ބަންގްލަދޭޝްގައި މިހާރު ހިނގަމުންދާ މުޒާހަރާގެ ތެރެއިން، އެ ގައުމުގެ މެދުތެރޭގައި އޮންނަ ނަރްސިންގްދީ ޑިސްޓްރިކްޓްގެ ޖަލަކަށް މުޒާހަރާގެ ބައިވެރިން ވަދެ، އެތައް ސަތޭކަ ގައިދީންނެއް ދޫކޮށްލުމަށްފަހު އެ ޖަލުގައި އަލިފާން ރޯކޮށްލައިފިއެވެ. “ގައިދީން ޖަލުން ފިލައިގެން ދިޔުމަށްފަހު، މުޒާހަރާގެ ބައިވެރިން ވަނީ ޖަލުގައި އަލިފާން ރޯކޮށްލާފައި،” ނަން ހާމަނުކުރުމުގެ ޝަރުތުގެ މަތިން އޭއެފްޕީއާ ވާހަކަދެއްކެވި ފުލުހުންގެ އިސް އޮފިޝަލަކު ވިދާޅުވިއެވެ. ނަރްސިންގްދީ ޑިސްޓްރިކްޓްގެ ސަރުކާރުގެ އިސް އޮފިޝަލް މޫޝުމ...
އަޙްމަދު ދާއޫދު
ކައުންސިލްތަކު މެންބަރުންގެ އަދަދަށް ގެންނަވަން ފެނިވަޑައިގަންނަވާ ބަދަލާއިގުޅޭގޮތުން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ބައެއް ވިސްނުންފުޅުތައް ރޭ ހާމަކުރައްވައިފިއެވެ. ރައީސް މިކަން ހާމަކުރަށްވާފައި ވަނީ “ނާރެސް ޕޯޓަލް” އަދި “އޮޕަރޭޝަން ކުރަނގި” ފޭސް 2 އިފުތިތާހު ކުރުމުގެ ގޮތުން ރޭ މާލޭގެ ދަރުބާރުގޭގައި ބޭއްވެވި ރަސްމިއްޔާތުގައެވެ. ކައުންސިލުތަކުން ރައްޔިތުންނަށް ޚިދުމަތްދިނުމުގައި ޚަރަދުކުޑަކޮށް އެންމެ ރަނގަޅަށް ޚިދުމަތްދިނުމަށްޓަކައި ރަށްރަށުގެ ކައުންސިލަރުންގެ ޢަދަދަށް ބަދަލުގެންނަންޖެހޭކަމަށ...
ޔުމްނާ ޢަލީ
އިސްރާއީލުން ފަލަސްތީނު ބިންތައް ހިފުމަކީ ޣައިރު ޤާނޫނީ ކަމެއް ކަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ބުނެފިއެވެ. އައިސީޖޭއިން ވަނީ ވެސްޓް ބޭންކާއި އީސްޓް ޖެރޫސަލަމް އަދި ޣައްޒާގެ އޮކިއުޕޭޝަން ވީހާވެސް އަވަހަކަށް ނިންމުމަށް ގެނައުމަށް އިސްރާއީލަށް ގޮވާލާފައެވެ. ކޯޓުން ވަނީ އޮކިއުޕައިޑް ޓެރިޓަރީސްގައި އިސްރާއީލުން ކުރަމުންދާ ސެޓްލްމަންޓް ހަރަކާތްތައް ހުއްޓާލުމަށާއި އެ ސަރަހައްދުތަކުގައި ދިރިއުޅެމުންދާ އިސްރާއީލީ ރައްޔިތުން އެތަނުން ނެރުމަށް އިސްރާއީލަށް ގޮވާލާފައެވެ. އަދި 2005 ވ...
އަޙްމަދު ދާއޫދު
ލޯކަލް ކައުންސިލްތައް މެދުވެރިކޮށް ވެސް އައިޑީކާޑުގެ ޚިދުމަތް ހޯދޭ ”ނާރެސް” ޕޯޓަލް ރޭ އިފްތިތާހްކޮށްފިއެވެ. މި އެޕްލިކޭޝަން އިފްތިތާޙްކޮށްދެއްވީ “ނާރެސް ޕޯޓަލް” އަދި “އޮޕަރޭޝަން ކުރަނގި” ފޭސް 2 އިފުތިތާހު ކުރުމުގެ ގޮތުން ރޭ މާލޭގެ ދަރުބާރުގޭގައި ބޭއްވެވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުއެވެ. ނާރެސްޕޯޓަލަކީ އެޕޯޓަލް މެދުވެރިކޮށް އައިޑީކާޑް ހެދުމާއި އައިޑީކާޑު އެޕްލިކޭޝަންގެ ސްޓޭޓަސް ބެލުމާއި އަދި މާލެއެކޭ އެއްގޮތަށް ރަށްރަށުގެ ކައުންސިލުތަކުންވެސް އައިޑީކާޑު ދޫކުރެވޭނެ އިންތިޒާމު...
