ޖަލަށް ފޯނާއި ޑްރަގް ވެއްދުން ހުއްޓުވުމަށް ހިންގަމުން އަންނަ އޮޕަރޭޝަންގެ ތެރެއިން މާފުށީ ޖަލުގެ 8 ޔުނިޓެއް ބަލައި ފާސްކޮށް 29 ފޯނާއި އެއާއި ގުޅުން ހުރި ބައެއް ތަކެތި ފުލުހުން ހޯދައިފިއެވެ. ކަރެކްޝަންސްގެ އޮފިސަރުންތަކެއް ރިޝްވަތު ނަގައިގެން މާފުށީ ޖަލަށް ފޯނާއި ޑްރަގްސް އެތެރެކުރާ މައްސަލައިގައި ހިންގާ މި އޮޕަރޭޝަން ހިންގަމުން ދަނީ ދާޚިލީ ވުޒާރާގެ އިސްނެގުމަކަށް، ދިވެހި ފުލުހުންގެ ޚިދުމަތާއި، މޯލްޑިވްސް ކަރެޝަނަލް ސަރވިސް އަދި އެމްއެންޑީއެފް ގުޅިގެންނެވެ. ދާޚިލީ ވުޒާރާއިން މިއަދު ބުނީ، […]
ޔުމްނާ ޢަލީ
ދަތުރުވެރިން ގެންނަ ތަކެއްޗާއި އަމިއްލަ ފަރާތްތަކުގެ ބޭނުންތަކަށް ގެންނަ ތަކެތީން ޑިއުޓީ މާފުވާ މިންވަރު 10،000 ރުފިޔާއަށް މަތިކޮށްފިއެވެ. މީގެ ކުރިން ދަތުރުވެރިން ގެންނަ ތަކެއްޗާއި އަމިއްލަ ފަރާތްތަކިގެ ބޭނުމަށް ގެންނަ މުދަލުން ޑިއުޓީ މާފުވާ މިންވަރަކީ 6،000 ރުފިޔާއެވެ. ކަސްޓަމްސް އިން މި އަދަދު އިތުރުކޮށްފައިވަނީ ރާއްޖެއިން ބޭރުން ދަތުރުވެރިން ގެންނަ ތަކެއްޗާއި އަމިއްލަ ފަރާތްތަކުގެ ބޭނުންތަކަށް ގެންނަ ތަކެއްޗާއި ވިޔަފާރި ސާމްޕަލްގެ ގޮތުގައި ގެންނަ ތަކެތީން ޑިއުޓީ މާފުކުރުމުގެ އުސޫލަށް އިއްޔެ...
އަޙްމަދު ވަހީދު
ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެއެވެ. ސްޓެލްކޯއިން ބުނީ ކަރަންޓު ކެނޑިފައިވަނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަމަށެވެ. އެ މައްސަލައިގެ ތަފްސީލެއް އެ ކުންފުނިމް ހާމައެއް ނުކުރެއެވެ. މި މައްސަލަ ދެނަގަނެ ހައްލު ކުރުމުގެ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ. ހުޅުމާލެއިން ކަރަންޓު ކެނޑިފައިވާއިރު މިއަދު ޓްރާންސްފޯމަރެއްގެ ކޭބަލެއް ވަގަށް ނެގުމުން ހެންވޭރުގެ ބައެއް ގެތަކުންވެސް ވަނީ ކަރަންޓު ކެނޑިފައެވެ. އެ މައްސަލަ ހައްލުކުރުމަށްވެސް ސް...
އަޙްމަދު ވަހީދު
ށ. ބިލެއްފަހި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިމިފައިވާ ކަމަަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނިގޮތުގައި މި މަޝްރޫއުގެ މަސައްކަތުގެ 86 އިންސައްތަ ވަނީ ނިމިފައެވެ. އަދި މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ހަތަރު ވަނަ ޝިޕްމަންޓް މިހާރު ވަނީ ސައިޓަށް ގެންގޮސްފައެވެ. މި މަޝްރޫއުގެ ދަށުން، 10,500 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އައު ހާބަ ބޭސިން ފުންކުރުމާއި، 3825 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ މިހާރު ހުރި […]
އަޙްމަދު ވަހީދު
ޓްރާންސްފޯމަރު ކޭބަލް ވަގަށް ނެގުމުން ހެންވޭރުގެ ބައެއް ގެތަކުން ކަރަންޓު ކެނޑިއްޖެއެވެ. ސްޓެލްކޯއިން ބުނީ އެ ކުންފުނީގެ ޓްރާންސްފޯމަރެއްގެ ކޭބަލެއް ބުރިކޮށް ވަގަށް ގެންގޮސްފައިވާ ކަމަށެވެ. މީގެ ސަބަަބުން ކަރަންޓު ކެނޑިފައިވަނީ މަޖީދިއްޔާ ސްކޫލު ހިމެނޭހެން، ހެންވޭރުގެ އަބަދަށްފެހި މަގާއި، މެދުޒިޔާރަތްމަގު، ކަޅުހުރާ މަގު އަދި ކަރަންކާ މަގުގެ ބައެއް ގެތަކުން ކަމަށް އެ ކުންފުނިން ބުންޏެވެ. އައު ކޭބަލެއް އަޅައި ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާ ތަންތަނަށް ކަރަންޓު ދިނުމުގެ މަސައްކަތް ސްޓެލްކޯއިން...
