މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

ރާއްޖެ

16,845 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 1078 ވަނަ ޞަފްޙާ

މުޑިއެރި ޑިންގީ ކަނޑު އަޑިން ފެނިއްޖެ

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބ. ދޮންފަނާއި، ބ، ހަނިފަރާ ދެމެދުން ދަތުރުކުރަމުންދިޔަ ދޯންޏަކާއި، ޑިންގީއެއް މުޑިއެރި ހާދިސާގައި އަޑިއަށް ދިޔަ ޑިންގީ ކަނޑުއަޑިން ފެނިއްޖެއެވެ. އެމްއެންޑީއެފް އިން ބުނީ އެކްސިޑެންޓުވި ޑިންގީ ފެނިފައި ވަނީ ދޮންފަނާއި އެ އަތޮޅު އަނގަފަރާ ދެމެދުން، ކަނޑުގެ 40 މީޓަރު އަޑީގައި އޮއްވާ ކަމަށެވެ. Launch akaai Dinghy eh jehi B. Dhonfanu kairin hin'gi accident gai gellunu Dinghy, B. Dhonfanu adhi B. Angafaru […]

ޔުމްނާ ޢަލީ
ރާއްޖެއާ ޗައިނާއާ ދެމެދު ގުޅުންބަދަހިކުރެވިދާނެ މައިގަނޑު ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި

ރާއްޖެއާ ޗައިނާއާ ދެމެދު ގުޅުންބަދަހިކުރެވިދާނެ މައިގަނޑު ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި

ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މިސްޓަރ ޖަންގް ލީ ޖޮންގްއާ ޗައިނާގެ ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރޭޝަން (ސީ.އެމް.އީ.ސީ)ގެ އޮފިޝަލުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްއާ ބައްދަލު ކުރައްވައި ރާއްޖެއާ ޗައިނާއާ ދެމެދު ގުޅުންބަދަހިކުރެވިދާނެ މައިގަނޑު ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ. އާދިއްތަދުވަހުގެ ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ އުމުރާނީ ތަރައްޤީގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން...

އަލީ އާދިލް
އަދާލަތު ޕާޓީގެ ޓިކެޓުގައި ކައުންސިލް އިންތިޚާބަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި

އަދާލަތު ޕާޓީގެ ޓިކެޓުގައި ކައުންސިލް އިންތިޚާބަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އަދާލަތު ޕާޓީގެ ޓިކެޓުގައި ވާދަކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު އެ ޕާޓީން މިއަދު ހުޅުވާލައިފިއެވެ. އަދާލަތު ޕާޓީން ބުނީ ފޯމު ހުށަހެޅުމުގެ ސުންގަޑި ހަމަވާނީ މި މަހުގެ 26 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 3:00 ގައި ކަމަށެވެ. ޓިކެޓަށް އެދޭ ފޯމާއެކު ގާނޫނީ ފޯމް ވެސް ފުރަންޖެހޭނެ ކަމަށް އެ ޕާޓީން ބުންޏެވެ. ކައުންސިލް އިންތިޚާބުގައި ވާދަކުރުމަށް ބޭނުންވާ ލިޔެކިޔުންތައް ހުށަހަޅަން ޖެހޭނީ ހ. […]

އަލީ އާދިލް
ކައުންސިލްތަކަށް ޚާއްސަ "ގުނަ" އޮންލައިން އެޕްލިކޭޝަން ތައާރަފް ކުރަނީ

