އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގައި ވޯޓުލާ ކޮންމެ މީހަކަށް ތިން ވޯޓު ކަރުދާސް ލިބޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ. މިކަން ހާމަކުރެއްވީ ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްގެ “ރާއްޖެމިއަދު” ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ މެންބަރު ޙަސަން ޒަކަރިއްޔާއެވެ. އޭޕްރީލް 4 ގައި ކުރިއަށްދާނީ ޖުމްލަ ތިން ވޯޓެކެވެ. އެއީ ލޯކަލް ކައުންސިލްތަކަށް މެންބަރުން އިންތިޚާބު ކުރުމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ...
ޔުމްނާ ޢަލީ
ހުޅުމާލެ ތިންވަނަ ފިޔަވަހީގައި ސަރުކާރުން އަލަށް ފެށުމަށް އިޢުލާނުކޮށްފައިވާ ހައުސިންގ މަޝްރޫޢަކީ އާއިލާތަކަށް އަތްފޯރާ ފަށުގައި ގެދޮރުގެ މިލްކުވެރިކަން ހޯދައިދީ، ކުއްޔަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަކުރުމަށް ފެށި މަޝްރޫޢެއް ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ. އިޖުތިމާޢީ ވިއުގަ “ލިންކްޑްއިން” ގައި ހިއްސާކުރެއްވި ލިޔުމެއްގައި ވަޒީރު ވިދާޅުވީ، ހުޅުމާލެ ތިންވަނަ ފިޔަވަހީގައި އަލަށް ގެދޮރު ގަންނަ ފަރާތްތަކަށް (ފަސްޓް-ޓައިމް ހޯމްބަޔާސް)...
ޔުމްނާ ޢަލީ
އިދިކޮޅު އެމްޑީޕީގެ ވެރިކަމުގައި ރާއްޖޭގެ ދެކުނުގެ އިގްތިސާދީ ސަރަހައްދުން ދޫކޮށްލި ކަނޑުގެ ސަރައްހައްދު ހޯދުމަށް ކުރެވެމުންދާ މަސައްކަތްތަކަކީ ސިޔާސީ މަންފާއެއް ހާސިލުކުރުމަށް ކުރަމުން އަންނަ މަސައްކަތެއް ނޫން ކަމަށާއި، ފޯޅަވައްސަކީ ރާއްޖެއަށް ލިބުން ހައްގު ތަނެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ކޮންގްރެސް ޕާޓީގެ ދިވެހިންގެރާއްޖެ ތަރާވީސް ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ ކަނޑުން ގެއްލުވާލި ބައި ހޯދުމުގެ މަސައްކަތްތައް ވަރަށް ހަލުއ...
އައިޝަތު ޢާދަމް
ދެ އިންތިހާބުގެ ރެފަރެންޑަމް ވޯޓުގައި ރައްޔިތުން ނިންމާގޮތަކަށް ބެލުމަށް ފަހު ދައުލަތުގެ އަހަރީ ބަޖެޓު، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ދުވަހަކީ ޑިސެމްބަރު މަހުގެ ދުވަހަކަށް ހެދުމަށް ބޭނުންފުޅުވާކަން ރައީސް ޑރ. މުޙައްމަދު މުއިއްޒު ހާމަކުރައްވައިފި އެވެ. ކޮންގްރެސް ޕާޓީގެ ދިވެހިންގެރާއްޖެ ތަރާވީސް ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ މައި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުން މުހިންމު ވާ އެއް ސަބަބަކީ ރައްޔިތުންނަށް ފައިދާހުރި ބަޖެޓެއް އެކުލަވާލުން ކަމަށެވެ. ރައީސް ވ...
އައިޝަތު ޢާދަމް
ވާދަވެރިން ބޭނުންވަނީ ނުރަނގަޅު އިންތިހާބީ ސަގާފަތެއްގެ ތެރޭގައި ރައްޔިތުން ބައިބައިތިއްބަން ކަމަށް ކޮންގްރެސް ޕާޓީގެ ނާއިބު ރައީސް އަދި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ. ކޮންގްރެސް ޕާޓީގެ ފަރާތުން އާޓިފިޝަލް ބީޗުގައި ބޭއްވި ދިވެހިންގެ ރާއްޖެ ތަރާވީހުގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން އޭގެ ހުރިހާ މަންފާއަކާއި ފައިދާއެއް ކުރަނީ ރައްޔިތުންނަށް ކަމަށެވެ. “ވާދަވެރިން ބޭނުން ވަނީ...
