މަސް ހިފަން ފޭބި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވެއްޖެއެވެ. އެ އިދާރާ އިން މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ހުޅުމާލެ ފޭސް 2 އުތުރު ފަރާތުން މަސް ހިފަން މޫދަށް ފޭބި މީހަކު ގެއްލިގެން ހޯދަމުންދާ ކަމަށް މިއަދު ހެނދުނު ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އޭނާ ހޯދަމުން ދަނިކޮށް ފެނިފައި ވަނީ ހުޅުމާލެ ފޭސް 2 އުތުރު ފަރާތު ފަޅުތެރެއިން ކަމަށާއި އޭނާ ހުޅުމާލެ ހޮސްޕިޓަލަށް އޭނާ ގެންދިޔަ އިރުވެސް […]
މުޙައްމަދު އަފްރާޙް
ސެޕްޓެމްބަރު 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި އެންމެގިނަ ވޯޓު ހޯއްދަވައިގެން އިންތިހާބުގެ ދެވަނަ ބުރަށް ވަޑައިގެންނެވި ޕީއެންސީ، ޕީޕީއެމްގެ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިން ޓީމުން ދޮރުން ދޮރަށް ހަރަކާތް މިއަދު ފެށުމަށް ނިންމައިފިއެވެ. އެ ކޯލިޝަނުން ބުނީ ދެވަނަ ބުރުގައި މުއިއްޒުއަށް ކާމިޔާބީ ހޯދައިދިނުމަށް ކެމްޕެއިން ޓީމާއި ސަޕޯޓަރުން ވަނީ އަތުކުރި އޮޅައިލާފައި ކަމަށެވެ. “އަޅުގަނޑުމެންގެ ޓީމުން މިވަނީ ކެމްޕެއިން އިތުރަށް ވަރުގަދަ ކުރުމަށް އަތުކުރި އޮޅާ...
މުޙައްމަދު އަފްރާޙް
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ނާކާމިޔާބުވި ސިޔާސީ ޕާޓީތަކާއި ކޯލިޝަން ހެއްދެވުމަށް މަޝްވަރާތައް ކުރައްވަމުން އަންނަ ކަމަށާއި ބައެއް ޕާޓީތަކުން ސަރުކާރާ އެކު ކޯލިޝަން ހެދުމަށް ފެހި ސިގްނަލް ލިބިފައިވާ ކަމަށް ރައީސް، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ. “ރާއްޖެ ޓީވީ” އަށް ދެއްވި އިންޓަވިއުގައި ރައީސް ވިދާޅުވީ ފުރަތަމަ ބުރުގައި ހެއްދެވިފައިވާ ގޯސްތައް ދެނެގަނެ އެކަންކަން ރަނގަޅުކޮށްގެން ދެވަނަ ބުރާ ކުރިމަތިލުމުން ކާމި...
މުޙައްމަދު
ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަގާމުން ވަކިކުރަން އެމްޑީޕީން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ ގަރާރު ބާތިލުކުރެވޭ އަދަދަށް މެމްބަރުންގެ ސޮއި ހަމަކޮށް، އެ ދެ މައްސަލަ ވެސް އަނބުރާ ގެންގޮސްފިއެވެ. ނަޝީދު މަގާމުން ވަކި ކުރުމުގެ މައްސަލަ މިއަދުގެ ޖަލްސާ އަށް އެޖެންޑާ ކޮށްފައި ވަނިކޮށް، އެމަނިކުފާނާއި އީވާގެ މައްސަލަ އަނބުރާ ގެންދަން އެމްޑީޕީގެ ޕާލަމެންޓަރީ ގުރޫޕުން ވަނީ ނިންމައިފައެވެ. އެ ނިންމުން ނިންމާފައި ވަނީ […...
