މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,460 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 953 ވަނަ ޞަފްޙާ

އެމްޑީޕީއާއި ޕީޕީއެމްގެ ވެރިކަންތަކުގައި ނުފުއްދުނު ވައުދުތައް ފުއްދަވައިދެއްވާނީ ޤާސިމް: އަމީން

އެމްޑީޕީއާއި ޕީޕީއެމްގެ ވެރިކަންތަކުގައި ނުފުއްދުނު ވައުދުތައް ފުއްދަވައިދެއްވާނީ ޤާސިމް: އަމީން

އެމްޑިޕީއާއި ޕީޕީއެމްގެ ވެރިކަންތަކުގައި ވައުދުވެ، ނުފުއްދުނު ވައުދުތައް ފުއްދަވައިދެއްވާނީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހީމްގެ ވެރިކަމެއް ކަމަށް ޤާސިމްގެ ރަނިންމޭޓް ޑރ. އަމީން އިބްރާހީމް ރޭ ވިދާޅުވެއްޖެއެވެ. ޑރ. އަމީން މިހެން ވިދާޅުވީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެމަނިކުފާނުގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. ޑރ. އަމީން ވަނީ ފާއިތުވީ 15 އަހަރުގެ ތެރޭގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ދެ ސަރުކާރަކާއި، ޕްރޮގްރެސިވް ޕާޓީ އޮފް މޯލ...

ޔުމްނާ ޢަލީ
އަތޮޅުތެރޭގައި ހުރި ހައުސިން ޔުނިޓްތައް 3،500ރ. އަށް ކުޑަ ކުރާނަން: މުއިއްޒު

އަތޮޅުތެރޭގައި ހުރި ހައުސިން ޔުނިޓްތައް 3،500ރ. އަށް ކުޑަ ކުރާނަން: މުއިއްޒު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖޭގެ ރަށްތަކުގައި އަޅާފައި ހުރި ހައުސިން ޔުނިޓްތަކުގެ އަގު 3،500ރ. އަށް ކުޑަކޮށް ދެއްވާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރިޔަސީ އިންތިހާބުގެ ކެމްޕެއިނަށް ޅ. ނައިފަރަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނިންމުނު މަޝްރޫއުތައް އެވްރެޖްކޮށް ހުންނާނީ 2،000ރ. އާއި 3،500ރ. އާ ދެމެދުގައި ކަމަށެވެ. މި ސަރުކާރުން […]

މުޙައްމަދު
މި ސަރުކާރުގެ އެންމެ ބޮޑު ހިޔާނާތަކީ ދަރަނި އަލުން އެކުލަވާނުލުން: ނަޝީދު

މި ސަރުކާރުގެ އެންމެ ބޮޑު ހިޔާނާތަކީ ދަރަނި އަލުން އެކުލަވާނުލުން: ނަޝީދު

މި ސަރުކާރުން ވީ އެންމެ ބޮޑު ހިޔާނާތަކީ ދަރަނި އަލުން އެކުލަވާނުލުންކަމަށް ރައްޔިތުންގެ މަޖިލިސްގެ ރައީސް، އެމްޑީޕީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެއެވެ. މިހާރު ދަ ޑިމޮކްރެޓްސްގެ މެންބަރެއްގެ ގޮތުގައި ހުންނެވި ނަޝީދު މިހެން ވިދާޅުވީ އެ މައި ހަރުގެ، ހައުސް އޮފް ޑިމޮކްރެޓްސްގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މި ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވަނީ ޑިމޮކްރެޓިކްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބްގެ ވެރިކަމެއްގައި ރާއްޖޭގެ ދަރަނި އަލުން އެކުލަވާލައި އެ […]

