަތަކުގެ މަތިންނެވެ. ބޮޑު ތިލަދުންމަތިން ހައުސިން ޔުނިޓް އަޅަން ނިނ...

އިބްރާހިމް ޚަލީލް
ސިއްރުން 200 މާސްޓަރ ކާޓަން މެންޗެސްޓަރ ސިނގިރޭޓް އެތެރެކުރި މައްސަލައެއް ބަލަނީ

ސިއްރުން 200 މާސްޓަރ ކާޓަން މެންޗެސްޓަރ ސިނގިރޭޓް އެތެރެކުރި މައްސަލައެއް ބަލަނީ

ދިވެހިރާއްޖެއަށް 200 މާސްޓަރ ކާޓަން މެންޗެސްޓަރ ސިނގިރޭޓް ސިއްރުން އެތެރެކުރި މައްސަލައެއް ތަހުގީގުކުރަން ފަށައިފިއެވެ. ފުލުހުން ބުނިގޮތުގައި މި މައްސަލަ، ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ގުޅިގެން ދަނީ ތަހުގީގު ކުރަމުންނެވެ. ފުލުހުން މިއަދު ބުނީ، މި މައްސަލައިގައި ތުހުމަތު ކުރެވެނީ ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑްގެ ފޮރިންގޮއިންގ އުޅަނދެއް ކަމަށްވާ ދަ ހޯކްސް ޖަވާހިރު ބޯޓުން މި ސިނގިރޭޓްތައް ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށެވެ. ”މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ގޮތ...

ޔުމްނާ ޢަލީ
ކުރިއަށް ދެ ޤައުމީ ދުވަސް މަޝްރޫޢުއެއްގެ ގޮތުގައި އުތީމުގައި ފާހަގަކުރަނީ

ކުރިއަށް ދެ ޤައުމީ ދުވަސް މަޝްރޫޢުއެއްގެ ގޮތުގައި އުތީމުގައި ފާހަގަކުރަނީ

މި އަހަރާއި، އަންނަ އަހަރުގެ ޤައުމީދުވަސް މުހިންމު މަޝްރޫޢުއެއްގެ ގޮތުގައި ހއ. އުތީމުގައި ފާހަގަކުރަށްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، މިއަދު އެމަނިކުފާނު ހއ. އަތޮޅުގެ 10 ރަށަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ތިން ވަނަ މަންޒިލެއްގެ ގޮތުގައި އުތީމަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރަށްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވިގޮތުގައި ޤައުމީ ދުވަސް ފާހަގަކުރުމުގައި އެމަނިކުފާނުގެ ވިސްނުންފުޅު ކުރީގެ ސަރުކާރުތަކުން ވިސ...

ޔުމްނާ ޢަލީ
ވަށަފަރު ސިޓީ ހޮޓާ ތަރައްގީކުރުމަށް ފުރުސަތު ފަހިކޮށްދޭނަން: ރައީސް

ވަށަފަރު ސިޓީ ހޮޓާ ތަރައްގީކުރުމަށް ފުރުސަތު ފަހިކޮށްދޭނަން: ރައީސް

ހއ. ވަށަފަރު ސިޓީ ހޮޓާ ތަރައްގީ ކުރުމަށް މަގުފަހިކޮށްދީ، އެކަން ފުރިހަމަކޮށްދެއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ހއ. އަތޮޅުގެ 10 ރަށަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ފިއްލަދޫ އަށް ވަޑައިގެން ފިއްލަދޫ ރައްޔިތުންނާ ބައްދަލުކުރަށްވާ ދެއްކެވި ވާހަކަ ފުޅުގައެވެ. ރައީސްގެ ވާހަކަ ފުޅުގައި ވަށަފަރުގައި ސިޓީ ހޮޓަލެއް ތަރައްގީ ކުރުމަށް ދޫކޮށްފައި އޮތް ބިމަށް އިޝާރާތް ކުރަށްވައި ވިދާޅުވީ، އެތަން ނިންމުމަށް  ފުރުޞަތުތައް ފަހިކޮށްދީ، އެކަންވެ...