ކައުންސިލްތަކަށް ޚާއްސަ "ގުނަ" އޮންލައިން އެޕްލިކޭޝަން ތައާރަފް ކުރަނީ

ކައުންސިލްތަކުގެ ބަޖެޓް ތަންފީޒު ކުރުމުގެ ކަންކަން ބެލެހެއްޓުމަށް ލޯކްލަ ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)  އޮންލައިން އެޕްލިކޭޝަނެއް ތައާރަފް ކުރަން ނިންމައިފިއެވެ. “ގުނަ”ގެ ނަމުގައި ތައާރަފްކޮށްފައިވާ މި އެޕްލިކޭޝަނަކީ ކައުންސިލުން ހިންގާ ޕްރޮޖެކްޓްތަކާއި ހިނގާ ޚަރަދުތައް ފެންނަން ހުންނާނޭ ހެން ފަރުމާކޮށްފައިވާ އެޕްލިކޭޝަނެކެވެ. މިއަހަރުން ފެށިގެން ކައުންސިލްތަކުގެ ބަޖެޓް ތަންފީޒު ކުރުމުގެ ކަންކަން ބަލަހައްޓާނީ އެ އެޕްލިކޭޝަނުންކަމަށް އެލްޖީއޭއިންވަނީ ހާމަ ކުރައްވާފައެވެ. މީޑިއާއަށް މައުލޫމާތު...

ޔުމްނާ ޢަލީ
ހުޅުމާލޭގައި ތަރައްޤީކުރާ ލޮލުގެ ބަލިތަކަށް ޚާއްސަ މަރުކަޒު މިމަހުގެ 13 ވަނަ ދުވަހު ހުޅުވަނީ

ހުޅުމާލޭގައި ތަރައްޤީކުރާ ލޮލުގެ ބަލިތަކަށް ޚާއްސަ މަރުކަޒު މިމަހުގެ 13 ވަނަ ދުވަހު ހުޅުވަނީ

ހުޅުމާލޭ ހޮސްޕިޓަލުގައި ތަރައްޤީކުރާ ލޮލުގެ ބަލިތަކަށް ޚާއްސަ މަރުކަޒު މިމަހުގެ 13 ވަނަ ދުވަހު ހުޅުވާނެކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ. މިއީ ލޮލުގެ ބަލިތަކަށް ފަރުވާ ދިނުމަށް ޚާއްސަކޮށްގެން ރާއްޖޭގައި ޤައުމީ ފެންވަރެއްގައި ހުޅުވާ ފުރަތަމަ މަރުކަޒެވެ. ޗައިނާ ސަރުކާރުގެ އެހީގައި ތަރައްޤީކުރާ މި ސެންޓަރު ހިންގާނީ ޗައިނާގެ ޖޮންގްޝަން އޮޕްތަލްމިކް ސެންޓަރާއި، ހުޅުމާލޭ ހޮސްޕިޓަލް ގުޅިގެންނެވެ. ހުޅުމާލެ ހޮސްޕިޓަލުން ބުނީ، ލޮލުގެ ބަލިތަކަށް ޚާއްސަ މަރުކަޒަށް ބޭނުންވާ މެޝިނަރީތަކާއި، މެޑިކަލް ކޮންސިއުމ...

އަލީ އާދިލް
އަންނަ ފެބުރުވަރީ މަހުގެ 3 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްކަމުގައި ހަމަޖައްސަވައިފި

އަންނަ ފެބުރުވަރީ މަހުގެ 3 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްކަމުގައި ހަމަޖައްސަވައިފި

މިއަހަރުގެ ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހަމަޖައްސަވައިފިއެވެ. މިދުވަސް ސަރުކާރު ބަންދު ދުވަހެއްކަމުގައި ހަމަޖެއްސެވީ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނަންބަރު 2019/4 (21 ޖަނަވަރީ 2019) ގެ ދެންނެވުމުން ހަމަޖައްސަވާފައިވާތީއެވެ.

