މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

ރާއްޖެ

16,845 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 1079 ވަނަ ޞަފްޙާ

އަހަރު ނިމުނުއިރު ސިޔާސީ ޕާޓީތަކުގައި މެމްބަރުން ތިބި އަދަދު ހާމަކޮށްފި

އަހަރު ނިމުނުއިރު ސިޔާސީ ޕާޓީތަކުގައި މެމްބަރުން ތިބި އަދަދު ހާމަކޮށްފި

2019 ވަނަ އަހަރު ނިމުނުއިރު ރާއްޖޭގެ ސިޔާސީ ޕާޓީތަކުގައި މެމްބަރުން ތިބި އަދަދު އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ. އިލެކްޝަންސް ކޮމިޝަނުން މިއަދު އާންމު ކުރި ތަފާސް ހިސާބު ދައްކާ ގޮތުން މިދިޔަ ޑިސެމްބަރު މަހުގެ ނިޔަލަށް އެމްޑީޕީގެ މެންބަރުންގެ ގޮތުގައި ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވަނީ 54،101 މެންބަރުންނެވެ. 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 24 ގެ ނިޔަލަށް އެމްޑީޕީގެ މެންބަރުންގެ އަދަދަކީ 53،695 އެވެ. 2019 ވަނަ އަހަރުގެ މެއިމަހު އެމްޑީޕީގެ މެންބަރުންގެ ގޮތުގައި 54،302 […]

ޔުމްނާ ޢަލީ
ފުރަތަމަ ޖަލުގެ ވެރިން އިސްލާޙުވާންވީ، އެއަށްފަހު ގައިދީން އިސްލާޙް ކުރެވޭނީ: މުޙްތާޒް މުޙްސިން

ފުރަތަމަ ޖަލުގެ ވެރިން އިސްލާޙުވާންވީ، އެއަށްފަހު ގައިދީން އިސްލާޙް ކުރެވޭނީ: މުޙްތާޒް މުޙްސިން

ފުރަތަމަ ޖަލުގެ ވެރިން އިސްލާޙުވާންވީ، އެއަށްފަހު ގައިދީން އިސްލާޙް ކުރެވޭނީ އެއިރުންކަމަށް ޖަލުން މިނިވަންވެވަޑައިގެންނެވި ކުރީގެ ޕްރޮސެކިއުޓާ ޖެނަރަލް މުހުތާޒް މުހުސިން ވިދާޅުވެއްޖެ އެވެ. ކަރެކްޝަންއިން މިއަދު ނެރުން ނޫސްބަޔާންއަށް ރައްދު ދެއްވާ މުހުތާޒް މުހުސިން ވިދާޅުވެފައިވަނީ ގައިދީއްނަކީ ލަފާ ބައެއް ނޫންކަމަށާއި ޖަލަށް ލެވެނީ އެހެންވީމަ ކަމަށެވެ. ހަރުކަށިކަން ނުދަށްކަވާ ޒިއްމާ އަދާ ކުރައްވާ، މި ރިޕޯރޓު ތަންފީޒު ކޮށްދެއްވުން ކީއްތޯ؟ ކަންކަން ހަމަމަގަށް އެޅުވުމަށް ހިކުމަތްތެރިވުން ބުއްދިވެރ...

އަލީ އާދިލް
ނ. ޅޮހީ ކައުންސިލަރުންނާއި ރައީސް ބައްދަލު ކުރައްވައިފި

ނ. ޅޮހީ ކައުންސިލަރުންނާއި ރައީސް ބައްދަލު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިލަދުންމަޑުލު ދެކުނުބުރީ ޅޮހީ ކައުންސިލަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ބައްދަލުކުރެއްވުމުގައި، ޅޮހީގެ ތަރައްޤީއަށް ކުރިޔަށްގެންދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތާއި، ކުރިޔަށް ރާވާފައިވާ މަޝްރޫޢުތަކުގެ މަޢުލޫމާތު ކައުންސިލަރުން ވަނީ ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ. އަދި، ރަށުގެ މިހާރުގެ ހާލަތާއި، ރައްޔިތުންނަށް އެންމެ ބޮޑަށް ދަތިވެފަ...

