ފްރީ ޓްރޭޓް އެގްރިމެންޓުގެ ދަށުން އެންމެ އިސްކަމެއް ދޭން ބޭނުންފުޅުވާ ކަމަކީ، މަހުގެ ބާވަތްތައް ރާއްޖެއިން އެކްސްޕޯޓް ކުރާ މިންވަރު އިތުރުކުރެވޭނެ ގޮތްތައް ހޯދުންކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް ޑރ. މުޢިއްޒުގެ ދެ ކަނބަލުންނާއި އާއި ސަރުކާރު މަތީ ފަންތީގެ ވަފުދެއް މި މަހު 7 ވަނަ ދުވަހުން ފެށިގެން އަންނަނީ ޗައިނާ އަށް ފުރައްމާނަ ދަތުރުފުޅެއް ކުރައްވަމުންނެވެ. މި ދަތުރުފުޅުގެ ތެރެއިން އެ ޤައުމުގެ ފޫ ޖޮއު ސްޓްރެއިޓް އިންޓަރނޭޝަނަލް ކޮންވެންޝަން އެންޑް […]
ޔުމްނާ ޢަލީ
ގުޅިގެން އެކުގައި މަސައްކަތްކޮށް ކަންކަން ތަންފީޒުކުރުމަށް އަމާޒުހިފުމަކީ ދިވެހިރާއްޖޭގެ ތަރައްޤީގެ ތަސައްވުކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވީ އެމަނިކުފާނު ޗައިނާ އަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަންމާނަ ދަތުރުފުޅުގައި އެ ޤައުމުގެ ފޫ ޖޮއު ސްޓްރެއިޓް އިންޓަރނޭޝަނަލް ކޮންވެންޝަން އެންޑް އެގްޒިބިޝަން ސެންޓަރުގައި މިއަދު ބޭއްވި އިންވެސްޓް މޯލްޑިވްސް ފޯރަމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި ދިވެހިރާއްޖޭގެ ތަރައްޤީގެ ތަސައ...
ޔުމްނާ ޢަލީ
ޖަޕާނު ސަރުކާރުގެ އެހީގައި އެން ވަތާ ގުޅުންހުރި ދިރާސާއެއް ކުރުމުގެ މަސައްކަތް ފިޝަރީޒް މިނިސްޓްރީން ފަށައިފިއެވެ. މިއީ ފިޝަރީޒް މިނިސްޓްރީން އިސްނައިގެން ކުރިއަށްގެންދާ ދިރާސާއެކެވެ. އެ މިނިސްޓްރީން ބުނީ، މި ދިރާސާ ފެށުމުގެ ގޮތުން ގދ. މަޑަވެލި ކަމަނަ ދޯނީގެ އެން ވަތް ބަދަލުކޮށްފައިވާ ކަމަށެވެ. އެ ދޯނީގެ އެން ވަތަށް ގެނައި ބަދަލުތަކުގެ ތެރޭގައި އެންވަތުގެ ލޮނުގަނޑު ދައުރުކުރުމާއި، މަރުވެފައި ހުންނަ އެން، ވަތަށް ނުފައިބާ ވަތުން ނެގޭގޮތަށް އެންވަތަށް ބަދަލު ގެނެސްފައިވާ ކަމަށް މިނިސްޓްރީން […]
އަޙްމަދު ވަހީދު
ކުރީގެ އަދަދާއިގުޅޭ، ” އެއީ ދެން އެހާވަރުގެ ކަމެއް ނޫނޭ! މުއާގެ މަންމަ އެއްޗެކޭ ހީކޮށްފާނެތީދޯ ތި ބިރުގަތީ! މަންމަ އެކަހަލަ ކަންކަމަކާ ނުބެހޭނެޔޭ! ” ޒާރާ މަސައްކަތަށް އެނބުރެމުން ބުންޏެވެ. ނަމަވެސް ޖުމާއާމެދު ދެކޭ ގޮތް ބަދަލު ވެދާނެތީ ޖުމާ ހުރީ ވަރަށް ލަދުގަނެ ބިރުގަނެފައެވެ. ” އަނެއްކާ އެ ކައުންސިލަރެއްވެސް އަހަރެންގެ ފަހަތަކުން ނުނެއްޓުނެއްނު! ދޮންތަ ހަނދާންވޭތަ އެއްކަލަ ރޭ ޖޫގޯ ބޯން ތިއްބާވެސް އެމީހާއެއްނޫންތަ މާ ވަރަކަށް އަހަންނާ ދިމާލަށް ބެލީ؟ ” […]
ސަލާމާ ޢަބްދުލް ޢަލީމް
