ދިވެހިރާއްޖޭގައި ކަނޑުގެ އޮއިން ހަކަތަ އުފެއްދުމަށާއި، އައު ބާވަތްތަކުގެ އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް އިންވެސްޓަރުން ހޯދަމުންދާކަން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިކަން އިޢުލާން ކުރެއްވީ، އދ. ގެ ޢާންމު މަޖިލީހުގެ ހަވާސާގައި، އިއާދަކުރަނިވި ހަކަތައާ ގުޅޭގޮތުން ދިވެހިރާއްޖެއިން ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ވިދާޅުވިގޮތުގައި ދިވެހިރާއްޖޭގައި އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް އިންވެސްޓުކުރުމަކީ، ފައިދާ ކުރަނިވި ވިޔަފާރީގެ ފުރުޞަތަކަށް ވެ...
ޔުމްނާ ޢަލީ
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ ދެ ލޯނެއްގެ މައްސަލާގައި މާލޭގެ ދެ ގެއެއް ނީލަމުގައި ވިއްކާލަން އެ ބޭނުންކުން އިއުލާންކޮށްފި އެވެ. މި ދެ ގެ ވިއްކާލަން ބީއެމްއެލުން ނީލަމަށް ހުޅުވާލާފައި ވަނީ ވަކި ދެ ޢިއުލާނެއްގައެވެ. އެ ދެ ޢިއުލާންގައި ބުނެފައިވާގޮތުން އެ ދެ ގެ ނީލަމުގައި ވިއްކާލަން އިއުލާންކުރީ އެ ބޭންކުން ނަގާފައިވާ ދެ ލޯނަކަށް ފައިސާ ނުދައްކައިގެން ކަމަށެވެ. މިއީ މާލޭގެ މާފަންނުގައި ހުންނަ ދެ ގެއެވެ. މީގެ ތެރެއިން […]
ޔުމްނާ ޢަލީ
ހއ. ހޯރަފުއްޓަށް ނިސްބަތްވާ މީހަކު ގެއްލިގެން އޭނާ ހޯދުމަށް، ދިވެހި ފުލުހުންގެ ޚިދުމަތުން އާންމުންގެ އެހީތެރިކަަމަށް އެދިއްޖެއެވެ. ފުލުހުން ބުނީ، ހއ. ހޯރަފުށި / ހީރާ، މުޙައްމަދު ސާއިފް (30އ) އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް އެ އިދާރާ އަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެހެންވެ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ. ފުލުހުން ބުނީ، މުޙައްމަދު ސާއިފް މިހާރު ދިރިއުޅެމުންދަނީ ހުޅުމާލެ ފުލެޓް 205-2-35 ގައިކަމަށެވެ. ”މުޙައްމަދު ސާއިފް އެންމެ ފަހުން ފެނިފައިވަނީ...
ޔުމްނާ ޢަލީ
ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި ޑިޕޯޓިވޯ އަލަވޭސް ބައްދަލުކުރި މެޗު ހަނި ތަފާތަކުން ރެއާލުން ކާމިޔާބު ކޮށްފިއެވެ. ރެއާލުގެ އމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 3-2 ގެ ނަތީޖާއިންނެވެ. ރޭ މެޗުގެ ފުރަތަމަ މިނެޓުގައި ރެއާލުން ވަނީ ލީޑު ނަގާފައެވެ. ވިނީސިއަސް ތަނަވަސް ކޮށްދިން ފުރުސަތެއްގައި މި ލަނޑު ޖަހައިދިނީ ރޭ މެޗުގައި ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ލޫކަސް ވަޒްކޭޒްއެވެ. މުޅި މެޗު ކޮންޓްރޯލް ކޮށްގެން […]
އިބްރާހިމް ޚަލީލް
ފެނަކަ ކޯޕަރޭޝަން (ފެނަކަ) އިން ރ. އަނގޮޅިތީމުގައި ރައްކާތެރިކަމާއި އެކު ކަރަންޓް ބޭނުންކުރާނެގޮތް ދަސްދޭ ތަމްރީން ޕްރޮގްރާމެއް ހިންގައިފިއެވެ. ފެނަކައިން ބުނިގޮތުގައި މި ތަމްރީން ޕްރޮގްރާމަކީ އަނގޮޅިތީމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އިންތިޒާމްކޮށްގެން އެ ކުންފުނީގެ އަނގޮޅިތީމު ބްރާންޗުން ހިންގި ތަމްރީނެއް ކަމަށެވެ. މި ތަމްރީން ހާއްސަކޮށްފައި ވަނީ އަނގޮޅިތީމުގެ އަންހެން ބޭފުޅުންނަށެވެ. އަންހެން ބޭފުޅުންނަށް ޚާއްސަ ކުރެވިގެން، ރ. އަނގޮޅިތީމު އ.ތ.މ ކޮމެޓީން އިންތިޒާމު ކުރެއްވި...