އަލީ އާދިލް
ކުޅުދުއްފުށީ ސިޓީގެ އިންތިހާބީ ދާއިރާތައް އަންނަ ހަފްތާ އިއުލާނު ކުރަނީ

ކުޅުދުއްފުށީ ސިޓީގެ އިންތިހާބީ ދާއިރާތައް އަންނަ ހަފްތާ އިއުލާނު ކުރަނީ

ކުޅުދުއްފުށި ސިޓީގެ އިންތިހާބީ ދާއިރާތައް އިއުލާނު ކުރުން އަންނަ ހަފްތާގައި އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. އީސީން މިއަދު ކުރި ޓްވީޓެއްގައި ބުނީ ކުޅުދުއްފުށީ ސިޓީގެ އިންތިހާބީ ދާއިރާތައް އިއުލާނު ކުރުމާއި، އަންހެން މެންބަރުން އިންތިހާބުކުރާނެ ދާއިރާތައް ކަނޑައެޅުމަށްޓަކައި ބާއްވާ ގުރު ނެގުން އަންނަ ހަފުތާގައި ކުޅުދުއްފުށީގައި ބާއްވާނެ ކަމަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ދޭން ނިންމާފައެވެ. އެހ...

އަލީ އާދިލް

އިސްލާމިކް ޔުނިވާސިޓީއަށް އާ ޑީނުން ހަމަޖައްސައިފި

އިސްލާމިކް ޔުނިވާސިޓީއަށް އާ ޑީނުން ހަމަޖައްސައިފިއެވެ. އާ ޑީނުން މަޤާމްތަކަށް އައްޔަނު ކޮށްފައިއާ ވަނީ މިއަދު އެ ޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެގޮތުން ސެންޓަ ފޯ ޕޯސްޓްގްރެޖުއޭޓް ސްޓަޑީޒްގެ ޑީންކަމަށް އައްޔަނު ކުރައްވާފައިވަނީ ޑރ. އަބްދުﷲ ޖަމީލެވެ. ސެންޓަ ފޯ ރިސާޗް އެންޑް ޕަބްލިކޭޝަންގެ ޑީންކަމަށް އައްޔަނު ކުރައްވާފައިވަނީ ޑރ. އިސްމާއިލް ޝަފީއެވެ. މީގެ އިތުރުން ކުއްލިއްޔާ އޮފް އެރަބިކް ލެންގްވޭޖްގެ ޑީންކަމަށް އިސްހާގު މުހައްމަދުފުޅު، ކުއްލިއްޔާ އޮފް އެޑިޔުކޭޝަންގެ ޑީންކަމަށް ޑރ....

އަލީ އާދިލް
އޯރަލް އެންޑް މެކްސިލޯފޭޝަލް ސާޖަންއެއް އައިޖީއެމްއެޗްގައި މަސައްކަތް ކުރައްވަން ފަށްޓަވައިފި

އޯރަލް އެންޑް މެކްސިލޯފޭޝަލް ސާޖަންއެއް އައިޖީއެމްއެޗްގައި މަސައްކަތް ކުރައްވަން ފަށްޓަވައިފި

ރާއްޖޭގެ ފުރަތަމަ އޯރަލް އެންޑް މެކްސިލޯފޭޝަލް ސާޖަން ޑރ. ފަތުހުﷲ ސައީދު އައިޖީއެމްއެޗް ހޮސްޕިޓަލުގައި މިއަދު މަސައްކަތް ކުރައްވަން ފައްޓަވައިފިއެވެ. އައިޖީއެމްއެޗުން ބުނީ ޑރ. ފަތުހުﷲ މިއަދުން ފެށިގެން އެ ހޮސްޕިޓަލުގައި ފަރުވާ ދެއްވާނެ ކަމަށެވެ. އަދި އާންމުކޮށް އޯޕީޑީ އަށް ދެއްކުމަށް އެޕޮއިންޓްމެންޓް ހައްދާ އުސޫލުން ޑރ. ފަތުހުﷲ އަށް ދެއްކުމަށް އެޕޮއިންޓްމެންޓް ހެދޭނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ. އޯރަލް އެންޑް މެކްސިލޯފޭޝަލް ސާޖަރީ އަކީ އަނގަ އާއި މޫނު އަދި ކަނދުރާގެ ސާޖަރީ […]