އައިޝަތު ޢާދަމް
ހިފާފައިވާ ހުޅަނގު އައްސޭރީގެ ބިންތައް އަމިއްލަކޮށް، ޣައިރު ގާނޫނީ ޔަހޫދީ ދައުލަތުގެ މުދަލަށް ހެދުން ބަލައި ނުގަންނަ ކަމަށް ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ. ޚާރިޖީ ވަޒީރު މިހެން ވިދާޅުވީ ސައުދީ އަރަބިއްޔާގެ ޖިއްދާގައި ބޭއްވި އޯއައިސީގެ ހާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ރާއްޖެ ތަމްސީލުކުރައްވާ ވާހަކަ ދައްކަވަމުންނެވެ. އޯއައިސީގެ ހާރިޖީ ވަޒީރުންގެ މި ބައްދަލުވުމަކީ ހުޅަނގު އައްސޭރީގެ ބިންތަކަށް ޣައިރު ގާނޫނީ ބާރު ހިންގައި، އެ ބިންތައް ފޭރިގަތުމަށް ޔަހޫދީން ނިންމުމާއި ގުޅިގެން [...
އައިޝަތު ޢާދަމް
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަޞްދީޤުކުރެއްވުމުގެ ކުރި އަންނަ އޭޕްރީލު މަހުގެ ހަތަރު ވަނަ ދުވަހު ނަގާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓާއި، 2028 ގައި ބާއްވާ ރިޔާސީ އިންތިހާބާ އެއްވެސް ގުޅުމެއް ނެތް ކަމަށް މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް ވިދާޅުވެއްޖެ އެވެ. ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ދިވެހީންގެ ރާއްޖެ ތަރާވީހުގައި ވާހަކަދައްކަަވަމުން ތޯރިގް ވިދާޅުވީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުނ...
އައިޝަތު ޢާދަމް
ޖުމްހޫރީ މައިދާނާއި ސަލްޓަން ޕާކުގެ އިތުރުން ސުނާމީ ބިނާ ސަރަހައްދުގެ މަސައްކަތް އީދު ދުވަހަށް ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ކޮންގްރެސް ޕާޓީގެ ދިވެހިންގެރާއްޖެ ތަރާވީހުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ އެމަނިކުފާނު ހައުސިން މިނިސްޓަރުކަމާއި މާލޭގެ މޭޔަރުކަމުގައި ހުންނަވައިގެން ތަރައްގީކުރެއްވި ޕާކުތައް ވީރާނާވެފައިވާތީ އަލުން އެތަންތަން ތަރައްގީކުރަން ފެށީ މީގެ ދެ އަރަހެއްހާ ދުވަހުގެ ކުރިން ކަމަށ...
އައިޝަތު ޢާދަމް
ދާޚިލީ ވަޒީރު އަލީ އިހުސާންގެ އަނބިކަނބަލުންނާއި އަންހެން ދަރިފުޅުގެ ވީޑިއޯއެއް ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި، އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު ނެގި ކަމަށް އެމަނިކުފާނު ތުހުމަތު ކުރައްވައިފިއެވެ. ވަޒީރު “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އަކުރަމާއި އިބްރާހިމް ވަހީދު މަގުމަތީގައި ތިއްބަވައިގެން، ފޯނުން ވީޑިއޯ ކުރާ މަންޒަރު ފެންނަ ސީސީޓީވީ ފޫޓޭޖެއް އާއްމު ކުރައްވާފަ އެވެ. މި ވީޑިއޯ ކޮށްފައިވަނީ އިބްރާހިމް ވަހީދެވެ. އަދި މި ވީޑިއޯ ނަގަނ...
އައިޝަތު ޢާދަމް
މިނިވަން ޤައުމެއްގެ ގޮތުގައި ކުރިއަށް އޮތް ތަނުގައި ދެމިތިބުމަށްޓަކައި ތާރީޚަކީ އެންމެ ވަރުގަދަ އެއް ހަތިޔާރުކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ޤައުމީ ތާރީޚްގެ ދުވަހުގެ މުނާސަބާގައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސްގެ ޕޯސްޓުގައި ވިދާޅުވީ، މާޒީގެ ވާހަކަތަކުގެ އެންމެ ޖުމްލައަކުން، ދިވެހި ކާބަފައި ޒަމާނުގެ އެންމެ ތަޞްވީރަކުން، ނުވަތަ ފެންނާންހުރި ޤަދީމީ އެންމެ އާޘާރަކުންވެސް އެ ކިޔައިދެނީ އެތައްހާސް ވާހަކައެއް ކަމަ...