ޔުމްނާ ޢަލީ
ޓެލެގްރާމުން ޤާނޫނާ ގަވާއިދުތަކަށް ބޯލެނބުމުގެ ގޮތުން އައިޕީ އެޑްރެހާއި ފޯނު ނަންބަރު ހިއްސާކުރަން އެއްބަސްވެއްޖެއެވެ. މެސެޖިންގ އެޕް ޓެލެގްރާމުން ޤާނޫނީ އެދުންތަކަށް އިޖާބަދީ، ބައެއް މަޢުލޫމާތު ހިއްސާކުރަން ފަށާނެ ކަމަށް އެ ކުންފުނީގެ ސީއީއޯ ޕަވެލް ޑުރޮވް ހާމަކުރައްވައިފައިވާއިރު، މީގެ ތެރޭގައި ޔޫޒަރުންގެ އައިޕީ އެޑްރެހާއި ފޯނު ނަންބަރު ހިމެނެއެވެ. މިއީ އަމިއްލަވަންތަކަމަށް އިސްކަންދޭ މި މެސެޖިންގ އެޕްގެ ސިޔާސަތަށް ގެނެވުނު ބޮޑު ބަދަލެކެވެ. މީގެ ކުރިން ޓެލެގްރާމުން ވަނީ ކޮންޓެންޓް ނެގުމަށް އެދޭ...
އަޙްމަދު ދާއޫދު
2040 ވަނަ އަހަރު އަންނައިރު ރާއްޖެއަކީ ހުރިހާ މާނައެއްގައި ވެސް ތަރައްޤީވެފައިވާ، ތަރައްޤީގެ އެންމެ މަތީ ހަރުފަތްތަކުގައިވާ ޤައުމެއްކަމުގައި ވުމަކީ އެމަނިކުފާނުގެ ތަސައްވުރުކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ގޮވައިލައްވައިފިއެވެ. ރައީސް މިފަދައިން ގޮވައިލެއްވީ އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ އާންމު ބަހުސްގައި ތަޤްރީރު ކުރަށްވަމުންނެވެ. އެ ތަޤްރީރުގައި ރައީސް ވިދާޅުވީ، އެމަނިކުފާނު ދިވެހިރާއްޖޭގެ ކުރިމަގަށް ކުރައްވާ ތަޞައްވުރަކީ 2040 ވަނަ އަހަރު އަންނައިރު ދިވެހިރާއްޖެއަކީ ހުރިހާ މާނަ...
ޔުމްނާ ޢަލީ
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ގޮލްފް ކޯހަކާ ކައިރިން ހައްޔަރުކުރެވުނު ރަޔަން ވެސްލީ ރޫތުގެ މައްޗަށް ރައީސްކަމަށް ކުރިމަތިލާ ކެންޑިޑޭޓަކު މަރާލަން އުޅުނު ކަމުގެ ދަޢުވާ ފެޑެރަލް ޕްރޮސެކިއުޓަރުން ކޮށްފިއެވެ. އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓްގެ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ރޫތުގެ މައްޗަށް އިތުރު ދަޢުވާތަކެއް ކުރުމަށް މަޔާމީގެ ގްރޭންޑް ޖޫރީއަކުން ނިންމާފައިވެއެވެ. ރޫތު އަށް މިހާރު ކުރެވިފައިވާ ދަޢުވާތަކުގެ ތެރޭގައި: ރައީސްކަމަށް ކުރިމަތިލާ ކެންޑިޑޭޓަކު މަރާލަން މަސައްކަތްކުރުން ކުށ...