ޔުމްނާ ޢަލީ
ރިޔާސީ ބަޔާން އިއްވުން އަންނަމަހު ތިނެއްގައި

ރިޔާސީ ބަޔާން އިއްވުން އަންނަމަހު ތިނެއްގައި

ރައްޔިތުން މަޖިލިސް މިއަހަރަށް ހުޅުވައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ރިޔާސީ ބަޔާން އިއްވުން އަންނަ މަހު ތިންވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ބާއްވަން ހަމަޖައްސައިފި އެވެ. ރައްޔިތުންގެ މަޖިލީސް މިއަހަރަށް ހުޅުވާ ޖަލްސާ އަންނަ މަހު ތިންވަނަ ދުވަހު ބާއްވަން މަޖިލީހުގެ ރައީސް ނިންމެވިކަން މަޖިލީހުގެ އިރާދާއިން ވެސް ވަނީ ހާމަކުރައްވައިފައެވެ. އަދި އެޖަލްސާގައި ރިޔާސީ ބަޔާން އިއްވާނެކަމަށް ވެސް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ކުރެއްވި ޓްވީޓެއްގައި ވެސް ވަނީ ވިދާ...

އަލީ އާދިލް
ދޯންޏެއް ފަރަކަށް އުރި، އެ ދޯނީގެ ކެޕްޓަން ގެއްލިއްޖެ

ދޯންޏެއް ފަރަކަށް އުރި، އެ ދޯނީގެ ކެޕްޓަން ގެއްލިއްޖެ

ދޯންޏެއް ފަރަކަށް އުރި، އެ ދޯނީގެ ކެޕްޓަން ގެއްލިގެން ހޯދަން ފަށައިފި އެވެ. އެމްއެންޑީއެފް އިން ބުނީ “ޓީޓީއެސް ފާށަނާ” ނަމަކަށް ކިޔާ ދޯންޏެއް ކ. ކަގި ކައިރިއަށް ފަރަށް އަރާފައިވާ ކަމަށެވެ. ތިން މީހުން ދަތުރުކުރި އެ ދޯނީގެ ކެޕްޓަންވަނީ ގެއްލިފައެވެ. ގެއްލިފައިވާ ދޯނި ކެޕްޓަނަކީ ދިވެއްސެކެވެ. ދެން ދޯނީގައި ތިބީ ބިދޭސީންނެވެ. މިހާދިސާގެ ރިޕޯރޓް އެމްއެންޑީއެފް އަށް ލިބިފައިވަނީ ހެނދުނު 8:09 ގައެވެ. އެދޯންޏަކީ މުދާ އުފުލާ ދޯންޏެއްކަމަށް މައުލޫމާތު ލިބެއެވެ. ގެއްލުނު ދިވެހި […]

އަލީ އާދިލް

ރޯވި ޔޮޓް އަޑިއަށް ހިނގައްޖެ

ކ. ކުޑަވިލިނގިލި ފަޅުގައި އަޅާފައިވާ ޔޮޓެއްގައި ރޯވި އޮސްޓްރޭލިއާގެ ޔޮޓް އަޑިއަށް ހިނގައްޖެއެވެ. އެ ޔޮޓް އަޑިއަށް ގޮސްފައިވަނީ އެ ޔޮޓްގައި ރޯވި އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މިއަދު ހެނދުނު 9.30 ހާއިރު ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއްވައެވެ. އަލިފާނުގެ ހާދިސާގެ ރިޕޯޓު ލިބުނީ ރޭ ފަތިހު 5:42 ހާއިރު ކަމަށާއި އަލިފާން ނިއްވުމުގެ މަސައްކަތް އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު އިން ކުރަމުންދާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.

ޔުމްނާ ޢަލީ

ކ. ކުޑަވިލިނގިލި ފަޅުތެރޭގައި އޮތް ޔޮޓެއްގައި ރޯވެއްޖެ

ކ. ކުޑަވިލިނގިލި ފަޅުގައި އަޅާފައިވާ ޔޮޓެއްގައި ރޯވެއްޖެއެވެ. އެމްއެންޑީއެފުން ބުނީ ރޯވެފައިވަނީ އޮސްޓްރޭލިޔާގެ ޔޮޓެއްގައި ކަމަށެވެ. ޔޮޓު ގައި ރޯވި އިރު އޭގައި ތިން މީހުން ތިބިކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ. K. Kuda Villingili falhu therey gai oiy Australia Yacht gai roavi alifaan control kurumah MNDF Fire and Rescue Service in kuramundhaa masakkaiythakuge therein. pic.twitter.com/4mybb9KhZR — Maldives National Defence Force (@MNDF_Official) January 6, […]

