ޓެލެގްރާމުގައި ގިނައަދަދެއްގެ ޗެނަލް ކްރިއޭޓްކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކި މީހުންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ، އެ ޗެނަލްތައް މެދުވެރިކޮށް ޕޯސްޓުކޮށް ވިޔަފާރީގެ އުސޫލުން މާލީ މަންފާ ހޯދަމުންގެންދާ މައްސަލައާ ގުޅިގެން ފުލުހުންގެ ސައިބަރ ކްރައިމް ސެންޓަރުން ހާއްސަ އޮޕަރޭޝަނެއް ވަނީ ހިންގާފައެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އދ. މަހިބަދޫ، ބަހާރުގެ، ޒުބައިރު ޢަލީ (45އ)، ކ. މާލެ، ދަފްތަރު ނަންބަރު ރސ14751 ނާޞިފް ޢަލީ (46އ) އަދި ކ. ކާށިދޫ، ސިލިންކޯ، […]
އިބްރާހިމް އަސްވާޤް
ނަތީޖާ އިއުލާން ކުރުމުގައި އޮޅުވާލުންތަކެއް ހިނގައި ފިޖީގެ މިސް ޔުނިވަރސް މުބާރާތް ހޫނުވެއްޖެއެވެ. ފިޖީގެ ޕާރލް ރިސޯޓް އެންޑް ސްޕާގައި ބޭއްވުނު މިސް ޔުނިވަރސް ފިޖީ މުބާރާތް ނިމުމަކަށް އައިސް، އެއްވަނައަށް އައި ފަރާތް އިއުލާންކޮށްފައިވަނިކޮށް އެނަތީޖާއަށް މިވަނީ ކުއްލިއަކަށް ބޮޑު ބަދަލެއް އައިސް އެމަޤާމް އެހެން ބައިވެރިއަކަށް ދީފައެވެ. 24 އަހަރުގެ އެމްބީއޭ ދަރިވަރު މަންޝިކާ ޕްރަސާދު މުބާރާތުގެ އެއްވަނައަށް ހޮވި، އިއުލާންވެސް ކޮށްފައި ވަނިކޮށް، އޭގެ ފަހުން މިސް ޔުނިވަރސް ފިޖީ (އެމްޔޫއެފް) އިން […]
އަޙްމަދު ދާއޫދު
ޔުއެފާ ނޭޝަންސް ލީގުގައި ރޭ ސްޕެއިނާއި ސްވިޒަލެންޑް ވާދަކުރި މެޗުގެ ބޮޑުބައި އެކަކު މަދުކޮށް ކުޅެ ސްޕެއިނުން މެޗު ކާމިޔާބު ކޮށްފިއެވެ. ރަށުން ބޭރުގައި ކުޅުނު މި މެޗު ސްޕެއިނުން ކާމިޔާބު ކުރީ 4-1 ގެ ނަތީޖާއިންނެވެ. މި މެޗުގެ ވަރަށް ކުރީކޮޅު ސްޕެއިނުން ވަނީ ލީޑު ނަގާފައެވެ. ހަތަރު ވަނަ މިނެޓުގައި ލެމީން ޔަމާލް ތަނަވަސް ކޮށްދިން ފުރުސަތެއްގައި މި ލަނޑު ޖަހައިދިނީ މަޓެއޯ ހޮސެލޫއެވެ. އޭގެ ހަތަރު މިނެޓް ފަހުން ސްވިޒަލެންޑުން ވަނީ ލަނޑެއް […]
އިބްރާހިމް ޚަލީލް