ޔުމްނާ ޢަލީ
އަދިވެސް އެންމެ ރަނގަޅު ވާނީ އަޅުގަނޑު ހޮވައިގެން: ރައީސް

އަދިވެސް އެންމެ ރަނގަޅު ވާނީ އަޅުގަނޑު ހޮވައިގެން: ރައީސް

އަދިވެސް ދިވެހި ރައްޔިތުންނަށް އެންމެ ރަނގަޅު ވާނީ އެމަނިކުފާނު ވެރިކަމަށް ހޮވައިގެން ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑިޕީ)ގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ކެމްޕޭނަށް ރައީސް ސާލިޙް އިއްޔެ ވަނީ އެމަނިކުފާނުގެ އުފަން ރަށް ޅ. ހިންނަވަރަށް ވަޑައިގެންފައެވެ. އެރަށުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔާފައިވާއިރު ރައީސްގެ ކެމްޕޭން ޖަލްސާއެއް ރޭ ވަނީ އެރަށުގައި ބާއްވާފައެވެ. އެޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ އެމަނިކުފާނު އުމު...

ޔުމްނާ ޢަލީ
ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވާނެ ކުޑަވެސް ޖާގައެއް ނުދޭނަން: ޤާސިމް

ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވާނެ ކުޑަވެސް ޖާގައެއް ނުދޭނަން: ޤާސިމް

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ލީޑަރު ޤާސިމް އިބްރާޙީމްގެ ވެރިކަމެއްގައި ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވާނެ ކުޑަވެސް ޖާގައެއް ނުދެއްވާނެ ކަމަށް ޤާސިމް ރޭ ވިދާޅުވެއްޖެއެވެ. ޤާސިމް މިހެން ވިދާޅުވީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެމަނިކުފާނުގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. ޤާސިމް ވަނީ ވެރިކަން ލިބިއްޖެނަމަ ހުރިހާ އިޖުތިމާއީ ފްލެޓެއް ހިމެނޭހެން ހިޔާ ފްލެޓްތަކާއި، ސިފައިންނާއި، ފުލުހުންގެ ފްލެޓްތަކާއި، ސަރުކާރުތަކުން ދީފައިވާ އެސްއެމްއީ ލޯނުތަ...

ޔުމްނާ ޢަލީ
އުރީދޫ ގައުމުތަކުގައި އައިއޯޓީ ގެ ޙިދުމަތްތައް ކުރިއެރުވުމަށް އައިއޯޓީ ވޯލްޑް އެލަޔަންސާ ގުޅިއްޖެ

އުރީދޫ ގައުމުތަކުގައި އައިއޯޓީ ގެ ޙިދުމަތްތައް ކުރިއެރުވުމަށް އައިއޯޓީ ވޯލްޑް އެލަޔަންސާ ގުޅިއްޖެ

އައިއޯޓީ ސޮލިއުޝަންތައް ކުރިއެރުވުމުގައި އިސްކޮށް ހަރަކާތްތެރިވާ އުރީދޫ ގްރޫޕުން އައިއޯޓީ ވޯލްޑް އެލަޔަންސްއާ ގުޅިއްޖެއެވެ. އައިއޯޓީ ވޯލްޑް އެލަޔަންސަކީ ދުނިޔޭގެ އެންމެ ބޮޑު މޮބައިލް ނެޓްވޯކް އޮޕަރޭޓާއެވެ. އުރީދޫއާއެކު ވެވުނު މި އެއްބަސްވުމާއެކު އުރީދޫ އަކީ އައިއޯޓީ ވޯލްޑް އެލަޔަންސްގައި މިވަގުތު މެދުއިރުމައްޗާއި އުތުރު އެފްރިކާ ސަރަހައްދު ތަމްސީލުކުރާ ހަމައެކަނި ކުންފުންޏަށް ވަނީ ވެފައެވެ. ލެކޮމިއުނިކޭޝަން ޕްރޮވައިޑަރުންގެ ގްލޯބަލް ފޯރަމެއްގެ ގޮތުގައި ހަރަކާތްތެރިވާ މި ފޯރަމަކީ އައިއޯޓީ ކަނެކްޓ...

