ހާމިދު ވަކިވެގެންދިއުމަކީ ވަރަށް ފުން ހިތާމައެއް ކުރުވި ކަމެއް: ރައީސް
މިއަދު ކާށިދޫ ކަނޑަށް ލޭންޑިންގ ކްރާފްޓެއް ބަންޑުން ޖަހާލި ހާދިސާގައި ޤައުމީ ދިފާޢީ ބާރުގެ ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދު ނިޔާވެފައިވުމުން ރައީސް ޑރ. މުހައްމަދު މުޢިއްޒު ހިތާމަފާޅުކުރަށްވައިފިއެވެ. މާލެއިން ފުރައިގެން ޅ. އަތޮޅަށް ދަތުރުކުރި ސިވެކްގެ “އެލްސީ 308” ލޭންޑިންގ ކްރާފްޓުން ހަ މީހުން ދަތުރުކުރިއެވެ. އޭގެތެރޭގައި ހިމެނެނީ ދެ ސިފައިންނާއި ދިވެއްސެއްގެ އިތުރުން ތިން ބިދޭސީންނެވެ. މިހާދިސާއާއި ގުޅިގެން ރައީސް މީސްމީޑިއާ މެދުވެރިކޮށް ފޮނުއްވި މެސެޖެއްގައި ވަނީ މިއަދު ހިނގި ކަނޑުމަތީގެ ހިތާމަ...