ޕޯޗުގަލްގެ ވަރަށް ސެކިއުރިޓީ ވަރުގަދަ ޖަލަކުން އިނގިރޭސި ވިލާތުގެ ވަރަށް ނުރައްކާތެރި ކުށްވެރިއަކާއެކު 5 މީހުން ފިލައިފިއެވެ. ލިސްބަން އިން 70 ކިލޯމީޓަރު އުތުރުގައި އޮންނަ ވާލެ ޑެ ޖުޑެއުސް ޖަލުން ފިލި މީހުންގެ ތެރޭގައި ހިމެނޭ މާކް ކެމެެރޯން ރޮސްކަލިއަރ (39 އަހަރު) އަކީ މީހަކު ވަގަށް ނަގައިގެން ގެންދިއުމާއި ވައްކަމުގެ ކުށުގައި 9 އަހަރުގެ ޙުކުމެއް ތަންފީޒުކުރަމުންދިޔަ މީހެކެވެ. ޕޯޗުގީޒް ޕްރިޒަން ސަރވިސް (ޑީޖީއާރްއެސްޕީ) އިން ބުނާ ގޮތުގައި 33 އަހަރާއި 61 އަހަރާ […]
އަޙްމަދު ދާއޫދު
ބްރިޖާއި ހައިވޭމަތީގައި މާގަސްތަކެއް ސައިކަލަށް އަރުވައިގެން ދުއްވި މީހާއާއި މެދު މިއަދު ފިޔަވަޅު އަޅާފައިވާ ކަމުގައި ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ ބުރިޖާއި ހައިވޭ ހުރަސްކޮށް ސައިކަލުގައި މާގަސްތަކެއް އުފުލި މީހަކާމެދު، ގަވައިދާ ހިލަފަށް މުދާ އުފުލުމުގެ މައްސަލައިގައި ފިޔަވަޅު އަޅާފައިވާ ވާހަކަމަށެވެ. ފުލުހުން ވަނީ މިފަދަ އަމަލުތަކަކީ ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވެދާނެ ކަންކަން ކަމުގައިވާތީ، މިފަދަ އަމަލުތަކުން ދުރުހެލިވުމަށް އެންމެހައި ފަރާތްތަކަށް އިލްތިމާސް ކޮ...
އިބްރާހިމް ޚަލީލް
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ މެންބަރުކަމަށް އިލެކްޝަން ކޮމިޝަން (އީސީ)ގެ ކުރީގެ ނައިބު ރައީސް އިސްމާއީލް ހަބީބު މިއަދު އައްޔަނުކުރަށްވައިފިއެވެ. ޙަބީބު ޢަބްދުއްރަޙީމް، މި މަޤާމަށް ޢައްޔަންކުރެއްވީ މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި އެޗްއާރުސީއެމްގެ މެންބަރުކަމުގެ މަޤާމަށް ހަބީބު ޢައްޔަންކުރެއްވިކަމުގެ ލިޔުން، ރައީސް ވަނީ ޙަބީބު އާއި ހަވާލުކުރައްވާފައެވެ. އެޗްއާރުސީއެމް...
ޔުމްނާ ޢަލީ
ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް މަރުތޭލަކުން ހަމަލާދިން މައްސަލައިގެ ޝަރީއަތް ފަށައި، ދައުވާލިބޭ މީހުންނަށް ވަކީލުން ހަމަޖައްސަން ކްރިމިނަލް ކޯޓުން މިއަދު ފުރުސަތު ދީފި އެވެ. ޕީޖީގެ މަގާމުގައި ހުންނަވަނިކޮށް މިދިޔަ ފެބްރުއަރީ މަހު ޝަމީމް ދިރިއުޅުއްވާ ގެ ކައިރިން އޭނާއަށް މަރުތޭލަކުން ހަމަލާދިނީ ހެލްމެޓް އަޅައިގެން ތިބި ބަޔަކު އޭނާއަށް ފާރަލަމުން ދިއުމަށްފަހު އެވެ. އެ ހަމަލާގައި އޭނާގެ އަތުގެ ކަށިތަކުގައި ރެނދުލާފައިވެ އެވެ. އެ މައްސަލާގައި ދައުލަތުން ދައުވާކުރަނީ ރ. އަލިފުށީ ރިވެލ...
