ޑރ. އަފްރާޝީމް ޢަލީގެ މަރުގެ މައްސަލައިގައި ނެރުއްވި ރިޕޯޓު ރައީސް އޮފީހުން އާންމުކޮށްފި
މަރާލާފައިވާ މީހުންނާއި، ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަނުން ޑރ. އަފްރާޝީމް ޢަލީގެ މަރުގެ މައްސަލައިގައި ނެރުއްވި ރިޕޯޓާ ގުޅިގެން ސަރުކާރުން ނޫސްބަޔާނެއް ނެރެފިއެވެ. ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު ޑރ. އަފްރާޝީމް އަލީ (ގުލްފާމުގެ، ރ.އުނގޫފާރު) 1 އޮކްޓޫބަރު 2012 ދުވަހުގެ ރޭ ވަރަށް އަނިޔާވެރިކަމާއެކު އަވަހާރަކޮށްލާފައި ވާތީވެ، އެކަން ރޭވި މީހުންނާއި އެކަން އެ ބަޔަކު ކުރަން ބޭނުންވި ސަބަބު ހޯދުމަށާއި އެކަމަށް ޚަރަދުކުރި ފަރާތް ހޯދުމުގެ މަސައްކަތް ހަވާލުކުރ...