ޔުމްނާ ޢަލީ
ނާގޯށި ނިންމަން ބީއެމްއެލް މެދުވެރިކޮށް އެހީތެރިކަން ދެނީ

ނާގޯށި ނިންމަން ބީއެމްއެލް މެދުވެރިކޮށް އެހީތެރިކަން ދެނީ

2006 ވަނަ އަހަރު އެމްޓީޑީސީއަށް ދޫކޮށްފައިވާ ހދ. ނާގޯށި ނިންމަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ފެސިލިޓީއެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ހއ. އަތޮޅުގެ 10 ރަށަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ފިއްލަދޫ އަށް ވަޑައިގެން ފިއްލަދޫ ރައްޔިތުންނާ ބައްދަލުކުރަށްވާ ދެއްކެވި ވާހަކަ ފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ވަނީ ހދ. ގައިވެސް ޓޫރިޒަމްގެ ފުރުޞަތުތައް ފުޅާކުރަން ސަރުކާރުން ނިނ...

ޔުމްނާ ޢަލީ
ރިސޯޓަކުން ސްނޯކްލިންގ އަށް ދިޔަ މުވައްޒަފަކު ގެއްލިގެން ހޯދަނީ

ރިސޯޓަކުން ސްނޯކްލިންގ އަށް ދިޔަ މުވައްޒަފަކު ގެއްލިގެން ހޯދަނީ

ރ. އަތޮޅުގައި ހިންގާ ރިސޯޓެއްގެ މުވައްޒަފަކު ސްނޯކްލިންގ އަށް ގޮސް ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ: މި މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރެވިފައިވަނީ 2025 ޖަނަވަރީ 27 ވަނަ ދުވަހުގެ 16:09 އެހައިކަށްހާއިރުއެވެ. ފުލުހުންގެ ޚިދުމަތުން މަޢުލޫމާތުދިން، ގެއްލިފައިވާ ފަރާތަކީ އިންޑިއާއަށް ނިސްބަތްވާ ޕަރަމްޖީތް ސިންގް ރާވަތް ނަމަކަށް ކިޔާ ފިރިހެނެކެވެ. އޭނާ ސްނޯކްލިންގ އަށް ގޮސް އުޅެނިކޮށް ގެއްލިފައިވަނީ އެދުވަހުގެ 15:35 އެހައިކަށްހާއިރުއެވެ. މި މައްސަލައިގައި ގެއްލި...

ޔުމްނާ ޢަލީ
ފިއްލަދޫއަށް ބޭނުންވެފައިވާ ކަންކަން ރައީސަށް ދަންނަވައިފި

ފިއްލަދޫއަށް ބޭނުންވެފައިވާ ކަންކަން ރައީސަށް ދަންނަވައިފި

ހއ. ފިއްލަދޫއަށް ބޭނުންވެފައިވާ ކަންކަން ރައީސް ޑރ. މުހައްމަދު މުޢިއްޒު އާއި މިއަދު އެ ރަށު ކައުންސިލުން ހިއްސާކުރަށްވައިފިއެވެ. ހއ. އަތޮޅުގެ 10 ރަށަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ދެވަނަ މަންޒިލެއްގޮތުގައި ރައީސް ވަނީ ފިއްލަދޫ އަށް ވަޑައިގެންފައެވެ. އެރަށަށްކުރެއްވި ޒިޔާރަތުގައި ރައީސް ވަނީ ފިއްލަދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީ އަދި މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރަށްވާ...