އަޙްމަދު ވަހީދު
ޕްރިޒަން އޮފިސަރަކަށް މަރުތޭލަކުން ހަމަލާދޭން އުޅުނު ދެ މީހަކު ފިލައިގެން އުޅެނިކޮށް ހޯދައި، ހައްޔަރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، ހުޅުމާލެ ޕްރިޒަންގައި މަސައްކަތްކުރާ އޮފިސަރަކަށް މަރުތޭލަކުން ބޮލުގައި ޖަހައި މާރާމާރީ ހިންގަން މަސައްކަތްކޮށްފައިވާ މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނިގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ރ. އިނގުރައިދޫ މިރިހިމާގޭ އުމުރުން 24 އަހަރުގެ އަޙްމަދު ޢިޔާޒް އާއި ގއ. މާމެންދޫ ގްލޭނޫރަންމާގޭ އުމުރުން 26 އަހަ...
ޔުމްނާ ޢަލީ
އެގްރޯނެޓް ކުންފުނީގެ މުވައްޒަފުންނަށް ހިންގާ ދަނޑުވެރިކަމުގެ ތަމްރީން ޕްރޮގްރާމް ހދ. ހަނިމާދޫގައި އިއްޔެ އިފްތިތާޙްކޮށްފިއެވެ. ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ބުނިގޮތުގައި، އެގްރޯ ނެޝަނަލް ކޯޕަރޭޝަން މުވައްޒަފުންގެ މެދުގައި ދަނޑުވެރިކަމުގެ ހުނަރާއި އިލްމީ ޤާބިލުކަން އިތުރު ކުރުމަށްޓަކައި 18 ދުވަހުގެ ދަނޑުވެރިކަމުގެ ތަމްރީން ޕްރޮގްރާމް އިއްޔެ ވަނީ ހަނިމާދޫގައި ރަސްމީކޮށް އިފްތިތާހްކޮށްފައެވެ. މި ޕްރޮގްރާމަކީ، އެ ވުޒާރާ އާއި ޔޫއެންޑީޕީ އަދި އެގްރޯނެޓް ގުޅިގެން ޖަޕާން ސަރުކާރުގެ ހިލ...
ޔުމްނާ ޢަލީ
ސަރުކާރުގެ ކަރަންޓް ކުންފުނި، ސްޓެލްކޯގެ ސަބްސްޓޭޝަނެއްގެ ކޭބަލްތަކެއް ބުރިކޮށް ވަގަށްނަގައިފިއެވެ. ފުލުހުން ބުނީ، މާލޭގެ މަޖީދިއްޔާ ސްކޫލް ސަރަޙައްދުގައި ހުންނަ ސްޓެލްކޯގެ ސަބްސްޓޭޝަނެއްގެ ކޭބަލްތަކެއް ބުރިކޮށް، ވަގަށް ނަގާފައިވާ މައްސަލައެއް މިއަދު ހެނދުނު 6:12 ހާއިރު އެ އިދާރާއަށް ރިޕޯޓުކޮށްފަވާކަމަށެވެ. މި މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ. މީގެ އިތުރުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ، ސްޓެލްކޯގެ ސަބްސްޓޭޝަނެއްގެ ކޭބަލްތަކެއް ބުރިކުރަން މަސައްކަތްކޮށްފަ...
ޔުމްނާ ޢަލީ
ޓެކްނޮލޮޖީ ދާއިރާގެ އެންމެބޮޑު އެއް ކުންފުނި ގޫގުލްއިން ޓައިވާނުގައި އިތުރު ސޯލާ ހަކަތަ އުފެއްދުމަށްޓަކައި ބްލެކްރޮކްއާއެކު އިންވެސްޓްކުރާ ކަމަށް ހޯމަ ދުވަހު އިޢުލާނުކޮށްފިއެވެ. މިގޮތުން އާޓިފިޝަލް އިންޓެލިޖެންސް ދާއިރާ ކުރިއަރަމުންދާއިރު، އިތުރު ހަކަތަ އުފައްދައި ކާބަން ބޭރުކުރާ މިންވަރު މަދުކުރުމަށް މަސައްކަތްކުރާ ކަމަށް ގޫގުލްއިން ބުނެފައިވެއެވެ. މި މަޝްރޫޢުގެ ދަށުން ޓައިވާނުގެ “ނިއު ގްރީން ޕަވަރ” ކުންފުންޏަށް ގޫގުލްއިން އިންވެސްޓްކުރުމަށް ވަނީ ނިންމާފައެވެ. މިއީ ޓައިވާނުގައި ބޮޑެތި ސޯލާ ޕެނަ...
