ސަޢޫދީ ޢަރަބިއްޔާގައި ތަރައްޤީކުރަމުންދާ 4.6 ބިލިއަން ޕައުންޑުގެ މެގަ ރިސޯޓު، އެމާލާ އެންޑް ދަ ރެޑް ސީ ޕްރޮޖެކްޓް، 2025 ވަނަ އަހަރު ފަތުރުވެރިންނަށް ހުޅުވޭނެ ކަމަށް އިޢުލާނުކޮށްފިއެވެ. މި ރިސޯޓަކީ 1,600 އަކަ މޭލުގެ ސަރަހައްދެއްގައި ތަރައްޤީކުރެވޭ، ކުރިން އެއްވެސް ގަހެއް ރުކެއް ނެތް ސަހަރާ ސަރަހައްދެއް މުއްސަނދި ފަތުރުވެރިކަމުގެ މަންޒިލަކަށް ބަދަލުކުރެވޭ މަޝްރޫޢެކެވެ. ރެޑް ސީ ގްލޯބަލް ކުންފުނިން ތަރައްޤީކުރަމުންދާ މި ރިސޯޓު ހުންނަނީ ސަޢޫދީ ޢަރަބިއްޔާގެ ތަބޫކު ޕްރޮވިންސްގެ ރަތް ކަނޑު ސަރަހައްދުގައ...
އަޙްމަދު ދާއޫދު
މާފުށި ޖަލުގައި ހުރި ގައިދީއަކު މަރުވި މައްސަލަ ފުލުހުން ގަހްގީގުކުރަން ފަށައިފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ މާފުށި ޖަލުގައި ހުރި ގައިދީއަކު ރޭ ދަންވަރު މަރުވި މައްސަލަ ގަހްގީގުކުރަމުން އަންނަ ކަމަށެވެ. އެމީހާ އަކީ އުމުރުން 62 އަހަރުގެ ދިވެއްސަކު ކަމަށް ފުލުހުން ބުނެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޖަލުގައި މަރުވެފައި އޮއްވާ ފެނުނީ އުމުރުން 15 އަހަރުގެ އަންހެންކުއްޖަކާ އެކު ގަދަކަމުން ބަދު އަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި މާފުށީ ޖަލުގައި ޝަރީޢަތް […]
ޔުމްނާ ޢަލީ
އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި ލެބުނާނުން މަރުވި މީހުންގެ އަދަދު 356 އަށް އަރައިފިއެވެ. ލުބުނާންގެ ސިއްޙީ ވުޒާރާއިން ބުނެފައިވާ ގޮތުގައި، އިސްރާއީލުން މިއަދު ދިން ހަމަލާތަކުގައި މަދުވެގެން 356 މީހުން މަރުވެ، 1,200 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވެއެވެ. މިއީ 2006 ވަނަ އަހަރުން ފެށިގެން އިސްރާއީލާއި ހިޒްބުﷲއާ ދެމެދު ހިނގި އެންމެ ލޭއޮހޮރުވުން ބޮޑު ދުވަހެވެ. އިސްރާއީލުން ބުނެފައިވަނީ ހިޒްބުﷲއާ ދެކޮޅަށް ދޭ ހަމަލާތައް “ފުޅާކުރަމުން” ދާ ކަމަށެވެ. މިގޮތުން، ދެކުނު ލުބުނާންގެ ރައްޔިތުންނަށް ފ...
އަޙްމަދު ދާއޫދު
އުރީދޫ މޯލްޑިވްސްއިން މިހާރު ކުރިއަށްގެންދާ 5ޖީ ލިބޭ ކެމްޕެއިންގެ ދަށުން ކޮންމެ ތިން ދުވަހަކުން އަގުހުރި އާ ސައިކަލެއް ލިބޭ ޕްރޮމޯޝަނެއް އުރީދޫ މޯލްޑިވްސްއިން މިއަދު ތައާރަފުކޮށްފިއެވެ. އުރީދޫ މޯލްޑިވްސް އަކީ ރާއްޖޭގެ 60 އިންސައްތަ ކަވަރުކުރާ ރާއްޖޭގެ އެންމެ ވަރުގަދަ އަދި އެންމެ ބޮޑު 5ޖީ ނެޓްވޯކެވެ. މިއަހަރުގެ 31 ޑިސެމްބަރު 2024 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގައި ކަސްޓަމަރުންނަށް ކޮންމެ ތިން ދުވަހަކުން ސައިކަލެއް ކާމިޔާބު ކުރުމުގެ ފުރުސަތު އޮންނާނެ އެވެ. ލިބޭ […]
އިބްރާހިމް އަސްވާޤް
ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫގައި އެއާޕޯޓް ހަދަން ހިއްކާ ބިމުގެ 90 އިންސައްތައަށް ވުރެ ބޮޑުބައިގެ މަސައްކަތް ނިންމާލައިފިއެވެ. މަކުނުދޫ އެއާޕޯޓް ބިން ހިއްކުމުގެ މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުއެވެ. އެ މަސައްކަތް ކުރަމުން އަންނަނީ ބިގް ފިޝް މޯލްޑިވްސް އިންނެވެ. އެ ކުންފުންޏާއި ސަރުކާރުން މި މަސައްކަތް ހަވާލުކޮށްފައި ވަނީ އަހަރެއްތެރޭ ނިންމުމަށެވެ. ބިން ހިއްކުމުގެ މަސައްކަތް ފެށިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭ، މަސައްކަތު ސައިޓުގައި ސިލިންޑަރެއް ގޮވައި ދެ ބިދޭސީއަކު މަރުވި...
