ދެ އަހަރު ތެރޭ 6535 ޓޫރިސްޓު އެނދު އިތުރުވި، މިއަހަރު 7 ރިސޯޓު ހުޅުވޭނެކަމަށް އަންދާޒާ
ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ޖުމްލަ 6535 އެނދު އިތުރުވެފައިވާ ކަމަށާއި، މި އަހަރުގެ ތެރޭގައި އަލަށް 7 ރިސޯޓު ހުޅުވޭނެ ކަމަށް އަންދާޒާކުރެވޭ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، 2023 ވަނަ އަހަރު ރާއްޖޭގައި އަލަށް އެއްވެސް ރިސޯޓެއް ނުވަތަ ޓޫރިސްޓް ހޮޓަލެއް ހުޅުވިފައި ނުވި ނަމަވެސް، […]