ސްވިޒަލެންޑާއި އާސެނަލްގެ ވެސް ކެޕްޓަންކަން ކުރަމުން އަންނަ ގްރޭނިޓް ޝަކާ، އާސެނަލް ދޫކޮށް ޖަރުމަނު ލީގުގެ ބަޔާން ލެވަކޫސަންއާއި ގުޅިއްޖެއެވެ. އުމުރުން 30 އަހަރުގެ ޝަކާ އާސެނަލާއިއެކު ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އެއް އަހަރު އޮއްވައި އޭނާ މިވަނީ އާސެނަލް ދޫކޮށް 25 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީއެއްގެ ދަށުން ފަސް އަހަރުގެ އެއްބަސްވުމެއްގައި ލެވަކޫސަންއަށް ސޮއި ކޮށްފައެވެ. ޝަކާ އާސެނަލާއި ގުޅިފައި ވަނީ ޖަރުމަނުގެ ބްރޫޝިއާ މޮންޗެންގްލެޑްބަކްގައި ހަތަރު އަހަރު ހޭދަކުރުމަށް ފަހު 2016 ވަނަ […]
އިބްރާހިމް ޚަލީލް
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ޓޫރިޒަމް ޒޯނުގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުން، ޓޫރިޒަމް ވިޔަފާރި ކުރުމަށް 40 އަހަރު ދުވަހުގެ މުއްދަތަށް ބިން ކުއްޔަށް ދޫކުރަން އެ ރަށު ކައުންސިލުން ނިންމައިފިއެވެ. މިކަމާއި ގުޅިގެން އެ ކައުންސިލުން މިއަދު ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ އެ ރަށުގެ ޓޫރިޒަމް ޒޯނުން، ޓޫރިޒަމް ވިޔަފާރި ކުރުމަށް 10000 (ދިހަހާސް އަކަފޫޓް) ގެ 4 ބިން 40 އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް އެ ކައުންސިލުން ނިންމާފައިވާ ކަމަށާއި، އަދި 5000 (ފަސްހާސް […]
އިބްރާހިމް ޚަލީލް
އއ. އުކުޅަސް މަގުހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަޝްރޫއުގެ މަސައްކަތް ފެށީ އަންގާރަ ދުވަހުއެވެ. މި މަޝްރޫއުގެ ދަށުން، 2678 މީޓަރުގެ 10 މަގެއް ތަރައްގީ ކުރާނެއެވެ. އެގޮތުން، މި މަގުތަކުގެ ފެން ހިންދާ ނިޒާމެއް ޤާއިމުކުރުމާއި، ސެޓްލްމެންޓް ޓޭންކް ހަރުކުރުމާއި، ކޭބަލް ޖަންކްޝަން ފޮށި ވަޅުލުމުގެ މަސައްކަތް ކުރާނެއެވެ. މީގެ އިތުރުން، 4193 އަަކަ މީޓަރުގެ ހިނގާ ސަރަހައްދެއް ގާއިމުކުރުމާއި، […]
އަޙްމަދު ވަހީދު
“ތުރުކީ މެސީ” ގެ ނަމުން މަޝްހޫރުކަން ހޯދަމުން އަންނަ، ތުރުކީގެ ޒުވާން މިޑްފީލްޑަރ އާރްދާ ގުލާ ހަ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ސްޕެއިންގެ ރެއާލް މެޑްރިޑާއި ގުޅިއްޖެއެވެ. ތުރުކީ ލީގުގެ ފެނަބާޗޭއަށް ކުޅެމުން އަންނަ އުމުރުން 18 އަހަރުގެ ގުލާ ރެއާލާއި ގުޅިފައިވަނީ 20 މިލިއަން ޔޫރޯ (22 މިލިއަން ޑޮލަރު)ގެ އަގަކަށެވެ. ގުލާ ވަނީ ނިމިދިޔަ ސީޒަންގައި ފެނަބާޗޭގައި މޮޅު ކުޅުމެއް ދައްކައި އެ ޓީމަށް ހަތަރު ލަނޑު ޖަހައިދީ ހަތަރު ލަނޑު ޖަހަން […]
އިބްރާހިމް ޚަލީލް
ފެން ބިލުގެ ޖޫރިމަނާ މައާފުކުުރުމުގެ އިތުރު ޕްރޮގްރާމެއް އެމްޑަބްލިއުއެސްސީން ފަށައިފިއެވެ. އެ ކުންފުނިން މިއަދު ބުނީ ބިލުގެ ޖޫރިމަނާ މައާފުކުރުމުގެ އިތުރު ޕްރޮގްރާމެއް ފެށީ ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމުގައި ކަސްޓަމަރުންނާ ވީހާވެސް ގާތުން ލުއި ފަސޭހަ ހިދުމަތްތަކެއް ދިނުމުގެ ބޭނުމުގައި ކަމަށެވެ. އަދި އެއީ އަބަދުވެސް އެ ކުންފުނީގެ އަމާޒެއް ކަމަށެވެ. މި ޕްރޮގްރާމުގެ ދަށުން ޖޫރިމަނާ މައާފުކޮށްދޭނީ ފެން ބިލަށް ނުވަތަ ބިލުތަކަށް ދައްކަންޖެހޭ ޖުމުލަ ފައިސާ އެއްފަހަރާ ދައްކައި ހަލާސްކުރާ ކަސްޓަމަރުނ...
