މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ

ރާއްޖެ

16,857 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 190 ވަނަ ޞަފްޙާ

ގަވާއިދާ ޚިލާފަށް ސިނގިރޭޓްގެ ވިޔަފާރިކުރާ ބިދޭސީއަކު ހައްޔަރުކޮށްފި

ގަވާއިދާ ޚިލާފަށް ސިނގިރޭޓްގެ ވިޔަފާރިކުރާ ބިދޭސީއަކު ހައްޔަރުކޮށްފި

ގަވާއިދާ ޚިލާފަށް ސިނގިރޭޓްގެ ވިޔަފާރިކުރާ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނިގޮތުގައި މިއަދު (12 ސެޕްޓެމްބަރ 2025) ފުލުހުން ޕެޓްރޯލްކުރަމުން ދަނިކޮށް ހުޅުމާލޭ ފޭސް 1 ގެ ކަނނެލި ޖެޓީ ކައިރީ ހުރި ބިދޭސީއެއްގެ ޢަމަލުތައް ހުރިގޮތުން ޝައްކުވެގެން ވަނީ ބަލާފާސްކޮށްފައެވެ. މި މީހާ ބަލައި ފާސްކުރުމުން ގިނަ އަދަދެއްގެ ސިނގިރޭޓް ފޮށްޓާއި، ދުންފަތާއި، ސިނގިރޭޓް ފިލްޓަރު އަދި ރިޒްލާ ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ. އަދި 53,000 ރުފިޔާއަށް ވުރެ ގިނަ ފައިސާ އަދި ސިނގިރޭޓް އަންބުރާ ބޭނުންކުރާ ފޮށްޓ...

ޔުމްނާ ޢަލީ
ދިވެހި ޤައުމީ ތަރިކަތައް އަންނާން އޮތް ޖީލުތަކަށް ވާރުތަކޮށް ދިނުމަކީ ޤައުމީ އަމާނާތެއް: ރައީސް

ދިވެހި ޤައުމީ ތަރިކަތައް އަންނާން އޮތް ޖީލުތަކަށް ވާރުތަކޮށް ދިނުމަކީ ޤައުމީ އަމާނާތެއް: ރައީސް

ދިވެހި ޤައުމީ ތަރިކަތައް އަންނާން އޮތް ޖީލުތަކަށް ވާރުތަކޮށް ދިނުމަކީ ޤައުމީ އަމާނާތެއްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ޤައުމީ ތަރިކައިގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާ މެދުވެރިކުރައްވައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި، އިސްލާމްދީނާއި، ދިވެހި ބަހާއި، ދިވެހިވަންތަ ރީތި އާދަކާދަތަކާއި، ދިވެހި މަސައްކަތްތެރިކަމާއި، އާސާރީ ތަންތަނާއި ތަކެއްޗާއި، މާޒީގެ ފަޚުރުވެރި ތާރީޚަކީ ދިވެހި ޤައުމީ ތަރިކައިގެ އެންމެ އަގުހުރި ޚަޒާނާތައް ކަމަށެވެ. މި...

ޔުމްނާ ޢަލީ
ނަމާދަކީ ތިމާއަށް ވަގުތެއް ވީމާ ކޮށްލައި އުޅޭ ކަމަކަށްނަހަދާށެވެ!

ނަމާދަކީ ތިމާއަށް ވަގުތެއް ވީމާ ކޮށްލައި އުޅޭ ކަމަކަށްނަހަދާށެވެ!

