ފުވައްމުލަށް ސިޓީ ކައުންސިލުން ތަޖުރިބާ ދަތުރެއްގައި ހއ. އަދި ހދ. ގެ ބައެއް ރަށްތަކަށް ދަތުރެއް ފަށައިފި އެވެ. މިދަތުރުގައި ފުވައްމުލަށް ސިޓީ ކައުންސިލުގެ މޭޔަރާއި، ކައުންސިލަރުންނާއި، ސެކްރެޓަރީ ޖެނެރަލް އަދި ކައުންސިލް އިދާރާގެ މުވައްޒަފުން ބައިވެރިވެއެވެ. ހއ. އަދި ހދ. އަތޮޅުގެ ރަށްތަކަށް ކުރަމުންދާ ތަޖުރިބާ ދަތުރުގެ ތެރެއިން މިއަދު ވަނީ ކުޅުދުއްފުށި ސިޓީއަށް ޒިޔާރަތްކޮށްފަ އެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން މަޢުލޫމާތު ދެއްވިގޮތުގައި، މި ޒިޔާރަތުގައި ފުވައްމުލަށް ސިޓީ ކައުންސިލުގެ ވަފުދުން ކ...
އިބްރާހިމް އަސްވާޤް
ދިވެހިރާއްޖޭގެ ސްޓޭޓް އަދި ނައިބު ވަޒީރުންނަށް އަމާޒުކޮށްގެން ”މޯލްޑިވްސް އެގްޒެކެޓިވް ލީޑަރޝިޕް” ޕްރޮގްރާމް އިފްތިތާޙްކުރަން ތައްޔާރުވެއްޖެއެވެ. ރައީސް އޮފީހުން ބުނިގޮތުގައި، މިއީ ރާއްޖެއާއި، އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އާއިއެކު ސޮއިކޮށްފައިވާ “އެކްސްޕީރިއެންސް އެކްސްޗޭންޖް އޮން ގަވަރންމަންޓް ޑިވެލޮޕްމަންޓް އެންޑް މޮޑަނައިޒޭޝަން” ފަހުމްނާމާގެ ދަށުން ކުރިއަށް ގެންދާ ތަމްރީނާ ތަޖުރިބާ ބަދަލު ކުރުމުގެ ޕްރޮގްރާމެއްކަމަށެވެ. އަންނަ އަންގާރަ ދުވަހު ފަށަން ނިންމާފައިވާ މި ޕްރޮގްރާމް ކުރިއަށްގެން...
ޔުމްނާ ޢަލީ
ޑެބިޓް ކާޑުތަކުން ޑޮލަރު ބޭނުންކޮށްގެން މުއާމަލާތް ނުކުރެވޭ ގޮތަށާއި މިހާރު ހުރި ކްރެޑިޓް ކާޑުތަކުގެ ލިމިޓު ކުޑަކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ނިންމި ނިންމުން ބަދަލު ކުރުމަށް ލަފާ ދެއްވީ އެ ބަދަލަކީ ރައްޔިތުންނާއި ވިޔަފާރިތަކަށް ފަހި ބަދަލަކަށް ނުވާތީކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވިދާޅުވެއްޖެއެވެ. ބީއެމްއެލްއިން މިއަދު ވަނީ ޑެބިޓް ކާޑުތަކުން ޑޮލަރު ބޭނުންކޮށްގެން މުއާމަލާތް ނުކުރެވޭ ގޮތަށާއި މިހާރު ހުރި ކްރެޑިޓް ކާޑުތަކުގެ ލިމިޓު ކުޑަކުރުމަށް ނިންމާފައެވެ. ނ...
އަލީ އާދިލް
މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރުއެމް) އުވާލަން އިލެކްޝަން ކޮމިޝަނުން ނިންމައިފިއެވެ. އެމްއާރުއެމް އަކީ ކުރީގެ ރައީސް އަލް އުސްތާޒު މައުމޫނު އަބްދުލް ގައްޔޫމް އިސްވެ ހުންނަވައި އުފެއްދަވާފައިވާ ސިޔާސީ ޕާޓީއެކެވެ. އިލެކްޝަން ކޮމިޝަނުން މިއަދު ބުނީ ސިޔާސީ ޕާޓީގެ ޤާނޫނު ލާޒިމުކުރާ އަދަދަށް މެމްބަރުން ހަމަނުވާތީ އެ ޕާޓީ އުވާލަން ނިންމާފައިވާ ކަމަށެވެ. ގާނޫނު ބުނާގޮތުން ސިޔާސީ ޕާޓީއެއް ރަޖިސްޓަރީވެ ދެމިއޮތުމަށް 3000 (ތިންހާސް) މެމްބަރުން ތިބެން ޖެހެއެވެ. މިއީ އީސީން އެމްއާރުއެމް އުވާލަން ނިންމި...