އަޙްމަދު ވަހީދު
ޕްރޮފެޝަނަލް އެކައުންޓެންޓުން ތަމްރީނު ކުރުމަށް 202 ފަރާތަކަށް ސަރުކާރުން ސްކޮލާޝިޕް ދީފިއެވެ. ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރައްވާފައިވާ ގޮތުގައި މި ސްކޮލާޝިޕް ސްކީމުގެ ދަށުން ހުޅުވައިލި 200 ފުރުސަތަށް 322 ފަރާތަކުން ވަނީ ހުށަހަޅާފައެވެ. މީގެ ތެރެއިން ޕަބްލިކް ކެޓަގަރީ 50 ކެންޑިޑޭޓުން ކޮލިފައިވެފައިވާއިރު، އޯޕަން ކެޓަގަރީ އަށް 152 ކެންޑިޑޭޓުން ކޮލިފައިވެފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ. އެ މިނިސްޓްރީން ވިދާޅުވީ މި ނަތީޖާއާ ގުޅޭ ޝަކުވާ ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން 11...
މުޙައްމަދު އަފްރާޙް
ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް)ގެ ދަށުން ހުވަދު އަތޮޅުގައި ހައި ސްޕީޑް ފެރީގެ ހިދުމަތް ފަށަން ތައްޔާރުވެ، ލޯންޗުތައް މާލެއިން މިއަދު ފުރައިފިއެވެ. މުޅި ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ސަރުކާރުން ހިންގާ މަޝްރޫއުގެ ދަށުން އާރުޓީއެލް ފެރީގެ ހިދުމަތް ފޯރުކޮށްދޭން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. އެ ކުންފުނިން ވަނީ ހުވަދު އަތޮޅުގައި އެ ހިދުމަތް ދިނުމަށް ބޭނުންވާ ހަ ލޯންޗު މިއަދު އެ އަތޮޅަށް ފުރުވާލައިފައެވެ. […]
އަޙްމަދު ވަހީދު
މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) ގެ ރައީސް އަދި ނައިބު ރައީސް އަހްމަދު އަދީބުގެ ފުރާނައަށް ނުރައްކާވާފަދަ ނާރުގެ މައްސަލަތަކެއް ވަނީ ކުރިމަތިވެފައިވާ ކަމަށް އެމްޓީޑީ އިން ހާމަކޮށްފިއެވެ. އެ ޕާޓީން މިހެން ބުނެފައި މިވަނީ ރޭގެ ވަގުތެއްގައި ސިއްހީ މައްސަލައެއް ކުރިމަތިވެ، އަދީބަށް އައިޖީއެމްއެޗުގައި ފަރުވާދޭން ފެށުމާއި ގުޅިގެން މީޑިއާ އަށް މިއަދު ފޮނުވި މެސެޖެއްގައެވެ. އެ މެސެޖުގައި ބުނެފައިވަނީ އަދީބަށް ސިއްހީ މައްސަލަތަކެއް ކުރިމަތިވީ ބައިނަލްއަގުވާމީ އުސޫލުތަކާއި ރާއްޖޭގެ ވެސް ގާނޫނުތަކ...