ހުސައިން ހަބީބް
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރުކަމަށް ފަރުހާދު ރަޝީދު މިއަދު ޢައްޔަންކުރައްވައިފިއެވެ. ފަރުހާދު ޖޭއެސްސީގެ މެންބަރަކަށް ޢައްޔަނުކުރަށްވާފައި ވަނީ، ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުތަކުން އިންތިޚާބުކުރާ ފަނޑިޔާރެއްގެ ހައިސިއްޔަތުންނެވެ. ފަރުހާދު ރަޝީދު، މި މަގާމަށް ޢައްޔަނު ކުރައްވާފައި ވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. ޖޭއެސްސީގެ މެންބަރުކަމަށް ޢައްޔަން ކުރެއްވުމުގެ ކުރިން ފަރުހާދު ރަޝީދު، ވަ...
ޔުމްނާ ޢަލީ
މިއަހަރުގެ ޤައުމީ ދުވަސް ފާހަގަ ކުރުމަށް ށ.މާއުނގޫދޫގައި އިއްޔެ ބޭއްވި ސަޤާފީ ހަވީރު ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ޝަރަފުވެރިކޮށް ދެއްވައިފިއެވެ. ށ. އަތޮޅު ކައުންސިލުން އިސްނަގައިގެން އަތޮޅު ފެންވަރުގައި ޤައުމީ ދުވަސް ފާހަގަކުރުމަށް ރަސްމީ ހަރަކާތްތައް މިއަހަރު ބާއްވަން ކަނޑައަޅާފައި ވަނީ މާއުނގޫދޫއެވެ. މި ދުވަސް ފާހަގަކުރުމަށް އެރަށުގައި ބޭއްވި ރަސްމީ ޖަލްސާ ޝަރަފްވެރިކޮށްދެއްވުމަށްފަހު ނައިބު ރައީސް ވަނީ، ޤައުމީ ދުވަހާއި ގުޅުވައިގެން އެރަށުގައި ބޭއްވި ސަޤާފީ ހަވީރު ވެސް ޝަރަފްވެރިކޮ...
ޔުމްނާ ޢަލީ
ޔުއެފާ ނޭޝަންސް ލީގުގައި ރޭ ޖަރުމަނާއި ނެދަލެންޑްސް އިން ކުޅުނު މެޗުތައް ފަސޭހަކަމާއިއެކު ކާމިޔާބު ކޮށްފިއެވެ. ގްރޫޕް ތިނެއްގައި ރޭ ޖަރުމަނުން ވަނީ އަމިއްލަ ގައުމުގައި 5-0 ގެ ތަފާތު ބޮޑު ނަތީޖާއިން ހަންގޭރީ ބަލިކޮށްފައެވެ. މި މެޗުގައި ޖަރުމަނުގެ ފަރާތުން މޮޅު ކުޅުމެއް ވަނި ފެނިގެން ގޮސްފައެވެ. އެ ޓީމްގެ ފުރަތަމަ ލަނޑު 27 ވަނަ މިނެޓުގައި މުސިއާލާ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޖަހައިދިނީ ފުލްކްރޫގް އެވެ. ފުރަތަމަ ހާފު ނިމުނީ މި ނަތީޖާއިންނެވެ. ދެވަނަ […]
އިބްރާހިމް ޚަލީލް
ށ.އަތޮޅުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ ތެރެއިން އެންމެ ހިންގުންތެރި ތިން ކޮމެޓީ ހޮވާ “މާރެސް އެވޯޑް” ދީފިއެވެ. އަތޮޅުގެ އެންމެ ހިންގުންތެރި ތިން ޑަބްލިއުޑީސީއަށް ހޮވިފައިވަނީ ކަނޑިތީމު ޑަބްލިއުޑީސީ، ނަރުދޫ ޑަބްލިއުޑީސީގެ އިތުރުން ގޮއިދޫ ޑަބްލިއުޑީސީއެވެ. އެ އަތޮޅުގެ އެންމެ ހިންގުންތެރި ތިން ޑަބްލިއުޑީސީ ހޮވާފައި ވަނީ އަތޮޅު ފެންވަރުގައި ގައުމީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މާއުނގޫދޫގައި ބޭއްވި ހާއްސަ ހަރަކާތްތައްކުގެ ތެރޭ ހިމެނޭ ދުވަހުގެ ހާއްސަ ޖައްލާގައެވެ. އެ ޖަލްސާ...
