ދުނިޔޭގައި ކޯވިޑް-19 ސިއްޙީ ކުއްލި ނުރައްކަލުގެ ކާރިސާގެ ސަބަބުން އިގްތިޞާދު ހީނަރުވެފައިވާ މި ދަނޑިވަޅުގައި ވެސް ދަރަނި ބޮޑު، ތިމާވެއްޓަށް އިޔާދަނުކުރެވޭނޭ ގެއްލުންތައްދޭ މަޝްރޫޢުތައް ރާއްޖޭގައި ކުރިއަށްދާކަމުގެ ކަންބޮޑުވުން ފާޅުކޮށް ސޭވް މޯލްޑިވްސް ކެމްޕޭންގެ ފަރާތުން ރައްޔިތުންގެ މަޖިލިހުގެ ރައީސް އަލްފާޟިލް މުހައްމަދު ނަޝީދު އަށް ސިޓީއެއް ފޮނުވައިފިއެވެ. ސޭވް މޯލްޑިވްސް ކެމްޕޭންގެ ފަރާތުން ފޮނުވި ސިޓީގައި ބުނެފައިވަނީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލު ތަކާއި ގުޅިގެން ރާއްޖޭގެ ތިމާވެށްޓަށް ދިމާ...
ޔުމްނާ ޢަލީ
ކޯވިޑް-19 ހާލަތުގެ ސަބަބުން ރާއްޖެ ނާދެވި، ތައިލެންޑުގައި ތިބި 26 ދިވެހިން ރޭ ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ފްލައިޓެއްގައި ރާއްޖެ ގެނެސްފިއެވެ. މިމީހުން ރާއްޖެ އައުމުން މިއެންމެންވެސް ވަނީ 14 ދުވަހުގެ ކަރަންޓިން ފުރިހަމަ ކުރުމަށް ކަރަންޓީނު ފެސިލިޓީއަށް ގެންގޮސްފައެވެ. Our repatriation flight that flew to #BKK this morning will return back home tonight to @VelanaAirport with 26 Maldivian nationals. Check In #HappsNow#BringingOurCitizensHome @ThaiConsulateMV pic.twitter.com/nsW9amlGl0 — Maldi...
ޝިއުނާ އާދަމް
މިރޭ ފަތިސް ނަމާދުން ފެށިގެން ހއ. ދިއްދޫ އަދި ހދ. ކުޅުދުއްފުށި ސިޓީގެ މިސްކިތްތައް ހުޅުވާލަން ހަމަޖެހިފައިވާކަމަށް އެރަށުގެ ކައުންސިލް ތަކުން ބުނެފިއެވެ. ކޯވިޑް-19 އާ ގުޅިގެން މިސްކިތްތަކުގެ ޖަމާއަތް އަލުން ފެށުމަށް ފުރަތަމަ ހިމެނި ރަށްތަކުގެ ތެރޭގައި ކުޅުދުއްފުށި ސިޓީ އާއި ދިއްދޫ ހިމެނިފައިނުވެ އެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ލަފާގެ މަތިން މިދިޔަ ހުކުރު ދުވަހުގެ ހުކުރު ނަމާދުން ފެށިގެން 25 ރަށެއް ފިޔަވައި އެހެން ރަށްތަކުގެ ޖަމާއަތް ހުޅުވާލަން އިސްލާމިކް މިނިސްޓްރީން ހުއްދަ […]
އިބްރާހިމް އަސްވާޤް
ރަށްރަށުގެ މިސްކިތްތަކުގެ ޖަމާއަތް މިއަދު ހުކުރު ނަމާދުން ފެށިގެން ހުޅުވާލަން ނިންމާފައިވާއިރު މިސްކިތްތަކުގެ ޖަމާއަތް ނުހުޅުވާ 25 ރަށެއް ހިމަނައި އިސްލާމިކް މިނިސްޓްރީން އެކަން ކައުންސިލްތަކަށް އެންގި ލިއުމުގައި އުތުރުގެ 20 ރަށެއް ވަނީ ހިމެނިފައެވެ. މިސްކިތުގެ ޖަމާއަތް ނުހުޅުވާނެ 25 ރަށެއް ހިމަނާފައިވާ ސަކިއުލަރ ކައުންސިލްތަކަށް އިސްލާމިކް މިނިސްޓްރީން ފޮނުވީ މިރޭ މެންދަމުގެ ވަގުތެއްގައެވެ. އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒާހިރު ސޮއިކުރައްވާ ނެރުނު ސަރކިއުލަރގައި ބުނެފައިވަނީ މިމަހުގެ 21 ވަނަ...