މުޙައްމަދު އަފްރާޙް
ރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ ހއ. ކެލައަަށް ނިސްބަތްވާ މީހަކު ނިޔާވެއްޖެއެވެ. އިސްލާމިކް މިނިސްޓްރީން ނިޔާވެފައިވަނީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ދިޔަ ހއ. ކެލާ، ސީސާންގެ އަލީ ގާސިމް ކަމަށެވެ. އަދި އެއީ އުމުރުން 81 އަހަރުގެ މީހެއް ކަމަށެވެ. އޭނާ ނިޔާވެފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި މަދީނާގައި ހުންނަ ހޮޓަލުގައި ކަމަށް ވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ. މިއާއެކު ރާއްޖެއިން ހައްޖަށް ދިޔަ މީހުންގެ ތެރެއިން މިހައިތަނަށް 4 މީހަކު ވަނީ ނިޔާވެފައެވެ. އެގޮތުން ނ. ހޮޅުދޫ، […]
މުޙައްމަދު އަފްރާޙް
ހއ. އިހަވަންދޫގައި ތައުލީމާއި ތަމްރީނު ދޭ މަރުކަޒެއް ގާއިމްކޮށް ހިންގައިދޭނެ ފަރާތެއް ހޯދަން އިއުލާން ކޮށްފިއެވެ. ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ އިން ދިވެހިސަރުކާރުގެ ގެޒެޓުގައި ކުރައްވާފައިވާ އިއުލާނުގައި ވަނީ އެރަށުގައި ތައުލީމާއި ތަމްރީން ދޭ މަރުކަޒެއް ގާއިމްކޮށްދީ، ހިންގައިދިނުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލާފައިވާ ކަމަށެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބާއްވާ މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށާއި މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރު...
މުޙައްމަދު އަފްރާޙް
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ “ޙައްޤުގެ ސައްލާ” މި ޖުލައި މަހު ބާއްވަން ނިންމައިފިއެވެ. އެ ކޮމިޝަނުން ވިދާޅުވީ މި ސައްލާ ބޭއްވުމަށް ނިންމާފައިވަނީ މި ޖުލައި މަހުގެ 10 ވަނަ ދުވަހު ކަމަށެވެ. މި ޕްރޮގްރާމަކީ އިންސާނީ ޙައްޤުތަކުގެ އެކި ދާއިރާތަކުގައި ހުރި މައްސަލަތަކާއި ގޮންޖެހުންތަކާއި މައްސަލަ ޙައްލު ކުރާނެގޮތްތަކާއި ގުޅޭގޮތުން ވާހަކަދައްކާ ޚިޔާލު ފާޅުކުރުމަށް އާންމުންނަށް ހުޅުވައިލައިގެން ބާއްވާ ޕްރޮގްރާމެއް ކަމަށް އެ ކޮމިޝަނުން ވިދާޅުވިއެވެ. އޮންލައިން މީޓިން...
މުޙައްމަދު އަފްރާޙް
ކުރިއަށް އޮތް ސީޒަންގައި އެމްބާޕޭ ޕީއެސްޖީގައި މަޑުކުރަން ބޭނުންނަމަ، އެ ޓީމާއިއެކު ހަދާފައިވާ އެއްބަސްވުން އައުކުރުން ނޫންގޮތެއް ނޯންނާނެ ކަމުގައި އެ ކުލަބުގެ ރައީސް ނަސީރު އަލް ޚެލައިފީ ބުނެފިއެވެ. އޭނާ މިހެން ބުނެފައިވަނީ އެ ޓީމްގެ ކޯޗުކަމާއި ދާދި ފަހުން ހަވާލުވި ސްޕެއިންގެ ލުއިސް އެންރީކޭ، ތައާރަފް ކުރުމުގެ ގޮތުން ބޭއްވި ބައްދަލުވުމުގައެވެ. އުމުރުން 24 އަހަރުގެ ފްރާންސް ކެޕްޓަން އެމްބާޕޭއާއި ގުޅޭގޮތުން ނޫސްވެރިއަކު ސުވާލު ކުރުމުން ރައީސް އަލް ޚެލައިފީ ބުނީ އެމްބާޕޭ ޓީމްގައި […]
އިބްރާހިމް ޚަލީލް
މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް، ފުޓްބޯޅަ ލެޖެންޑް ޝާހު އިސްމާޢިލް (ސާޔާ) އައްޔަންކޮށްފިއެވެ. އޭނާ އެ މަގާމަށް އައްޔަންކޮށްފައިވަނީ އެމްޑީއޭ އިން އިއްޔެ ބޭއްވި ބައްދަލުވުމެއްގައެވެ. ޝާހު އިސްމާއިލަކީ ރާއްޖޭގައި އުފެދުނު ހުނަރުވެރި ފުޓްބޯޅަ ފޯވާޑުންގެ ތެރޭގައި ހިމެނުނު ފަރާތެކެވެ. އަދި އިދިކޮޅު ޓީމުތަކުގެ ޑިފެންޑަރުން ޖެހިލުންވާ މި ކުޅުންތެރިޔާ ވަނީ ފުޓްބޯޅަ ކުޅުއްވިއިރު، ގިނަ ކާމިޔާބީތަކެއް ވެސް ހޯއްދަވާފައެވެ. މީގެ އިތުރުން ރާއްޖޭގެ ގައުމީ ފުޓްބ...