ޔުމްނާ ޢަލީ
މަކަރާއި ހީލަތުން ޑޮލަރު ވިޔަފާރިކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ، މަކަރާއި ހީލަތުން ޑޮލަރު ވިޔަފާރިކުރަން އުޅުނު މީހެއްގެ މައްސަލަ އެ އިދާރާއަށް އިއްޔެ ހުށަހެޅުނު ކަމަށެވެ. މި މައްސަލައާއި ގުޅިގެން ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަވެއެވެ. އުމުރުން 46 އަހަރުގެ މި މީހާގެ ބަންދާމެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ގެންދިޔުމުން އެމީހާގެ ބަންދަށް ވަނީ 10 ދުވަސް ޖަހާފައެވެ. މަކަރާއި ހީލަތުން އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތައް […]
ޔުމްނާ ޢަލީ
ނިމިދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތަށި ސްޕެއިންއަށް ހޯދައިދިން ކެޕްޓަން އަލްވާރޯ މޮރާޓާ، ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑް ދޫކޮށް އިޓަލީގެ އޭސީ މިލާނަށް ބަދަލުވެއްޖެއެވެ. އުމުރުން 31 ފޯވާޑް މިލާނަށް ބަދަލުވެފައި ވަނީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. މޮރާޓާ ޕްރޮފެޝަނަލް ފުޓްބޯލް ކެރިއާ ފަށާފައިވަނީ ސްޕެއިންގެ ރެއާލް މެޑްރިޑުންނެވެ. އެއަށްފަހު އޭނާ ވަނީ އިޓަލީގެ ޔުވެންޓަސްގެ އިތުރުން ޗެލްސީއަށް ވެސް ކުޅެފައެވެ. އޭނާ ރެއާލާއިއެކު ޗެމްޕިއަންސް ލީގު ދެފަރު ވަނީ ކާމިޔާބު ކޮށްފައެވެ. މީ...
އިބްރާހިމް ޚަލީލް
މާލޭގައި މީހަކު ރަހީނުކުރި މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ، މާލޭގެ ގެއެއްގައި ދިވެހި ފިރިހެނަކު ރަހީނުކޮށްގެން ގެންގުޅުނު މައްސަލައެއް އިއްޔެގެ ވަގުތެއްގައި އެ އިދާރާއަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި މައްސަލައާއި ގުޅިގެން ތިން ދިވެހިން ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ. ހައްޔަރުކޮށްފައި ވަނީ 22 އަހަރުގެ މީހަކާއި، 27 އަހަރުގެ މީހަކާއި އަދި 30 އަހަރުގެ މީހެކެވެ. މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޟިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށް އަމުރު...
ޔުމްނާ ޢަލީ
ޔުނީފޯމް އަޅައިގެން ޚިދުމަތްދޭ ކޮންމެ އޮފިސަރަކީ ރައްޔިތުންނަށް ނަޒާހަތްތެރިކަމާއެކު ޚިދުމަތްދޭ އޮފިސަރެއްކަން ކަށަވަރުކުރަށްވާނެކަމަށް ދާޚިލީ ސަލާމަތާއިި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ދާޚިލީ ވަޒީރު އިހްސާން މިހެން ވިދާޅުވީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް 134 އަހަރު ފުރުމާއި ގުޅިގެން ދިދަ ނެގުމަށްޓަކައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ދާޚިލީ ވަޒީރުގެ ވާހަކާގައި ވަނީ ކަސްޓަމްސްގެ ޚިދުމަތަކީ ދިނުމަށް ފަސޭހަ ޚިދުމަތެއް ނޫންކަން ފާހަގަކުރައްވާފައ...
ޔުމްނާ ޢަލީ
މާލެ ތޮއްޖެހެމުންދާ ދިއުމަށް ނިމުމެއް ގެނެވޭނީ، އަރބަން ސެންޓަރުތަކެއް ޤާއިމްކޮށްގެންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުއްރަޙީމް ޢަބްދުﷲ، މިފަދައިން ވިދާޅުވެފައިވަނީ ކުޅުދުއްފުށި ސިޓީގައި ވެމްކޯގެ ޚިދުމަތް އިފްތިތާޙުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ. ޢަބްދުއްރަޙީމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅަކީ އަރބަން ސެންޓަރުތަކެއް ޤާއިމުކޮށް، މާލެއާ އެއްފެންވ...