އަޙްމަދު ދާއޫދު
އެކުވެރި ދައުލަތް (އދ.)ގެ ޤަރާރުތަކާއި ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފުވެ، އިސްރާއީލުން ހިންގާ ޓެރަރިޒަމްގެ ޢަމަލުތަކަށް އިސްރާއީލު ޖަވާބުދާރީ ކުރުވުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ގޮވައިލައްވައިފިއެވެ. ރައީސް މިފަދައިން ގޮވައިލެއްވީ އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ އާންމު ބަހުސްގައި ތަޤްރީރު ކުރަށްވަމުންނެވެ. މި ގޮވައިލެއްވުމާއެކު ރައީސް މުޢިއްޒު ވަނީ، 1967 ވަނަ އަހަރުގެ ކުރިން ކަނޑައަޅާފައިވާ ސަރަޙައްދީ ރޮނގުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިރަށް ކަމ...
ޔުމްނާ ޢަލީ
އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތަކުގައި ހިޒްބުﷲގެ އިތުރު ކޮމާންޑަރަކު ޝަހީުދުކޮށްލައިފި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ. އިސްރާއީލުން ލެބަނަންގެ ވެރިރަށް ބައިރޫޓަށް ދިން ވައިގެ ހަމަލާއެއްގައި ޝަހީދުވެފައިވަނީ ހިޒްބުއްލާގެ އިސް ކޮމާންޑަރެއް ކަމަށްވާ އިބްރާހިމް ޤުބައިސީ ކަމަށް ރޮއިޓާސްއިން ވަނީ ރިޕޯޓްކޮށްފައެވެ. އިސްރާއީލުގެ ސިފައިންގެ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ޤުބައިސީ އަކީ ހިޒްބުﷲގެ މިސައިލް އަދި ރޮކެޓް ހަމަލާތައް ވިލަރެސް ކުރާ ކޮމާންޑަރެވެ. މި ހަމަލާއާ ގުޅިގެން އިސްރާއީލުގެ ޑ...
އަޙްމަދު ދާއޫދު
އެކުވެރި ދައުލަތް (އދ.) އިން ނިންމާ ނިންމުންތައް ދުނިޔޭގެ ފެންވަރުގައްޔާއި ދާޚިލީ ފެންވަރުގައި ތަންފީޒުކުރުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ގޮވައިލައްވައިފިއެވެ. ރައީސް މުޢިއްޒު މިކަމަށް ގޮވައިލެއްވީ އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ އާންމު ބަހުސްގައި ތަޤްރީރު ކުރަށްވަމުންނެވެ. މި ތަޤްރީރުގައި ރައީސް ވިދާޅުވީ، އދ. އިން ފަރުދީ ދިރިއުޅުމަށް ޙަޤީޤީ ނުފޫޒު ފޯރުވަންޖެހޭނެ ކަމަށެވެ. ހަމައެހެންމެ ރައީސް ވަނީ، އދ. އިން ނިންމާ ނިންމުންތައް ދުނިޔޭގެ ފެންވަރުގައްޔާއި ދާޚިލީ ފެންވަރުގައި ތަންފީޒުކ...
