ރާއްޖެ އިން މިވަގުތު ބޭނުންވާ ކަންކަން އޮޅުން ފިލުވައި އެ ކަންކަމަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ޗައިނާ އިން މިއަދު ދީފިއެވެ. ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަން ލިޒިން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފައެވެ. މި ބައްދަލު ކުރެއްވުމުގައި ރައީސް ޑރ. މުއިއްޒާއި ޗައިނާ ސަފީރު ވަނީ ރައީސް ޗައިނާ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ދެ ގައުމުގެ ލީޑަރުން މަޝްވަރާ ކުރެއްވި […]
މުޙައްމަދު
ރާއްޖޭގެ ވެރިކަމުގެ ނިޒާމާ މެދުގައި ވިސްނައި ނިޒާމަށް ބަދަލުތަކެއް ގެންނަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް އަމާޒުކޮށްގެން ވެސްޓްމިންސްޓަރ ފައުންޑޭޝަން ފޮރ ޑިމޮކްރަސީން ކުރިއަށް ގެންދާ މަސައްކަތު ބައްދަލުވުމެއް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ނާޒިމް ވިދާޅުވީ އާ ގާނޫނުއަސާސީގެ ހިޔާވަހިކަމުގައި 2008 އިން ފެށިގެން ދިވެހި ގައުމު 15 އަހަރު ވޭތުކޮށްފައިވާ ކަމަށެވެ. ނާޒިމް ވިދާޅުވީ މި އަހަރުތަކުގައި...
މުޙައްމަދު
ދިވެހި އެކައުންޓަންޓުން އުފެއްދުމަށްޓަކައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް މާލީ ވަޒީރު ޑރ.މުހައްމަދު ޝަފީޤު ވިދާޅުވެއްޖެއެވެ. ވަޒީރު މި ވާހަކަފުޅު ދެއްކެވީ، މިއަހަރުގެ ދައުލަތުގެ އިންޓަރނަލް އޮޑިޓް ކޮންފަރެންސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ތަޤްރީރު ކުރައްވަމުންނެވެ. ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އެކައުންޓަންޓުންނަކީ މަތީ އާމްދަނީއެއް ލިބޭ ފަންނުވެރިންނެވެ. އަދި ރާއްޖޭގައިވެސް އިންކަމް ޓެކްސްގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ދައްކަނީ އެކައުންޓަންޓުން ކަމުގައި އެމަނިކު...
އަލީ އާދިލް
ޚިދުމަތް ހޯދަންދާ މީހުން މަދުވުމުން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ ހައްޖު ފްލޫކްލިނިކް ހުއްޓާލައިފިއެވެ. އައިޖީއެމްއެޗުން ބުނީ ހައްޖުން އެނބުރި އަންނަ މީހުންނަށް ޚާއްޞަކޮށްގެން އެ ހޮސްޕިޓަލްގައި ހުޅުވި ފްލޫ ކްލިނިކަށް ދައްކަން އަންނަ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށެވެ. އެހެންވެ، މިއަދުން ފެށިގެން އެ ކްލިނިކްގެ ޚިދުމަތް ހުއްޓާލާފައިވާކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ. އެއާއެކު އެ ހޮސްޕިޓަލުން ޚިދުމަތް ހޯދަންދާ އެއްވެސް މީހަކު ރޯގާގެ އަލާމާތެއް ހުރިނަމަ މާސ...
ޔުމްނާ ޢަލީ
ނުކުޅެދުންތެރިކަން ހުންނަ ދެ މީހަކަށް، ކޮންރަޑް މޯލްޑިވްސް، ރަންގަލި ރިސޯޓުން ވަޒީފާ ހަމަޖައްސައިދީފައިވާކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ. އެ ވުޒާރާއިން ބުނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށް އެ ވުޒާރާއިން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިންޓަރންޝިޕް އަދި ވަޒީފާގެ ފުރުޞަތުތައް ހޯދައިދިނުން ހިމެނޭ ކަމަށެވެ. މިގޮތުން މިހާތަނަށް ނުކުޅެދުންތެރިކަން ހުންނަ އެއް ފަރާތެއް އިނ...