އިބްރާހިމް ޚަލީލް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރުފިޔާ ކާޑުތަކުން ޑޮލަރުގެ މުޢާމަލާތް ނުކުރެވޭ ގޮތަށް ހެދުމަކީ އެންމެ ރަނގަޅު ނިންމުމެއް ނޫން ކަމަށާއި އެއީ ސަރުކާރާ އެކު ކުރި މަޝްވަރާތަކާއި ދިން ލަފަޔާ ޚިލާފު ނިންމުމެއް ކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެ އެވެ. މިއަދު ހަވީރު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިޤްތިޞާދީ ވަޒީރު ވިދާޅުވީ، ޑޮލަރު ލިމިޓްކުރަން ބީއެމްއެލް އިން ނިންމި ނިންމުމަކީ ސަރުކާރުން ބޭނުންވާ ގޮތެއް ނޫން […]
އަލީ އާދިލް
މިފެށޭ ސެޕްޓެންބަރު 5 ވާ ބުރާސްފަތި ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ. ރައީސް އޮފީހުން އާންމުކުރި ދެންނެވުމެއްގައި ބުނެފައި ވަނީ ސެޕްޓެންބަރު 5 ވާ ބުރާސްފަތި ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ކަނޑައަޅުއްވާފައިވާ ކަމަށެވެ. ރައީސް މި ދުވަސް ބަންދުކުރެއްވީ މި އަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތާ ގުޅިގެން ކަމަށް ވެސް އެ ދެންނެވުމުގަވެއެވެ. ޤައުމީ ދުވަހަކީ ރަބީޢުލްއައްވަލު މަހުގެ 1 ވަނަ ދުވަހެވެ. މިއަ...
ޔުމްނާ ޢަލީ
ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމަށް ހަމަލާދިން މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ހަތް މީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވައިފިއެވެ. އޭރު ޕީޖީގެ މަގާމުގައި ހުންނެވި ޝަމީމަށް ހަމަލާދީ ޒަޚަމްކޮށްލީ 31 ޖެނުއަރީ 2024 ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އެ ހަމަލާގެ ސަބަބުން ޝަމީމަށް ވަނީ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދީފައެވެ. ޕީޖީ އޮފީހުން މިއަދު ބުނީ، ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ޝަމީމަށް ހަމަލާދީ ޒަޚަމްކޮށްލާފައިވ...
ޔުމްނާ ޢަލީ
ޤައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ދޫކޮށްފައިވާ ޑެބިޓް ކާޑުގެ ޕްރައިމަރީ އެކައުންޓަކީ ދިވެހި ރުފިޔާ އެކައުންޓެއްނަމަ ބޭރު ފައިސާގެ މުއާމަލާތް ކުރުމަށް އެއްވެސް އަދަދެއް ނުލިބޭ ގޮތަށް އެ ބޭންކުން ނިންމި ނިންމުން ބަދަލުކުރަން މިއަދު އަނެއްކާ ވެސް ނިންމައިފިއެވެ. ބިއެމްއެލްއިން މިގޮތަށް ނިންމާފައި ވަނީ ބީއެމްއެލްގެ ނިންމުމާއި ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުންފާޅުކުރަމުން ދަނިކޮށެވެ. މި ނިންމުމާއެކު ބީއެމްއެލްގެ ކަސްޓަމަރު ސާވިސް ނަންބަރަށް ބާރުބޮޑުވެ، އެ ނަންބަރުން ޖަވާބުދާރީ ވު...
ޔުމްނާ ޢަލީ
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މާލެއިން ޑާކާއަށް ދަތުރުކުރަން ދިޔަ ބަންގްލަދޭޝް ރައްޔިތެއްގެ ލަގެޖުން 81،030 އެމެރިކާ ޑޮލަރު ހޯދައި، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ހިފަހައްޓައިފި އެވެ. ޔޫއެސް ބަންގްލާ އެއަރލައިންސްގެ ފްލައިޓް ނަންބަރު BS338 އިން ދަތުރުކުރަން އުޅުނު މި ފަސިންޖަރުގެ ލަގެޖުން މި ފައިސާ ހޯދީ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ސްކްރީނިންގ ޓީމުންނެވެ. ފައިސާ ފޮރުވާފައި ހުރީ ކޯންފްލެކްސް ޕެކެޓެއްގެ ތެރޭގައެވެ. އޭވިއޭޝަން ސެކިއުރިޓީން އާންމުކޮށްފައިވާ ވީޑިއޯއެއްގައި އެ ޕެކެޓް ކަނޑާލ...