ޔުމްނާ ޢަލީ
އަވަށްޓެރި ސްރީ ލަންކާގެ އައު ރައީސް އަނޫރާ ކުމާރަ ޑިސެނަޔަކަ އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލިސް އުވާލައްވައިފިއެވެ. އެކަން ލަންކާގެ ރައީސް އޮފީހުން ވަނީ ހާމަކޮށްފައެވެ. އެ އޮފީހުން ބުނިގޮގުތުގައި މިރޭ މެންދަމު 12 އިން ފެށިގެން މަޖިލިސް އުވޭ ގޮތަށް ކަނޑައަޅުއްވައި އެކަމުގެ ލިޔުމުގައި ރައީސް އަނޫރާ ވަނީ ސޮއިކުރައްވައިފަ އެވެ. ލަންކާގެ ޤާނޫނު ހަދާ މަޖިލީސް އުވާލިއިރު، އައު މަޖިލިސް އަށް މެންބަރުން އިންތިޚާބު ކުރުމަށް އަންނަ މަހުގެ ފުރަތަމަ ހަފުތާގައި ހުޅުވާލަން […]
ޔުމްނާ ޢަލީ
ށ.ފުނަދޫ ހިމެނޭހެން ތިން ރަށެއްގައި އައިސްޕްލާންޓާއި އައިސް ސްޓޯރޭޖު ހަދަން ފިޝަރީޒް މިނިސްޓްރީން މިފްކޯއާއި ހަވާލުކޮށްފިއެވެ. ފިޝަރީޒް މިނިސްޓްރީން ވަނީ ށ.ފުނަދޫގެ އިތުރުން ދ.ބަނޑިދޫ އަދި ދ.މީދޫގައި 30 ޓަނުގެ އައިސްޕްލާންޓްގެ އިތުރުން 50 ޓަނުގެ އައިސް ސްޓޯރޭޖް އަޅަން ނިންމާފައެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި މިއަދު ވަނީ މިނިސްޓްރީއާއި މިފްކޯއާއި ދެމެދު ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި މިފްކޯގެ ފަރާތުން ސޮއިކުރެއްވީ ކުންފުނި ހިންގެވުމާއި މިވަގުތު ހަވާލުވެ ހުންނެވި ޗީފް ފައިނޭންޝަލް އޮފިސ...
އިބްރާހިމް ޚަލީލް
ފެނަކަ ކޯޕަރޭޝަނަށް ކުރިމަތިވެފައިވާ މާލީ ހާލަތުން އަރައިގަތުމަށް އަޅަމުން އަންނަ ފިޔަވަޅުތަކާއެކު އެ ކުންފުނީގެ ހިންގުމުގެ ޚަރަދު، މިދިޔަ އަހަރުގެ އެ މުއްދަތަށްވުރެ %60 ކުޑަކޮށްފިއެވެ. އައު ވެރިކަމާއެކު ފެނަކައިގެ އައު މެނޭޖްމަންޓާއި ކުންފުނި ހަވާލުވިއިރު ކުންފުނި އޮތީ ވަރަށް ހާލުގައި ކަމަށާއި، ކުންފުނިން ކުރަމުން އައި ބޭކާރު ޚަރަދުތަކުގެ ސަބަބުން ކުންފުނީގެ ދަރަނި ބޮޑުވެފައިވާކަމަށް އައު މެނޭޖްމަންޓުން ކުރިން ހާމަކުރިއެވެ. އެ ކުންފުނީގެ ދަރަނި 4.3 ބިލިޔަން ރުފިޔާއަށް އަރައެވެ. އެހެންކަމުން ކުނ...
ޔުމްނާ ޢަލީ
ފަލަސްތީނުގެ ރައްޔިތުން މިނިވަންކަމަށް ކުރަމުންދާ މަސައްކަތުގައި ދިވެހިރާއްޖެ އެ ރަށްޔިތުންނާއެކު ސާބިތުވެ އޮންނާނެކަމަށް ދިވެހި ސަރުކާރުން ދެމުން އަންނަ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒުއ އަނެއްކާވެސް ތަކުރާރު ކުރަށްވައިފިއެވެ. އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަނުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މިވަގުތު ހުންނެވީ އެމެރިކާގައެވެ. މި ދަތުރުފުޅުގެ ތެރެއިން އެ ސެޝަންގެ ހަވާސާގައި ރައީސް ގެންދަވަނީ ބައިނަލްއަޤްވާމީ އެކި ޤައުމުތަކުގެ ވެރިންނާ ބައްދަލުކުރަށްވަމުންނެވެ. މިގޮތުން ރައީސް ވ...