ޔުމްނާ ޢަލީ
ރާއްޖޭގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި، އެ މައްސަލާގައި ދައުވާ ލިބޭ ހަލީމަތު ލަމްހާގެ ދައްތަގެ ބަންދުކޮށްގެން ކޯޓަށް ހާޒިރު ކުރާނެ ކަމުގެ އިންޒާރާ އެކު, އޭނާގެ ހެކިބަސް ކްރިމިނަލް ކޯޓުން މިއަދު ނަގައިފި އެވެ. އައިޖީއެމްއެޗްގައި މަސައްކަތްކުރި މޭރީ އޮކްޓޫބަރު 2021 ގައި މަރާލި ކަމަށް ބުނެ އޭނާގެ ފިރިމީހާ މާވިން އެސްވައިގެ މައްޗަށް ދައުވާ ކުރާއިރު، ލަމްހާގެ މައްޗަށް ކުރަނީ އެ ކަމުގައި ބައިވެރިވުމުގެ ދައުވާ އެވެ. ދައުލަތުން […]
ހުސައިން ހަބީބް
ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ އެ ކައުންސިލްގެ ޤުރުއާން މުބާރާތުގެ ފަހުރުވެރި އެއްވަނަ ޢާއިޝަތު އީލާފް ޢަލީ ނަޝީދު ހޯދައިފިއެވެ. މުބާރާތުގެ އެއްވަނަ ހޯދި ޢާއިޝަތު އީލާފްއަށް އިނާމެއް ގޮތުގައި ވަނީ އުމްރާ ދަތުރެއް ދީފައެވެ. މި އުމްރާ ދަތުރު ހަމަޖައްސާފައި ވަނީ މީގާތު ހައްޖު އަދި އުމްރާ ގްރޫޕްގެ ފަރާތުންނެވެ. މުޅި މުބާރާތުން ދެވަނަ ހޯދާފައި ވަނީ ފާތިމަތު ފައިޙާ ޢަލީ/ ގުލްހަޒާރުގެ، ހދ.މަކުނުދޫ އެވެ. އިނާމެއް ގޮތުގައި އޭނާއަށް […]
އިބްރާހިމް ޚަލީލް
ކޮޕް އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ކެނަޑާގެ މައްޗަށް 2-0 ގެ ނަތީޖާއިން ކުރި ހޯދައި، އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއިން މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ. ކޮޕަ އެމެރިކާ އެންމެ ގިނައިން ކާމިޔާބު ކޮށްފައިވަނީ އުރުގުއޭއާއި އާޖެންޓީނާއިންނެވެ. މި ކޮންމެ ޓީމަކުން މުބާރާތް ފަނަރަ ފަހަރު ވަނީ ކާމިޔާބު ކޮށްފައެވެ. ލިސްޓްގެ ތިންވަނާގައި އޮތް ބްރެޒިލް އަށް މި މުބާރާތުގެ ތަށި ހޯދިފައި ވަނީ އެންމެ ނުވަ ފަހަރުއެވެ. މުބާރާތުގެ ސެމީ ފައިނަލުގެ ދެވަނަ […]
އިބްރާހިމް ޚަލީލް
ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދުމަށް ކުރިއަށްދާ އޮޕަރޭޝަންގެ ތެރެއިން އިތުރު 15 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި އޮަޕަރޭޝަނަކީ މޯލްޑިވްސް އިމިގްރޭޝަނާއި، ދިވެހި ފުލުހުންގެ ޚިދުމަތާއި ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަނެކެވެ. ފުލުހުން މިއަދު ބުނީ، މި އޮޕަރޭޝަންގެ ތެރެއިން ޖުލައި 8 ވަނަ ދުވަހު، މާލެ އާއި ހުޅުމާލޭގައި ބިދޭސީން ހިންގަމުންދާ ރީޓެއިލް ފިހާރަތަކާއި، ޓޭކްއަވޭ ކޮފީޝޮޕްތަކުގެ ތެރެއިން 3 ތަނެއް ޗެކްކޮށްފައިވާ ކަމަށެވެ. އަދި އެތަންތަނު...
ޔުމްނާ ޢަލީ
ނަކަލުކޮށްފައިވާ ސްޓޭމްޕްތަކެއް ޖަހާފައިވާ ޕާސްޕޯޓް ބޭނުންކޮށްގެން ރާއްޖެ އެތެރެވާން އުޅުނު ބިދޭސީންތަކެއް ހުއްޓުވައި، މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެދަށަށް ގެންގޮސްފިއެވެ. އިމިގްރޭޝަނުން ބުނީ، ނަކަލުކޮށްފައިވާ ނުވަތަ ކައުންޓާފީޓް ސްޓޭމްޕްތަކެއް ޖަހާފައިވާ ޕާސްޕޯޓު ބޭނުންކޮށް، އޮޅުވާލައިގެން ވެލާނާ އިންޓަނޭޝަލް އެއާޕޯޓް (ވީއައިއޭ) މަގުން ރާއްޖެ އެތެރެވާން އުޅުނު ބިދޭސީންތަކެއް ހުއްޓުވައި، އެ އިދާރާގެ ބެލުމުގެދަށަށް ގެންގޮސްފައިވާ ކަމަށެވެ. މި މައްސަލާގައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ހަތަރު...