އަލީ އާދިލް
އިސްލާމްދީން އެ އަސާސެއްގެ މައްޗަށް ބިނާވެފައިވާ އަސާސަކީ ތައުޙީދުކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ. މިއަދުގެ ޚުޠުބާގެ މަޢުލޫއަކީ ”ތައުޙީދެވެ.” ތިރީގައި މި ހިއްސާކޮށްލަނީ މިއަދުގެ ޚުޠުބާގެ ހުލާސާ އެކެވެ. އިސްލާމްދީނުގެ އަސާސަކީ ތައުޙީދެވެ. އެއީ އެންމެ ފުރަތަމަ ﷲ سُبْحَانَهُ وَتَعَالَى އެކަލާނގެ އަޅުތަކުންނަށް އެ ކަމަކަށް އީމާންވުމަށް އަމުރުކުރައްވައިފައިވާ ކަންތަކެވެ. އަދި، އެންމެހައި ޖިންނީންނާއި އިންސީން އެ ކަމަކަށް ޓަކައި ހެއްދެވުނު މަޤްޞަދެވެ. މާތްﷲ ވަޙީކުރައްވައިފައިވާ ބަސްފުޅެއް...
Thiladhun
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ޚިދުމަތް އަތޮޅުތަކަށް ފުޅާކުރުމުގެ މަސައްކަތުގެ ދަށުން، މިއަދު ކުޅުދުއްފުށި ސިޓީގައި އެ ކުންފުނީގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ. މި މުނާސަބަތުގައި އެ ސިޓީގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ. މި ރަސްމިއްޔާތުގައި އެންވަޔަރަންމަންޓް މިނިސްޓަރު އަލްފާޟިލް ޠާރިޤް އިބްރާހީމް، ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރު އަލްފާޟިލް މުޖުތަބާ ޖަލީލް އަދި ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މޭޔ...
އިބްރާހިމް އަސްވާޤް
މާލޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޕަމްޕް ސްޓޭޝަންތަކުން ވަސްދުވުން ހުއްޓުވުމަށް، އެތަންތަނުގައި ޒަމާނީ ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮންޕެނީ (އެމްޑަބްލިޔުއެސްސީ) އިން ފަށައިފި އެވެ. މި މަސައްކަތުގެ ދަށުން ފުރަތަމަ ގާއިމުކުރި ނިޒާމު އޮޕަރޭޓްކުރަން އިއްޔެ ވަނީ ފަށާފައެވެ. އޮޑަރ ކޮންޓްރޯލް ސިސްޓަމް ބަހައްޓާ ބޭނުންކުރަން ފަށާފައިވަނީ އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް ސަރަހައްދުގައި ހުންނަ 4 ނަމްބަރ ޕަމްޕް ސްޓޭޝަންގައެވެ. މި ނިޒާމ...
އިބްރާހިމް އަސްވާޤް
ފްރާންސް ލީގުގެ ލިލްއަށް ކުޅެމުން އަންނަ ފްރާންސްގެ ޒުވާން ޑިފެންޑަރ ލެނީ ޔޯރޯ މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވެއްޖެއެވެ. އުމުރުން 18 އަހަރުގެ ޔޯރޯ ޔުނައިޓެޑަށް ސޮއިކޮށްފައި މިވަނީ 62 މިލިއަން ޑޮލަރުގެ ޑީލެއްގެ ދަށުންނެވެ. އޭނާ ޔުނައިޓެޑާއިއެކު ހަދާފައިވަނީ ފަސް އަހަރު ދުވަހުގެ އެއްވަސްވުމެކެވެ. ބޭނުން ވެއްޖެ ހާލަތެއްގައި އެއްބަސްވުމަށް އެއް އަހަރު ދުވަސް އިތުރުކުރެވޭ މާއްދާ ހިމަނާފައިވާއިރު، އޭނާ ޔުނައިޓެޑާއިއެކު ހަދާފައިވާ އެއްބަސްވުނަ ހަމަވާނީ 2029 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ނިމިދިޔ...
އިބްރާހިމް ޚަލީލް
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ “އިހަވަންދޫ ކައުންސިލް ކަޕް 2024” ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި އަހަރުގެ ސެޕްޓެމްބަރ މަހުގެ 7 ވަނަ ދުވަހު ފެށުމަށް ތާވަލުކޮށްފައިވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އިހަވަންދޫއަށް ނިސްބަތްވާ ޓީމްތަކަށް އެކަންޏެވެ. މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމްތަކުން އަންނަ އޮގަސްޓް މަހުގެ 8 ވަނަ ދުވަހުގެ 13:00 ގެ ކުރިން އެކަމަށް ފުރިހަމަ ކުރަންޖެހޭ އޮންލައުން ފޯމް...