އިބްރާހިމް އަސްވާޤް
ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުގެ އޮފީސްތައް ބަންދުކުރުމާއި އަދި މާލޭގެ މަގުމައްޗަށް ނިކުމެ އުޅުން މަނާ ކުރުމާއި ގުޅިގެން، ވީޒާ ފައިސާ ދެއްކުމުގައި ދަތިވެފައިވާތީވެ، 19 މާރޗް 2020 އިން ފެށިގެން 30 ޖޫން 2020 ދެމެދަށް ވީޒާ ގެ މުއްދަތު ހަމަވާ ފަރާތްތަކަށް ވީޒާ ފީގެ ޖޫރިމަނާ ދައްކަން ނުޖެހޭގޮތަށް ހަމަޖައްސައިފިކަމަށް މޯލްޑިވްސް އިމިގްރޭޝަން އިން ބުނެފިއެވެ. މިއަދު މޯލްޑިވްސް އިމިގްރޭޝަންއިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ މި މުއްދަތުގެ ތެރޭގައި ޓުއަރިސްޓު ވީޒާ، ޑިޕެންޑެންޓު ވީޒާ، […]
އިބްރާހިމް އަސްވާޤް
މިއަހަރުގެ ޝައްވާލުމަހުގެ ހަނދު ސާބިތު ކުރުމަށްޓަކައި ހެކިބަސް ދިނުން މިމަހުގެ 22 ވާ ހުކުރު ދުވަހު އޮންނާނެ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފިއެވެ. ޑީޖޭއޭއިން ނެރުނު ސަރކިއުލަރެއްގައި ބުނެފައިވަނީ، މި އަހަރުގެ ޝައްވާލު މަހުގެ ހަނދު ދުށްމީހަކު ނުވަތަ ބަޔަކު މާލޭގައި ނަމަ ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނަށް އަދި ރަށްރަށުގައިނަމަ އެރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް ހެކިބަސް ދެވޭނެ ކަމަށެވެ. އެގޮތުން ކޯވިޑް-19 އާ ގުޅިގެން އޮފީސްތައް ބަންދުކޮށްފައިވާ މި ދ...
ޝިއުނާ އާދަމް
މިއަދު ފަތިހުގެ ވަގުތެއްގައި އައި ބާރުގަދަ ކޮޅިގަނޑެއްގައި ށ. އަތޮޅު ބިލެއްފައްސަށް ބޮޑެތި ގެއްލުން ތަކެއް ވެފައިވާކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ. ބިލެއްފަހީ ކައުންސިލްގެ ރައީސް ޢަބްދުﷲ ޒިޔާދު ވިދާޅުވީ މިއަދު ފަތިހު އައި ކޮޅިގަނޑުގައި 2 ބަނބުކެޔޮ ގަސް މުލުން ލުހިގެން ވެއްޓިފައިވާކަމަށެވެ. އަދި އެކި ސަރަހައްދު ތަކުގައި ހުރި ފަތްކޭލާއި ފަޅޯ ގަސްތަކަށް ގެއްލުން ލިބިފައިވާކަމަށާއި ގެޔެއްގެ ބަދިގޭ ފުރާޅު އެއްލައިލާފައިވާކަމަށް ޒިޔާދު ވިދާޅުވިއެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބިފަ...