އަލީ އާދިލް

ރައީސް މާލެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ސްރީލަންކާއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލައްވައި، ރޭ މާލެ ވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާ ސްރީލަންކާއަށް ވަޑައިގެންނެވީ ހުސްވި ޑިސެންބަރުމަހުގެ 31 ވަނަ ދުވަހުގެ ރޭގައެވެ. މިމަހުގެއް އެއްވަނަ ދުވަހު ރައީސް ސޯލިހު ވަނީ ސްރީލަންކާގައި އެމަނިކުފާނުގެ އާއިލާއާއެކު އުފަންދުވަސް ފާހަގަ ކުރައްވާފަ އެވެ. ރައީސް ސޯލިހުގެ އުފަންދުވަހަކީ މޭ މަހުގެ ތިން ދުވަސް ނަމަވެސް އާއިލާއިން އުފަން ދުވަސް ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ޖެނުއަރީ އެއްވަ...

ޔުމްނާ ޢަލީ

ޤަވާޢިދާ ޚިލާފަށް މުދާ އުފުލި މީހެއް ފުލުހެއްގައިގައި ސައިކަލުން ޖައްސާފައި ފިލަން އުޅެފި

ޤަވާޢިދާ ޚިލާފަށް މުދާ އުފުލި މީހެއް ފުލުހެއްގައިގައި ސައިކަލުން ޖައްސާފައި ފިލަން އުޅެފިއެވެ. ފުލުހުން ބުނީ ޤަވާޢިދާ ޚިލާފަށް މުދާ އުފުލި މީހެއް މަޑުކުރަން ބުނުމުން މަޑުނުކޮށް ދާން އުޅުމުން ފުލުހުން އޭނާ ހުއްޓުވިކަމަށެވެ. އަދި ސައިކަލް ދުއްވަން އިންމީހާގެ މައުލޫމާތު ދޭން އެދުމުން އެކަމަށް އިންކާރުކޮށް ފުލުސްމީހާއާއި ދިމާއަށް ހަޑިކޮށް އެއްޗެހި ކިޔާފައިވާކަމަށެވެ. ޤަވާޢިދާ ޚިލާފަށް ސައިކަލް ދުއްވި މީހާ އުޅުނީ ފުލުސްމީހާއާއި ދިމާއަށް ހަޑިކޮށް އެއްޗެހި ކިޔުމަށްފަހު ފުލުސްމީހާ ގައިގައި ސައިކަލުން ޖަ...

އަލީ އާދިލް
އިސްލާމީ މަރުކަޒުގައި މިމަހު 17 ވާ ހުކުރުގައި އިމާމުވެ ޚުތުބާ ދެއްވާނީ މުފްތީ މެންކް

އިސްލާމީ މަރުކަޒުގައި މިމަހު 17 ވާ ހުކުރުގައި އިމާމުވެ ޚުތުބާ ދެއްވާނީ މުފްތީ މެންކް

ޖެނުއަރީ 17 ވާ ހުކުރު ދުވަހު ދުނިޔޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކް އިސްލާމީ މަރުކަޒުގައި އިމާމުވެ ޚުތުބާ ދެއްވާ ގޮތަށް ހަމަޖެހިއްޖެއެވެ. މެންކް ޚުތުބާ ދެއްވުމަށް ހަމަޖެހިފައި ވަނީ އިނގެރޭސި ބަހުން ނެވެ. މުފްތީ މެންކް ރާއްޖެ ވަޑައިގަންނަވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދައުވަތަކަށެވެ. މެންކް ރާއްޖެ ވަޑައިގެންނެވުމަށް ތާވަލްކޮށްފައި ވަނީ މި މަހުގެ 14 އިން 18 އަށެވެ. އިސްލާމިކް މިނިސްޓްރީން ހާމަކުރައްވާ ގޮތުގައި މުފްތީ މެންކްގެ މި ދަަތުރުފުޅުގައި، މާލެ އާއި […]