ޔުމްނާ ޢަލީ
ދިވެއްސަކަށް ދިވެހި ބަސް ނޭނގިގެން ތަރުޖަމާނެއްގެ އެހީ ދީިފި

ދިވެއްސަކަށް ދިވެހި ބަސް ނޭނގިގެން ތަރުޖަމާނެއްގެ އެހީ ދީިފި

މަކަރާއި ހީލަތުގެ މައްސަލައެއްގައި ތުހުމަތު ކުރެވޭ ދިވެއްސަކަށް ދިވެހި ބަސް ނޭނގޭތީ، ކޯޓުގައި ތަރުޖަމާނެއްގެ އެހީތެރިކަން ހޯދައިފި އެވެ. މަކަރާއި ހީލަތް ހެދުމުގެ މައްސަލައެއްގައި ހައްޔަރުކުރި އުމުރުން 19 އަހަރުގެ ދިވެހި ފިރިހެނަކަށް ދިވެހި ބަސް ފަހުމު ނުވާތީ ކްރިމިނަލް ކޯޓުން އިއްޔެ ބަންދު މުއްދަތު އަޑުއެހުން ކުރިއަށް ގެންގޮސްފައިވަނީ ތަރުޖަމާނެއްގެ އެހީގައި ކަމަށް އެ ކޯޓުގެ އަމުރުގައިވެ އެވެ. ފުލުހުން ކޯޓުގައި ބުނެފައިވާ ގޮތުގައި މަކަރާއި ހީލަތުން ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ އެ މީހާގެ […]

ހުސައިން ހަބީބް
މުރައިދޫ ކައުންސިލާއި އަންހެނުންގެ ކޮމެޓީއާއި ރައީސް ބައްދަލުކުރަށްވައިފި

މުރައިދޫ ކައުންސިލާއި އަންހެނުންގެ ކޮމެޓީއާއި ރައީސް ބައްދަލުކުރަށްވައިފި

ހއ. މުރައިދޫ ކައުންސިލާއި އަންހެނުންގެ ކޮމެޓީއާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީ އަދި މުއައްސަސާތަކުގެ އިސްވެރިންނާ ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ބައްދަލުކުރަށްވައިފިއެވެ. މި ބައްދަލުވުން ކުރިއަށް ދިޔައީ މިއަދު ރައީސް ހއ. އަތޮޅުގެ 10 ރަށަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ފުރަތަ މަންޒިލެއްގެ ގޮތުގައި މުރައިދޫ އަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ. މި ބައްދަލުވުމުގައި ކައުންސިލުން ވަނީ މުރައިދޫއަށް ބޭނުންވެފައިވާ ކަންކަން ރައީސަށް ދަންނަވާފައެވެ. މިގޮތުން ކައުންސ...

ޔުމްނާ ޢަލީ
މުރައިދޫ ފުލުހުންގެ މަރުކަޒުގެ ބިންގާއަޅައި، އޭޓީއެމް އެއްބަސްވުމުގައި ސޮއިކޮށްފި

މުރައިދޫ ފުލުހުންގެ މަރުކަޒުގެ ބިންގާއަޅައި، އޭޓީއެމް އެއްބަސްވުމުގައި ސޮއިކޮށްފި

ހއ. މުރައިދޫގައި އަޅާ ފުލުހުންގެ މަރުކަޒުގެ ބިންގާއަޅައި، އެރަށުގައި ބަހައްޓާ އޭޓީއެމް އެޅުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މިކަންކަން ކުރިއަށް ގެންގޮސްފައި ވަނީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ހއ. އަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން މިއަދު މުރައިދޫއަށް ކުރަށްވާ ޒިޔާރަތުގެ ތެރެއިންނެވެ. މުރައިދޫ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައި ދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާންއެވެ. މުރައިދޫގައި ބޭންކް އޮފް މޯލްޑިވްސް ގެ އޭޓީއެމް ޤާއިމުކުރުމުގެ އެއްބަސްވުމުގ...