އަލީ އާދިލް
މިއަހަރުގެ ޤައުމީ ދުވަސް ފާހަގަކުރުމަށް ސަރުކާރުން ބާއްވާ ޖަލްސާ އޮންނާނީ ހއ. އުތީމާއި، މާލެއާއި އޮންނާނެކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއިން ބުނެފިއެވެ. ޤައުމީ ދުވަސް ފާހަގަކުރުމުގެ ރަސްމީ ޖަލްސާއެއް ކޮންމެ އަހަރަކުން އުތީމުގައި އޮވެއެވެ. ދިވެހިބަހާ ބެހޭ ވުޒާރާއިން ބުނީ، މި އަހަރު ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ މާލޭގައިކަމަށެވެ. އަދި އުތީމުގައި ވެސް ޚާއްޞަ ޖަލްސާ އޮންނާނެކަމަށެވެ. ދިވެހި ޤައުމީ ދުވަސް އެދުވަހަކަށް ނިސްބަތްވާ ރަބީޢުލްއައްވަލު މަހުގެ 1 ވަނަ ދުވަހަކީ ތިލަ...
ޔުމްނާ ޢަލީ
ޤައުމުގެ މާލީ ހާލަތާ ގުޅޭ މަޢުލޫމާތު ސާފުކޮށް ރައްޔިތުންނާ ހިއްސާކުރުމަށް ސިޔާސީ ލީޑަރުންނަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ގޮވާލައްވައިފިއެވެ. ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރުފިޔާ އެކައުންޓުތަކަށް ޑޮލަރު ދޫކުރުން ހުއްޓާލަން ނިންމުމާ ގުޅިގެން، މީސްމީޑީޔާ ގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ، މި ދަނޑިވަޅުގައި ސިޔާސީ ލީޑަރުންގެ ޒިންމާ ވަރަށް ބޮޑުވެފައިވާ ކަމަށެވެ. އެ މަނިކުފާނު އިތުރަށް ވިދާޅުވީ، މާލީ ހާލަތު މިހާ ދަށް ދަރަޖައަކަށް ދިޔަ ސަބަބުތަކާއި، ކުރިމަގުގައި ދިމާވެދާނ...
އަލީ އާދިލް
އިލެކްޓްރިކް އުޅަނދުފަހަރުގެ ބޭނުންކުރުން އިތުރުކުރުމަށް ހިތްވަރުދިނުމުގެ ގޮތުން، އިލެކްޓްރިކް ވެހިކަލް ޗާޖިންގ ސްޓޭޝަނެއް ޤާއިމްކުރުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ނިންމައިފިއެވެ. ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތިމާވެށި ރައްކާތެރިކުރުމުގެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެއްކަމަށެވެ. މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ކާބަން ބޭރުކުރާ މިންވަރު މަ...
އިބްރާހިމް އަސްވާޤް
މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގި އޮޕަރޭޝަންތަކެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ. ލ. އިސްދޫގައި ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ، ލ. މާބައިދޫ / މާފޮޅޭގެ، މުޙައްމަދު އަފްރާޒް (28އ) އެވެ. އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 236.3 ގްރާމުގެ އެއްޗެއް ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން އޭނާ 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ. މީގެ އިތުރުން، ގއ. ވިލިނގިލި / ފުނަމާގެ، އަޙްމަދު ރިޝާޙް (34) ވެސް ވަނީ މަސްތ...
