ނަޝީދަށް މަރުހަބާ ދެންނެވުމުގެ ހަރަކާތް މުލީއާގޭ ކަންމަތީގައި ބާއްވަނީ
ކުރީގެ ރައީސް މުހައްމަދު ނަޝީދު، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އަށް ގުޅިވަޑައިގަތުމުގެ މަރުހަބާ ދެންނެވުން މުލިއާގެ ކަންމަތީ ބާއްވަން ވިސްނަވަމުން ގެންދަވާކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޟް އިސްމާއިލް ވިދާޅުވެއްޖެއެވެ. މަޖިލިސްގެ ކުރީގެ ރައީސް، އެމްޑީޕީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި އެމަނިކުފާނު އިސްކޮށް ހުންނަވައި އުފެއްދެވި ދަ ޑިމޮކްރެޓްސްގެ ހުރިހާ މެމްބަރުން އަނބުރާ އެމްޑީއާއި ގުޅުމަށް ޑިމޮކްރެޓްސްގެ ނުރަސްމީ ނެޝަނަލް އެސެމްބްލީން 17...