އިބްރާހިމް އަސްވާޤް
“ގިފްޓް އަ ސްމައިލް ފުޑްބާސްކެޓް”ގެ ނަމުގައި މަހަލްދީބް ފައުންޑޭޝަނު ކާބޯތަކެތީގެ ޕެކޭޖެއް ފޯރުކޮށްދިނުމަށް ހާއްސަ މަޝްރޫއެއް ފަށައިފި އެވެ. މިއީ މަހަލްދީބް ފައުންޑޭޝަނުގައި ރަޖިސްޓްރީވެފައިވާ އާއިލާތަކަށް ހިލޭ ސާބަހަށް ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ހިންގާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން އެއް މަސް ދުވަހަށް ވާ ވަރަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް އެ ޖަމްއިއްޔާ އިން ވަނީ ނިންމާފަ އެވެ. އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ހަތަރު ކެޓަގަރީއަކުންނެވެ. 1. އެކަނިވެރި މައިން (އު...
ޔުމްނާ ޢަލީ
އައްޑޫ ސިޓީގައި ކޮވިޑް-19 އަށް ޓެސްޓް ކުރެވެން ނެތުމުން އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ހުށަހަޅައިފި އެވެ. އަހުމަދު ޝިޔާމް މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލާގައި ބުނެފައި ވަނީ، އައްޑޫގައި ކޮވިޑް-19 އަށް ޓެސްޓް ކުރެވޭނެ ވަސީލަތެއް ނެތުމުން އެ ސިޓީން ނަގައި ކޮންމެ ސާމްޕަލެއް ޓެސްޓް ކުރަން ފްލައިޓް ޗާޓަރު ކޮށްގެން މާލެ ގެންނަން ޖެހުމަކީ ބޮޑު ހަރަދެއް […]
އަލީ އާދިލް
ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް މުހައްމަދު އަމީނު ދޮށިމޭނާ ކިލެގެފާނުގެ ވެރިކަން އިންގިލާބުކޮށްލައި އޭނާ އަވަހާރަކޮށްލި ހާދިސާ ދިރާސާކޮށް ލިޔެފައިވާ ފޮތް “އޯކިޑް” ގެ އިނގިރޭސި ތަރުޖަމާ ނެރުމުގެ މަސައްކަތް ކުރަމުން އަންކަމަށް އެ ފޮތުގެ މުސައްނިފް މުހައްމަދު ޖަމީލް ވިދާޅުވެއްޖެއެވެ. “ތިލަދުން” އަށް ދެއްވި އިންޓަވިއުއެއްގައި ޕީއެސްއެމްގެ އެގްޒަކަޓިވް އެޑިޓަރު ކަމަށްވާ މުހައްމަދު ޖަމީލް ވިދާޅުވިގޮތުގައި ފޮތުގެ އިނގިރޭސި ތަރުޖަމާގެ މަސައްކަތްވަނީ ނިމިފައިވަކަމަށާއި، ޗާޕުކުރުމުގެ މަސަ...
އިބްރާހިމް އަސްވާޤް
ޓާސްކްފޯހަށް ނޭނގި މާލެއިން ކުޅުދުއްފުށްޓަށް މީހުން ފޮނުވުމުން ކަންބޮޑުވުން އިތުރުވެއްޖެއެވެ. މިކަމާއި ގުޅިގެން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުއްލަތީފް ހަސަން ވިދާޅުވީ އެންގުމަކާ ނުލައި އެމީހުން ފޮނުވާލުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއްކަމަށާއި މިއީ އިންތިހާއަށް ކަންބޮޑުވާކަމެއް ކަމަށެވެ. މިދިޔަމަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ އެއްރަށުން އަނެއްރަށަށް މީހުން ދަތުރުކުރުން މަނާކޮށްފައިވާ ވަގުތެއްގައި ކުޅުދުއްފުއްޓަށް މާލޭގައިތިބި ބަޔަކު ފްލައިޓެއްގައި ދިޔުމާއި ގުޅިގެން ކުޅުދުއްފުށީ...