އިބްރާހިމް ޚަލީލް
މާވެޔޮމަގުގައި ހުންނަ އިންޑިއާގެ ކެއުންތަކަށް ހާއްސަ ބޮލީވޫޑް ރެސްޓޯރެންޓްގެ ކެފޭގެ މެނޫގައި ހިމެނޭ ކެއުންތައް މިހާރު އޮންލައިން ޕްލެޓްފޯމް “އަވަސްފުޑް” މެދުވެރިކޮށް މިހާރު އޯޑަރުކުރެވޭނެއެވެ. އަވަސްފުޑް އެޕްލިކޭޝަން މެދުވެރިކޮށް ބޮލީވުޑް ކެފޭގެ ކެއުންތައް އޯޑަރުކުރެވޭއިރު، އަވަސްފުޑް އެޕްލިކޭޝަން މެދުވެރިކޮށް ހުރީ ކޮން އައިޓަމްތަކެއްތޯވެސް ބަލާލެވޭނެއެވެ. އެހެންކަމުން މިހާރު ބޮލީވުޑް ރެސްޓޯރެންޓުން ޑިނާއެއް ނުވަތަ ލަންޗެއް ނެގުމަށް ކޮންމެހެން އެ ރެސްޓޯރެންޓަކަށް ދާކަށެއް ނުޖެހެއެވެ. އަވަސްފުޑް...
އިބްރާހިމް އަސްވާޤް
ބޮނބިނަރާއި ރޯނުން ގަހަނާ ހަދަން ދަސްކޮށްދޭ ޓްރެއިނިން ޕްރޮގްރާމެއް ކުޅުދުއްފުށި ސިޓީގައި މިއަދު ފަށައިފިއެވެ. މިއީ ކެނެޑާ ފަންޑް ފޯ ލޯކަލް އިނީޝިއެޓިވްގެ އެހީތެރިކަމާ އެކު މޯލްޑިވްސް ވެޓްލޭންޑްސް ފައުންޑޭޝަނުން ހިންގާ “ވެޓްލޭންޑް ލައިވްލިހުޑް ޕްރޮޖެކްޓް” ގެ ދަށުން ކުޅުދުއްފުށީ ސިޓީ ކައުންސިލާ ގުޅިގެން އެ ރަށުގައި ހިންގާ ޓްރެއިން ޕްރޮގްރާމެކެވެ. މި ޓްރެއިނިން ޕްރޮގްރާމުގައި ދިވެހިންގެ ސަގާފަތުގައި ހިމެނޭ ބޮނބިނަރާއި ރޯނުން ޒަމާނީ އުފެއްދުންތަކެއް ތައްޔާރު ކުރަން ދަށްކޮށްދޭނެއެވެ. މިގޮތުން ބޮނބި...
އިބްރާހިމް ޚަލީލް
ޖަޕާން އިންޓަރނޭޝަނަލް ކޯޕްރޭޝަން އޭޖެންސީ (ޖައިކާ)ގެ އެގްރިކަލްޗަރ ސްޓަޑީޒް ނެޓްވޯކް ފޮރ ފުޑް އެންޑް ސެކުރިޓީ 2025ގެ ދަށުން ދަނޑުވެރިކަމުގެ ދާއިރާއިން ޖަޕާނުން މަތީ ތައުލީމަށް ކިޔެވުމުގެ ސްކޮލަރޝިޕް ފުރުސަތުތަކެއް ހުޅުވާލައިފިއެވެ. މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ހުޅުވާލި މި ފުރުސަތަކީ، ދަނޑުވެރިކަމުގެ ދާއިރާއިން މާސްޓަރސް ޑިގްރީ އަދި ޕީއެޗްޑީ ހާޞިލުކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ހުޅުވާލާފައިވާ ފުރުސަތެކެވެ. މި ސްކޮލަޝިޕްގެ ދަށުން މާސްޓަރސް ކޯހ...
