ރާއްޖޭގެ އޭވިއޭޝަން އިންޑަސްޓްރީގައި ދިވެހިން މަސައްކަތްކުރާ ނިސްބަތް އިތުރުކުރުން މުހިންމު ކަމުގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީން، ޕައިލެޓުން ތަމްރީނުކުރުމަށް ހިނގި ޕްރޮގްރާމް ފުރިހަމަކުރި ދަރިވަރުންނަށް ސެޓްފިކެޓް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މީރުމާ ހޯލުގައި ބޭއްވި ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ވަނީ އޭޝިއަން އޭވިއޭޝަން އެކަޑަމީ އަށް ދިމާވި ގޮންޖެހު...
މުޙައްމަދު އަފްރާޙް
ހއ. ހޯރަފުށީގައި ޤައުމީ ބޮޑުދިދައެއް ނަގަައި ޤައުމިއްޔަތުގެ ރީތި ނަމޫނާއެއް ދައްކާލައިފި އެވެ. މި ބޮޑު ދިދަ ނެގުމަށް ހޯރަފުށީ ކައުންސިލް އިދާރާއިން، އިއްޔެ ވަނީ ރަސްމިއްޔާތެއް ބާއްވާފަ އެވެ. މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތް އޮނަރަބަލް އަހްމަދު ނަސީމް، އަދި ހޯރަފުށީދާއިރާގެ އިއްޒަތްތެރި މެމްބަރ އޮނަރަބަލް އަހްމަދު ސަލީމް އެވެ. އެކައުންސިލުން ވިދާޅުވީ، ދިދަ ނެގިފައިވާ މައިދާނުން ފެންނަ ކޮންމެ މަސައްކަތެއް ހާމަކޮށްދެނީ ހޯރަފުށީގެ މަސައްކަތްތެރި ފަންނުވެރިކަމާއި ހުނަރުވެރި...
އިބްރާހިމް އަސްވާޤް
ކޮންމެ ތިން މަހަކުން އެއްފަހަރު ރިސޯޓް މުވައްޒަފުންނަށް ކުޑަ ޗުއްޓީއެއް ލިބޭ ގޮތް ހަމަޖަސަވައި ދެއްވާނެކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރޭ “ސަންގު ޓީވީއިން” ގެނެސްދިން ޕްރޮގްރާމެއްގައި ރިސޯޓް މުވައްޒަފަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. މުއިއްޒު ވިދާޅުވީ ރިސޯޓް މުވައްޒަފުންގެ އޮފް ދުވަސްތައް އެއްކޮށްލައިގެން ކޮންމެ ތިން މަހަކުން އެއް ފަހަރު ޗުއްޓީއަށް ދެވޭނެ ގޮތް ހަމަޖައްސައިދެއްވާނެ ކަމަށެވެ. “އޭރުން ލިބޭނެ 12 ދުވަހުގެ ޗުއްޓީއެއް، މިނިމ...
އިސްމާއިލް މޫސާ
ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްގެ ސަރުކާރުން މަޝްރޫއުތައް ހިންގަނީ ކަމަށް ބުނެ ޖީބުތައް ބަރު ކުރަނީ ހިޔާނާތުގެ ފައިސާ އިން ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ. އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ލ. އަތޮޅަށް ވަޑައިގެން ލ. ގަމުގައި ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ މިސަރުކާރުގެ އިސް ބޭފުޅުންތައް ރޯމާ ދުވާލު ފާޅުގައި ކޮރަޕްޝަނުގެ އަމަލުތައް ހިިންގަމުންދާ ކަމަށާއި އެ […]
މުޙައްމަދު
އަނެއްކާ ވެސް ރާއްޖެއިން މީހަކު ހިމަބިއްސަށް ޕޮޒިޓިވް ވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ. އެ އިދާރާ އިން ވިދާޅުވީ ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެއް ކަމަށްވާ ހިމަބިއްސަށް އިތުރު މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށާއި އެ ކޭސް ފެނިފައިވަނީ މި ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހު ކަމަށެވެ. އެހެންކަމުން މި ކޭސް އިތުރަށް އިންވެސްޓިގޭޓްކޮށް، އޭނާއާއި ކޮންޓެކްޓް ވީ ފަރާތްތައް ދެނެގަތުމުގެ މަސައްކަތް މިހާރުކުރަމުން ގެންދާ ކަމަށާއި މީސަލްސް ވެކްސިން ފުރިހަމަނުވާ ފަރާތްތ...