ޔުމްނާ ޢަލީ
އެތައް ހަފްތާއެއްގެ ޤާނޫނީ ހަނގުރާމައަކަށްފަހު، ކުރީގެ ޓްވިޓަރ އަދި މިހާރުގެ އެކްސް ބްރެޒިލްގެ ކޯޓުތަކުގެ އަމުރުތަކަށް ތަބާވެ، އެ ގައުމުގައި އަލުން ޚިދުމަތް ފެށުމަށް އެއްބަސްވެއްޖެއެވެ. އެ ގައުމުގެ ޤާނޫނުތަކާ ޚިލާފުވާ ހައްދުފަހަނައަޅާފައިވާ އެކައުންޓްތައް ބްލޮކްކުރުމަށާއި، ބްރެޒިލްގައި ޤާނޫނީ ބަދަލުހިފުމުގެ އޭޖެންޓެއް ކަނޑައެޅުމަށް ތައްޔާރަށް ތިބިކަމަށް އެކްސް އިން ވަނީ ބްރެޒިލްގެ ސުޕްރީމް ކޯޓަށް އަންގާފައެވެ. މި މައްސަލައިގައި މައިގަނޑު ދައުރެއް އަދާކުރައްވާފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލެ...
އަޙްމަދު ދާއޫދު
އެއްވެސް މީހަކު ބާކީ ނުވާނެކަން ކަށަވަރު ކުރެވޭނޭ ފަދަ ސިޔާސަތުތަކެއް އެކުލަވާލުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު އިއްޔެ ގޮވައިލައްވައިފިއެވެ. ރައީސް މިހެން ވިދާޅުވީ، އެމެރިކާގައި ކުރިއަށް ދިޔަ ސަމިޓް އޮފް ދަ ފިއުޗަރ “އިންޓަރެކްޓިވް ޑައެލޮގް 3؛ ޓުވަރޑްސް އަ ކޮމަން ޑިޖިޓަލް ފިއުޗަރ”ގެ ކޯ-ޗެއަރގެ ޙައިސިއްޔަތުން، ރިޔާސަތު ބަލަހައްޓަވައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި ދުޔޭގެ އާބާދީގެ ތިންބައިކުޅަ އެއްބަޔަކީ އިންޓަރނެޓްގެ ޚިދުމަތާ ނުލައި ދިރިއުޅެމުންދާ މީހުންކަން ފާހަގަކުރައްވަ...
ޔުމްނާ ޢަލީ
ސަޢޫދީ ޢަރަބިއްޔާގައި ތަރައްޤީކުރަމުންދާ 4.6 ބިލިއަން ޕައުންޑުގެ މެގަ ރިސޯޓު، އެމާލާ އެންޑް ދަ ރެޑް ސީ ޕްރޮޖެކްޓް، 2025 ވަނަ އަހަރު ފަތުރުވެރިންނަށް ހުޅުވޭނެ ކަމަށް އިޢުލާނުކޮށްފިއެވެ. މި ރިސޯޓަކީ 1,600 އަކަ މޭލުގެ ސަރަހައްދެއްގައި ތަރައްޤީކުރެވޭ، ކުރިން އެއްވެސް ގަހެއް ރުކެއް ނެތް ސަހަރާ ސަރަހައްދެއް މުއްސަނދި ފަތުރުވެރިކަމުގެ މަންޒިލަކަށް ބަދަލުކުރެވޭ މަޝްރޫޢެކެވެ. ރެޑް ސީ ގްލޯބަލް ކުންފުނިން ތަރައްޤީކުރަމުންދާ މި ރިސޯޓު ހުންނަނީ ސަޢޫދީ ޢަރަބިއްޔާގެ ތަބޫކު ޕްރޮވިންސްގެ ރަތް ކަނޑު ސަރަހައްދުގައ...
އަޙްމަދު ދާއޫދު