ޔުމްނާ ޢަލީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އެކުވެރި ދައުލަތްތައް (އދ.)ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާ އިއްޔެ ބައްދަލުކުރައްވައިފިއެވެ. އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަނުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މިހާރު އެމެރިކާއަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުރިއަށް ގެންދެވި މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އދ. ގެ ނިޒާމުގެ ތެރޭގައި ރާއްޖެއިން މިހާރަށްވުރެ ޙަރަކާތްތެރި ދައުރެއް އަދާކުރުމަށް ބޭނުންފުޅުވާކަމަށް ވިދާޅުވެފައެވެ. މިގޮތުން ޚާއްސަގޮތެއްގައި ތަރައްޤީވަމުން އަންނަ ކ...
ޔުމްނާ ޢަލީ
ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާއާއި ވިޔަރެއާލް ބައްދަލުކުރި މެޗުން ފަސޭހަކަމާއިއެކު ބާސާ މޮޅުވި ނަމަވެސް އެ ޓީމްގެ އެއް ނަމްބަރު ކީޕަރ މާކް އަންދްރޭ ޓަ ސްޓެގެންއަށް ސީރިއަށް އަނިޔާއެއްވެއްޖެއެވެ. މި ސީޒަންގައި ބާސާއިން ދައްކަމުން އަންނަ ކުޅުން ރޭ މެޗުގައި ވެސް ވަނީ ތަކުރާރު ކޮށްފައެވެ. މެޗުގައި ފުރަތަމަ ލަނޑު 20 ވަނަ މިނެޓްގައި ޖަހައިދިނީ ލެވަންޑޯސްކީއެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ އޭރިއާ ތެރެއިން ޕަބްލޯ ޓޯރޭސް ތަނަވަސް ކޮށްދިން ފުރުސަތެއްގައެވެ. އޭގެ ފަނަރަ […]
އިބްރާހިމް ޚަލީލް
ހދ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ ތިލަދެކުނު ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ފަސޭހަކަމާއިއެކު ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބް ބަލިކޮށް ކުޅުދުއްފުށީ ކްލަބް ކޮރަލްސް އިން ޗެމްޕިއަންކަން ހޯދައިފިއެވެ. އިއްޔެ ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗުގައި ނޮޅިވަރަންފަރުގެ މައްޗަށް ކޮރަލްސް އިން ކުރި ހޯދީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ނަމަވެސް ހާފު ނިމުނީ ދެ ޓީމުންކުރެ […]
އިބްރާހިމް ޚަލީލް
ކުރިއަށް އޮތްތާންގައި ޔޫޓިއުބުން ނެރެން ގަސްތުކޮށްފައިވާ މުހިންމު ފީޗާތައް އިއުލާންކޮށްފިއެވެ. ޔޫޓިއުބުން ނިއު ޔޯކުގައި ބޭއްވި އަހަރީ ޖަލްސާގައި ގިނަ އައު ފީޗަރތަކެއް ހާމަކޮށްފައިވާއިރު، މި ފީޗަރތަކުގެ ގިނަ އަދަދެއް ބިނާވެފައިވަނީ ގޫގުލްގެ ޑީޕްމައިންޑް އޭއައި ޓެކްނޮލޮޖީގެ މައްޗަށް ކަމަށާއި، މައިގަނޑު އަމާޒަކީ ކޮންޓެންޓް ކްރިއޭޓަރުންނަށް އިތުރު ފުރުޞަތުތަކެއް ހޯދައިދިނުން ކަމަށް އެ ކުންފުނިން ބުނެއެވެ. ތަޢާރަފުކުރާ އައު ފީޗަރތަކުގެ ތެރޭގައި “ހައިޕް” ބަޓަނެއް ހިމެނެއެވެ. މިއީ މިހާރުގެ ލައިކް ބަޓަނ...