ޔުމްނާ ޢަލީ
ލަންކާއިން ހައްޔަރުކުރި ދިވެހިންގެ ޢަދަދު 12 އަށް

ލަންކާއިން ހައްޔަރުކުރި ދިވެހިންގެ ޢަދަދު 12 އަށް

ރޭ ލަންކާއިން ހައްޔަރުކުރި ދިވެހިންގެ ޢަދަދު 12 އަށް އަރައިފިއެވެ. ފޮރިން މިނިސްޓްރީން ބުނެފައިވަނީ ލަންކާ ފުލުހުންގެ ބެލުމުގެ ދަށައް 12 ދިވެހިން ގެންދިޔަ ކަމަށެވެ. އޭގެ ތެރެއިން މިހާތަނަށް ހަތަރު ދިވެހިން ދޫކޮށްލާފައިވާ ކަމަށެވެ. އެމިނިސްޓްރީއިން އެގޮތަށް ހާމަކުރީ ލަންކާގެ ކަމާބެހޭ ފަރާތްތަކުން ހޯދި މައުލޫމާތުތަކަށްފަހު އެވެ. މިމައްސަލާގައި އެ މިނިސްޓްރީން ފުރަތަމަ ހާމަކުރީ ލަންކާ ފުލުހުން ހަ ދިވެހިން ހައްޔަރުކޮށްފައިވާ ކަމަށެވެ. ދޫކޮށްލާފައިވަނީ ކުޑަ ތިން ކުދިންނާއި، އެ ކުދިންގެ މަންމައެވެ. އަ...

އަލީ އާދިލް

ލަންކާއިން ހަ ދިވެހީން ހައްޔަރުކޮށްފި

އަވަށްޓެރި ސްރީލަންކާއިން ހަ ދިވެހިން ހައްޔަރު ކޮށްފިއެވެ. ފޮރިން މިނިސްޓްރީން ބުނީ ސްރީލަންކާ ފުލުހުންގެ ބެލުމުގެ ދަށަށް މިއަދުގެ ވަގުތެއްގައި ހަ ދިވެހިން ގެންގޮސްފައިވާ ކަމަށެވެ. އަދި އެ މީހުންނަށް ކޮލޮމްބޯގައި ހުންނަ ދިވެހި އެމްބަސީއިން ގެންދަނީ ކޮންސިއުލާ އެހީތެރިކަން ފޯރުކޮށްދެމުން ކަމަށެވެ. އެމްބަސީގެ ކޮންސިއުލަރ ސްޓާފުން ދަނީ އެ ދިވެހިން ހައްޔަރު ކޮށްފައި ތިބި ޕޮލިސް ސްޓޭޝަންގައި ހަރަކާތްތެރިވަމުން ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. ނަމަވެސް އިތުރު ތަފްސީލެއް ހާމައެއް ނުކުރެ އެވެ. https...

ޔުމްނާ ޢަލީ

ރަށު ކައުންސިލް ރައީސްކަމަށް ކުރިމަތިލާ ފަރާތްތަކަށް އާންމު ކައުންސިލް މެމްބަރެއްގެ ގޮތުގައި ވާދަނުކުރެވޭނެ: އީސީ