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި މިސްކިތްތަކުގައި މިއަދު ދިން ހުކުރު ޚުޠުބާގައި، ނަމާދުގެ މަތިވެރިކަމާއި، ނަމާދުގައި ޚުޝޫޢަތްތެރިވުމުގެ މުހިންމުކަމުގެ މައްޗަށް ވަރަށް ބޮޑަށް އަލިއަޅުވާލައިފިއެވެ. “ނަމާދަކީ ތިމާއަށް ވަގުތެއް ވީމާ ކޮށްލައި އުޅޭ ކަމަކަށްނަހަދާށޭ!” މި މައުޟޫއަށް ދެވުނު މި ހުތުބާގައި، ނަމާދަށް ރައްކާތެރިވުމުގެ ދުނިޔަވީ އަދި އުޚްރަވީ ފައިދާތައް ފުރިހަމައަށް ބަޔާންކޮށްފައިވެއެވެ. ހުކުރު ޚުޠުބާގައި ބަޔާންކުރެއްވި ގޮތުގައި، އީމާންވުމަށް ފަހު، އަޅާގެ މައްޗަށް އެންމެ މުހިންމު އަޅުކަމަކީ...

ޔުމްނާ ޢަލީ
އަންހެނުންގެ ކޮމެޓީ ތަކާއި ގުޅިގެން ފަތްކެޔޮ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ

އަންހެނުންގެ ކޮމެޓީ ތަކާއި ގުޅިގެން ފަތްކެޔޮ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ

ރާއްޖޭގައި ފަތްކެޔޮ އުފެއްދުން އިތުރުކޮށް، އިމްޕޯޓް ކުރާ މިންވަރު މަދުކުރުމަށް އަމާޒުކޮށްގެން އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިއުޑީސީ) ތަކާއި ގުޅިގެން ސަރުކާރުން ޚާއްޞަ ޕްރޮގްރާމެއް ފަށަން ނިންމައިފިއެވެ. މި ޕްރޮގްރާމުގެ ދަށުން ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއާއި ރާއްޖޭގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތައް ގުޅިގެން ރަށްރަށުގައި 500 ފަތްކެޔޮ ގަސް އިންދުމުގެ މަޝްރޫޢުއެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން 2028 ވަނަ އަހަރުގެ ނިޔަލ...

އައިޝަތު އައިނީ އާމިރު
ލޮރީއެއް ދަށުވެ ބިދޭސީއަކަށް ސީރިއަސް އަނިޔާތަކެއް، ދުއްވި މިހާ ހައްޔަރު

ލޮރީއެއް ދަށުވެ ބިދޭސީއަކަށް ސީރިއަސް އަނިޔާތަކެއް، ދުއްވި މިހާ ހައްޔަރު

ތިލަފުށީގައި މިއަދު މެންދުރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސްރީލަންކާ ރައްޔިތަކު ލޮރީއެއްގެ ދަށުވެ، ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ. ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރު 14:15 ހާއިރުއެވެ. އެކްސްކެވޭޓަރެއް ކައިރީގައި މަސައްކަތްކުރަން ހުރި ސްރީލަންކާ ރައްޔިތެއްގެ ގައިގައި ލޮރީއަކުން ޖެހި ވެއްޓި، އޭނާގެ ގައިމަތިން ލޮރީ ގޮސްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. މި ހާދިސާގައި އަނިޔާވި މީހާއަށް ލިބުނު އަނިޔާތަކާއެކު މިހާރު ދަނީ އިންދިރާ ގާންދީ މެމޯރ...

އަލީ އާދިލް
ދައުރުން ބޭރުން މަޖިލިސް ޖަލްސާއެއް އަންނަ ހޯމަ ދުވަހު

ދައުރުން ބޭރުން މަޖިލިސް ޖަލްސާއެއް އަންނަ ހޯމަ ދުވަހު

ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން ޖަލްސާއެއް މި މަހުގެ 15 ވަނަަވާ ހޯމަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ. މަޖިލީހުގެ އިދާރާއިން ބުނިގޮތުގައި މަޖިލީހުގެ ގަވާއިދުގެ 45 ވަނަ މާއްދާގެ ދަށުން ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމަށް ހުށަހެޅުމެއް ލިބުމާ ގުޅިގެން އަންނަ ހޯމަ ދުވަހު ބޭއްވުމަށް ވަނީ ނިންމާފައެވެ. މި ޖަލްސާގެ އެޖެންޑާ އަދި މަޖިލީހުގެ ވެބްސައިޓަށް އަޕްލޯޑެއް ނުކުރެއެވެ. މަޖިލިސް ޗުއްޓީގައި އޮތް ނަމަވެސް، މިވަގުތު ވެސް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ބައެއް ބިލުތަކުގެ […]

