ދިވެހި ރާއްޖޭގެ އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް އަދި އިންޑިއާގެ ބެންގަލޫރުގައި ރާއްޖޭގެ ކޮންސިއުލޭޓެއް ގާއިމުކުރަން މިއަދު މަޝްވަރާކޮށްފިއެވެ. މި މަޝްވަރާކޮށްފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިހާރު އިންޑިއާއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގައެވެ. ރައީސް އިންޑިއާއަށް ކުރައްވަމުންގެންދަވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރެއްވުމުގެ އިތުރުން ދެޤައުމުގެ ދެމެދު ރަސްމީވާހަކަތައް ވެސް މިހާރު ވަނީ ބާއްވާފައެވެ. ރައީސް ޑރ. މު...
ޔުމްނާ ޢަލީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ އިންޑިއާގެ ބޮޑުވަޒީރުގެ ރަސްމީ އޮފީސް، ހައިދަރުއާބާދު ހައުސްގައެވެ. މި ބައްދަލުވުމުގައި ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ސިޔާސީ ގުޅުމާއި ދެ ޤައުމުގެ ގުޅުން ހަރުދަނާ ކުރުމާ ގުޅެގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން ދެ ޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަތައް ވެސް މިއަދު ވަނީ ބާއްވާފައެވެ. Taking forward – special ties! PM @narendramodi warmly […]
ޔުމްނާ ޢަލީ
ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށްގެން 17 އަހަރަށް ޖަލަށްލި މީހަކު ހައި ކޯޓުން އިއްޔެ ސަލާމަތްވެއްޖެ އެވެ. އަތޮޅު ތެރޭގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވީ އެ ކުއްޖާއަށް އެހެން މީހަކު ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައެއް 2020 ވަނަ އަހަރު ފެންމަތިވުމުންނެވެ. އެ ކުއްޖާ ބުނެފައިވާ ގޮތުގައި އެ މީހާ ޖިންސީ ގޯނާކުރީ 2014 ވަނަ އަހަރާއި 2015 ވަނަ އަހަރާ ދެމެދު އެވެ. އެ މީހާ 17 އަހަރަށް ޖަލަށްލުމަށް 2022 […]
ހުސައިން ހަބީބް
ނިމުނު އެމްޑީޕީގެ ސަރުކާރުގައި 2021 ވަނަ އަހަރު ވިއްކި 500 މިލިއަން ޑޮލަރުގެ އިންޓްރެސްޓަށް ވާ ފައިސާގެ ގޮތުގައި 25 މިލިއަން ޑޮލަރު މި ސަރުކާރުން ދައްކައިފި އެވެ. ދިވެހި ސަރުކާރުން ވަނީ 2021 ވަނަ އަހަރު އިންޓަރނޭޝަނަލް ޑެޓް ކެޕިޓަލް މާކެޓުގައި 2026 ވަނަ އަހަރު މެޗުއާވާގޮތަށް 500 މިލިޔަން އެމެރިކާ ޑޮލަރުގެ ސުކޫކެއް ދޫކޮށްފައެވެ. މާލީ ވުޒާރާއިން މިއަދު ބުނީ، ސުކޫކަށް އިންވެސްޓް ކުރި ފަރާތްތަކަށް އެ ފައިސާ މިއަދު ދައްކާފައިވާ ކަމަށެވެ. މި […]
ޔުމްނާ ޢަލީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދަށް އިންޑިއާ ސަރުކާރުން ރަސްމީ ގޮތުން މަރްޙަބާ ދަންނަވައިފިއެވެ. ރައީސްގެ ދެކަނބަލުންނަށް މަރްޙަބާ ދެންނެވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު ހެނދުނު އިންޑިޔާގެ ރިޔާސީ ގަނޑުވަރު، ރާޝްތުރަޕަތީ ބަވަންގައެވެ. ރައީސްގެ ދެކަނބަލުން ރާޝްތުރަޕަތީ ބަވަންއަށް ވަޑައިގަތުމުން މަރްޙަބާ ވިދާޅުވީ، އިންޑިޔާގެ ރައީސް ދުރޫޕަދީ މުރުމޫ އާއި ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ. President Droupadi Murmu accords a ceremonial welcome to Ma...
