އަންނަ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހަކީ، 2021 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވާ ދުވަސް ކަމަށްވާތީ، އެދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް ހަމަޖައްސައިފިއެވެ. ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާޙީމް ހޫދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، 4 ފެބްރުއަރީ 2021ވާ ބުރާސްފަތި ދުވަހަކީ، މަޖިލިސް މިއަހަރަށް ހުޅުވާ ދުވަސް ކަމަށްވާތީ، އެދުވަހަކީ ސަރުކާރު ބަންދު ދުވަހެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ސާލިހު ކަނޑައަޅުއްވާފައި ވާކަމަށެވެ. އާ އަހަރަށް މަޖިލިސް ހުޅުވާ ޖަލްސާގައި އޮނ...
ޝިއުނާ އާދަމް
ސަލާމަތްކުރަން ފުލުސް މީހާ އަންނާނޭ ބުނެވޭވަރުގެ ބަޔަކަށް ދިވެހި ފުލުހުން ވާންޖެހޭކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ވިދާޅުވެއްޖެއެވެ. ޝިފާޢު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 27 ވަނަ ޖަލްސާގައި ”މ.އުޖާލާގެ ބަލައި ފާސްކުރުމަށް ފުލުހުން ހިންގި އޮޕަރޭޝަނާ ގުޅިގެން ފުލުހުންގެ ތެރެއިން ބަޔަކު އިޙްތިޖާޖުކުރަމުންދިޔަ މައްސަލަ، ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު”އަށް ބަހުސް ކުރަށް ވަމުންނެވެ. ޝިފާޢު ވިދާޅުވީ ދ...
އަލީ އާދިލް
މަކުނުދޫ ދާއިރާގެ ތިން ރަށުގެ ސިއްހީމަރުކަޒުތަކުގެ ހާލަތު ދަށްވެފައިވަނީ އޭރުގެ ހެލްތު މިނިސްޓަރު ޢަބުދުﷲ އަމީންގެ އިހުމާލުން ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެއެވެ. ރާޢީ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 27 ވަނަ ޖަލްސާގައި ”މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ އަމީން މަޖިލީހަށް ސައްޙަ ނޫން މަޢުލޫމާތު ދެއްވާފައިވާކަމަށް އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވާތީ އެ މައްސަލަ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު”އަށް ބަހުސް ކުރަށް ވަމުނ...
އަލީ އާދިލް
ރާއްޖޭގައި ހައި ސްޕީޑް ފެރީގެ ނިޒާމެއް ގާއިމުކުރުމަށް އެކުލަވާލި ޓްރާންސްޕޯޓު ނެޓްވޯކު މިމަހު 15 ގެ ކުރިން ސަރުކާރު ތެރެއިން އެންޑޯޒް ކުރެވޭނެ ކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. މިނިސްޓަރު އަސްލަމް މިހެން ވިދާޅުވީ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 26 ވަނަ ޖަލްސާގައި ވަޒީރާ ސުވާލު ކުރުމުގެ ވަގުތުގައި ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެ […]
އަލީ އާދިލް
ރައްޔިތުންގެ މަޖިލިސްގައި މިދިޔަ ހަފުތާއާއި، މިހަފުތާގައިވެސް ވަރަށް ބޮޑަށް ހުވަދޫ، އައްޑޫ ބަހުސެއް ހިނގަމުންދާ ކަމަށާއި، އެއީ ރަނގަޅުކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލިސްގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ކުރިއަށް ދިޔަ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 26 ވަނަ ޖަލްސާގައި ވަޒީރާ ސުވާލު ކުރުމުގެ ވަގުތުގައި އިނގުރައިދޫ ދާއިރާގެ މެންބަރު ޙަސަން އަޙްމަދު، ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުޙައްމަދު އަސްލަމާއި ކުރެއްވި ސުވާލުތ...