މުޙައްމަދު އަފްރާޙް
ބަނގުރާ އެތެރެކުރަން އުޅުމުގެ ތުހުމަތުގައި ދެ ދިވެހިން ހައްޔަރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލެއިން މާލެއަށް ކާރެއްގައި ބަނގުރާ އެތެރެކުރާ ކަމަށް ފުލުހުންނަށް ރޭ ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ކަމަށެވެ. އެ އިދާރާ އިން ވިދާޅުވީ މާލެއަށް އެ ކާރު އައުމުން، ބުރިޖާ ހިސާބުން އެ ކާރު ހުއްޓުމަށް ތަކުރާރުކޮށް ފުލުހުން އެންގުމުން ވެސް ކާރު މަޑުނުކޮށް ދިއުމުން ގަލޮޅު ޕޮލިހުގެ ފުލުހުން އެ ކާރު ފަހަތުން ގޮސް […]
މުޙައްމަދު އަފްރާޙް
މިވަގުތު ގައުމުގައި ހުރި މައްސަލަތަކަށް ހައްލު ހޯދައި ދެވޭނެ ހަމައެކަނި ކެނޑިޑޭޓަކީ ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމު ކަމުގައި ޕީއެންސީގެ ނައިބް ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ “ދަ ޑިމޮކްރެޓްސް” އުފެއްދުމަށް ބޭއްވި ޖަލްސާގައި ރައްޔިތުންގެ މަޖިީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅާއި ގުޅިގެންނެވެ. ނަޝީދު ވިދާޅުވެފައ...
މުޙައްމަދު އަފްރާޙް
ކުރީގެ އަދާއިގުޅޭ، ” ތި ސުވާލަށް ޖަވާބު ދޭކަށް ބޭނުމެއް ނޫން..” ޔަޝްމީ އެހެން ބުނުމާއިއެކު ހާރޫންއަށް ދެލޯ މަރާލެވުނެވެ. އަތުގެ އިނގިލިތައް ފިއްތާލެވުނުލެއް ބާރުކަމުން، އޭނާގެ އަތުގެ އުޅަނބޮށިން ފެށިގެން އަތްތިލައާއި ހަމައަށް ފުއްޕާފައި ހުރި ނާރުތަކަށްވެސް ބާރުވެގެން ދިޔަ ކަހަލައެވެ. ހުއްޓުން އަރާފައި ހުރި ހާރޫންއަށް ދެލޯ ހުޅުވައިލެވުނީ ދާދި ކައިރިން އިވުނު ޔަޝްމީގެ އަޑުންނެވެ. އޭރު ޔަޝްމީ ހުރީ ސީދާ އޭނާގެ ކުރިމަތީގައެވެ. ” އަހަރެންގެ ފަހަތުން ނޫޅޭ! ހެޔޮނުވާނެ! ” ރައްދުގައި […]
ސަލާމާ ޢަބްދުލް ޢަލީމް
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މުވައްޒަފުން ތަމްރީން ކުރުމަށް ނެދަލެންޑްސް މެރިޓައިމް ޔުނިވާސިޓީ ކޮލެޖް (އެންއެމްޔޫސީ) އާއެކު އެމްއޯޔޫއެއްގައި ސޮއި ކޮށްފިއެވެ. ބުދަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި މި ފަހުމުނާމާގައި އެމްޕީއެލްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީއެވެ. އަދި އެންއެމްޔޫސީގެ ފަރާތުން ސޮއި ކުރެއްވީ އެ އިންސްޓިޓިއުޓްގެ އެގްޒެކެޓިވް ޗެއާމަން ދާޓޯ ކެޕްޓަން ރަޒާލީ ޔާކޮބްއެވެ. އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ މި ފަހުމުނާމާއަކީ އެމްޕީއެލް އާއި އެންއ...
އަޙްމަދު ވަހީދު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަލިކުރުމަށް ގޮތެއް ހޯދުމަކީ އިދިކޮޅު ޕާޓީތަކުގެ މަސްއޫލިއްޔަތެއް ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ “ދަ ޑިމޮކްރެޓްސް” އުފެއްދުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ނަޝީދު ވަނީ ރައްޔިތުންނަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަން އެއްގޮތަަކަށް ވެސް ކަމުނުދާ ކަމަށާއި ރައްޔިތުން އެދެނީ މި ވެރިކަން ބަދަލުކުރުމަށް ކަމަށް ވެސް ވިދާޅުވެފައެވެ. އަދި އެމަނ...
މުޙައްމަދު އަފްރާޙް