ޔުމްނާ ޢަލީ
ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ އާ ވެބްސައިޓު އިފްތިތާޙްކޮށްފި

ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ އާ ވެބްސައިޓު އިފްތިތާޙްކޮށްފި

ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ އާ ވެބްސައިޓު މިއަދު ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ. އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ވެބްސައިޓު އިފްތިތާޙްކޮށްދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އެވެ. މި އާ ވެބްސައިޓަކީ މިހާތަނަށް ޤުރުއާނާއި ބެހޭ މަރުކަޒަށް ތަޢާރަފުކުރެވުނު އެންމެ ފެންވަރު ރަނގަޅު، އަދި އާންމު ރައްޔިތުންނަށް ގިނަގުނަ ފަސޭހަތަކެއް ލިބިގެންދާނެ ވެބްސައިޓެކެވެ. މި ވެބްސައިޓު މެދުވެރިކޮށް މަރުކަޒުން ހިންގާ...

ޔުމްނާ ޢަލީ
ޖުޑިޝަރީ އަށް ބަޖެޓުގެ ވަކި އިންސައްތައެއް ކަނޑައަޅަން ރައީސް ނިންމަވައިފި

ޖުޑިޝަރީ އަށް ބަޖެޓުގެ ވަކި އިންސައްތައެއް ކަނޑައަޅަން ރައީސް ނިންމަވައިފި

ޖުޑިޝަރީގެ މާލީ މިނިވަންކަން ކަށަވަރުކުރުމަށްޓަކައި، އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުން ވަކި އިންސައްތައެއް އެ ދާއިރާއަށް ކަނޑައަޅައި، ބްލޮކް ގްރާންޓްގެ ގޮތުގައި ދޫކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ. މި ނިންމެވުމަކީ ކެބިނެޓުގައި މަޝްވަރާކުރެއްވުމަށްފަހު އިއްޔެ ނިންމެވި ނިންމެވުމެކެވެ. މިކަން ރައީސް ހާމަކުރެއްވީ މިއަދު މީސްމީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ. ރައީސްގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ، ޖުޑިޝަރީ މިނިވަންކަމާއެކު މަސައްކަތްކުރުމަށް އެންމެ މުހިންމު އެއް ކަމަކީ...

ޔުމްނާ ޢަލީ
ވަކިވަކި ނޫސްވެެރިންނަށް ފިޔަވަޅު އެޅޭ މާއްދާ އުނިކުރުން ހިމެނޭހެން ހަންނާނުގެ ބިލަށް އޭޖީގެ އިސްލާހްތަކެއް

ވަކިވަކި ނޫސްވެެރިންނަށް ފިޔަވަޅު އެޅޭ މާއްދާ އުނިކުރުން ހިމެނޭހެން ހަންނާނުގެ ބިލަށް އޭޖީގެ އިސްލާހްތަކެއް

ތުޅާދޫ ދާއިރާގެ މިނިވަން މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ “މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު” އަށް ބަންޑާރަނައިބުގެ އޮފީހުން އިސްލާހުތަކެއް ހުށަހަޅުއްވައިފިއެވެ. މީގެ ތެރޭގައި ވަކިވަކި ނޫސްވެރިންނާއި މީޑިއާތަކުގައި މަސައްކަތްކުރާ މީހުންނާ ދެކޮޅަށް ފިޔަވަޅު އެޅުމާއި، ވަގުތީ ގޮތުން ރަޖިސްޓަރީ ބާތިލްކުރެވޭ މާއްދާ އުނިކުރުން ހިމެނެއެވެ. މި ބިލު މިހާރު އޮތީ ކޮމެޓީ މަރުހަލާގައެވެ. ބަންޑާރަނައިބު ހުށަހެޅުއްވި އިސްލާހުތަކުގެ ތެރޭގައި...