ޔުމްނާ ޢަލީ
ދައުލަތުގެ މުދަލާއި މަޤާމާއި ފައިސާ ނާޖާއިޒު ގޮތުގައި ބޭނުން ނުކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ. ޝަހީމް މިހެން ވިދާޅުވީ، އެކްސްގައި ކުރެއްވި ޕޯސްޓެއް މެދުވެރިކޮށެވެ. ޝަހީމްގެ ދަރިފުޅަކަށް މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީން މަގާމެއް ހަމަޖައްސާފައިވާ ކަމަށާއި، ޝަހީމްގެ ކޮށްކޮއަކަށް ފަތުރުވެރިކަމާބެހޭ ވުޒާރާގެ ނައިބުގެ މަގާމު ދީފައިވާކަމަށް ބައެއް ނޫސްތަކުގައި ވަނީ ބުނެފައެވެ. ޝަހީމް މިއަދު...
ޔުމްނާ ޢަލީ
އެޕަލްގެ އައިފޯނު ބޭނުންކުރާ ފަރާތްތަކަށް އުފާވެރި ޚަބަރެއް ލިބިއްޖެއެވެ. އެއީ އައިފޯނުގެ އައިއޯއެސް 18 އަޕްޑޭޓާއެކު ފޯނު ކޯލުތައް ރެކޯޑުކޮށް ޓްރާންސްކްރިޕްޓް ހެދުމުގެ ޤާބިލުކަން ލިބިގެންދާނެ ކަމަށް އިއުލާނުކޮށްފައިވާތީއެވެ. މި އަޕްޑޭޓާއެކު އައިފޯނުގެ ފޯނު އެޕްގައި ކޯލު ރެކޯޑުކުރުމުގެ އޮޕްޝަން އިތުރުކުރެވޭނެއެވެ. ނަމަވެސް މި ފީޗަރ ލިބެން ފަށާނީ އައިއޯއެސް 18 ގެ ފުރިހަމަ ވާޝަން ނެރޭ އިރުކަމަށް ލަފާކުރެވެއެވެ. ކޯލު ރެކޯޑުކުރަން ފެށުމުން އަނެއް ފަރާތަށް އެކަން އަންގާނެއެވެ. އަދި ރެކޯޑުކުރެވޭ ކޯލުތަ...
އަޙްމަދު ދާއޫދު
ލުބުނާނުގެ ހިޒްބުﷲ ޖަމާއަތުން އިސްރާއީލަށް ދިން ރޮކެޓް ހަމަލާތަކެއްގައި ދެ މީހަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެއެވެ. މި ހަމަލާ އަމާޒުކޮށްފައިވަނީ އިސްރާއީލުން ވެރިވެފައިވާ ސީރިއާގެ ގޮލަން ހައިޓްސްއަށް ކަމަށް ޓައިމްސް އޮފް އިސްރާއީލުން ރިޕޯޓްކޮށްފައިވެއެވެ. އަލްޖަޒީރާ ނޫހުގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން، ލުބުނާނުން ވަނީ 30 އަށްވުރެ ގިނަ ރޮކެޓް ފޮނުވާލާފައެވެ. މި ހަމަލާގެ އަމާޒަކީ ނަފާހުގައި ހުރި އިސްރާއީލުގެ އަސްކަރީ މަރުކަޒެއް ކަމަށް ހަމާސް ޖަމާއަތުން ބުނެފައިވެއެވެ. ހަމާސްގެ ބަޔާނެއްގައި ބުނެފ...