މުޙައްމަދު
ޔޫރޯ 2024، ކޮލިފައިންގެ ގްރޫޕް ބީގައި ރޭ ނެދަލެންޑްސްއާއި އަޔަލެންޑް ބައްދަލުކުރި މެޗުން އަޔަލެންޑް ބަލިވުމުން އެ ޓީމަށް ކޮލިފައިވުމުގެ ދޮރު ބަންދުވެއްޖެއެވެ. ރޭ އަމިއްލަ ގައުމުގައި ނެދަލެންޑްސް އަތުން އަޔަލެންޑް ބަލިވީ 2-1 ގެ ނަތީޖާއިންނެވެ. މި ނަތީޖާއާއިއެކު ނެދަލެންޑްސް މިވަގުތު އޮތީ ގްރޫޕް ބީގެ ދެވަނާގައެވެ. އެ ޓީމަށް ހަތަރު މެޗުން ނުވަ ޕޮއިންޓް ލިބިފައިވާއިރު، ތިންވަނާގައި އޮތް ގްރީސްއަށް ފަނީ ފަސް މެޗުން ނުވަ ޕޮއިންޓް ލިބިފައެވެ. ކޮލިފައިންގައި މިހާތަނަށް ކުޅުނު ފަސް […]
އިބްރާހިމް ޚަލީލް
ކުރީގެ އަދަދާއިގުޅޭ، ނިދީގެ ތެރެއިން ޔަޝްމީއަށް ދެލޯ ހުޅުވާލެވުނެވެ. އެއާއިއެކު ކުރިމަތީގައި ހުރި ސޯފާގައި އިން ހާރޫން އޭނާގެ ލޮލުގައި އަޅައިގަތެވެ. އޭނާ އިނީ ދެއަތް ޖޯޑުކޮށް، ދަތްދޮޅީގައި އަތް ވިއްދާލައިގެންނެވެ. ނަޒަރު ހުއްޓިފައިވަނީ ސީދާ ޔަޝްމީގެ މޫނަށެވެ. ޔަޝްމީވެސް އިރުކޮޅަކު ހާރޫންއަށް ބަލަހައްޓައިގެން އޮވެ، ތެދުވިއެވެ. އަދި އެނދުގައި އިށީނދެލުމަށްފަހު ފޯނުން ގަޑި ބަލައިލިއެވެ. އޭރު ގަޑިން ފަތިހު ފަހެއް ޖަހާ ބޮޑުވެއްޖެއެވެ. ” ނުނިދުނީތަ؟ ” ޔަޝްމީ އަހާލީ މަޑުމަޑުންނެވެ. ސޯފާގައި އިން ހާރޫން...
ސަލާމާ ޢަބްދުލް ޢަލީމް
މި މަހުގެ ފަހުކޮޅު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބަލި ކުރުމަށްޓަކައި އެކުގައި މަސައްކަތް ކުރުމަށް ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދެވި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިރޭ ދައުވަތު ދެއްވައިފިއެވެ. “ޝުކުރިއްޔާ ދިވެހިން” ނަމުގައި އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ އޭނާ ވެރިކަމަށް ވަޑައިގަންނަވަނީ އެއްވެސް މީހަކު ބާކީ ނުކޮށް، އެންމެންނަށް ވެސް ހަމަހަމަކަމާއި ލޯތްބާއި ކުލުނާ އެކީގައި ތަރައްގީ [...
މުޙައްމަދު
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ޕީއެންސީ، ޕީޕީއެމް ކޯިޝަންގެ ކެންޑިޑޭޓް އަދި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އަށް ކާމިޔާބުކޮށްދެއްވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އެދިވަޑައިގެންފިއެވެ. އެމަނިކުފާނު މިފަދައިން އެދިވަޑައިގެންނެވިކަން ހާމަކުރައްވާފައިވަނީ ޔާމީންގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައމަދު ޖަމީލް އަހްމަދު ކުރައްވާފައިވާ ޓްވީޓެއްގައެވެ. ރައީސް ޔާމީނުގެ ވެދުން ދިވެހި ރައްޔިތުންނަށް ދަންނަވައި އެ ޓްވީޓުގައި ވިދާޅުވީ ޑރ. މުއިއްޒު އަށް އިތުރު ތ...