އިބްރާހިމް ޚަލީލް
ކޮންމެ ޤައުމެއްގައި ހުއްޓަސް، ތިމަންނަޔަކީ ފަޚުރުވެރި މުސްލިމެއްކަން ހަނދާންނެތިގެން ނުވާނެ ކަމަށާއި، އެ ހަނދާން އަބަދުވެސް ހުންނަންޖެހޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ރޭ ހުޅުމާލެ ހުރަވީ ސުކޫލުގައި ބޭއްވި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕާއި، ހައި އެޗީވަރސް ސްކޮލަރޝިޕްގެ ލިޔުން ހަވާލުކޮށްދެއްވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ސްކޮލާޝިޕް ހާސިލްކުރި ދަރިވަރުންނަށް މަރުޙަބާ ވ...
ޔުމްނާ ޢަލީ
މިދިޔަ ސީޒަންގައި ސްޕެނިޝް ލަލީގާގެ ޖިރޯނާގައި މޮޅަށް ކުޅުނު ބްރެޒިލްގެ ވިންގަރ ސަވީނިއޯ، މެންޗެސްޓާ ސިޓީއަށް ބަދަލުވެއްޖެއެވެ. އުމުރުން 20 އަހަރުގެ ސަވީނީއޯ ސިޓީއަށް ބަދަލުވެފައި ވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން، 40 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީއެއްގައެވެ. އޭނާ ސިޓީއާއިއެކު އެކުލަވާލި އެއްބަސްވުން ހަމަވާނީ 2029 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ސަވީނިއޯގެ ސީނިއާ ކެރިއާ ފަށާފައި ވަނީ ބްރެޒިލްގެ އެތުލެޓިކޯ މިނެއިރޯއިންނެވެ. އެއަށްފަހު 2022 ވަނަ އަހަރު އޭނާ ބަދަލުވީ […]
އިބްރާހިމް ޚަލީލް
ދުނިޔޭގެ އެންމެ މަޝްހޫރު އެސްއެސްޑީ އުފައްދާ ކުންފުނިތަކުގެ ތެރެއިން ކުންފުންޏެއް ކަމަށްވާ ޓީމް ގްރޫޕުން ބަރުދަނުގައި އެންމެ 22 ގްރާމް ހުންނަ އައު މިނި އެކްސްޓަރނަލް އެސްއެސްޑީއެއް ތަޢާރަފުކޮށްފިއެވެ. މި އެސްއެސްޑީގައި 4 ޓެރަބައިޓުގެ ސްޓޯރޭޖް ހިމެނެއެވެ. ޕީޑީ20 މިނި އެކްސްޓަރނަލް އެސްއެސްޑީގެ ނަމުގައި ތަޢާރަފުކޮށްފައިވާ މި އާ އެސްއެސްޑީއަކީ އެންމެ ރަނގަޅު ޕޯޓަބަލް އެސްއެސްޑީތަކުގެ ވާދަވެރި މާކެޓަށް ޓީމް ގްރޫޕުން ތަޢާރަފުކޮށްފައިވާ އުފެއްދުމެކެވެ. މި އެސްއެސްޑީއަކީ މެކްބުކް ޕްރޯއާއެކު ބޭނުންކުރުމ...
އަޙްމަދު ދާއޫދު
ޑޮނަލްޑް ޓްރަމްޕަށް އަމާޒުކޮށް އޭނާ އަވަހާރަކޮށްލަން ދިން ހަމަލާއަކީ ޑިމޮކްރަސީއަށް ދިން ހަމަލާއެއް ކަމުގައި ތުރުކީ ރައީސް ވިދާޅުވެއްޖެއެވެ. ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން މިހެން ވިދާޅުވެފައިވަނީ ޓްރަމްޕާއެކު ފޯނުން ދެއްކެވި ވާހަކަފުޅުތަކެއްގައި ކަމަށް ތުރުކީގެ ކޮމިއުނިކޭޝަންސް ޑައިރެކްޓަރޭޓުން ބުރާސްފަތި ދުވަހު ބުނެފައިވެއެވެ. އުރުދުޣާނާއި ޓްރަމްޕް ވާހަކަފުޅު ދައްކަވާފައިވަނީ ހޮނިހިރު ދުވަހު އެމެރިކާގެ ޕެންސިލްވޭނިއާ ސްޓޭޓުގައި ބޭއްވުނު ރެލީއެއްގައި ޓްރަމްޕަށް އަމާޒުކޮށް އަވަހާރަކޮށ...
އަޙްމަދު ދާއޫދު