މައި ޚަބަރަށް ދިޔުމަށް

ޚަބަރު

958 ޝާއިޢުކުރެވިފައިވާ ލިޔުން

ޚަބަރު - 51 ވަނަ ޞަފްޙާ

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުން ތަކަކަށް ޖިންސީގޯނާކުރި މައްސަލައެއް ބަލަން ފަށައިފި

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުން ތަކަކަށް ޖިންސީގޯނާކުރި މައްސަލައެއް ބަލަން ފަށައިފި

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުން ތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަން ފަށައިފިކަމަށް ފުލުހުން ހާމަކޮށްފިއެވެ. ފުލުހުން މިރޭ ބުނެފައިވަނީ ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުން ތަކަކަށް ޖިންސީ ގޯނަ ކޮށްފައިވާ ކަމުގެ މައްސަލަ އެއް ފުލުހުންނަށް މިރޭ ހުށަހަޅާފައިވާކަމަށާއި އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގް ކުރަމުންކަމަށެވެ. ފުލުހުންބުނީ ތަހުގީގު ކުރެވެމުން ދަނީ ޖިންސީ ގޯނާގެ ތުހުމަތުގައ ކަމަށެވެ. ހުށަހެޅިފައިވާ އަޚްލާގީ މައްސަލަތަކަކާއި ގުޅޭ ޝަކުވާ ތަކަކާއި ގުޅިގެން، ޓޫރިޒަމް މިނ...

ޔުމްނާ ޢަލީ
ބޮޑުފިނޮޅުން 19 ބިދޭސީއަކު ހައްޔަރުކޮށް ރަހީނުކުރި ދިވެހިން ސަލާމަތްކޮށްފި

ބޮޑުފިނޮޅުން 19 ބިދޭސީއަކު ހައްޔަރުކޮށް ރަހީނުކުރި ދިވެހިން ސަލާމަތްކޮށްފި

ބ.ބޮޑުފިނޮޅުގައި  ދިވެހިންތަކެއް ރަހީނު ކުރުމުން ހިނގަދިޔަ ހަމަނުޖެހުންތަކާ ގުޅިގެން އެކަމުގައި ޝާމިލްވި 19 ބިދޭސީން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. ބޮޑުފިނޮޅުން ހައްޔަރުކުރި ބިދޭސީން މިހާރުވަނީ ކޯޓަށް ހާޒިރުކުރުމަށް ތުޅާދޫއަށް ގެންގޮސްފައެވެ. ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ބަންގްލަދޭޝް ހައިކޮމިޝަންގެ އޮފިޝަލުންގެ އެހީތެރިކަމާއެކު އެރަށުގައި ތިބި ބިދޭސީ މަސައްކަތްތެރިންނާއެކު މުޢާމަލާތް ކޮށްގެންކަމަށެވެ. އަދި ޕަބްލިކް އޯޑަރ ރެސ...

އަލީ އާދިލް
އެމްޓީސީސީއިން މާވަރުލު އެއާރޕޯޓުގެ މަސައްކަތްތައް ނިންމާލައިފި

އެމްޓީސީސީއިން މާވަރުލު އެއާރޕޯޓުގެ މަސައްކަތްތައް ނިންމާލައިފި

މާވަރުލުގައި ސަރުކާރުން ތަރައްޤީކުރި ޑޮމެސްޓިކް އެއާރޕޯޓުގެ ހުރިހައި މަސައްކަތްތަކެއް ނިންމާލެވިފައި ވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ. މިކަން ހާމަކުރައްވައި މިއަދު އެ ކުންފުނީގެ ފޭސްބުކް ޕޭޖުގައި އާންމު ކޮށްފައިވާ މަޢުލޫމާތުގައިވަނީ މާވަރުލު އެއާރޕޯޓް ބިލްޑިންގ ފޭސް 2 ގާއިމްކުރުމުގެ މަސައްކަތް 30 ޖޫން 2020 ގައި ވަނީ ނިންމާލެވިފައި ކަމަށެވެ. މިނިސްޓްރީ އޮފް ޓްރާސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ފަރާތުން ހަވާލުކޮށްފައިވާ މި ޕްރޮޖެކްޓ...