އަޙްމަދު ވަހީދު
މުއިއްޒުގެ ވައުދަކީ ނައިފަރަށް 400 ހައުސިން ޔުނިޓް

މުއިއްޒުގެ ވައުދަކީ ނައިފަރަށް 400 ހައުސިން ޔުނިޓް

ޅ ނައިފަރަށް ދިމާވެފައިވާ ގޯތިގެދޮރުގެ ދަތިކަން ހައްލުކުރުމުގެ ގޮތުން އެރަށުގައި 400 ހައުސިން ޔުނިޓް އަޅުއްވާނެކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މިރޭ ނައިފަރުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ ގެދޮރުވެރިކަމަކީ އެ ރަށުގެ ރައްޔިތުންނަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލައެވެ. އެހެންކަމުން ނައިފަރުގައި ގެދޮރުވެރިކަމުގެ މަޝްރޫއެއް ހިންގައި، އެރަށުގައި 400 ހައުސިން ޔުނިޓް އެޅުއްވާނެކަމަށެވެ. ހަމައެހެންމެ ނައިފަރު...

އިސްމާއިލް މޫސާ
މަންދޫގެ ފެނާއި ނަރުދަމާގެ ހިދުމަތް ދިނުން ސްޓެލްކޯއާ ހަވާލުކޮށްފި

މަންދޫގެ ފެނާއި ނަރުދަމާގެ ހިދުމަތް ދިނުން ސްޓެލްކޯއާ ހަވާލުކޮށްފި

އދ. މަންދޫގެ ފެނާއި ނަރުދަމާގެ ހިދުމަތް ދިނުން އެ ރަށު ކައުންސިލުން ސްޓެލްކޯއާ ހަވާލުކޮށްފި އެވެ. އައިކެއާ ޕްރައިވެޓު ލިމިޓެޑްގެ ފަރާތުން މަންދޫގައި ގާއިމް ކުރި ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަށް ސްޓެލްކޯއާ ހަވާލުކުރި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ސްޓެލްކޯގެ ފަރާތުން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު، އަހުމަދު ޝަރީފް އެވެ. މަންދޫ ކައުންސިލުގެ ފަރާތުން ސޮއި ކުރެއްވީ އެ ކައުންސިލުގެ ނައިބު ރައީސް، އިބްރާހިމް ހުސައިން އެވެ. މަންދޫގެ ފެނާއި ނަރުދަމާގެ ހިދުމަތް ގާއިމުކޮށްފައި ވަނީ […]

އިބްރާހިމް އަސްވާޤް
އުރީދޫއިން އެޑްވާންސްކޮށް ބިލް ދައްކައިގެން ބޮޑު ޑިސްކައުންޓެެއް

އުރީދޫއިން އެޑްވާންސްކޮށް ބިލް ދައްކައިގެން ބޮޑު ޑިސްކައުންޓެެއް

އެއްފަހަރާ ގިނަ މަސްތަކަށް އުރީދޫ ޕޯސްޓްޕެއިޑް ބިލް ދައްކައިގެން ބޮޑު ޑިސްކައުންޓެއް ލިބޭ ޕްރޮމޯޝަނާއެކު ކަސްޓަމަރުންނަށް ލުއިތަކެއް ލިބޭނެ އެވެ. އެއްފަހަރާ ގިނަ މަސްތަކަށް އުރީދޫ ޕޯސްޓްޕެއިޑް ބިލް ދައްކާލުމުން ކޮންމެ މަހަކު ބިލް ދައްކަން ނުޖެހުމުގެ ލުއިފަސޭހައިގެ އިތުރުން ބޮޑެތި ޑިސްކައުންޓާއި ބޯނަސް ޑޭޓާ ކަސްޓަމަރުންނަށް ލިބިގެންދެއެވެ. މިފަދަ ފައިދާތައް ދުނިޔޭގައި ކުރިއަރާފައިވާ ކުންފުނިތަކަށާއި ޕްލޭޓްފޯމް ތަކަށް ބަލާލިކަމުގައި ވިޔަސް އެއްފަހަރާ ދިގު މުއްދަތަކަށް ސަބްސްކްރައިބްކުރާ ނުވަތަ ފައ...