އަޙްމަދު ދާއޫދު
ތުރުކީގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާން ވޮޝިންގްޓަންގައި ބޭއްވޭ ނޭޓޯ ސަމިޓްގައި ބައިވެރިވުމަށް އެމެރިކާއަށް ވަޑައިގެންފިއެވެ. ތިން ދުވަހުގެ މުއްދަތަށް ބޭއްވޭ މި ސަމިޓަކީ ނޭޓޯގެ 75 ވަނަ އަހަރީ ޔޫބީލް ފާހަގަކުރުމުގެ ގޮތުން ބޭއްވޭ ސަމިޓެކެވެ. މި ސަމިޓްގައި ނޭޓޯގެ 32 ޤައުމުތަކުން ބައިވެރިވެ، ފިނިހަނގުރާމައިގެ ފަހުން އެންމެ ނުރައްކާތެރި ސަލާމަތީ މާހައުލެއް ކަމަށް ބެލެވޭ މި ދަނޑިވަޅުގައި، ނޭޓޯގެ 1 ބިލިއަން ރައްޔިތުން ރައްކާތެރިކުރުމަށް މުހިންމު ނިންމުންތަކެއް ނިންމާނެއެވެ. މި ސަމިޓްގައި މައިގަނޑު ގ...
އަޙްމަދު ދާއޫދު
ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ފްރާންސް ބަލިކޮށް ސްޕެއިނުން ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރު ކޮށްފިއެވެ. ރޭ އެލިއަންޒް އެރީނާގައި ކުޅުނު ސެމީ ފައިނަލް މެޗުން ސްޕެއިން މޮޅުވީ 2-1 ގެ ނަތީޖާއިންނެވެ. ރޭ މެޗުގައި ފުރަތަމަ ލަނޑުޖެހީ އޯޕަން ޕްލޭގައި ލަނޑެއް ނުޖަހައި ސެމީ ފައިނަލުން ޖާގަ ހޯދި ފްރާންސުންނެވެ. މި ލަނޑު ނުވަނަ މިނެޓުގައި އެމްބާޕޭ ނަގައިދިން ހުރަހެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދިނީ ކޯލޯ މުއާނީއެވެ. މެޗުގެ […]
އިބްރާހިމް ޚަލީލް
މާލޭގައި 2019 ވަނަ އަހަރު ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި ބައެއް ގެތައް އަނދައި ހުލިވި މައްސަލާގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި އެތައް މިލިއަން ރުފިޔާއެއް ދެއްކުމަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒު ފަސްކުރަން ހައި ކޯޓުން އަމުރުކޮށްފި އެވެ. ކެމިކަލް ރައްކާކުރާ ގުދަނެއްގައި ސެޕްޓެމްބަރު, 2019 ގައި ހިނގި އެ އަލިފާނުގެ ހާދިސާ ކޮންޓްރޯލްނުވެ, ކައިރީގައި ހުރި އެތައް ގެއެއް އަނދައި, ބޭނުން ނުކުރެވޭ މިންވަރަށް ގެއްލުންވި އެވެ. އޭގެ ތެރެއިން ހ. އީވާއު […]
ހުސައިން ހަބީބް
ކީރިތިޤުރުއާނާއި އަދި ޤުރުއާނާއި ގުޅުންހުރި އެކި މާއްދާތައް އޮންލައިންކޮށް ކިޔެވެމުގެ ހުއްދަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)އިން ދީފިއެވެ. އެމްކިއުއޭއިން ބުނިގޮތުގައި މި ހުއްދަ ދީފައިވަނީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ލަފާގެމަތިންނެވެ. މިގޮތުން މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ، (އެމްކިޔުއޭ)ގެ ސީއީއޯ، މަރްޔަމް ފިޒާނާ ރަޝީދު ވިދާޅުވީ ރާއްޖޭގައި ކޯސްތައް އޮންލައިންކޮށް ކިޔަވައިދިނުމުގެ ގައިޑްލައިނެއް ޢާންމުކުރީންސުރެ، ޤުރުއާނުގެ ކޯސްތައްވެސް ހިމެނޭހެން އޮންލައިންކޮށް ކިޔަވައިނު...
ޔުމްނާ ޢަލީ
ށ.ފީވަކުގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ކްލަބެއްކަމަށްވާ ރޮލިގަންސް އިން އިންތިޒާމްކޮށްގެން އެ ރަށު ކަނބަލުންނަށް ބާއްވާ “ރޮލިގަންސް ވިމެންސް ވޮލީބޯލް ޓޯނަމަންޓް 2024” މާދަމާ ފަށާނެއެވެ. މި މުބާރާތުގައި ހަތަރު ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެ ޓީމްތަކަކީ ޓީމް ހިތްވަރު، ޓީމް ކަމަނަ، ޓީމް ސްޓްރައިކްސްގެ އިތުރުން ޓީމް ވިނާސްއެވެ މުބާރާތް ރާވާލާފައި ވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ވާދަކޮށް އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމަށް ފައިނަލުން ޖާގަ ލިބޭ ގޮތަށެވެ. […]
އިބްރާހިމް ޚަލީލް