ޔުމްނާ ޢަލީ
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ވެސް ސަރުކާރުގެ އައިނު ފިހާރައެއް ހުޅުވަނީ

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ވެސް ސަރުކާރުގެ އައިނު ފިހާރައެއް ހުޅުވަނީ

ރާއްޖޭގެ ހުރިހާ ޓަރޝަރީ ހޮސްޕިޓަލްތަކެއްގައި އައިނު ފިހާރަ ހުޅުވުމުގެ ގޮތުން މި ސަރުކާރުގެ މުހިންމު ސިޔާސަތުގެ ދަށުން ސަރުކާރުން މިހާރު ދަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލު (ކޭއާރުއެޗު) އާއި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް ގައި އައިނު ފިހާރަ ހުޅުވުމުގެ މަސައްކަތް ކުރަމުންކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ. މިކަން ހާމަކުރަށްވާފައި ވަނީ ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްގެ ”ރާއްޖެމިއަދު” ޕްރޮގްރާމްގައި ވާހަަކަ ދައްކަވަމުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤ...

އައިޝަތު އައިނީ އާމިރު
މިސްކިތް އަޅަން އަމިއްލަ ފަރާތްތަކަށް ބިން ދޫކުރެވޭނެ މުއްދަތު ކަނޑައަޅަނީ

މިސްކިތް އަޅަން އަމިއްލަ ފަރާތްތަކަށް ބިން ދޫކުރެވޭނެ މުއްދަތު ކަނޑައަޅަނީ

މިސްކިތް އަޅަން އެދި ހުށަހަޅާ އަމިއްލަ ފަރާތްތަކަށް މިސްކިތް އަޅައި ނިންމުމަށް ދެ އަހަރަށް ވުރެ ގިނަ މުއްދަތު ނުދިނުމަށާއި އަމިއްލަ ފަރާތްތަކުން މިސްކިތް އަޅާއިރު ⁠ހަ މަސްދުވަހުގެ ތެރޭ މަސައްކަތް ފަށަން ލާޒިމުކޮށް އެ މުއްދަތުގައި މަސައްކަތް ނުފަށައިފި ނަމަ ބިން އަތުލެވޭގޮތަށް ސިޔާސަތު ކަނޑައެޅުމަށް  އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ. އެ ވުޒާރާއިން ވިދާޅުވީ މި ބަދަލުގެންނަން ނިންމާފައިވަނީ އަމިއްލަ ފަރާތްތަކުން އަޅާ މިސްކިތްތަކުގެ މަސައްކަތް އަވަހަށް ނިންމުމަށް ބާރުއެޅުމުގެ ގޮތު...

އިބްރާހިމް ޚަލީލް
ކުރީގެ ރައީސުންނާއި މެންބަރުންގެ ބައެއް އިނާޔަތްތައް އުނިކޮށް، ޕެންޝަން އެއްހަމަކުރަން ހުށަހަޅަނީ

ކުރީގެ ރައީސުންނާއި މެންބަރުންގެ ބައެއް އިނާޔަތްތައް އުނިކޮށް، ޕެންޝަން އެއްހަމަކުރަން ހުށަހަޅަނީ

ކުރީގެ ރައީސުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ދައުލަތުން ދެމުންދާ ބައެއް އިނާޔަތްތައް އުނިކުރުމަށް ގާނޫނަށް އިސްލާހު ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ. މި ނިންމެވުން އެމަނިކުފާނު ހާމަކުރެއްވީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، މި އިސްލާހުތަކުގެ ތެރޭގައި ދައުލަތުގެ ވަޒީފާތަކުން ރިޓަޔަރ ކުރައްވާފައިވާ ފަރާތްތަކަށް ލިބެމުންދާ ޕެންޝަން އިނާޔަތްތައް އެއްހަމަ ކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ. އަދި މި ބަދަލ...