އަލީ އާދިލް
ބަޖެޓަށް ފައިސާ ހޯދާގޮތެއް، މަކުނުދޫ ދާއިރާގެ ތިން ރަށް ކަމަށްވާ މަކުނުދޫ، ނޭކުރެންދޫ އަދި ކުމުންދޫގެ ރައްޔިތުން މިހާރު ބަލަން ބޭނުން ނުވާ ކަމަށާއި، އެރައްޔިތުން ބޭނުން ވަނީ ބާޑީފަށުން އަރައިގަންނަން ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 24 ވަނަ ޖަލްސާގައި އަންނަ އަހަރަށް ފާސްކުރި ބަޖެޓާއި ގުޅޭގޮތުން ރާޢީ ދެއްކެވި ވާހަކާގައި ވިދާޅުވީ ”ދެން ދިރުމެއް އޮތް ތަނެއްގައި ވެއްޖެއްޔާ އުއްމީދެއް […]
އަލީ އާދިލް
ރައްޔިތުންގެ މަޖިލިސްގެ މެންބަރަކާއި ދެމެދު ޚިޔާލު ތަފާތުވެ، ތަޅުމުގައި އަޑުގަދަ ކުރައްވާތީ މަޖިލިސް ކުރިއަށް ގެންދަން ދަތިވެ، މަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ޝަރީފްގެ ނަން އިއްވައި ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ނެރެފި އެވެ. މަޖިލިސްގެ ތަޅުމުގައި އިންނެވި މެންބަރަކު ”ތިލަދުން”އަށް މަޢުލޫމާތު ދެއްވި ގޮތުގައި މެންބަރު ޝަރީފާއި، ޚިޔާލު ތަފާތުވުން އުފެދުނީ ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަލީމާއި ދެމެދުއެވެ. މެންބަރު ޝަރީފްގެ ނަން މަޖިލީހުގެ ރިޔާސަތުން، މަޖިލީހުގެ ރައީސް، ރައީސް...
ޙުސައިން ޝަހުދީ
ދިވެހިރާއްޖޭގެ ކުޅިވަރުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސް ކުރަމުންދާއިރު، ރާއްޖޭގައި ކުޅިވަރު ކުޅެނީ ހަމައެކަނި ފުރަމާލޭގައިތޯ، އަތޮޅުތަގެ ދާއިރާތަކުން މަޖިލިސްއަށް އިންތިޚާބުވެފައި ތިބި މެންބަރުން ވިސްނާލަންޖެހޭ ކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަތީފް ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 25 ވަނަ ޖަލްސާގައި ކުޅިވަރުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސްގެ ގައި ވާހަކަ ދައްކަވަމުން ޔާސިރު ވިދާޅުވީ ކުޅިވަރުއެސޯސި...
އަލީ އާދިލް
ރަނގަޅު ޕްލޭނެއް ނެތި މަސައްކަތްތައް ހިންގުމުން ބޮޑެތި އިންވެސްޓްމަންޓްތައް ފެއިލްވާން މެދުވެރިވާނެ ކަމަށާއި، ހދ. ހަނިމާދޫގައި މީގެ އަހަރުތަކެއް ކުރިން ހިންގި ފަހާ ފެކްޓަރީތައް ފެއިލްވެ އެ މަސައްކަތް ހުއްޓުނީ ހަނިމާދޫ އެއާޕޯޓު ތަރައްގީ ނުކުރެވިގެން ކަމަށް ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 23 ވަނަ ޖަލްސާގައި، 2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު، ބަޖެޓު ދިރާސާކުރާ ކޮމިޓީން ދިރާސާކޮށް […]
އަލީ އާދިލް
ރާއްޖޭގެ ޖަލުތަކުގައި ދީފައިވާ އަނިޔާތަކުގެ ތެރެއިން އަލިފުށީ ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިން (ބިގޭ) އަށް އެނގި ވަޑައިގަންނަވާ، އަމިއްލައަށް ތަޖުރިބާ ކުރެއްވި އަނިޔާއިން ”ތަން’ކޮޅެއް” މަޖިލިސް ތަޅުމުގައި ކިޔައިދެއްވައި، އޭނާއަށް އަނިޔާ ކުރި މީހުންނަށް މަޢާފު ކުރަށްވައިފިއެވެ. ފިއްކަނޑައިގެންދާހާ އަނިޔާ އެކުލެވޭ މިވާހަކަތައް ބިގޭ ހިއްސާ ކުރެއްވީ ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 23 ވަނަ ޖަލްސާގައި، މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ”އިންތ...