ޔުމްނާ ޢަލީ
ބްރެޒިލްގައި އެކްސް ޕްލެޓްފޯމް އަލުން ބޭނުން ކުރަން ފެށުން ލަސްވަމުންދަނީ ޖޫރިމަނާ ފައިސާ ދެއްކުމުގައި ދިމާވި މައްސަލައަކާ ގުޅިގެންކަން ހާމަވެއްޖެއެވެ. ބްރެޒިލްގެ ސުޕްރީމް ކޯޓުން ހުކުރު ދުވަހު ބުނެފައިވަނީ އެކްސް ޕްލެޓްފޯމްގެ ވަކީލުން ޖޫރިމަނާގެ ފައިސާ ދައްކާފައިވަނީ ރަނގަޅު ބޭންކަށް ނޫންކަމަށެވެ. މިކަމާ ގުޅިގެން ބްރެޒިލްގައި އެކްސްގެ ޚިދުމަތް އަލުން ފެށުމާ މެދު ގޮތެއް ނިންމުން ވަނީ ފަސްކޮށްފައެވެ. އޯގަސްޓް މަހުގެ ފަހުކޮޅުން ފެށިގެން ބްރެޒިލްގައި އެކްސްގެ ޚިދުމަތް ވަނީ ހުއްޓުވާލާފައެވެ. މިގޮތަށް...
އަޙްމަދު ދާއޫދު
ލިކުއިފައިޑް ނެޗުރަލް ގޭސް (އެލްއެންޖީ) ގަތުމަށް ޖަޕާނުން އާ އެއްބަސްވުމެއް، ދެކުނު ކޮރެއާ އަދި އިޓަލީއާއެކު ހަދައިފިއެވެ. އާދީއްތަ ދުވަހު ހެދި މި އެއްބަސްވުމުގައި ވަނީ ދެކުނު ކޮރެއާ އަދި އިޓަލީއާއެކު ލިކުއިފައިޑް ނެޗުރަލް ގޭސް (އެލްއެންޖީ) ގަތުމުގައި އެއްބާރުލުން ދިނުމާ ގުޅޭގޮތުން ދިރާސާކުރުމަށް ވެސް އެއްބަސްވެފައެވެ. މިއީ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އެލްއެންޖީ އިމްޕޯޓަރުގެ ގޮތުގައި ހިމެނޭ ޖަޕާނުން އެނަރޖީ ސެކިއުރިޓީ ހަރުދަނާކުރުމަށް އަޅާ ފިޔަވަޅެކެވެ. ޖަޕާނުގެ އެންމެ ބޮޑު ޔުޓިލިޓީ ކުންފުނި...
އަޙްމަދު ދާއޫދު
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުގެ ސިފައިން ޣައްޒާގެ އުތުރުގައި އޮންނަ ޖަބާލިޔާ ރެފިއުޖީ ކޭމްޕަށް އަނެއްކާވެސް ހަމަލާދީ 17 މީހަކު ޝަހީދުކޮށްލައިފިއެވެ. މިއީ ޣައްޒާގެ ހަނގުރާމަ ފެށުނު ފަހުން އެއްގަމު މަގުން މި ސަރަޙައްދަށް ދޭ ތިންވަނަ ހަމަލާއެވެ. ފަލަސްޠީނުގެ ސިވިލް ޑިފެންސް އޭޖެންސީން ބުނާ ގޮތުގައި އާދީއްތަ ދުވަހު ދިން މި ހަމަލާގައި މަދުވެގެން 17 މީހުން ވަނީ ޝަހީދުވެފައެވެ. މީގެ ތެރޭގައި 9 ކުދިން ހިމެނެއެވެ. މި ހަމަލާ ދިނީ އެ ސަރަޙައްދުގެ […]
އަޙްމަދު ދާއޫދު
ރާއްޖޭގެ ރައްޔިތަކު ކޮންމެ ޤައުމެއްގައި ހުއްޓަސް އެ ރައްޔިތަކަށް ދިވެހި ދައުލަތުގެ އެހީތެރިކަން ލިބޭގޮތަށް ސިޔާސަތު ބައްޓަންކުރައްވާނެ ކަމުގައި ރައީސް މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދަޢުވަތަކަށް މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އެ ޤައުމުގެ ނިއުދިއްލީގައި ދިރިއުޅޭ ދިވެހިންނާ މިރޭ ކުރެއްވި ބައްދަލުކޮށްލެއްވުމުގައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ޚާރިޖ...