އިބްރާހިމް ޚަލީލް
ޕޯޓުތައް ހުންނަ ސަރަހައްދުގެ ރައްތަކުގައި މުދާ ގުދަންތައް ހުންނަތަން ދެކެން ބޭނުން: މެމްބަރު ރާޢީ

ޕޯޓުތައް ހުންނަ ސަރަހައްދުގެ ރައްތަކުގައި މުދާ ގުދަންތައް ހުންނަތަން ދެކެން ބޭނުން: މެމްބަރު ރާޢީ

ރާއްޖޭގެ މައި ޕޯޓު އެމްޕީއެލް ހުންނަ މާލޭގެ އިތުރުން، ރާއްޖޭގެ އުތުރާއި ދެކުނުގައި ގާއިމު ކުރެވިފައިވާ ދެ ޕޯޓުގެ ވަށައިގެންވާ ރަށްރަށުގައި ވިޔަފާރިވެރިން މުދާ ގުދަން ކުރާ، ގުދަންތައް ހެދިގެންދާތަން ދެކެން ބޭނުންވާ ކަމަށާއި، އެކަމުގެ ސަބަބުން ރައްޔިތުންނާއި، ކުދި ވިޔަފާރިތަކަށްވެސް އެކަމުގެ ހެޔޮ ނަތީޖާ ފެންނާނެ ކަމަށް ދެކެވަޑައި ގަންނަވާ ކަަމަށް މަކުނުދޫ ދާއިރާގެ މަޖިލިސް މެމްބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެއެވެ. އިއްޔެގެ މަޖިލިސް ޖަލްސާގައި ސަރުކާރުގެ ފަރާތުން، ގަމު ދާއިރާގެ މެންބަރު މުޙައްމަދު...

ޝިއުނާ އާދަމް
3 ވަނަ މަރުޙަލާގައި ފުރަބަންދުގެ ޙާލަތަށް ދެވޭ ލުއިތަކުގެ ތަފްޞީލް

3 ވަނަ މަރުޙަލާގައި ފުރަބަންދުގެ ޙާލަތަށް ދެވޭ ލުއިތަކުގެ ތަފްޞީލް

“ކޯވިޑް-19” ފެތުރެމުންދާ މި ނާޒުކު ޙާލަތުގައި، ޢާންމު ދިރިއުޅުމަށް އެނބުރި ރުޖޫޢަވެ، ދިރިއުޅުމުގެ އައު އާދަތަކަށާއި، އައު ވައްޓަފާޅިއަކަށް ވާޞިލުވުމަށް ކުރަމުން އަންނަ މަސައްކަތްތައް މިވަނީ، ތަފާތު އެކި މަރުޙަލާތަކަކަށް ބަހާލެވިފައި. މިގޮތުން ތިރީގައި ބަޔާންކުރެވިފައި އެވަނީ، މިހާރު ޢަމަލުކުރަމުންދާ ފުރަބަންދުގެ ޙާލަތަށް، 1 ޖުލައި 2020 އިން ފެށިގެން ލުއިދިނުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފްޞީލް. ފުރަބަންދުގެ ޙާލަތަށް ދެވުނު ލުއިތަކާއިއެކު ކުރިޔަށް ދިޔުމާއި، އައު ޢާންމު ޙާލަތުގައި ރައްކާތެރިވުމުގެ...

އިބްރާހިމް އަސްވާޤް
ހާލުގައިި ޖެހިފައިވާ ކުދިންނަށް ތަޢުލީމް ދިނުމުގެ މާތް ފުރުސަތެއް!

ހާލުގައިި ޖެހިފައިވާ ކުދިންނަށް ތަޢުލީމް ދިނުމުގެ މާތް ފުރުސަތެއް!

ފާއިތުވެގެންދިޔަ 9 އަހަރުގެ ތެރޭގައި ސީރިއާގައި ހިނގަމުންދާ ހަމަނުޖެހުމުގެ ތެރޭގައިތަޢުލީމުގެ އަސާސީ ޙިދުމަތުން މަޙްރޫމްވެފައި ތިބި އެތައް ހާސް ކުދިންނެއް ސީރިއާގައި ދިރިއުޅެމުންދެއެވެ. މިފަދަ ކުދިންނަށް ތަޢުލީމް ފޯރުކޮށްދިނުމުގެ މަގްސަދުގައި އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) ގެ އިސްނެގުމުގެ ދަށުން ދިވެހި ރައްޔިތުންގެ އެހީތެރިކަމާއިއެކު އަލޫކާ ނަމަކަށް ކިޔާ ސްކޫލެއް ސީރިއާގެ އިދްލީބުގައި ވަނީ ހުޅުވާފައިވެއެވެ. އެކި އުމުރުފުރާގެ ކުދިންނަށް ތަޢުލީމް ފޯރުކޮށްދޭ މި ބިންގާގައިމިވަގުތުވެސް 249...

