މާލޭގައި ދިރިއުޅޭ ރައްޔިތުން ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި
މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބިމާއި ފްލެޓަށް އެދި ހުށަހެޅުމަށް ހުޅުވާލާފައިވާ ފުރުސަތުގެ މުއްދަތު އިތުރުކުރުމަށް ހައުސިން މިނިސްޓްރީން ނިންމައިފިއެވެ. އެ މިނިސްޓްރީން މިއަދު ހާމަކުރި ގޮތުގައި، މި ފުރުސަތު މިހާރު ވަނީ 30 އެޕްރީލް 2026 ވަނަ ދުވަހުގެ ރޭގަނޑު 23:59 އާ ހަމައަށް އިތުރުކޮށްފައެވެ. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު “ބޯހިޔާވަހިކަން އެންމެންނަށް” ގެ ދަށުން ކުރިއަށްގެންދާ މި ޕްރޮގްރާމަށް ބޮޑު ތަރުހީބެއް ލިބެމުންދާކަން މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ. އެގޮތުން...