ޔުމްނާ ޢަލީ
ދިވެހިރާއްޖެ އާއި އަވަށްޓެރި އިންޑިއާ އާއި ގުޅުން ހަރުދަނާ ކުރުމަށް ފުޅާދާއިރާއެއްގައި މަޝްވަރާކޮށްފިކަމަށް ސަރުކާރުން ބުނެފިއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު އިންޑިއާއަށް މިއަދު ފެއްޓެވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ރައީސް މުޢިއްޒު ވަނީ އެ ޤައުމުގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ޑޮކްޓަރ ސުބްރަމާނިއަމް ޖައިޝަންކަރް އާއި މިއަދު ބައްދަލުކުރަށްވާފައެވެ. މި ބައްދަލުކުރެއްވުމާއިގުޅޭގޮތުން ރައީސް އޮފީހުން ބުނީ، މި ބައްދަލުކުރެއްވުމުގައ...
ޔުމްނާ ޢަލީ
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ފައިސާއިން އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ގަތްކަމަށް ތުހުމަތުކުރެވޭ ދެ އެޕާޓްމަންޓް ފުލުހުންނަށް ހަވާލުކުރުމަށް އިތުރު މުހުލަތު މިއަދު ދީފިއެވެ. އެ ތަން ފުލުހުންނާއި ހަވާލުކުރުމަށް މި މަހުގެ 31 އާއި ހަމައަށް އިތުރު މުއްދަތު ދިނުމަށް ބައްސާމުގެ ވަކީލުންގެ ފަރާތުން މިއަދު ވަނީ ފުލުހުގައި އެދިފައެވެ. ފުލުހުން މިރޭ ބުނާ ހާލަތަށް ރިއާޔަތްކުރުމަށްފަހު، އެކަމަށް އެދި ބައްސާމުގެ ފަރާތުން ފޮނުވި ސިޓީގައިވާ މުހުލަތު ދިނުމަށް […]
ޔުމްނާ ޢަލީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، އިންޑިއާގެ ނިއުދިއްލީއަށް ވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އިންޑިއާއަށް ވަޑައިގަތުމުން، ނިއުދިއްލީގެ ޕަލަމް އެއަރޕޯޓުން މަރުޙަބާ ދެންނެވީ އިންޑިއާގެ ޔޫނިއަން މިނިސްޓަރ އޮފް ސްޓޭޓް އެންވަޔަރަމަންޓް، ފޮރެސްޓް އެންޑް ކްލައިމެޓް ޗޭންޖު އެންޑް އެކްސްޓާނަލް އެފެއާޒް ކިރިތީ ވަރުދަން ސިންގް އާއި އިންޑިއާ ސަރުކާރުގެ އިސް ބައެއް ވެރިންނެވެ. ރައީސްގެ ދެކަނބަލުންގެ މި ދަތުރުފުޅަކީ އިންޑިއާގެ ރައީސ...
ޔުމްނާ ޢަލީ
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ފައިސާއިން އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ގަތްކަމަށް ތުހުމަތުކުރެވޭ ދެ އެޕާޓްމަންޓް ފުލުހުންނަށް ހަވާލުކުރުމަށް އިތުރު މުހުލަތު ދިނުމަށް އޭނާގެ ފަރާތުން ފުލުހުގައި އެދިއްޖެއެވެ. އެފްއެމްއޭމް ޚިޔާނާތުގެ މައްސަލާގައި ތުހުމަތުކުރެވޭ ބައްސާމްގެ މިލްކިއްޔާތުގައި ހިމެނޭ ހުޅުމާލޭ އަމިން އެވެނިއުގައި ހުންނަ ދެ ޕެންޓަހައުސް ފުލުހުންނާއި ހަވާލުކުރުމަށް 28 ސެޕްޓެމްބަރު 2024 ގައި ކޯޓުން ވަނީ އަމުރުކޮށްފައެވެ. އެހެންވެ އެ ދެތަނާއި ހ...