އަލީ އާދިލް
މަނާ ގަޑީގައި ބޭރަށްނިކުމެގެން އެކަކު 28 ފަހަރަށް، 28،000 ރުފިޔާއިން ޖޫރިމަނާ ކޮށްފި

މަނާ ގަޑީގައި ބޭރަށްނިކުމެގެން އެކަކު 28 ފަހަރަށް، 28،000 ރުފިޔާއިން ޖޫރިމަނާ ކޮށްފި

ކޯވިޑް19 އާއި ގުޅިގެން މާލޭ ސަރަހައްދުގައި ހިންގާފައިވާ ލޮކްޑައުންގައި އެކަކު 28 ފަހަރަށް، 28،000 ރުފިޔާއިން ޖޫރިމަނާ ކޮށްފިކަމަށް ފުލުހުން ބުނެފިއެވެ. ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމުގައި މިރޭ ވާހަކަ ދައްކަވަމުން ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސައިން ސަމީރު ބުނެފައިވަނީ ލޮކްޑައުންގެ އަމުރާ ހިލާފުވުމުގެ ސަބަބުން 626 މީހަކު ހައްޔަރު ކޮށްފައިވާކަމަށާއި ހައްޔަރު ކުރި ހުރިހާ އެންމެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވޭނެ ކަމަށެވެ. ލޮކްޑައުންގެ ތެރޭގައި 28 ފަހަރަށް އެކަކު ޖޫރިމަނާ ކުރެވުނު އިރު މިމ...

އަލީ އާދިލް
ބަނގުރާ ކެއްކުމަށް ބޭނުންކުރާ ތަކެއްޗާއެކު 54 އަހަރުގެ މީހަކު ވެލިދޫން ހައްޔަރުކޮށްފި

ބަނގުރާ ކެއްކުމަށް ބޭނުންކުރާ ތަކެއްޗާއެކު 54 އަހަރުގެ މީހަކު ވެލިދޫން ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ނ.ވެލިދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ބަނގުރާ ކެއްކުމަށް ބޭނުންކުރާ ތަކެއްޗާއެކު މީހަކު ވެލިދޫން ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 54 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ ހައްޔަރުކޮށްފައިވަނީ ވެލިދޫ ގެއެއްގެ ތެރޭގައި ބަނގުރާ ކައްކާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން  މި ޖޫން މަހު 19 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައެވެ. އެ އޮޕަރޭޝަނުގައި، އ...

ޔުމްނާ ޢަލީ
ސިޔާސީ ޕާޓީގެ ޤާނޫނާއި ޚިލާފުވެގެން 3 ސިޔާސީ ޕާޓީއެއް ޖޫރިމަނާކޮށްފި

ސިޔާސީ ޕާޓީގެ ޤާނޫނާއި ޚިލާފުވެގެން 3 ސިޔާސީ ޕާޓީއެއް ޖޫރިމަނާކޮށްފި

ސިޔާސީ ޕާޓީގެ ޤާނޫނާއި ޚިލާފުވެގެން ތިން ސިޔާސީ ޕާޓީއެއް ޖޫރިމަނާކޮށްފައިވާކަމަށް އިލެކްޝަން ކޮމިޝަން އޮފް މޯލްޑިވްސް (އީސީ) އިން ބުނެފިއެވެ. އީސީ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ސިޔާސީ ޕާޓީގެ ޤާނޫނާއި ޚިލާފުވެގެން ފިޔަވަޅު އެޅުމަށް ނިންމާފައިވަނީ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސްއާއި، ދިވެހި ރައްޔިތުންގެ ޕާޓީ އަދި މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސް އެވެ. މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސްއިން އެ ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް ގައުމީ ބައްދަލުވުން ބާއްވާފައިނުވާތީ، ސިޔާސީ ޕާ...