ޔުމްނާ ޢަލީ

އީސީގެ ފަރާތުން ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ކުރިއަށްއޮތް އިންތިޚާބަށް އަހުލުވެރި ކުރުމުގެ ޕްރޮގްރާމެއް ހިންގަނީ

އިލެކްޝަންސް ކޮމިޝަނުން (އީސީ) ގެ ފަރާތުން ލަންކާގައި ދިރިއުޅޭ ދިވެހިން ކުރިއަށް އޮތް ލޯކަލް ކައުންސިލުތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށް އަހުލުވެރިކުރުމުގެ ޕްރޮގްރާނެއް ހިންގަން ނިންމައިފިއެވެ. އިލެކްޝަންސް ކޮމިސަނުން ބުނީ އެ ޕްރޮގްރާމް ހިންގުމަށް ނިންމާފައިވަނީ މިހިނގާ ޖެނުއަރީ މަހުގެ 7 ވަނަ ދުވަހު ކަމަށެވެ. 2020 January 7 vana dhuvahu, EC ge faraathun, Sri Lanka gai dhiriulhuhvaa Dhivehi raiyyithun nah #LCE2020 Adhi #WDCE2020 inthihaabaa […]

އަލީ އާދިލް

މުފްތީ މެންކް  ކުޅުދުއްފުށި ސިޓީއަށް ވަޑައި ގަންނަވަނީ

ދުނިޔޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކް ކުޅުދުއްފުށި ސިޓީއަށް ވަޑައި ގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ. މިދަތުރުގައި ކުޅުއްދުއްފުށީ ސިޓީގައި އޭނާ ދީނީ ދަރުސް ދެއްވާނެއެވެ. މުފްތީ މެންކް ކުޅުދުއްފުށި ސިޓީއަށް ވަޑައިގަންނަވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދައުވަތަކަށް، މި މަހުގެ 14 އިން 18 އަށް ރާއްޖެއަށް ކުރައްވާ ޒިޔާރަތުގެ ތެރޭގައެވެ. އިސްލާމިކް މިނިސްޓްރީން ހާމަކުރައްވާ ގޮތުގައި މުފްތީ މެންކްގެ މި ދަަތުރުފުޅުގައި، ކުޅުދުއްފުށި ސިޓީގެ އިތުރުން މާލެ އާއި އައްޑޫ ސިޓީގައި ތަގުރީރު...

ޔުމްނާ ޢަލީ

ޓްރެފިކް ލައިޓް ރަތްވުމުންވެސް މަޑުނުކޮށް ދިޔަ ސައިކަލަކުން ބަނގުރާ ހުރި ފުޅިއެއް ފެނިއްޖެ

ޓްރެފިކް ލައިޓް ރަތްވުމުންވެސް މަޑުނުކޮށް ދިޔަ ސައިކަލަކުން ބަނގުރާ ހުރި ފުޅިއެއް ފެނިއްޖެއެވެ. ފުލުހުން ބުނީ މިރޭ ސިނަމާލެ ބުރިޖުން ދަތުރުކުރި ސައިކަލެއް ހުޅެލެއަށް ދާން އަޅަން އޮންނަ ސަރަހައްދުގައި ހުންނަ ޓްރެފިކް ލައިޓް ރަތްވެފައި ހުއްޓައި މަޑު ނުކޮށް ދިއުމުން ހިއްޓުވައި ބަލާ ފާސް ކުރި ކަމަށެވެ. އެސައިކަލު ބަލައި ފާސްކުރި އިރު ބަނގުރާ ހުރި ފުޅިއެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ސައިކަލު ދުއްވަން އިން މީހާގެ އަތުގައި ލައިސަންސްވެސް ނެތްކަމަށް ފުލުހުން […]

ޔުމްނާ ޢަލީ

މިދިޔަ އަހަރު ދައުލަތުގެ މުއައްސަސާތަކަށް އެއްހާހަށްވުރެ ގިނަ ޤާނޫނީ ލަފާ ފޯރުކޮށްދީފައިވާނެ: އޭޖީ