ކުރީގެ ބަންޑާނައިބު އައިޝަތު އާޒިމާ ޝަކޫރު އާއި ގުޅުން ހުރި މައްސަލައެއް އެ ކޯޓުގައި ރަޖިސްޓަރީ ކުރެވިފައި ނެތް ކަމަށް ސިވިލް ކޯޓުން ބުނެފިއެވެ. އެ ކޯޓުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އޮންލައިން ނޫހެއްގައި، ރިއަލް އެސްޓޭޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ދަޢުވާކޮށް އެ ކޯޓަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ޚަބަރެއް ޝާޢިއުކޮށްފައިވާ ކަމަށެވެ. މި މައްސަލައާއި ގުޅިގެން މި މަހު 9 ދުވަހަށް އެ މައްސަލައިގެ ހުކުމް ކުރުމުގެ އަޑުއެހުމެއް […]
ޔުމްނާ ޢަލީ
ބްރެޒިލް ލީގުގެ ސައުޕޯލޯގެ ކޯޗުގެ މަގާމުގައި ހުރި ޑޮރިވާލް ޖޫނިއާ ބްރެޒިލްގެ އައު ކޯޗަކަށް ހަމަޖައްސައިފިއެވެ. އުމުރުން 61 އަހަރުގެ ޑޮރިވާލް ބްރެޒިލްގެ ކޯޗުގެ މަގާމަށް ހަމަޖައްސާފައިވާކަން ފުރަތަމަ އިއުލާން ކޮށްފައި ވަނީ، އޭނާ ކޯޗުކޮށްދެމުން އައި ސައުޕޯލޯއިންނެވެ. ބްރެޒިލްގެ ކޯޗުގެ މަގާމުގައި ހުރި ފެނާންޑޯ ޑިނީޒް ދާދި ފަހުން އެ މަގާމުން ވަކިކޮށްފައި ވަނީ އޭނާގެ އިރުޝާދުގެ ދަށުން ފަހުން ކުޅުނު މެޗުތަކުގައި ބްރެޒިލްގެ ނަތީޖާތައް ދަށްވުމާއި ގުޅިގެންނެވެ. މިދިޔަ ނޮވެމްބަރ މަހު ވޯލްޑް ކަޕް […]
އިބްރާހިމް ޚަލީލް
ބަދަލުތަކާއެކު ދިރާސީ އަހަރު (2023-2024)ގެ އެކަޑަމިކް ކަލަންޑަރު އަދި 2024 ވަނަ އަހަރުގެ އެކަޑަމިކް ކަލަންޑަރު ތައުލީމާބެހޭ ވުޒާރާއިން މިއަދު އާންމުކޮށްފިއެވެ. ތައުލީމާބެހޭ ވުޒާރާއިން މިއަދު އާންމުކުރި (2023-2024)ގެ އެކަޑަމިކް ކަލަންޑަރުގައިވާގޮތުން އިއްޔެ ފެށި ދެވަނަ ޓާމްގެ މިޑްޓާމް ބްރޭކްގެ ކުރިން ކިޔަވާ އެންމެ ފަހު ދުވަހަކީ މި އަހަރުގެ މާރިޗް މަހުގެ 28 ވަނަ ދުވަހެވެ. މިޑްޓާމް ބްރޭކަކީ މި އަހަރުގެ 31 މާރިޗުން އޭޕްރިލް 4 އަށެވެ. ރޯދަމަހުގެ ފަހު 10 ބަންދު ދުވަސްތަކެއް […]
ޔުމްނާ ޢަލީ
ކޭލަކުނުގައި އިކޯ ޓޫރިޒަމް ތަރައްގީކުރަން ސަރުކާރުން ނިންމައިފިއެވެ. މިކަން ހާމަކުރެއްވީ އިއްޔެ ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބުދުﷲ ނާޒިމް އިބްރާހިމް އެވެ. އާދީއްތަ ދުވަހު އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގެ ނިންމުންތައް މީޑިއާ އާއި ހިއްސާކުރުމަށް ބޭއްވި މި ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިމް ވިދާޅުވެފައި ވަނީ، ހދ. ކޭލަކުނު އިކޯ ޓޫރިޒަމަށް ތަރައްގީކުރުމުގެ މަސައްކަތް ފަށަން، ވަޒީރުންގެ މަޖިލީހުގެ ލަފަޔާއެކ...