އަލީ އާދިލް
ދިރާގު "ނައުއެމްވީ" މެދުވެރިކޮށް އެހީގެ "ހެވަތަ" ޕްރޮގްރާމަށް އެހީވުމުގެ ފުރުސަތު

ދިރާގު "ނައުއެމްވީ" މެދުވެރިކޮށް އެހީގެ "ހެވަތަ" ޕްރޮގްރާމަށް އެހީވުމުގެ ފުރުސަތު

ދިރާގުން ތަރައްޤީކޮށްފައިވާ “ނައުއެމްވީ” އެޕްލިކޭޝަން މެދުވެރިކޮށް “ހެވަތަ” ޕްރޮގްރާމަށް އެހީވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އެހީ ޖަމިއްޔާއިން ކުރިޔަށްގެންދާ “ހެވަތަ” ޕްރޮގްރާމް މެދުވެރިކޮށް ރާއްޖޭގައި ދިރިއުޅޭ ނިކަމެތި ޢާއިލާތަކަށް އެހީވުމުގެ ފުރުސަތު “ނައުއެމްވީ” މެދުވެރިކޮށް އިތުރަށް ފަހިވެފައިވެއެވެ އެހީ ޖަމިއްޔާއިން ކުރިޔަށްގެންދާ “ހެވަތަ” ޕްރޮގްރާމަކީ ދިރިއުޅުމުގެ ޙާލަތު ދައްވެ، ފުދުންތެރިކަން ކުޑަވެފައިވާ ޢާއިލާތަކަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ހިންގޭ ޕްރޮގްރާމެކެވެ. އެހީ ޖަމިއްޔާއިން...

އިބްރާހިމް އަސްވާޤް
ވޯލްޑް ބޭންކުން ރާއްޖެއަށް 12.8 މިލިއަން ޑޮލަރުގެ އެހީއެއް

ވޯލްޑް ބޭންކުން ރާއްޖެއަށް 12.8 މިލިއަން ޑޮލަރުގެ އެހީއެއް

ކޯވިޑް-19 އާ ގުޅިގެން ނޭދެވޭ އަސަރުކޮށްފައިވާ މީހުންނަށް އެހީވުމަށް ވޯލްޑް ބޭންކުން 12.8 މިލިއަން ޑޮލަރު  ދޭން ނިންމައިފި އެވެ. ވޯލްޑް ބޭންކުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ ކޯވިޑް-19އާއި ގުޅިގެން ވަޒީފާއަށް އަސަރުކޮށްފައިވާ މީހުންނަށް އެހީވުމަށް ސަރުކާރުން ކުރިއަށްގެންދާ ޕްރޮގްރާމް “ކޯވިޑް-19 އިމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް” އަށް 12.8 މިލިއަން ޑޮލަރު ނުވަތަ 197.38 މިލިއަން ރުފިޔާ ދިނުމަށް ވޯލްޑް ބޭންކުގެ އެގްޒެކްޓިވް ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފައިވާ ކަމަށެވެ. ވޯލްޑް ބޭންކުން ދިން އ...

ޔުމްނާ ޢަލީ
ސައި ބޮވުނީ އޮޅިގެން

ސައި ބޮވުނީ އޮޅިގެން

ހެނދުނު ހޭލައިގެން މީސް މީޑިއާއަށް ވަދެލި އިރު ބައެއް ރަހްމަތްތެރިންނަށް އޮޅިގެން ނުކުރެވޭ ކަމެއްނެތެވެ. އެކަކަށް ހޭލެވުނީވެސް އޮޅިގެންނެއެވެ. ސަރުކާރުގެ ވަރަށް ގިނަ މަސްރޫއުތައް އަކުރުން އަކުރަން ކިޔާދޭ ރަހްމަތްތެރިޔާގެ ހާލު މާ ދެރެއެވެ. އެފަކީރު އަށް ސައި ބޮވުނީވެސް އޮޅިގެންނެއެވެ. އޭނާއަށް ވެސް ސަރުކާރު ހަމަ ފައްކަލެއެވެ. އޭނާ މި ފަހަރު ހިތްޕުޅާ ނުވީ ފްލެޓް ހަވާލުކުރުން އޮޅިގެން ބުނެވުނީމައެވެ. އެއްތަން ހާކާލާފައި ދެން ބަލާލި ވައިބަރގައި ތިބި މީހުންގެ ހާލެއެވެ. އެތަނުން ވެސް ރަހްނަތްތެރިއަކު...

އަލީ އިބްރާހިމް
ނުހިފޭ ރޯދަތަކަށް ކައްފާރާދިނުމުގެ ފަހި ފުރުސަތެއް!

ނުހިފޭ ރޯދަތަކަށް ކައްފާރާދިނުމުގެ ފަހި ފުރުސަތެއް!