ޝިއުނާ އާދަމް
ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތް (ނ.މ.ޝ.ޢ)ގެ ވެރިޔާ އަދި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ.)، ޤާސިމް އިބްރާހީމްގެ ބައްޕާފުޅުގެ ހަނދާނުގައި ޤާސިމްގެ ރަށް އދ. މާމިގިލީގައި ބިނާކުރި މިސްކިތް މިއަދު ހުޅުވައިފިއެވެ. މާމިގިލި ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ގޮތުގައި ވެސް ހުންނެވި ޤާސިމް ބައްޕާފުޅުގެ ނަމަށް ނިސްބަތްކުރަށްވާ ‘’މަސްޖިދު އިބްރާހީމް’’ގެ ނަމުގައި ބިނާކުރެއްވި މި މިސްކިތް ހުޅުއްވައިދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދެވެ. މ...
ޔުމްނާ ޢަލީ
ސިނަމާލެ ބުރިޖުމަތިން ކުނި ބަރުކޮށްގެން ދަތުރުކުރި ޕިކަޕެއް ފުރޮޅާލައި ހާދިސާއެއް ހިނގައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ފުލުހުންގެ އިދާރާއިން މައުލޫމާތުދިން ގޮތުގައި، މާލެއިން ހުޅުމާލެއަށް ކުނި ބަރުކޮށްގެން ދަތުރުކުރި މި ޕިކަޕް ފުރޮޅާލާފައިވާ ކަމުގެ ރިޕޯޓް ލިބިފައިވަނީ 2026 ފެބުރުވަރީ 27 ވީ ބުރާސްފަތި ދުވަހުގެ ހެނދުނު 09:45 އެހައިކަންހާއިރުއެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ޕިކަޕް ދުއްވާފައި ދަނިކޮށް ފުރޮޅު ފަޅައިގެން ގޮސް، ކޮންޓްރޯލް ނުވެ ގޮސް ބުރިޖުގެ ފެންސްގަ...
ޔުމްނާ ޢަލީ
ސަރުކާރާ އިދިކޮޅު ވިސްނުމުގެ 57 ރަށެއްގެ ކައުންސިލުން ބިން ހަވާލުނުކުރުމުގެ ސަބަބުން ތަރައްޤީގެ މަޝްރޫޢުތައް ނުފެށި ހުރިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ސަރުކާރު ހިންގާ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބޭއްވި “ދިވެހީންގެރާއްޖެ ތަރާވީސް” ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމަށްޓަކައި ރަސްމާލެ އާއި ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ބާރަށް ކުރިއަށްދާކަން ފާހަގަކ...
ޝިއުނާ އާދަމް
ރައްޔިތުންނާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ރައްޔިތުންގެ ސީދާ ބަސް ހޯދުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ އިސްކަމެއް ދެއްވާ ކަމަށާއި، ރައްޔިތުންގެ އަޑުއައްސަވައިގެން ނޫނީ އެމަނިކުފާނު މިހާތަނަށް ބޮޑު ނިންމެވުމެއް ނުނިންމަވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ޝިޔާމް މިހެން ވިދާޅުވީ ސަރުކާރު ހިންގާ ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ރޭ ބޭއްވި “ދިވެހީންގެރާއްޖެ ތަރާވީސް” ހަރަކާތުގައި ވާހަކަ ދައްކަވަމުންނެވެ. ވަޒީރު ޝިޔާމް...
ޔުމްނާ ޢަލީ
ޑިމޮކްރަސީގެ ހަމަތަކަށް ބަލާއިރުވެސް ރައްޔިތުންނަށް އެންމެ ފައިދާވާނީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއް ތާރީޚެއްގައި ބޭއްވުންކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ސަރުކާރު ހިންގާ ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ރޭ ބޭއްވި “ދިވެހީންގެރާއްޖެ ތަރާވީސް” ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ހުށައެޅުމުގެ އެންމެ ބޮޑު ބޭނުމަކީ ރައްޔިތުން ތަމްސީލްކުރަން ހޮވާ މަ...
ޔުމްނާ ޢަލީ