އަލީ އާދިލް
ހުރިހާ ސަރުކާރު ތަކަކުން ވެސް ހދ. އަތޮޅަށް ތަފާތު ކުރާކަމަށް ވިދާޅުވެ، ދައްކަވާ ވާހަކަތައް ތަކުރާރު ކުރަށްވައި، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ (މޮސްޓާ) އޭނާގެ އުދާސްތައް މަޖިލިސް ތަޅުމަށް ބަންޑުން ކޮށްލައްވައިފިއެވެ. ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 23 ވަނަ ޖަލްސާގައި، 2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު، ބަޖެޓު ދިރާސާކުރާ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ބަހުސް ކުރައްވަމުން މޮސްޓާ ވިދާޅުވީ އަދުގެ ސަރުކާރުން މި […]
އަލީ އާދިލް
ރަށްރަށުގައި ރާ ވިއްކަން ހުއްދަ ދިނީމައި ދެން ވާނީ ކިހިނެއްތޯ ސުވާލު އުފެދޭ ކަމަށާއި، އަދި އެކަން ކުރެވެން އޮތް ގޮތެއް ހޯދަންޖެހޭ ކަމަށާއި ނަމަވެސް އެވާހަކަ ދައްކަވަނީ ރާއްޖެއަށް އިތުރު ފައިސާ ވަންނާނެ ގޮތް ހޯދުމުގެ ވިސްނުމުގައި ކަމަށް، ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމް ވިދާޅުވެއްޖެ އެވެ. ޝަހީމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 23 ވަނަ ޖަލްސާގައި، 2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު، […]
އަލީ އާދިލް
ހދ. ހަނިމާދޫގައި އަލަށް އަޅާ އިންޓަނޭޝަނަލް އެއާޕޯޓަކީ، މުޅި ރާއްޖޭގެ އިޤުތިޞާދީ ނާރެހަށް ވެގެންދާނެ ކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބުދުއްޣަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެއެވެ. ގަޕޯ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 23 ވަނަ ޖަލްސާގައި، 2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު، ބަޖެޓު ދިރާސާކުރާ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ބަހުސް ކުރައްވަމުންނެވެ. ގަޕޯ ވިދާޅުވީ އަންނަ އަހަރަށް ސަރުކާރުން ހުށަހަޅުއްވާފައިވާ ބަޖެޓަކީ އުންމީދުން ފުރިގ...
އަލީ އާދިލް
އިންތިގާލީ އިންސާފުގެ ގާނޫނު ބަދަލުހިފުމާއި،ން ލިބޭ ފުރުޞަތުގެ ތެރެއިން އަނިޔާވެރިކަން ނުވަތަ ބަދަލުހިފުން ދައްކައިފިނަމަ އެ ދެވެނީ އެހެން ދިމާއަކަށް ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެ އެވެ. ބޮންޑެ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 23 ވަނަ ޖަލްސާގައި، މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ”އިންތިޤާލީ އިންޞާފުގެ ބިލު” ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ބަހުސް ކުރަށްވަމުންނެވެ. ބޮންޑެ ވިދާޅުވީ އެ ޤާ...
އަލީ އާދިލް
މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލިސްގެ ތިން ވަނަ ދަޢުރު، މިފެށޭ ޑިސެމްބަރު ހަތް ވަނަ ދުވަހާ ހަމައަށް އިތުރު ކުރަން ފާސްކޮށްފިއެވެ. މިޖިލީހުގައި ހުރި މުހިއްމު މަސައްކަތްތައް ނިންމުމަށްޓަކައި މިގޮތަށް ނިންމީ މިހާރު ކުރިއަށްދާ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 23 ވަނަ ޖަލްސާގައެވެ. މިގޮތަށް ފާސްކޮށްފައިވަނީ 48 މެމްބަރުންގެ ވޯޓާއި އެކުއެވެ. ދައުރު ދިގު އިތުރުކުރަން ނުފެންނަ ކަމަށް އެއް މެންބަރަކު ވޯޓު ދެއްވިއިރު، ވަކި ގޮތަކަށް ވޯޓު ނުދެއްވާ އެއް މެންބަރަކު އިންނެވިއެވެ. […]
އަލީ އާދިލް