މުޙައްމަދު އަފްރާޙް
ރިޔާސީ އިންތިހާބާ ގުޅިގެން ނުވަތަ އެ ނޫން ވެސް އިރެއްގައި މިދިޔަ ފަސް އަހަރު ތެރޭ އެއްވެސް ފުލުހަކަަށް ޕްރޮމޯޝަން ދިނުމަށް ސަރުކާރުން އަންގާފައި ނުވާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ. ފުލުހުން މިގޮތަށް ބުނެފައި ވަނީ އޮންލައިން ނޫސް “ދިޔަރެސް” ގައި ޝާއިއު ކުރި ލިޔުމަކާ ގުޅިގެންނެވެ. އެ ލިޔުމުގައި ބުނެފައި ވަނީ ތާއީދު ހޯދަން 300 ފުލުހަކަށް ޕްރޮމޯޝަން ދިނުމަށް ސަރުކާރުން އަންގާފައިވާ ކަމަށެވެ. ފުލުހުން ކުރި ޓުވީޓެއްގައި ބުނީ ފުލުހުންނަށް ޕްރޮމޯޝަން ދިނުމަކީ […]
މުޙައްމަދު
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ޕީ.އެން.ސީގެ ކެނޑިޑޭޓަށް ވޯޓުދީފާނެ ކަމަކަށް ނުބެލެވޭ ކަމަށް ކުޅުދުއްފުށީ ސިޓީ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ. އޭނާގެ ފޭސްބުކްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ އެކި ކަންކަމުގައި ސަރުކާރާއި ދޭތެރޭ ހުރި ނުތަނަވަސްކަމާއި ހިތްހަމަނުޖެހުންތަކުގެ ޖަޒުބާތުގައި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ކުދި ޕާތީތަކަށާއި އަމިއްލަ ކެނޑިޑޭޓުންނަށް ވޯޓުލީ ގިނަ ރައްޔިތުން ދެވަނަ ބުރުގައި ޕިއެންސީ އަށް ވޯޓުދީފާނެ ކަމަަށް ނުބެލެވޭ ކަމަށެވެ. މީގެ އިތުރުން ފެކް...
މުޙައްމަދު އަފްރާޙް
މާދަމާ އަކީ ވެސް ސަރުކާރު ބަންދު ދުވަހެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ. އެ އޮފީހުން ނެރުއްވި ދެންނެވުމެއްގައި ވިދާޅުވެފައިވަނީ ސެޕްޓެމްބަރު 11 ވާ ހޯމަ ދުވަހަކީ ވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާ ކަމަށެވެ. މިގޮތަށް ހަމަޖެއްސެވީ، ސެޕްޓެންބަރު މަހުގެ 9 ވާ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބާއި ގުޅޭ އެކިއެކި މަސައްކަތްތަކުގައި ހަރަކާތްތެރިވި ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި އާންމު ރައްޔިތުން، ވޯޓާއި ގުޅިގެން ކުރަން ޖެ...
މުޙައްމަދު އަފްރާޙް
ރޭ ޖަރުމަނާއި ޖަޕާން ބައްދަލުކުރި އެކުވެރިކަމުގެ މެޗުން، ޖަރުމަނު ބަލިވުމުން އެ ޓީމްގެ ކޯޗްގެ މަގާމުގައި ހުރި ހަންސީ ފްލިކް، އެ މަގާމުން ވަކިކޮށްފިއެވެ. ރޭ ޖަރުމަނުގެ ވުލްވްސް ބާގެ ދަނޑުގައި ކުޅުނު އެކުވެރިކަމުގެ މެޗުގައި، ޖަޕާނުން ވަނީ ޖަރުމަނުގެ މައްޗަށް 4-1 ގެ ތަފާތު ބޮޑު ނަތީޖާއިން ކުރި ހޯދާ އެންމެން ހައިރާން ކޮށްލާފައެވެ. ޖަޕާނުން ވަނީ މިދިޔަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ވެސް ޖަރުމަނު ބަލިކޮށްފައެވެ. ޖަރުމަނުގެ ކޯޗްކަމުން […]
އިބްރާހިމް ޚަލީލް
ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާ އިން ބަލިވިޔަސް އިސްލާހީ ބަދަލު ގެނައުމުގެ މަސައްކަތުގައި ދެމިހުންނަވާނެ ކަަމަށް އަމިއްލަގޮތުން ވާދަކުރެއްވި، އެމްއާރްއެމްގެ ރައީސް އަހްމަދު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ. ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން ފާރިސް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބުގައި އޭނާއަށް ތާއިދުކޮށް ވޯޓު ދިން ހުރިހާ އެންމެނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. މީގެ އިތުރުން ވޯޓުން ކޮންމެ ނަތީޖާއެއް ނިކުތް ނަމަވެސް ކުރިއަ...
މުޙައްމަދު އަފްރާޙް
އިދިކޮޅު ކޯލިޝަން ރަށްފުށަށް ޗޮއިސް އެއް ނޫންކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މަޖިލިސް މެމްބަރު ޔާސިރު އަބްދުލް ލަތީފް ވިދާޅުވެއްޖެ އެވެ. ޔާސިރު މިފަދައިން ވިދާޅުވި، ކުރިއަށް އޮތް ފަސް އަހަރަށް ރައީސަކު ހޮވަން އިއްޔެ ބޭއްވި ވާދަވެރި އިންތިހާބުގައި، ލައްކައަކަށް ވުރެ ގިނަ ވޯޓާ އެކު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކުރި ހޯއްދެވުމާއި ގުޅިގެންނެވެ. ޔާސިރު އިއްޔެ ކުރެއްވި ޓުވީޓުގައި ވިދާޅުވީ، ދިވެހީންގެ ދިރިއުޅުން އުޖާލާކުރުވި އެމްޑީޕީއަށް ދެވަނަ ދައުރެއް އެއްބުރުން […...