ޔުމްނާ ޢަލީ
ކުޅުދުއްފުށީގައި ދެވަނަ ސްވިމިން ޓްރެކް އަޅަން ބޭނުންވާ ސާމާނު ފޯރުކޮށްދީފި

ކުޅުދުއްފުށީގައި ދެވަނަ ސްވިމިން ޓްރެކް އަޅަން ބޭނުންވާ ސާމާނު ފޯރުކޮށްދީފި

ކުޅުދުއްފުށި ސިޓީގައި ދެވަނަ ސްވިމިން ޓްރެކެއް އަޅަން ބޭނުންވާ ސާމާނު ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާއިން ފޯރުކޮށްދީފިއެވެ. ސްވިމިން ޓްރެކް އެޅުމަށް ބޭނުންވާ ސާމާނު ކުޅުދުއްފުއްޓަށް ގެނައުމާ ގުޅިގެން ސްޕޯޓްސް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު ނަވާޒް އަސަދު ވިދާޅުވީ، ސްވިމިން ޓްރެކް އަޅަން ބޭނުންވާ ސާމާނު ސިޓީ ކައުންސިލާއި ހަވާލުކުރެވިފައިވާ ކަމަށާއި މިކަން ވުޖޫދަށް ގެނައުމުގައި އެހީތެރިކަން ދެއްވާފައިވާތީ ރައީސުލްޖުމްހޫރިއްޔާއަށާއި، މިނިސްޓަރަށާއި ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑި...

އިބްރާހިމް ޚަލީލް
ޓޫރިޒަމް މިނިސްޓަރު ފައިސަލް މަގާމުން ވަކިކޮށްފި

ޓޫރިޒަމް މިނިސްޓަރު ފައިސަލް މަގާމުން ވަކިކޮށްފި

މިނިސްޓަރ އޮފް ޓޫރިޒަމްގެ މަގާމުގައި ހުންނެވި އިބްރާހީމް ފައިޞަލް، މަގާމުން ވަކިކުރައްވައިފިއެވެ. ރައީސް އޮފީހުން މިއަދު ބުނީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޓޫރިޒަމް މިނިސްޓަރު ފައިސަލް މަގާމުން ވަކިކޮށްފައިވާ ކަމަށެވެ. ފައިސަލް ޓޫރިޒަމް މިނިސްޓަރުކަމުން ވަކިކުރުމާއި ގުޅިގެން ރައީސް ވަނީ އެ މިނިސްޓްރީ ވަގުތީގޮތުން ހިންގެވުން މިއަދުން ފެށިގެން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދުއާ ހަވާލުކުރައްވާފައެވެ. ފައިސަލް ޓޫރިޒަމް މިނިސްޓަރުކަމަށް ޢައްޔަނުކުރަށްވާފައި...

ޔުމްނާ ޢަލީ
ރައީސް ހއ. އަތޮޅަށް

ރައީސް ހއ. އަތޮޅަށް

ރައީސް  ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ތިލަދުންމަތީ އުތުރުބުރީ(ހއ.އަތޮޅު)ގެ ބައެއް ރަށްތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގަންނަވައިފިއެވެ. ރައީސް އޮފީހުން ބުނީ ރައީސްގެ މި ދަތުރުފުޅުގައި ހއ.އަތޮޅުގެ 10 ރަށަކަށް ވަޑައިގަންނަވާނެ ކަމަށެވެ. އެ ރަށްތަކަކީ ދިއްދޫ، ފިއްލަދޫ، ހޯރަފުށި، އިހަވަންދޫ، މާރަންދޫ، މޮޅަދޫ، މުރައިދޫ، ތަކަންދޫ، އުލިގަމު އަދި އުތީމަށެވެ. ރައީސްގެ މި ދަތުރުފުޅުގައި ފުރަތަމަ މަންޒިލެއްގެ ގޮތުގައި ވަޑައިގަންނަވާނީ މުރައިދޫއަށެވެ. މި ދަތުރުފުޅުގައި މި ރަށްތަކަ...

ޔުމްނާ ޢަލީ