އިބްރާހިމް ޚަލީލް
ރޭންސަމްވެއަރ ހަމަލާތައް މެދުވެރިކޮށް ދުނިޔޭގެ އެކިކަންކޮޅުތަކުގައި ފޭރުނު ފައިސާގެ އަދަދު މިއަހަރުގެ މިހާތަނަށް 1.5 މިލިއަން ޑޮލަރަށް އަރައިފިއެވެ. ސައިބަރ ސެކިއުރިޓީ ކުންފުނި ޒްސްކޭލަރއިން ކުރި ދިރާސާއަކުން ދައްކާގޮތުގައި ރޭންސަމްވެއަރ ހަމަލާތައް މެދުވެރިކޮށް ފޭރޭ ފައިސާގެ އަދަދު މިއަހަރު ވަރަށް ބޮޑުތަނުން އިތުރުވެފައިވެއެވެ. މިގޮތުން މިއަހަރުގެ އެވަރެޖް އަދަދަކީ 1.5 މިލިއަން އެމެރިކާ ޑޮލަރެވެ. ރޭންސަމްވެއަރއަކީ ހަމަލާ ދެވޭ ސިސްޓަމުގައި ހުންނަ ފައިލުތައް އެންކްރިޕްޓްކޮށް، އޭގެ ވެރިފަރާތަށް ބޭނ...
އަޙްމަދު ދާއޫދު
ރަޝިޔާއިން ޔުކްރެއިނަށް ދޭ ހަމަލާތަކުގައި އީރާނުގެ މިސައިލްތައް ބޭނުންކުރަމުންދާކަމަށް ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ވިދާޅުވެއްޖެއެވެ. އިޓަލީގެ މީޑިއާތަކުން ހުކުރު ދުވަހުގެ ރޭ ރިޕޯޓުކުރި ގޮތުގައި، މި ވާހަކަ ޒެލެންސްކީ ދައްކަވާފައިވަނީ އިޓަލީގެ އުތުރުގައި އޮންނަ ޗެރްނޮބިއޯ ރަށުގައި ބޭއްވުނު ދަ ޔޫރަޕިއަން ހައުސް – އެމްބްރޮސެޓީ ކޮންފަރެންސްގެ ފުރަތަމަ ދުވަހުގެ ޖަލްސާގައެވެ. “ޕުޓިން މަސައްކަތްކުރަނީ އިތުރު މިސައިލް ހަމަލާތައްދީ، އިތުރު ކުޑަކުދިން މަރާލުމަށް. އަހަރެމެން ވީހާވެސް ރަނގަޅަށް ދިފާޢުވާން...
އަޙްމަދު ދާއޫދު
”ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ގައުމީ އެޖެންޑާގެ އަމާޒަކީ ޑްރަގާއި ގޭންގު ކުށްތަކުން ޤައުމު ސަލާމަތްކޮށް، ޤާނޫނުތައް މުގުރަން އެއްވެސް ފުރުސަތެއް ނުދިނުންކަމަށް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ އަތޮޅު ފެންވަރުގައި ޤައުމީ ދުވަސް ފާހަގަކުރުމަށް ށ. މާއުނގޫދޫގައި އިއްޔެ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ މި ސަރުކާރުން ޚާއްޞަކޮށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ދިވެ...
ޔުމްނާ ޢަލީ
ސުވާލު:އަންހެން ފިރިހެން އަދި ކުޑަކުދިންގެ މައްޗަށް ކަށުނަމާދު ކުރެވޭއިރު މައްޔިތާގެ މައްޗަށް ކުރެވޭ ދުއާ ގެނެސް ދެވޭތޯ ދަންނަވަން، އަދި ތިންމުށް ފަސް އުކާއިރު ކިޔާ ދުޢާވެސް ގެނެސް ދިނުން އެދެން! ޖަވާބު: ތިޔަ ސުވާލުގެ ޖަވާބު ޙުސައިން ރަޝީދު އަޙްމަދު ލިއުއްވާފައިވާ ސުއްނަތްވެގެންވާ ދުޢާ 2 ގައި ވަރަށް ތަފްޞީލުކޮށް ބަޔާންކުރައްވާފައި އެބަ އޮވެއެވެ. އޭގެތެރެއިން ބައެއް ތިރީގައި ބަޔާންކޮށްލާނަމެވެ. ދުޢާތަކުގެ ތެރެއިން ކޮންމެ ދުޢާއެއްވެސް ފުދެއެވެ. އެއްފަހަރާ ހުރިހާ ދުޢާއެއް ކިޔުން ލާޒިމެއް ނޫނެވެ. މަ...