މުޙައްމަދު އަފްރާޙް
އާރޓް ގެލަރީގެ ވަށައިގެން ހުރީ އެކި ކުލައިގެ، އެކި ވައްތަރުގެ ފަންނީ ހުނަރެވެ. ކުރެހުމާއި، އަތްތެރި މަސައްކަތާއި، ފެންކުލައިގެ “އައިޖައިބެއް ކަހަލަ” ތަސްވީރު ތަކެވެ. ހަތަރު ބިތުންވެސް ފެންނަނީ ކުރެހުމުގެ ދުނިޔެއިން ފެންނާނެ ހުރިހާ ކުލައެކެވެ. ނެތް ހުނަރެއް، ނެތް ކުލައެއް ނެތެވެ. މުޅި ތަނަށް ވެރިވެފައިވާ ހަމަހިމޭން ކަމުގެ ތެރެއިން، ވަރަށް ޖޯޝީ ވާހަކަ ތެކެއްވެސް އަޑު އިވެއެވެ. ތިން ހަތަރު މީހުންގެ މެދުގައި ވާހަކަ ދައްކަން އެ ހުރީ މަޝްހޫރު ކުރެހުންތެރިޔާ “ކުރަހާ ރާއްޕެ” […]
ޙުސައިން ޒަބީރު (ހޒމވ)
ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން މަނީ ލޯންޑާކުރަން ބޭނުންވި ނަމަ ރާއްޖޭގެ ބޭންކެއްގައި ހުރި އަމިއްލަ އެކައުންޓަކަށް އެ ފައިސާ ޖަމާ ނުކުރާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައި ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ޔާމީން 11 އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ވަނީ […]
ހުސައިން ހަބީބް
އެމެރިކާގެ އެމްބަސީއެއް ރާއްޖޭގައި ގާއިމްކުރެވި ސަފީރަކު އައްޔަނުކުރެއްވުމަކީ ރާއްޖެއާ އެމެރިކާގެ ގުޅުން ކުރިޔަށް އޮތްތަނުގައި ބަދަހިވާނޭކަމެއް ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ އިން ރާއްޖެއަށް ކަނޑައެޅުއްވި ފުރަތަމަ ސަފީރު، ހޫގޯ ޔޫ-ހޯ ޔޮން އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް އޮފީހުގައި ބޭއްވި މި ރަސްމިއްޔާތުގައި އެމަނިކުފާނު ވިދާޅުވީ...
މުޙައްމަދު އަފްރާޙް
ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި ވެރިކަމަށް ވަޑައިގެންފި ނަމަ، ރާއްޖޭގެ ކޮންމެ ހިސާބެއްގައި ބާނާ މަސް ކިލޯއެއް ގަންނާނީ 26ރ. އަށް ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު އަދި ލީޑަރު ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެއެވެ. ގދ. ތިނަދޫ ސިޓީ އަށް ވަޑައިގެން އެ ރަށުގައި ބޭއްވެވި ޖަލްސާގައި ގާސިމް ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ކަޅު ބިލަ މަހެއް ނުވިއްކާނެ 25ރ.އަށް ވުރެ ދަށް އަގަކަށް ނުވިއްކާނެ ކަމަށެވެ. އަދި ޖޭޕީގެ ވެރިކަމެއްގައި […]
މުޙައްމަދު
މި ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި، ރާއްޖޭގެ ދީނީ އިލްމުވެރިން ތާއީދު ކުރަނީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް، މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ކަން ހާމަކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ މިއަދު ބޭއްވި ނުސްވެރިންގެ ބައްދަލުވުމެއްގައެވެ. މިި ނޫސްވެރިންގެ ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރާއި އަދާލަތު ޕާޓީގެ އިސް އިލްމުވެރިންގެ ތެރޭގައި ހިމެނޭ، ޑރ. މުހައްމަދު އިޔާޒާއި ޝައިހު އިލްޔާސް ހުސެއިން ވަނީ...