އަލީ އާދިލް
ދިވެހީން މިހާތަނަށް ދެކެމުން އައީ މާތް ﷲގެ ރަޙްމަތުން އެންމެ އަމާންއޮމާން ދިރިއުޅުމެވެ. މުޖުތަމަޢުގެ ޞުލްޙަމަސަލަސްކަމަކީ ދިވެހީންގެ އެންމެ ޚާއްޞަ އެއް ސިފަ ކަމުގައި އައީ ބެލެވެމުންނެވެ. ރާއްޖެއަށް ޒިޔާރަތްކުރާ ދަތުރުވެރީންނާއި ފަތުރުވެރީން، ދިވެހި މުޖުތަމަޢުގެ އަމާންއޮމާންކަމާއި ޞުލްޙަމަސަލަސްކަމާއި، ދިވެހިންގެ އޯގާތެރިކަމާއި މަޑުމައިތިރިކަން އައީ އަބަދުވެސް ފާހަގަކުރަމުންނެވެ. މި ހުރިހާ ކަމެއް ދިވެހީންނަށް ހާސިލުވެފައި ވީ، ދިވެހީންގެ ދީނީ އެއްބައިވަންތަކަމުގެ ސަބަބުންކަމުގައި ދެންނެވުމަކީ ދޮގަ...
ޝެއިޚް ޝަފީއު އަބްދުﷲ
އިއްޔެ ބޭއްވި ރިޔާސީ އިންތިހާބު އެއް ބުރުން ކާމިޔާބު ކުރަން މަސައްކަތް ކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަސައްކަތް ކުރެއްވި ނަމަވެސް އެކަން ނުވީ ތަގްދީރުގައި އެގޮތަށް ލިއުއްވާފައި ނެތީމަ ކަމަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ. އިޔާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެއްބުރުން އިންތިހާބު ކާމިޔާބު ކުރުމަށް ކިތަންމެ އުއްމީދެއްކުރި ނަމަވެސް އެކަން އެގޮތަށް ތަގްދީރުގައި ލިޔުއްވާފައި ނެތްކަން އިއްޔެ ހާމަވެގެން ހިނގައްޖެ ކަމަށެވެ. ހިތް އެދޭ ގޮތަށް ކަންތައްތައް ނުވު...
މުޙައްމަދު
ދެވަނަ ބުރެއްގައި ކުރިއަށްދާނެ ގޮތެއް ނިންމާނީ ޕާޓީގެ ކައުންސިލާއި އާންމު ރައްޔިތުންގެ ވިސްނުންހުރި ގޮތަކަށް ކަމަށް ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބު ވިދާޅުވެއްޖެއެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ ކައުންސިލުން ނިންމާ ނިންމުންތަކާއިއެކު މަޝްވަރާއަށް ދިއުމަށް ތައްޔާރަށް ތިބި ކަމަށެވެ. އަދި ކޮންމެ ބަޔަކާ ވެސް މަޝްވަރާ ކުރެވޭނެ ކަމަށެވެ. ވަކި ބަޔަކާއި ވާހަކަ ދައްކަން ވެސް އދި ނުދައްކަންވެސް ނިންމާފައި ނެތް ކަމަށާއި މަޝްވަރާގެ ދޮރު ބަންދެއް ނުވާނެ ކަމަށް...
މުޙައްމަދު އަފްރާޙް
އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީން ހޯދި ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން އެ ދެ ޕާޓީން ގުޅިގެން މާލޭގައި ރެލީއެއް ބާއްވަން ނިންމައިފިއެވެ. ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް ވިދާޅުވީ “ޝުކުރިއްޔާ ދިވެހިން” ނަމުގައި ބާއްވާ ހާއްސަ ރެލީއެއް މިރޭ 8:45 ގައި އާޓިފިޝަލް ބީޗުގައި ބާއްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އެނގިފައިވާ ގޮތުގައި މި ރެލީގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު އާއި ރަނިންމޭޓް ހުސެއިން މުހައްމަދު ލަތީފް ވެސް […]
މުޙައްމަދު