ތިލަދުން
އިންޑިއާގެ މަނިޕޫރޫގައި ދެގަބީލާއެއްގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި 7 މީހުން މަރުވެއްޖެއެވެ. އިއްޔެ ހިނގި މިހާދިސާގައި ހަމަނުޖެހުން ހިނގާފައިވަނީ މެއިތެއި އަދި ކުކީ ގަބީލާގެ މެދުގައެވެ. މަރުވި މީހުންގެ ތެރެއިން 4 މީހުންނަކީ ކުކީ މުޖުތަމަޢުގެ މީހުންނެވެ. އަނެއް 3 މީހުންނަކީ މެއިތެއި މުޖުތަމަޢުގެ މީހުންނެވެ. ފުރަތަމަ މަރު ރިޕޯޓުކުރެވުނީ 63 އަހަރުގެ މެއިތެއި މީހެއް ކަމަށްވާ ޔުރެމްބަމް ކުލެންދްރާ ސިންގާގެ ގެއަށް ވަދެ، ނިދާފައި އޮއްވާ މަރާލުމުންނެވެ. އޭގެފަހުން ރަސިދްޕޫރު އަވަށުގައި މެއިތެއި އަ...
އަޙްމަދު ދާއޫދު
ބޮޑުތަކުރުފާނު މަގާއި ކޮއިމަލާ ހިނގުން ގުޅޭ ކަންމަތީގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި 21 އަހަރުގެ ޒުވާނާ ގދ. ގައްދޫ، މުހައްމަދު ލީވާން ނިޔާވެއްޖެ އެވެ. މިރޭ 2 ޖަހާކަށްހާއިރު އެޒުވާނާ ނިޔާވެފައިވަނީ އައިޖީއެމްއެޗުގެ ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަނިކޮންނެވެ. މަޢުލޫމާތު ލިބިފައިވާގޮތުން، ޑޮކްޓަރުން އުންމީދު ކަނޑާލައިފައި އޮންނަތާ ދެ ދުވަސް ވެއްޖެ އެވެ. ފުލުހުން މީގެ ކުރިން މީޑިޔާތަކަށް މަޢުލޫމާތުދެމުންބުނެފައިވަނީ، އެ އެކްސިޑެންޓު ހިނގީ މިދިޔަ ބުދަ ދުވަހުގެ ރޭ 12:53 ހާއިރު، ބޮޑުތަކުރުފާނު...
އަލީ އާދިލް
ދުނިޔޭގެ އަސްކަރީ ބާރުތަކުން ދެމުންދާ ހަމަލާތަކާއި އިންޒާރުތަކަށް ފަސްޖެހުމެއްނެތި ޔަމަނުގެ ޚޫތީން އިސްރާޢީލާ ދެކޮޅަށް ފަށާފައިވާ އަސްކަރީ އޮޕަރޭޝަންގެ ތެރެއިން ޔަމަނުގެ އަސްކަރީ ޤާބިލުކަން އިތުރުވެގެން ގޮސްފައިވާ މިންވަރު ހާމަވެގެން ގޮސްފައިވާ ކަމަށް ޗައިނާއިން ބުނެފިއެވެ. ޔަމަނުން ބޭނުންކުރަމުންދާ އެންމެ ޒަމާނީ އަސްކަރީ ހަތިޔާރު ތަކުގެ ސަބަބުން އެމެރިކާގެ މަނަވަރުތައް ރަތްކަނޑުގައި ހަރަކާތްތެރިވުން ހުއްޓިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ދުރުރާސްތާ މިސައިލްތަކާއި ޒަމާނީ ޑްރޯން ހަމަލާތަ...
މުޞްޠަފާ މުޙައްމަދު