މުޙައްމަދު އަފްރާޙް
ގދ. ކާޑެއްދޫ އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ލަސްވެފައިވަނީ ސަރުކާރުތަކުގެ ސަބަބުން ކަމަށާއި ކުރިއަށް އޮތް ތިން މަސް ތެރޭ އެ މަސައްކަތް ފައްޓަވާނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެއެވެ. ކާާޑެއްދޫ އެއާޕޯޓު ސަރުކާރުން ދީފައި އޮންނަނީ ގާސިމްގެ ވިލާ ކުންފުންޏަށެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ތިނަދޫ ސިޓީ އަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ ކާޑެއްދޫ އެއާޕޯޓު ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީނުކުރެވި ފުރަތަމަ […]
މުޙައްމަދު
ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމްގެ ވެރިކަމެއްގައި ލ. އަތޮޅުގައި އިތުރު އެއާޕޯޓެއް އަޅާނެ ކަމަށް ގާސިމްގެ ސްޕެޝަލް އެޑްވައިޒަރު އަދި ޖޭޕީގެ ލ. އަތޮޅުގެ ކެމްޕެއިންގައި އެންމެ އިސްކޮށް ހުންނެވި ރިޔާޒް ރަޝީދު މިއަދު ވިދާޅުވެއްޖެއެވެ. އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ގާސިމް ލ. އަތޮޅަށް ކުރެއްވި ދަތުރުގައި ގަމުގައި ބޭއްވި ޖަލްސާގައި ރިޔާޒް ވިދާޅުވީ ލ. އަތޮޅުގައި ތިބި މަސްވެރިންނަށާއި އެހެނިހެން ކަންކޮޅުތަކުގައި […]
މުޙައްމަދު
އއ. މަތިވެރި ފަޅުގައި އެއާޕޯޓެއް އަޅައި، އެ ސަރަހައްދުގައި ފަތުރުވެރިކަމުގެ މަޝްރޫއުތަކެއް ހިންގާނެ ކަމަށް ޕީއެންސީ ގެ ރިޔާސީ ކެންޑިޑޭޓް، މާލޢ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެެވެ. އެ ރަށަށް ކުރެއްވި ކެމްޕެއިން ދަތުރުގައި އޭނާ ވިދާޅުވީ ފަޅުގައި އެއާޕޯޓް އެޅުމަށް ބިން ހިއްކާނީ ރަށުގެ ރައްޔިތުންނަށް ބޭނުންވާ ބިން ވެސް ލިބޭ ގޮތަށް ކަމަށެވެ. އަދި ބިން ހިއްކުމަށްފަހު، އެރަށުގައި ބޯހިޔާވަހިކަމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދަވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. އެ […]
މުޙައްމަދު އަފްރާޙް
މާލޭގެ އިމާރާތެއްގައި ރޯވި އަލިފާން ކޮންޓްރޯލްކޮށްފިއެވެ. އެ އަލިފާން ރޯވިތާ މާގިނަ އިރެއް ނުވަނީސް ސިފައިން ނިއްވާލާފައިވާއިރު، އެ ސަރަހައްދުން ދެ މީހަކު ވަނީ ފުލުހުންގެ ވެހިކަލަކަށް އަރުވާފައެވެ. އެ ވަގުތު ދިވެހިރާއްޖޭގެ އަޑު ކައިރީ ހުރި މީހަކު ބުނީ ބެލެވެނީ އެއީ އެ ދެމީހުން ހިންގި ޢަމަލެއް ކަމަށެވެ. އެތަނުގައި ރޯވުމުން އެމީހުން އިމާރާތުން ފިލަން މަސައްކަތް ކުރިކަމަށް އޭނާ ބުންޏެވެ. އަލިފާން ރޯވީ ސީ ބިލްޑިންގ ކުރިމަތީ ހުންނަ ބާ އިމާރާތެއްގައެވެ. އެތަނަކީ މިވަގުތު […]