އަލީ އާދިލް
މަސްތުވާތަކެއްޗާއެކު ށ.ފޭދޫ އިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއެކު ށ.ފޭދޫ އިން މީހަކު ހައްޔަރުކޮށްފި

ށ. ފޭދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތުދިން ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ ފޭދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފޭދޫ ޕޮލިސް ޕޯސްޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އެގޮތުން މި މަހު 7 ވަނަ ދުވަހު ފުލުހުން ހިންގި އެ އޮޕަރޭޝަނުގައި، ހައްޔަރުކޮށްފައިވަނީ ށ. ފޭދޫ / ޒަމާނީވިލާ، މުޙައްމަދު ޝާމް (27އ) އެވެ.  ފުލުހުން އޭނާ ހ...

އައިޝަތު އައިނީ އާމިރު
ޝިއާއު މަރާލި މައްސަލާގައި ހެކިބަސް ނެގުން ދެ މަސް ތެރޭގައި ނިންމަނީ

ޝިއާއު މަރާލި މައްސަލާގައި ހެކިބަސް ނެގުން ދެ މަސް ތެރޭގައި ނިންމަނީ

މާލޭގެ ގެއެއްގެ ތެރޭގައި އަނިޔާވެރި ގޮތަކަށް މަރާލި ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލާގައި ދައުވާލިބޭ ސާހިލް އަލީގެ މައްސަލާގައި ހެކިންގެ ހެކިބަސް ނެގުން ދެ މަސް ތެރޭގައި ނިންމާނެ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ބުނެފި އެވެ. ފ. ނިލަންދޫ ފިނިފެންމާގޭ ސާހިލްގެ މައްޗަށް ދައުވާކުރަނީ މާލޭގައި އޮގަސްޓް، 2023 ގައި ޝިއާއު މަރާލުމަށްފަހު އޭނާގެ ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ދިން މައްސަލާގަ އެވެ. ސިއްރުން ކުރިއަށް ގެންދާ އެ މައްސަލައާ ގުޅޭގޮތުން ކްރިމިނަލް ކޯޓުން […]

ހުސައިން ހަބީބް
އިސްރާއީލުން ގަތަރަށް ހަމަލާދިނުމަކީ ސަރަޙައްދީ ހަމަޖެހުމަށް ހުރަސްއެޅޭނެ، ފިނޑި ޢަމަލެއް: ރައީސް

އިސްރާއީލުން ގަތަރަށް ހަމަލާދިނުމަކީ ސަރަޙައްދީ ހަމަޖެހުމަށް ހުރަސްއެޅޭނެ، ފިނޑި ޢަމަލެއް: ރައީސް

އިސްރާއީލުން ޤަޠަރުގެ ވެރިރަށް ދޯހާ އަށް އިއްޔެ ދިން ހަމަލާއަކީ ސަރަޙައްދީ ހަމަޖެހުމަށް ހުރަސްއެޅޭނެ، ފިނޑި ޢަމަލެއްގެ ގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ސިފަކުރައްވައިފިއެވެ. އިސްރާއީލުން ދޯހާ އަށް ދިން ހަމަލާގައި އަމާޒުކޮށްފައިވަނީ ޤަޠަރުގައި ތިބި ހަމާސްގެ ލީޑަރުންނަށެވެ. މި ހަމަލާއަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު އަދި ޤަޠަރުގެ ސިޔާދަތަށް އަރައިގަތުމުގެ ޢަމަލެއްކަމަށް ރައީސް ވިދާޅުވެފައިވެއެވެ. މި ހަމަލާއާ ގުޅޭގޮތުން މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވަނީ، އ...

ޔުމްނާ ޢަލީ