ރަށު ކައުންސިލް ރައީސްކަމަށް ކުރިމަތިލާ ފަރާތްތަކަށް އާންމު ކައުންސިލް މެމްބަރެއްގެ ގޮތުގައި ވާދަ ކުރުމުގެ ފުރުޞަތެއް ނެތްކަމަށް އިލެކްޝަންސް ކޮމިސަން (އީސީ) އިން ބުނެފިއެވެ. އިލެކްޝަންސް ކޮމިސަނުން އެގޮތަށް ބުނީ މިރޭ އެކޮމިޝަނުން ކުރި ޓުވީޓެއްގައެވެ. އިލެކްޝަނުން މިކަން ހާމަކޮށްދީފައި މިވަނީ އެކަމާމެދު އާންމުން ހޭލުންތެެރިކުރުމަށާއި، އަދި ޤާނޫނީ ގޮތުން އޮޅުން އަރާފައިވާ ފަރާތްތަކަށް އެކަން އޮޅުން ފިލުވައި ދިނުމަށް ކަމަށް ބެލެވެއެވެ. އިލެކްޝަންސް ކޮމިޝަނުން (އީސީ) ގެ ފަރާތުން ލަންކާގައި ދިރިއުޅޭ...

ޔުމްނާ ޢަލީ
ރާއްޖެއިން ބޭރުން ޙާފިޡުން ގެނައުމަށް ޢަމަލުކުރަމުންދާ އުޞޫލު ހަރުދަނާކުރުމަށް މަޝްވަރާކޮށްފި

ރާއްޖެއިން ބޭރުން ޙާފިޡުން ގެނައުމަށް ޢަމަލުކުރަމުންދާ އުޞޫލު ހަރުދަނާކުރުމަށް މަޝްވަރާކޮށްފި

ރާއްޖެއިން ބޭރުން ޙާފިޡުން ގެނައުމަށް ޢަމަލުކުރަމުންދާ އުޞޫލު ހަރުދަނާކުރުމަށް މަޝްވަރާކޮށްފި އެވެ. މިކަމަށް މަޝްވަރާކޮށްފައިވަނީ މިއަދު ނޭޝަނަލް ކައުޓަރ ޓެރެރިޒަމް ސެންޓަރުގެ ފަރާތުން ކައުންޓަރ ރެޑިކަލައިޒޭޝަން ކޮމިޓީގެ ބައްދަލުވުމެއް މިނިސްޓްރީ އޮފް ޑިފެންސްގައި ބޭއްވުނު ބައްދަލު ވުމެއްގައެވެ. މިބައްދަލުވުމުގައި 1441 ވަނަ އަހަރު ރަމަޟާން މަހަށް ރާއްޖެއިން ބޭރުން އިމާމުވެ ތަރާވީޙް ނަމާދު ކުރައްވާނެ ޙާފިޡުން ގެނައުމަށްޓަކައި ދުރާލާ ތައްޔާރުވުމަށް މިހާރު ޢަމަލުކުރަމުންދާ އުޞޫލު ހަރުދަނާކުރުމަށް މ...

އިބްރާހިމް އަސްވާޤް

އިކޮނޮމިކް މިނިސްޓްރީ އިން ދޫކުރާ ހަތަރު ހުއްދައެއް ދޫކުރުން ހުއްޓާލައިފި

އިކޮނޮމިކް މިނިސްޓްރީއިން ދޫކުރާ ހަތަރު ހުއްދައެއް ދޫކުރުން ހުއްޓާލައިފިއެވެ. މި ހަތަރު ހުއްދަ ދޫކުރުން އެ މިނިސްޓްރީއިން ހުއްޓާލީ ޤާނޫނު ނަންބަރު 2019/20 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަށް 4 ޖެނުއަރީ 2020 ގައި ޢަމަލުކުރަން ފެށުމާގުޅިގެންނެވެ. އިކޮނޮމިކް މިނިސްޓްރީއިން ދޫކުރުން ހުއްޓާލާފައިވާ ހުއްދަތައް – އިމްޕޯޓް މުދަލުގެ ވިޔަފާރިކުރުމުގެ ހުއްދަ – ސައިހޮޓާ ހިންގުމުގެ ހުއްދަ – ރެސްޓޯރަންޓް ހިންގުމުގެ ހުއްދަ – ކެންޓީން ހިންގުމުގެ ހުއްދަ މިގޮތަށް […]

ޔުމްނާ ޢަލީ