އަޙްމަދު ދާއޫދު
ތުރުކީއަށް އެމަޖެންސީކޮށް ޖެއްސި އިސްރާއީލުގެ މަތިންދާބޯޓެއް ތެޔޮ ފޯރުކޮށް ނުދީ ފޮނުވާލައިފިއެވެ. އިސްރާއީލުގެ ގައުމީ އެއާލައިން، އެލް އަލްގެ މަތިންދާބޯޓެއް އެމަޖެންސީކޮށް ތުރުކީވިލާތަށް ޖެއްސުމަށްފަހު، ތެޔޮ ނުލިބި އަނބުރާ ފުރައިގެން ގޮސްފައިވާއިރު، މި ޚަބަރު ދަނީ ތުރުކީގެ މީޑިއާތަކުން ރިޕޯޓުކުރަމުންނެވެ. އިސްރާއީލުން ބުނާ ގޮތުގައި، އެ ބޯޓަށް ތެޔޮ ފޯރުކޮށްދިނުމަށް ތުރުކީވިލާތުން ދެކޮޅު ހަދާފައިވެއެވެ. މީޑިއާ ރިޕޯޓުތަކުގައިވާ ގޮތުން، މި ބޯޓު ތުރުކީވިލާތުގައި އެމަޖެންސީކޮށް ޖައްސާފައިވަނީ ބަލި މީހ...
އަޙްމަދު ދާއޫދު
އިޒްރޭލުން ޖަލުގައި ބަންދު ކޮށްގެން ގެންގުޅުމަށް ފަހު ހަތް މަސް ދުވަހަށް ވުރެ ގިނަ ދުވަސްވީފަހުން ޣައްޒާ ގެ އަލް-ޝިފާ ހޮސްޕިޓަލްގެ އެންމެ އިސް ވެރިޔާ ޑރ. މުހައްމަދު އަބޫ ސަލްމިޔާ ދޫކޮށްލައިފިއެވެ. އޭނާ ދޫކޮށްލުމުން އިޒްރޭލުގެ ސަރުކާރުގެ ބައެއް ވަޒީރުން ވަނީ ނުރުހުން ފާޅު ކޮށްފާވައިރު، ޖަލުގެ އޮފިޝަލުން ބުނީ ޑރ. އަބޫ ސަލްމިޔާ ދޫކޮށްލީ، އޭނާގެ ފަރާތުން އޮތް ނުރައްކާ ވަޒަން ކުރުމަށް ފަހު ޖަލުގައި ތޮއްޖެހުން ބޮޑުވެފައިވާތީ ކަމުގައެވެ. ޖަލުން މިނިވަން ވުމުން […]
އަޙްމަދު ދާއޫދު
ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި ރޭ ފްރާންސާއި ބެލްޖިއަމް ވާދަކުރި މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބުކޮށް، މުބާރާތުގެ ކުއާޓާ ފައިނަލުން ފްރާންސް ޖާގަ ހޯދައިފިއެވެ. ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ފްރާންސުން ކުޅުނު މި މެޗުގައި ލަނޑުޖަހާނެ ހުސް ފުރުސަތުތަކެއް ދެ ޓީމަށް ވެސް ހޯދިފައި ނުވެއެވެ. މި މެޗުގައި ފްރާންސުން ކާމިޔާބުކުރި ހަމައެކަނި ލަނޑަކީ ބްލެޖިއަމްގެ ޑިފެންޑަރ ވާޓޮގެންގެ އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސްމިނެޓަށް ވެފައި […]
އިބްރާހިމް ޚަލީލް
އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރުގެ ކާރު ވަގަށް ނެގި މައްސަލާގައި ހައްޔަރުކުރި ދެ މީހުންގެ މައްޗަށް ދައުވާކޮށްފި އެވެ. އެމްއޭސީއެލްގެ އެމްޑީގެ ކާރު އެއާޕޯޓުގައި އޮއްވާ މިދިޔަ އޭޕްރީލް މަހު ވަގަށް ނެގި މައްސަލާގައި ޕީޖީން ބުނީ އެ މައްސަލާގައި ދައުވާކުރީ މ. ސީނިއަސުރުމާގޭ މުހައްމަދު ހައިޝަމާއި މ. މޮޑަންހޯމް އަހުމަދު ނިޒާމްގެ މައްޗަށް ކަމަށެވެ. އެ މީހުންގެ މައްޗަށް ކުރަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާ އެވެ. އަދި […]
ހުސައިން ހަބީބް