ޔުމްނާ ޢަލީ
ނައިބު ރައީސް ކަމުގެ މަގާމުގައި އަބްދުﷲ ޖިހާދު ހުންނެވި ދުވަސްވަރު، އެމަނިކުފާނު ދިރިއުޅުއްވަން ސަރުކާރުން ދޫކުރި ރެހެންދި ފްލެޓްގެ މައްސަލާގައި އެމަނިކުފާނުގެ އަތުން އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން ދައުލަތުން ކުރި ދައުވާ އަނބުރާ ގެންގޮސްފި އެވެ. ބަންޑާރަ ނައިބުގެ އޮފީހުން ޖިހާދުގެ މައްޗަށް ދައުވާކުރީ ނައިބު ރައީސަކަށް ޖިހާދު ހުންނަވަނިކޮށް ރިޔާސީ ދައުރު ހަމަވުމުން ވެސް ރެހެންދި ފްލެޓް ހުސް ނުކުރައްވައި، އެތަނުގައި ދިރިއުޅުއްވި ކަމަށް ބުނެ އެވެ. އެމަނިކުފާނު އެތަނުގައި ދިރިއުޅުއްވި […]
ހުސައިން ހަބީބް
ރާއްޖޭގައި ހުންނަ އިންޑިއާގެ ސަފީރު މުނޫ މަހާވަރު، ދިވެހި ޚާރިޖީ ވުޒާރާއަށް މިއަދު ވަޑައިގަތީ ކުރިން ހަމަޖެހިފައި އޮތް ބައްދަލުވުމަކަށްކަމަށް އެ ޤައުމުގެ ހައި ކޮމިޝަނުން ބުނެފިއެވެ. ރާއްޖޭގައި ހުންނަ އިންޑިއާގެ ސަފީރު ދިވެހި ޚާރިޖީ ވުޒާރާއަށް ވަޑައިގެންފައި ވަނީ، ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިބްރާހިމް ޝަހީބު، މިއަދު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއަށް ހާޒިރުކޮށްފައި ވަނިކޮށެވެ. އެހެންވެ، އިންޑިއާ ސަފީރު ވެސް ދިވެހި ޚާރިޖާއަށް މިއަދު ހާޒިރުކުރީކަމަށ...
ޝިއުނާ އާދަމް
އިނގިރޭސި އެފްއޭކަޕް ތިންވަނަ ބުރުގައި ލިވަޕޫލް އަތުން ބަލިވެ އާސެނަލް ކަޓައިފިއެވެ. އަމިއްލަ ދަނޑުގައި ލިވަޕޫލް އަތުން އެ ޓީމް ބަލިވީ 2-0 ގެ ނަތީޖާއިންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި އާސެނަލުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނުއިރު، ލިވަޕޫލުގެ ފަހަތުން ހެދުނު ގޯހަކުން އާސެނަލަށް ކައިރިކައިރީގައި ލަނޑު ޖަހާނެ ދެ ފުރުޞަތެއް ފަހިވިއެވެ. ހަވާޓްޒް ލިވަޕޫލްގެ ގޯލު ކުރިމައްޗަށް ހުރަސްކުރި ބޯޅަ ސަކާއަށް ގޯލަށް ފޮނުވާލަން ލިބުނު ނަމަވެސް އެ ބޯޅަ ބޮލޮކްވެ ބޭރަށް ނުކުތްވަގުތު […]
އިބްރާހިމް ޚަލީލް
ހދ. އަތޮޅުގެ އެއްވެސް ފަޅެއް ވިޔަސް ފަޅުރަށެއްގެ ވެސް މިލްކުވެރިކަން އަތޮޅު ކައުންސިލަށް ލިބިފައިނުވާ ކަމަށާއި، ޤާނޫނީ ގޮތުން މިލްކުވެރިކަން ނެތް ތަނެއްގައި އިންވެސްޓެއްކުރުމަކީ މާލީގޮތުން ހިރާސް އޮތްކަމެއްކަމުން އަތޮޅުގައި ޕިކްނިކް އައިލެންޑްގެ މަސައްކަތް ނުކުރެވި އޮތީ އެހެންވެކަމަށް ހދ. އަތޮޅު ކައުންސިލުން ބުނެފިއެވެ. ހދ. އަތޮޅުކައުންސިލުން މިހެން ބުނީ ”ހދ. އަތޮޅުގައި ޕިކްނިކް އައިލެންޑެއް ތަރައްގީ ކުރުމަށް ހުށަހެޅި ހުށަހެޅުން ބޭރުކޮށްލައިފި”ކަމަށް ނޫހެއްގައި ގެނެސްދީފައިވާ ޚަބަރަކާއި ގުޅިގެން...