އަޙްމަދު ވަހީދު
ތިލަފުށީގަައި މޮޓޯ ސްޕޯޓްސް އެރީނާއެއް ތަރައްގީ ކުރަނީ

ތިލަފުށީގަައި މޮޓޯ ސްޕޯޓްސް އެރީނާއެއް ތަރައްގީ ކުރަނީ

ތިލަފުށީގައި މޮޓޯ ސްޕޯޓްސް އެރީނާއެއް ތަރައްގީކުރުމަށް ބޭނުންވާ ބިން ހަމަޖައްސާ އެކަމުގެ އެއްބަސްވުމެއްގައި އާބަންކޯއިން ޔޫތް މިނިސްޓްރީއާއެކު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި އާބަންކޯގެ ފަރަތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނެޖިން ޑިރެކްޓަރު އަހްމަދް އާތިފްއެވެ. އަދި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑެޕިއުޓީ މިނިސްޓަރު އަޒްމޫން އަހްމަދުއެވެ. އާބަންކޯއިން ބުނި ގޮތުގައި މި އެރީނާ ތަރައްގީ ކުރެވިގެންދާނީ ތިލަފުށީގެ ދެވަނަ ފިޔަވަހީގައެވެ. އެގޮތުން ތިލަފުށިން 10 ހެކްޓަރުގެ ބިން މި މަޝްރޫއ...

އަޙްމަދު ވަހީދު
ޗެކިންވި އިންޑިއާ ދެ މީހުން ފޭސްބުކްގައި އިސްތިހާރު ޖެހީ ހޮޓަލަށް އެނގުމެއްނެތި: އުނިމާ ގްރޭންޑް

ޗެކިންވި އިންޑިއާ ދެ މީހުން ފޭސްބުކްގައި އިސްތިހާރު ޖެހީ ހޮޓަލަށް އެނގުމެއްނެތި: އުނިމާ ގްރޭންޑް

މާލޭގައި ހިންގާ އުނިމާ ގްރޭންޑް ހޮޓަލަށް ޗެކިންވި އިންޑިއާގެ ޕާސްޕޯޓު ގެންގުޅޭ ދެ މީހުން ފޭސްބުކް މެދުވެރިކޮށް ކޮށްފައިވާ އިސްތިހާރަކީ އެ ހޮޓަލަށް އިނގިގެންކޮށްފައިވާ އިސްތިހާރެއް ނޫންކަމަށާއި، އެ ދެމީހުން ވަނީ ހޮޓެލްގެ އުސޫލުތަކާއި ޚިލާފްވުމުން ހޮޓަލުން ޗެކްއައުޓްކޮށްފައި ކަމަށް އުނިމާ ގްރޭންޑް ހޮޓަލުން ބުނެފިއެވެ. ހިންދޫ ދީނުގެ ހާމުދުރަކު އޭނާގެ ދީނީ ދަރުހެއް މާލޭގައި ބާއްވަން ނިންމައި، އެދަރުސް މީސް މީޑިއާގައި އިސްތިހާރު ކުރަމުން އަންނަ ކަމަށް މިއަދު ވަނީ ރާއްޖޭގެ ބައެއް މީޑިއާތަކުގައި ރިޕޯޓު...

ޔުމްނާ ޢަލީ
ރިޔާސީ އިންތިޚާބުގައި ސަލާމަތީ ކަންކަން ބެލެހެއްޓުމަށް މާލެއިން ރަށްރަށަށްދާ ފުލުހުން ފުރަން ފަށައިފި

ރިޔާސީ އިންތިޚާބުގައި ސަލާމަތީ ކަންކަން ބެލެހެއްޓުމަށް މާލެއިން ރަށްރަށަށްދާ ފުލުހުން ފުރަން ފަށައިފި

މިއަހަރުގެ ސެޕްޓެމްބަރ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް މާލެއިން ރަށްރަށަށްދާ ފުލުހުން ފުރަން ފަށައިފިއެވެ. އެގޮތުން މާލެއިން ފުރަންފަށާފައިވަނީ އުތުރުގެ އަތޮޅުތަކުގެ ރަށްރަށަށްދާ ފުލުހުން އިއްޔެ ފުރާފައިވާއިރު، ދެކުނުގެ އަތޮޅުތަކުގެ ރަށްރަށަށް ދާ ފުލުހުން މިއަދުގެ އެކި ވަގުތުތަކުގައި ފުރާނެއެވެ. ރިޔާސީ އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ފުލުހުން ހަރަކާތްތެރި ވަމުންދާނެއެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވެފ...