އަޙްމަދު ދާއޫދު
ކ. ކާށިދޫގައި ޕޮލިސް ސާޖަންޓް އާދަމް ހަލީމް މަރާލި މައްސަލާގައި މުހައްމަދު ސަމާހު މެރުމަށް ކޮށްފައިވާ ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފި އެވެ. ކ. ކާށިދޫގައި ޖުލައި، 2012 ފުލުހުންގެ ޑިއުޓީއަށް ދަނިކޮށް އާދަމް ހަލީމަށް ވަޅިއަކުން ހަމަލާދީ މަރާލި މައްސަލާގައި އެރަށު ސުވާސާގޭ ސަމާހު މެރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން އޮތީ ތާއީދުކޮށްފަ އެވެ. އެ މައްސަލަ ސަމާހުގެ ފަރާތުން ވަނީ ސުޕްރީމް […]
ހުސައިން ހަބީބް
ފަހު ސިކުންތުކޮޅުގެ ތެރޭ ޖޯން ސްޓޯންސް ޖެހި ލަނޑުން، އެކަކު މަދުކޮށް ކުޅެމުންދިޔަ އާސެނަލް އަތުން ސިޓީ ބަލިނުވެ ސަލާމަތް ވެއްޖެއެވެ. އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ސިޓީގެ ދަނޑުގައި ކުޅުނު މި މެޗު ނިމިގެން ދިޔައީ 2-2 ގެ ނަތީޖާއިން ދެ ޓީމް އެއްވަރުވެގެންނެވެ. ޑިފެންސަށް އިސްކަން ދީގެން ފެށި އާސެނަލް ކޮޅަށް ސިޓީން ލަނޑުޖަހައި ލީޑު ނެގީ މެޗުގެ 9 ވަނަ މިނެޓުގައެވެ. ސަވީނިއޯ ކުޅުނު ތުރޫ ޕާހަކަށް އަރާ ހާލަންޑް ވަނީ އެ […]
އިބްރާހިމް ޚަލީލް
ބެންގަލޫރުގައި އަންހެނެއްގެ ހަށިގަނޑުގެ ބައިތައް ކޮށާފައި ފްރިޖްކޮށްފައި ހުއްޓާފެނިއްޖެއެވެ. ބެންގަލޫރުގެ މުނެސްވަރްނަގަރު ސަރަހައްދުގައި ހިނގި މިހާދިސަގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ހޮނިހިރު ދުވައެވެ. މިކަން ހާމަވުމާ ގުޅިގެން، ބެންގަލޫރު ސެންޓްރަލް ޑިވިޝަންގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ޑީސީޕީ) ޝެކަރުގެ ބެލުމުގެ ދަށުން 6 ޚާއްޞަ ޕޮލިސް ޓީމެއް އެކުލަވާލާ، ތަޙުޤީޤު ފަށައިފި ކަމަށް އެގައުމުގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ. މި މައްސަލައިގެ ތަޙުޤީޤުގައި، ހާދިސާ ހިނގި ސަރަހައްދުގ...
އަޙްމަދު ދާއޫދު
ގެސްޓްހައުސް އިޝްތިހާރު ކުރެވި ފަތުރުވެރިންނަށް އެނދުވިއްކޭއިރު ދެވޭ މައުލޫމާތުގައި ރަށްރަށުގައި ހުންނަ ގެސްޓް ހައުސްތަކަށް އައިސް، ފަތުރުވެރިން ރަށުތެރޭގައި އެޅޭއިރު ގެންގުޅެން ޖެހޭ މިންގަނޑުތައް ތަފްސީލުކޮށް ސާފުކޮށްދީ ހަންދާން ކޮށްދިނުމަށް މަކުނުދޫ ކައުންސިލުން ގޮވާލައިފިއެވެ. މި މަހު 17 ވަނަ ދުވަހު ފަތުރުވެރިކަމުގެ ވުޒާރާއިން ޓޫރިސްޓް ގެސްޓްހައުސް ހިންގާ ފަރާތްތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައި ވަނީ ގެސްޓްހައުސް ފަތުރުވެރިކަމަކީ މީހުން ދިރިއުޅޭ ރަށްރަށަށް ބިނާކޮށް ބައްޓަންވެފައިވާ ފަތުރ...
އިބްރާހިމް ޚަލީލް
އެމެރިކާގެ ރިޔާސީ އިންތިޚާބު 2024 އިން ބަލިވެއްޖެނަމަ އަލުން ވާދަނުކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ވޭތުވެދިޔަ ތިން ރިޔާސީ އިންތިޚާބުގައި ވެސް ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓްގެ ގޮތުގައި ވާދަކުރައްވާފައިވާ 78 އަހަރުގެ، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ބަލިވެއްޖެނަމަ، 2028 ގެ އިންތިޚާބުގައި އަލުން ވާދަކުރައްވަން ގަސްތު ނުކުރައްވާ ކަމުގައެވެ. ސިންކްލެއަރ މީޑިއާ ގްރޫޕަށް ދެއްވި އިންޓަވިއުއެއްގައި، ނޮވެމްބަރު މަހުގެ އިންތިޚާބުގައި ކަމާލާ...
އަޙްމަދު ދާއޫދު
ހއ. ހޯރަފުށީގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތި ވިއްކާކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ. އެ މީހާ ހައްޔަރުކޮށްފައި ވަނީ ހޯރަފުށި ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. އިއްޔެ ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ އެރަށު ރަތްބަގީޗާގެ، އަޙްމަދު ޝީބާން (42އ) އެވެ. މި އޮޕަރޭޝަނުގައި، ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅޭ ކޮޓަރި ވަނީ ބަލައިފާސްކޮށްފައެވެ. މި ބަލައިފާސްކުރުމުގެ މަސްތުވާތަކެތިކަމަށް ބެލެވޭ ތަކެތި ފެނިފައ...
ޔުމްނާ ޢަލީ