ފޭސް ސްލިޕްތަކެއް ފޮނުވައިގެން ފިހާރައަކުން 172،000 ރ. ގެ ރުފިޔާގެ މުދާ ހޯދި މީހަކު ދޮޅު އަހަރެއްހާ ދުވަހަށް ޖަލަށްލައި, އެ ފައިސާ ދައްކަން ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ. ސ. ހިތަދޫ، ދާގަނޑުކެކުރިގޭ ޝަފީއު ޝިހާބް ގެ މައްޗަށް އެ ހުކުމް އައީ 2022 އިން ފެށިގެން އޮކްޓޫބަރު، 2022 އާ ހަމައަށް އެކި ފަހަރުމަތިން ޅ. ހިންނަވަރުގައި ހުންނަ ފިހާރައަކުން 172،000 ރުފިޔާގެ މުދާ ނެގުމަށްފަހު ފައިސާ ޓްރާންސްފާ ކޮށްފައިވާ ކަމަށް […]
ހުސައިން ހަބީބް
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފަށައިފިއެވެ. މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވަނީ އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރަން ފެންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ އަރުވަން ފާސްކޮށްފައެވެ. އެ މައްސަލަ ކޮމިޓީ އަށް ހުށަހެޅުއްވީ މަޖިލިހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމެވެ. ނާޒިމް ހުށަހެޅުއްވި މައްސަލައިގައި ވަ...
މުޙައްމަދު
ކ. މާފުށީ ޖަލަށް ފޯނާއި މަސްތުވާތަކެތި ވެއްދުމަށް ހިންގާ ބޮޑު ނެޓްވޯކުގައި ތިބި މީހުން ހޯދުމަށް ހިންގާ އޮޕަރޭޝަންގައި ސިފައިން ވެސް ބައިވެރިވަމުން އަންނަ ކަމުގައި ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓްރީން މިއަދު ބުނެފިއެވެ. މާފުށީ ޖަލަށް މަސްތުވާތަކެއްޗާއި ފޯނު ވެއްދުމުގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުން އެހީތެރިވާ ކަމަށް ތުހުމަތު ކުރެވޭތީ ހާއްސަ އޮޕަރޭޝަނެއް ފެށީ މިދިޔަ ހުކުރު ދުވަހުގެރެއެވެ. ޖަލަށް ފޯނާއި މަސްތުވާތަކެތި އެތެރެކުރާ ކަމަށް ތުހުމަތު ކުރެވެނީ ކަރެކްޝަނަލް ސާވިސްގެ 18 އޮފިސަ...
މުޙައްމަދު
ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި އެ ޖަމިއްޔާގެ މެމްބަރު ގައުމުތަކާއި އޯގަނައިޒޭޝަން އޮފް ދަ އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯ.އޭ.ސީ.ޕީ.އެސް.) ގެ މެމްބަރު ގައުމުތަކުގެ މެދުގައި އެކުލަވާލައިފައިވާ “”ޕާޓްނަރޝިޕް އެގްރީމަންޓް ބިޓްވީން ދަ ޔޫރަޕިއަން ޔޫނިއަން އެންޑް އިޓްސް މެމްބަރ ސްޓޭޓްސް އޮފް ދަ ވަން ޕާޓް އެންޑް މެމްބަރސް އޮފް ދަ އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް އޮފް ދަ އަދަރ ޕާޓް” ނުވަތަ “ސަމޯއާ އެގްރީމަންޓް” ގައި […]
މުޙައްމަދު
ހދ.ހަނިމާދޫ ކައުންސިލްގެ “ޖަވާހިރުލް ޤުރުއާން މުބާރާތް 1445” ގެ އެއްވަނަ އައްޔޫބް އަބްދުﷲ ރަޝީދުއާއި ޝަބާ އަބްދުﷲ ރަޝީދު ހޯދައިފިއެވެ. މި މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ޖަލްސާ ހޮނިހިރު ދުވަހުގެ ރޭ ހަނިމާދޫ އިޖްތިމާއީ މަރުކަޒުގައި ބާއްވާފައިވާއިރު، ނުބަލާ ކިޔުމުގެ ގޮފިން މުޅި މުބާރާތުން އެއްވަނަ ހޯދީ އައްޔޫބް އަބްދުﷲ ރަޝީދުއެވެ. ބަލައިގެން ކިޔުމުގެ ގޮފިން މުޅި މުބާރާތުން އެއްވަނަ ހޯދީ ޝަބާ އަބްދުﷲ ރަޝީދުއެވެ. މިއީ އެއްބަނޑު އެއްބަފާ ދެ ބެންނެވެ. މި ކޮންމެ ވަނައަކަށް […]
އިބްރާހިމް ޚަލީލް