އިބްރާހިމް އަސްވާޤް
ކުޅުދުއްފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އެ ރަށުގެ ކަނބަލުންނަށް އަމާޒުކޮށްގެން ބާއްވާ ފަހާ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ކޯހަކީ ފެހުމުގެ ލެވެލް 1، ގެ އިތުރުން އެޑްވާންސް ލެވެލް ވެސް ހިމެނޭހެން އެއް މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ކޯހެކެވެ. ކޯސް ފެށުމަށް މިހާރު ތާވަލު ކޮށްފައި ވަނީ މި މަހުގެ 29 ވަނަ ދުވަހެވެ. ކޯސް ފަށާ ތާރީހަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއްކަމުގައި އެ ކޮމެޓީން ބުނެއެވެ. މި […]
އިބްރާހިމް ޚަލީލް
ޖީލު (Generation) އަކީ 20 އަހަރާއި 30 އަހަރާ ދެމެދުގެ މުއްދަތެކެވެ. އެއީ އެއް ދުވަސްވަރެއްގައި ދުނިޔެއަށް އުފަންވާ މީހުން ނުވަތަ އެއް އުމުރުފުރައެއްގެ މީހުންނެވެ. އެހެންކަމުން އެއް ޖީލެއްގެ މީހުންނަކީ އެއް ދުވަސްވަރެއްގެ ތެރޭގައި އުފަންވެ، ބޮޑުވާ އަދި އާންމު ތަޖުރިބާތަކާއި ގިޔަމުތަކާއި ސަގާފީ ނުފޫޒުތައް ހިއްސާކުރާ މީހުންނެވެ. މިގޮތުން ޖީލުތައް ބައިކުރާއިރު މައިގަނޑު ހަތަރު ބަޔަކަށް ޖީލުތައް ބެހިގެން ދެއެވެ. އެއީ ބެބީބޫމަރސް، ޖެނެރޭޝަން އެކްސް، މިލިނިއަލްސް، އަދި ޖެނެރޭޝަން ޒެޑް (ޖެން ޒީ) […]
ޢަބްދުﷲ ސަޢީދު
ކްރައުޑްސްޓްރައިކް އިން ދިމާވި އައި.ޓީ މައްސަލައަކާ ގުޅިގެން މައިކްރޯސޮފްޓުން ވަނީ ސެޕްޓެމްބަރ މަހު ސައިބަރ ސެކިއުރިޓީ ބައްދަލުވުމެއް ބޭއްވުމަށް ނިންމާފައެވެ. މި ބައްދަލުވުމުގައި ސައިބަރ ސެކިއުރިޓީ ނިޒާމުތައް ރަނގަޅުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ މެދު މަޝްވަރާކުރެވޭނެއެވެ. ޖުލައި 19 ގައި ކްރައުޑްސްޓްރައިކްގެ އަޕްޑޭޓަކުން ދިމާވި މައްސަލައެއްގެ ސަބަބުން 8.5 މިލިއަން ވިންޑޯސް ޑިވައިސްތަކަށް އަސަރުކޮށް، އެއަރލައިންތަކާއި ބޭންކުތަކާއި ހެލްތްކެއަރ ދާއިރާއަށް ބޮޑެތި ދަތިތައް ކުރިމަތިވިއެވެ. މި ބައްދަލު...
އަޙްމަދު ދާއޫދު
އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ)ގެ ޗީފް ޕްރޮސެކިއުޓަރ ކަރީމް ޚާން ވަނީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އެހެނިހެން އިސް ފަރާތްތައް ހައްޔަރުކުރުމުގެ އަމުރާމެދު އަވަހަށް ގޮތެއް ނިންމުމަށް ކޯޓުގެ ފަނޑިޔާރުންނަށް ގޮވާލައްވާފައެވެ. ޚާން ވިދާޅުވީ މި މައްސަލަ ލަސްވުމަކީ ޝިކާރައަކަށްވީ މީހުންގެ ޙައްޤުތަކަށް ނޭދެވޭ އަސަރުކުރާނެ ކަމެއް ކަމަށެވެ. މި ހައްޔަރުކުރުމުގެ އަމުރު ނެރުމަށް އެދި ހުށަހެޅުނީ އޮކްޓޯބަރު 7 ގައި ހަމާސްއިން އިޒްރޭލަށް ދިން ހަމަލާއާއި، އޭގެ ފަހުން އިޒްރޭލުން ޣައްޒ...
އަޙްމަދު ދާއޫދު
ޖާގަ އިތުރުކޮށް، އާސަހަރާ މިސްކިތުގެ މަސައްކަތް އަންނަ ސެޕްޓެމްބަރ މަހު ނިންމާލެވޭނެ ކަމުގައި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. މޭޔަރު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ﷲ ގެ ރަހުމަތްފުޅާއިއެކު އާސަހަރާ މިސްކިތުގެ މަސައްކަތް ސެޕްޓެމްބަރ މަހު ނިންމާލެވޭނެ ކަމަށާއި، މިސްކިތުގެ މަސައްކަތް ނިމޭއިރު 3200 އަކަފޫޓު މިސްކިތައް އިތުރު ކުރެވޭނެ ކަމަށެވެ. މޭޔަރު އިތުރަށް ވިދާޅުވީ މިސްކިތް ނިމޭއިރު އެތަނުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ފާހާނާއަކާއި އަންހެން...
އިބްރާހިމް ޚަލީލް