ފާއިތުވި އަހަރު ދައުލަތުގެ މުއައްސަސާތަކަށް އެއްހާހަށްވުރެ ގިނަ ޤާނޫނީ ލަފާ ފޯރުކޮށްދީފައިވާކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން ހާމަކުރައްވައިފިއެވެ. އެ އޮފީހުން ޢާންމު ކޮށްފައިވާ މިދިޔަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ދައުލަތުގެ މުއައްސަސާތަކުން 1082 ކަމެއްގައި ޤާނޫނީ ލަފަޔަކަށް އެދި އެ އޮފީހަށް ފޮނުވާފައިވާއިރު، 1003 ކަމެއްގައި ޤާނޫނީ ލަފާ ވަނީ ދެއްވާފައެވެ. އެޓަރނީ ޖެނަރަލްގެ އޮފީހުން 2019 ވަނަ އަހަރު ދިން ލަފާގެ ތަފާސްހިސާބު pic.twitter.com/IPDTdjY5cR — AG Office Maldives...

އަލީ އާދިލް
ދީނަށާއި ޢިލްމުވެރިންނާ ދެކޮޅަށް ވަގު އައިޑީގައި ބަސްބުނުމަކީ ދީނާއި ޤައުމަށް ވަފާތެރި މުސްލިމަކު ކުރާނެ ކަމެއްނޫން: ސެއިޚް އިލްޔާސް

ދީނަށާއި ޢިލްމުވެރިންނާ ދެކޮޅަށް ވަގު އައިޑީގައި ބަސްބުނުމަކީ ދީނާއި ޤައުމަށް ވަފާތެރި މުސްލިމަކު ކުރާނެ ކަމެއްނޫން: ސެއިޚް އިލްޔާސް

ދީނަށާއި ޢިލްމުވެރިންނާ ދެކޮޅަށް ވަގު އައިޑީގައި ބަސްބުނުމަކީ ޔަޤީނުންވެސް ދީނަށާއި ޤައުމަށް ވަފާތެރި އިޚްލާސްތެރި މުސްލިމް މުވާތިނަކު ކުރާނެ ކަމެއް ނޫންކަމަށް ސެއިޚް އިލްޔާސް ޙުސައިން ވިދާޅުވެއްޖެއެވެ. ސެއިޚް އެހެން ވިދާޅުވީ މިއަދު ކުރި ޓުވީޓެއްގައެވެ. އެ ޓުވީޓުގައި ސެއިޚް އިތުރަށް ވިދާޅުވެފައިވަނީ މުންކަރާތްތަކާއި ދެކޮޅު ހެދުމަކީ ހަރުކަށި ކަމެއްނޫން ކަމަށެވެ. އަދި ” އަހަރެމެން ބަޔަކާ ދެކޮޅުވެރި ވާނީވެސް އަދި އެކުވެރި ވާނީވެސް ހައްޤުގެ ދިފާއުގައި ” ކަމަށް ވިދާޅުވެފައިވެއެވެ. Dhēnashai, ilmuveri...

ޔުމްނާ ޢަލީ
ިމާލޭގައި މީހެއް ގަޔަށް ވަޅި ޖަހައިފި

ިމާލޭގައި މީހެއް ގަޔަށް ވަޅި ޖަހައިފި

ިމާލޭގައި މިއަދު ހަވީރު މީހެއް ގަޔަށް ވަޅި ޖަހައިފިއެވެ. ފުލުހުން ބުނީ މާފަންނު ހިލާލީ މަގުގައި ބަޔަކު ހަމަނުޖެހުން ހިންގާ ކަމަށް މިއަދު 4:40 ހާއިރު ފުލުހުންގެ ސީސީޓީވީ ކެމެރާއަކުން ފާހަގަ ކުރެވިފައިވާ ކަމަށެވެ. ފުލުހުން ބުނީ މި މާރާމާރީގައި އަނިޔާވެގެން ފަރުވާދެމުން ދަނީ 29 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށެވެ. އަދި އެކަން ބެލި އިރު މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށާއި އަނިޔާ ލިބުނު މީހާއަށް އައިޖީއެމްއެޗް އިން ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. […]

އަލީ އާދިލް