ތިލަދުން
ސީ ބިލްޑިންގ ކައިރީ ތަނެއްގައި އަލިފާން ރޯވެއްޖެއެވެ. އަލިފާން ރޯވެފައި ވަނީ ސީ ބިލްޑިންގ ކުރިމަތީ ހުރި ތަނެއްގައެވެ. އެއީ ގަރާޖެއް ކަމެއް ގެއެއް ކަމެއް އަދި ސާފެއް ނުވެއެވެ. އެ ސަރަހައްދުން ދުވެފައި ނުކުތް މީހަކު ‘’ތިލަދުން’’ އަށް ބުނީ ރޯވެފައިވަނީ ސީ ބިލްޑިންގ ކުރިމަތީ ހުރި ބާ އިމާރާތެއްގައި ކަމަށް ބެލެވޭ ކަމަށެވެ. އެތަނުގައި ރޯވުމުން އަލިފާން ނިއްވަން ސިފައިން މިހާރު ހަރަކާތްތެރި ވަމުން އަންނައިރު، ދުން ގަނޑު އަންނަނީ ސަރަހައްދަށް ފެތުރެމުންނެވެ. […]
ތިލަދުން
ކުރީގެ އަދަދާއިގުޅޭ، ފައިގައި ޖެހުނު ގާބުރިއެއްވެސް، ބޯޅައެއްގައި ޖަހާ އުސޫލުން ބާރުބާރަށް ފައިން ޖަހާ ދުރަށް ހޫރާލީ ރުޅިވެރިކަމާއެކުއެވެ. ހިތަށް ޖަމާވަމުންދާ ޝަކުވާތައް ބޭރުކުރަން ބޭނުންވި ނަމަވެސް ދިރިއުޅުމުގެ ކަންތައްތައް މީހުންނާ ހިއްސާކުރުމަކީ އޭނާ މާ ކުރާހިތްވާ ކަމެއް ނޫނެވެ. އެހެންކަމުން ޝަކުވާތައް ހިތުގައި ބޮނޑިކޮށްގެން ހުރެ އޭނާ ވެލިގަނޑުމަތީގައި އިށީނދެލީ ގެއަށް ދާން ބޭނުން ނުވެގެންނެވެ. *** އެނދުގައި ލެނގިލައިގެން މުށިތައްމަތީގައި ނިދިފައި އިން ޔަޝްމީއަށް ސިހިފައި ހޭލެވުނީ ކޮޓަރީގެ ދ...
ސަލާމާ ޢަބްދުލް ޢަލީމް
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި ހިނގާދިޔަ އަނިޔާތަކަށް އެމަނިކުފާނުގެ ދަރިކަލުން، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ފާރިސް މައުމޫން މައާފަށް އެދިވަޑައިގެންފިއެވެ. މިއަހަރުގެ ރިޔާސީ އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރައްވާ އަދި އެމްއާރްއެމްގެ ރައީސްކަން ވެސް ކުރައްވާ ފާރިސް މައާފަށް އެދިވަޑައިގެންނެވީ އެމަނިކުފާނުގެ ފޭސްބުކްގައި އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައެވެ. އެ ވީޑިއޯ ގައި ފާރިސް ވިދާޅުވީ ރައީސް މައުމޫން ވެރިކަން ކުރެއްވި ދުވަސްވަ...
މުޙައްމަދު އަފްރާޙް
ޅ. އަތޮޅު ކުރެންދުއާއި އޮޅުވެލިފުށީ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތާއި ހއ. އުތީމު ނެރުފައިކަށި އަޕްގްރޭޑް ކުރުމުގެ މަސައްކަތް ސަރުކާރުން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ. ޕްލޭނިން މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ޑިރެކްޓަ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އޮޕަރޭޓިންގ އޮފިސަރ ޝާހިދު ހުސައިން މޫސާއެވެ. ކު...
އަޙްމަދު ވަހީދު