މުޙައްމަދު އަފްރާޙް
ތިނަދޫ އައު އިންޖީނުގެ ހުޅުވައި، ހިދުމަތް ދޭން ފަށައިފި

ތިނަދޫ އައު އިންޖީނުގެ ހުޅުވައި، ހިދުމަތް ދޭން ފަށައިފި

ގދ. ތިނަދޫގައި އަލަށް އިމާރާތް ކުރި ފެނަކައިގެ އިންޖީނުގެ ރަސްމީކޮށް ހުޅުވައިފިއެވެ. އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އިންޖީނުގެ ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހުއެވެ. މި އިންޖީނުގެ ހުޅުވާފައިވަނީ އެ ރަށުގައި 20 އަހަރުވަންދެން ހިންގަމުން ދިޔަ އިންޖީނުގެ ނިއްވާލުމަަށްފަހުއެވެ. ތިނަދޫގައި އަލަށް އިމާރާތްކުރެވުނު އިންޖީނުގެއާއި ފެނަކަ އޮފީސް އިމާރާތަކީ، ޒަމާނުގެ ފެންވަރަށް އިމާރާތްކޮށްފައިވާ އިންޖީނުގެއަކާ އޮފީސް އިމާރާތެކެވެ. ފެނަކަ އިން ބުނެފައިވާ ގޮތުގަ...

އަޙްމަދު ވަހީދު
ބޭބެ މަރާލިކަމަށް ކޮއްކޮ އެއްބަސްވެއްޖެ

ބޭބެ މަރާލިކަމަށް ކޮއްކޮ އެއްބަސްވެއްޖެ

އައްޑޫގައި ބޭބެއަށް ހަމަލާދީ މަރާލި މީހާ ކްރިމިނަލް ކޯޓުގައި މިއަދު އެކަމަށް އިއުތިރާފްވެއްޖެ އެވެ. މިދިޔަ ޖޫން މަހު ސ. މަރަދޫ ފޭދޫގައި އެއްބަނޑު އެއްބަފާ ބޭބެއަށް ވަޅިއަކުން ހަމަލާދީ މަރާލި ކަމަށް ބުނެ ދައުލަތުން ދައުވާ ކުރަނީ އެރަށު ބްލޫސްޓާ ހުސައިން މަވާޒު އޭނާގެ ބޭބެ އަހުމަދު ޝުއަައިބު މަރާލި މައްސަލާގަ އެވެ. ކްރިމިނަލް ކޯޓުގައި މަވާޒުގެ ޝަރީއަތް މިއަދު ފެށުމުން އޭނާ ކޯޓުގައި އެ ކުށަށް އިއުތިރާފްވެ އަދި އެ ހާދިސާ ހިނގިގޮތް ކިޔައިދިނެވެ. […]

ހުސައިން ހަބީބް
ޖޭޕީގެ ވެރިކަމެއްގައި އިޖުތިމާއީ ފްލެޓުތަކުގެ ކުލި މައާފް ކޮށްދޭނަން: ޤާސިމް

ޖޭޕީގެ ވެރިކަމެއްގައި އިޖުތިމާއީ ފްލެޓުތަކުގެ ކުލި މައާފް ކޮށްދޭނަން: ޤާސިމް

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ވެރިކަމެއްގައި އިޖުތިމާއީ ފްލެޓުތަކުގެ ކުލި މައާފް ކޮށްދެއްވާނެ ކަމަށް އެ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ކުރައްވާފައިވާ ޓްވީޓެއްގައި ވަނީ ރާއްޖޭގެ ކޮންމެ ރަށެއްގެ، ކޮންމެ ބިމެއް، އެއްވެސް ސަރުކާރަކުން ރައްޔިތުންނަށް ހިލޭ ދޫކުރެވެން އޮތް ނަމަ، އެބިންތައް ރައްޔިތުންނަށް ހިލޭ ދިނުމަށް ދުވަހަކު ވެސް ދެކޮޅު ނަހައްދަވާނެ ކަމަށެވެ. އެހެންނަމަވެސް ގާސިމްގެ ޓްވީޓުގައި ވަނީ ދިވެހިދައުލަތުގައި އޮތް އެ...