އެކި އެކި ސަބަބު ތަކާއިހުރެ ފާއިތުވި ރަމަޟާން މަހު ނުހިފި ހުރި ރޯދަތަކަށް ކައްފާރާ ދިނުމަށް ފަސޭހަގޮތެއް އެހީ ޖަމިއްޔާއިން ތަޢާރަފު ކޮށްފިއެވެ. މިއީ ކައްފާރާ ދިނުމުގެ ކަންތަކުގައި ޢަމަލުކުރާނެ އެންމެ ފަސޭހަ އަދި ލުއިގޮތެއްގެ އިންތިޒާރުގައި ތިބި ވަރަށް ގިނަ ބޭފުޅުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަސޭހައެކެވެ. އެގޮތުން މިއީ ކޮވިޑް-19 އާއި ގުޅިގެން ދިވެހިރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އެހީވުމަށް އެހީ ޖަމިއްޔާއާއި ވެލްނެސް އެސޯސިއޭޝަން އަދި އެކްސްޕެކްޓް ސަޕޯޓް  ވައިބާ ކޮމިއުނިޓީ (ބައި ރީނާ) […]

އިބްރާހިމް އަސްވާޤް
ލޯތްބާއިއެކު ކެމްޕޭނަށް 4.7 މިލިއަން ރުފިޔާގެ ބޮޑު ތަރްޙީބެއް!

ލޯތްބާއިއެކު ކެމްޕޭނަށް 4.7 މިލިއަން ރުފިޔާގެ ބޮޑު ތަރްޙީބެއް!

ބަރަކާތްތެރި ރަމަޟާން މަހާއި ދިމާކޮށް އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން ކުރިޔަށް ގެންދިޔަ ލޯތްބާއިއެކު 2020 ޕެންޑެމިކް ރިލީފް ކެމްޕޭން ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ. ޖުމުލަ 4.7 މިލިއަން ރުފިޔާގެ އެހީ ލިބިފައިވާ ލޮތްބާއިއެކު ކެމްޕޭން ކާމިޔާބުކަމާއި އެކު ނިންމާލާފައިވަނީ ޝައްވާލް މަހުގެ 6 ރޯދައަށް ފަހުއެވެ. އައިއޭސީއިން މަޢުލޫމާތުދޭގޮތުގައި ޑޮނޭޝަންގެ ގޮތުގައި 4.7 މިލިއަން ރުފިޔާ ލިބިފައިވަނީ ދުނިޔޭގެ 6 ސަރަހައްދެއްގެ ނިކަމެތިންނަށް އެއް މަސް ދުވަހައަށް ވާވަރަށް ކާބޯތަކެތީގެ އެ...

އިބްރާހިމް އަސްވާޤް
އެސްޓީއޯ ސުޕަމާޓާއި ހޯލްސޭލް ސެންޓަރުން އާންމުންނަށް ވިޔަފާރިކުރެވޭ ގޮތް ހަދައިފި

އެސްޓީއޯ ސުޕަމާޓާއި ހޯލްސޭލް ސެންޓަރުން އާންމުންނަށް ވިޔަފާރިކުރެވޭ ގޮތް ހަދައިފި

ކޯވިޑް-19 ގެ ފުރަބަންދުގެ ސަބަބުން އާންމުކޮށް ވިޔަފާރި ބަންދުކުރެވިފައިވާ އެސްޓީއޯ ސުޕަމާޓާއި ހޯލްސޭލް ސެންޓަރު އާންމުކޮށް ހުޅުވާލައި، ޚިދުމަތް ދޭން ފަށައިފިއެވެ. އެސްޓީއޯއިން ބުނީ މިއަދުން ފެށިގެން ޝޮޕިން ޕާމިޓް އޮތް ފަރާތްތަކަށް އެސްޓީއޯ ސުޕަމާޓާއި ހޯލްސޭލް ސެންޓަރަށް ގޮސް ވިޔަފާރި ކުރެވޭނެ ކަމަށެވެ. މިގޮތުން ސުޕަމާޓު ހުޅުވާފައި ހުންނަނީ ހެނދުނު 9:00 އިން މެންދުރުފަހު 3:00 އަށް އަދި ހަވީރު 4:00 އިން ފެށިގެން ރޭގަނޑު 9:00 އާ ހަމައަށެވެ. ހޯލްސޭލް ސެންޓަރު ހުޅުވާފައި ހުންނާނީ […]

ޝިއުނާ އާދަމް