ޔުމްނާ ޢަލީ
ކުޅުދުއްފުށީ ސިޓީގެ ލޭންޑް ޔޫސް ޕްލޭން ރައްޔިތުންނާއި ހިއްސާކުރުމަށް ބާއްވާ ބައްދަލުވުމެއް މިރޭ ބާއްވަން ނިންމައިފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނީ އެ ސިޓީގެ ލޭންޑް ޔޫސް ޕްލޭން ރައްޔިތުންނާއި ހިއްސާކުރުމަށް މިރޭ ބާއްވަނީ ވަރަށް މުހިންމު ބައްދަލުވުމެއް ކަމަށެވެ. އެހެންކަމުން މި ބައްދަލުވުމުގައި އެ ސިޓީގެ ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވެދިނުމަށް ސިޓީ ކައުންސިލުން ވަނީ އެދިފައެވެ. މި ބައްދަލުވުން ބާއްވަން ނިންމާފައި ވަނީ މިރޭ 20:30 ގައެވެ. ކުޅުދުއްފުށި ސިޓީގެ ލޭންޑް ޔޫސް ޕްލޭން […]
ޔުމްނާ ޢަލީ
ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ދެކަނބަލުން ޗައިނާ އަށް ވަޑައިގަންނަވައިފިއެވެ. މި ސަރުކާރާއި ޚާއްޞަ ގުޅުމެއް ބާއްވަމުން އަންނަ ޗައިނާ އަށް ރައީސް ރޭ ފެއްޓެވި ފުރަމާނަ ދަތުރުފުޅުގައި މިއަދު އެ ޤައުމަށް ވަޑައިގެންނިވިއިރު، އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ވެސް ބައިވެރިވެއެވެ. ރައީސްގެ ދެކަނބަލުންގެ މި ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންގްޕިން ގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއްކެވެ. ރައީސްގެ ދެކަނބަލުންނާއި ސަރުކާރުގެ ވަފުދު ޗައިނާއަށް ވަޑައިގަތުމުން ޗައިނާ ސަރުކާރުގެ އިސް ބޭފުޅުން...
ޔުމްނާ ޢަލީ
ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިބްރާހިމް ޝަހީބު، މިއަދު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއަށް ހާޒިރުކޮށްފިއެވެ. ދިވެހި ސަފީރު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއަށް ހާޒިރުކޮށްފައި މިވަނީ އިންޑިއާ އާއި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް މަލާމާތްކޮށް ރާއްޖޭގެ ތިން ނައިބު ވަޒީރަކު ހިމެނޭ ގޮތަށް ”އެކްސް”ގައި ޕޯސްޓްތަކެއްކޮށް ދެ ޤައުމުގެ ދެމެދުގައި ނުތަނަވަސްކަން އުފެދިފައި ވަނިކޮށެވެ. ގައުމުތަކުގެ ސަފީރުން ޚާރިޖީ ވުޒާރާއަށް ހާޒިރުކުރަނީ،...
ޔުމްނާ ޢަލީ
ދިވެހި ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މީޑިއާތަކަށް ހާއްސަ މީޑިއާާ ވިލެޖު ހުޅުމާލޭގައި ގާއިމުކުރަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ރައީސް މިގޮތައް ނިންމަވާފައި ވަނީ، ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ވަޒީރުންގެ މަޖިލީހަށް ހުށަހެޅި ކަރުދާކަށް މަޝްވަރާ ކުރެއްވުމަށްފަހު، ވަޒީރުންގެ ލަފަޔާއެކު އިއްޔެ އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައެވެ. މީޑިޔާ ވިލެޖުގެ ނަމުގައި ހުޅުމާލޭގައި ތަނެއް ގާއިމުކުރުމަށް ނިންމަވައި، މީޑިއާ ވިލެޖްގެ އިމާރާތް އެޅުމަށ...
ޔުމްނާ ޢަލީ
ސަރުކާރުން އަޅާ ސޯޝަލް ހައުސިންތަކުގެ އިންސައްތައެއް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ދިވެހި މަސައްކަތްތެރިންނަށް ޚާއްސަކޮށް ކަނޑައެޅުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ރައީސް މިގޮތައް ނިންމެވީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާއަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހުށަހެޅި ކަރުދާހަކަށް ވަޒީރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށްފަހު، ވަޒީރުންގެލަފާ ހޯއްދެވުމަށްފަހުއެވެ. މިގޮތުން މި ކަރުދާހާމެދު މަޝްވަރާ ހިންގެވުމަށްފަހު ރައީސް ވަނީ ސ...
ޔުމްނާ ޢަލީ
ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ދެކަނބަލުން މިރޭ ޗައިނާ އަށް ފުރައިވަޑައިގަންނަވައިފިއެވެ. ރައީސް އޮފީހުން ބުނިގޮތުގައި ރައީސް މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ޗައިނާއަށް ކުރައްވާ މި ދަތުރުފުޅަކީ ފުރަމާނަ ދަތުރުފުޅެކެވެ. ރައީސްގެ ދެކަނބަލުންގެ މި ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންގްޕިން ގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ. ރައީސްގެ މި ދަތުރުފުޅުގައި ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ރަސްމީ ވާހަކަފުޅުތައް ބޭއްވުމަށް ހަ...
ޔުމްނާ ޢަލީ