އިބްރާހިމް އަސްވާޤް
ހއ. މޮޅަދޫ ރައްޔިތުންނަށް ކާޑު ލިބުން ދަތިވުމާއި ގުޅިގެން ހއ. ހޯރަފުށީ ރައްޔިތުންނާއި، ހޯރަފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެމްބަރު އަހުމަދު ސަލީމްގެ ފަރާތުން މޮޅަދޫ ރައްޔިތުންނަށް ކާޑުގެ ބާވަތްތައް ހަދިޔާކޮށްފި ކަމަށް ހޯރަފުށީ ކައުންސިލުން ބުނެފިއެވެ. ހޯރަފުށީ ކައުންސިލުން ބުނީ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމާއި، ހޯރަފުށީ ރައްޔިތުންގެ ނަމުގައި މޮޅަދޫ ރައްޔިތުންނަށް 40 ބަސްތާ ކާޑުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. މިގޮތުން ފޯރުކޮށް ދިން 40 ބަސްތާ ކާޑުގެ ތެރޭގައި ހިމެނެނީ 20...
ޔުމްނާ ޢަލީ
ކޯވިޑް-19 ފެތުރެމުން އަންނާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގެ ހުރިހާ ރަށެއްގެ މިސްކިތްތަކުގައި، ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލާފައި އޮތް މުއްދަތު އިސްލާމިކް މިނިސްޓްރީ އިން އިތުރު ކޮށްފިއެވެ. މިގޮތުން އެ މުއްދަތު ދައްމާލާފައި ވަނީ އަންނަ މޭ މަހުގެ 14 ވަނަ ދުވަހުގެ އަޞުރުނަމާދުގެ ނިޔަލަށެވެ. އެމިނިސްޓްރީއިން ނެރުނު ސަރކިއުލަރއެއްގައި ބުނެފައި ވަނީ މިއީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި، ދީނީ އިލްމުވެރިންގެ ލަފާގެ މަތިން ނިންމި ނިންމުމެއް ކަމަށެވެ. އެ ސަރކިއުލަރގައި ބު...
ޔުމްނާ ޢަލީ
ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން ކުޅުދުއްފުށި ސިޓީވެސް މޮނީޓަރިން ހާލަތަށް ގެނެސްފައިވާކަން އިއުލާނުކޮށްފިއެވެ. އެޗްޕީއޭއިން މިކަން އިއުލާނުކޮށްފައިވަނީ މިރޭ ހާމަކުރި “މޮނީޓަރިން އަށް ގެނެވިފައިވާ ތަންތަނުގެ ލިސްޓް” ގައެވެ.އެ ލިސްޓްގައިވާގޮތުގައި އެ ރަށް މޮނީޓަރިން ހާލަތަށް ގެނެސްފައިވަނީ އިއްޔެއެވެ. އެ ރަށާއެކު ޖުމްލަ 25 ރަށެއްް މޮނީޓަރިންގެ ހާލަތުގައިވާކަމަށް އެލިސްޓުގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން އުތުރުގެ ރަށްތަކަކީ ނ. ވެލިދޫ، ހއ. ދިއްދޫ، ހއ. އުތީމު، ނ. ހެނބަދޫ، ނ. ކެނދިކުޅ...
އިބްރާހިމް އަސްވާޤް
ކޯވިޑް- 19 އާ ގުޅިގެން އިއުލާން ކޮށްފައިވާ ފުރަބަންދުގެ މުއްދަތުގައި މީޓަރުގެ ރީޑިންގ ނަގަން ގޭގެއަށް ވަދެ އުޅުމަކީ ދެ ފަރާތަށްވެސް ރައްކާތެރި ގޮތަކަށް ނުވާތީ، އޭޕްރީލް މަހުގެ ކަރަންޓު ބިލު ހެދުމަށްޓަކައި ގްރޭޓަރމާލެ ސަރަހައްދުގެ ކަސްޓަމަރުން ވީ އެންމެ އަވަހަކަށް ސްޓެލްކޯގެ ވެބް ޕޯޓަލްއަށް މީޓަރުގެ ފޮޓޯ ފޮނުއްވާދެއްވުން ސްޓެލްކޯއިން އެދިއްޖެއެވެ. އެކަމާއި ގުޅިގެން ސްޓެލްކޯއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ކޯވިޑް- 19 އާ ގުޅިގެން އިއުލާން ކޮށްފައިވާ ފުރަބަންދުގެ މުއްދަތުގައި މީޓަރުގެ ރީޑި...
ޙުސައިން ޝަހުދީ