މުޙައްމަދު އަފްރާޙް
ރަށް ގިރުމުގެ މައްސަލަ ހައްލުކުރެވޭނީ ޓެކްނޮލޮޖީގެ ބޭނުންކޮށް މޫސުމީ ބަދަލުތައް ދިރާސާ ކޮށްގެން

ރަށް ގިރުމުގެ މައްސަލަ ހައްލުކުރެވޭނީ ޓެކްނޮލޮޖީގެ ބޭނުންކޮށް މޫސުމީ ބަދަލުތައް ދިރާސާ ކޮށްގެން

ރަށް ގިރުމުގެ މައްސަލައަކީ އަބަދު ވެސް އިވެމުން އަންނަ ކަމެއް ކަމަށާއި މިކަންކަން ހައްލު ކުރުމަށް ހަމައެކަނި ވަށައިގެން ހިލަ ޖަހާލިޔަކަސް ނުފުދޭ ކަމަށް ތިމާވެއްޓާއި ބެހޭ ވަޒީރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ. “ދަ މޯލްޑިވްސް އޯޝަން ހެކަތޯން”ގެ ނަމުގައި ކުރިއަށްގެންދާ ހަރަކާތް އިފްތިތާހު ކޮށްދެއްވާ ވާހަކަ ދައްކަވަމުން ޝައުނާ ވިދާޅުވީ މިކަންކަން ހައްލު ކުރެވޭނީ އައު ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ގައުމުގެ މޫސުމީ ބަދަލުތަކުގެ ސަބަބުން އަންނަ ބަދަލުތައް ބަލާ ދިރާސާ ކޮށްގެން ކަމަށެވެ. މީގެ އިތުރުން [...

މުޙައްމަދު އަފްރާޙް
އޭދަފުށީގައި ހައުސިންގެ ބޮޑު މަޝްރޫއެއް ހިންގަން މުއިއްޒު ވައުދުވެވަޑައިގެންފި

އޭދަފުށީގައި ހައުސިންގެ ބޮޑު މަޝްރޫއެއް ހިންގަން މުއިއްޒު ވައުދުވެވަޑައިގެންފި

ބ. އޭދަފުށީގައި ހައުސިންގެ ބޮޑު މަޝްރޫއެއް ހިންގެވުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ބ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުގައި މުއިއްޒު ވަނީ ވަނީ ކުރިއަށް އޮތް ފަސް އަހަރު، އޭދަފުށީގައި ފުރިހަމަކޮށް ދެއްވާނެ ކަންކަން އިއުލާން ކުރައްވައިފައެވެ. މުއިއްޒުގެ ވައުދުތަކުގެ ތެރޭގައި ބަނދަރު ހެދުމާއި ހިއްކި ބިން ތަރައްގީ ކުރުމާއި މާއްޑޫ އިހްތިސާސް ތެރޭގައި...

މުޙައްމަދު
ވެރިކަން ލިބިއްޖެނަމަ، ދިވެހީންގެ އަތްމައްޗަށް ވިޔަފާރިތައް ގެނެސްދޭނަން: އަމީން

ވެރިކަން ލިބިއްޖެނަމަ، ދިވެހީންގެ އަތްމައްޗަށް ވިޔަފާރިތައް ގެނެސްދޭނަން: އަމީން

މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބުވެ، ރާއްޖޭގެ ވެރިކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އަތުވެެއްޖެނަމަ ވެރިކަން ދިވެހީންގެ އަތްމައްޗަށް ވިޔަފާރިތައް ގެނެސްދެއްވާނެ ކަމަށް ގައުމީ ކެންޑިޑޭޓު، ޤާސިމް އިބްރާހީމްގެ ރަނިންމޭޓު، ޑރ. އަމީން އިބްރާހީމް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާއިން ގެނެސްދިން “ރަނިންމޭޓް” ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ. މި ޕްރޮގްރާމުގައި ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ދިވެހިންގެ ސަބަބުން ކުރިމަތިވާ މައްސަލަތަކަށް ހައްލު ހޯދު...

މުޙައްމަދު އަފްރާޙް