ޔުމްނާ ޢަލީ
ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ވަރަށް ބޮޑަށް މޫސުން ގޯސްވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން މިއަދު ބުނެފިއެވެ. މެޓުން މިއަދު ބުނީ މި ދުވަސްވަރު ރާއްޖެއަށް ކުރަމުން ދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށެވެ. ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެފައިވުމާއެކު އުތުރާއި މެދުރާއްޖޭގެ ސަރަހައްދުތަކަށް ޢާއްމުގޮތެއްގައި ގަޑިއަކު 15 މޭލާއި 25 މޭލު ބާރުމިނުގައި ވައިޖެހޭނެކަމަށް މެޓުން ވަނީ ބުނެފައެވެ. އަދި ދެކުނުގެ ރަށްތަކަށް...
ޔުމްނާ ޢަލީ
ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އިސްލާމީކަންތައްތަކާއި ބެހޭ ވުޒާރާ ގުޅިގެން ކުޅުދުއްފުށީގައި ކުރިއަށް ގެންދާ މިސްކިތު ގާރީ ކުލާހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 10 ވަނަ ދުވަހުގެ 14:00 އާއި ހިސާބަށް ހުޅުވާލާފައިވާއިރު، ފުރުސަތު ދިނުމަށް ހަމަޖެހިފައި ވަނީ ފޯމް ފުރިހަމަ ކުރުމަށް ފަހު އެންމެ ފުރަތަމަ ފޯމް ހުށަހަޅާ 30 ފަރާތަށެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި އުމުރުން 10 އަހަރުފުރި 18 އަހަރު ނުފުރޭ ކުއްޖަކަށް [...
އިބްރާހިމް ޚަލީލް
ރިސޯޓެއްގައި ޝެފަކު މަރާލި މައްސަލާގައި ދައުލަތުން ހުށަހެޅި މުހިންމު ހެކިންތައް ހޯދަން ކުރި މަސައްކަތުން އެ މީހުން ތިބި ތަނެއް ހޯދިފައި ނުވާތީ އެ މީހުންގެ ހެކިބަސް ނުނަގަން ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ. އެއްލައިދޫ ރިސޯޓްގައި 2019 ވަނަ އަހަރު ސްރީލަންކާގެ ޝެފަކަށް ވަޅިއަކުން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ އެ ގައުމުގެ ރައްޔިތެއް ކަމަށްވާ ޖަޔަލަތު ކޮޑިއާޗިގެ ޖަނަކަ ޕްރަސަންނަ ޕެރޭރާގެ މައްޗަށެވެ. އެ މައްސަލާގައި ދައުލަތުން ހުށަހެޅި މުހިންމު ހެކިވެރިންތަކެއް […]
ހުސައިން ހަބީބް
ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، އިންޑިއާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ. ރައީސްގެ ދެކަނބަލުންގެ މި ދަތުރުފުޅަކީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ އާއި ބޮޑު ވަޒީރު ނަރެންދްރަ މޯދީ، އަދި އެ ޤައުމުގެ އިސް ވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. އިންޑިއާ ސަރުކާރާއި ހަވާލާ...
ޔުމްނާ ޢަލީ
ގޫގުލްގެ މައި ކުންފުނި އަލްފަބެޓުން ސާރޗް ނަތީޖާތަކުގައި ވަކި ކުންފުނިތަކެއްގެ ނަންތަކާ އެކު ޗެކްމާރކްތަކެއް ދައްކަން ޓެސްޓްކުރަމުންދާ ކަމަށް ކުންފުނީގެ ފަރާތުން ހުކުރު ދުވަހު ހާމަކޮށްފިއެވެ. މި ފީޗަރ ތަޢާރަފުކުރުމުގެ މަޤްޞަދަކީ ބޭނުންކުރާ ފަރާތްތަކަށް ޞައްޙަ މަޢުލޫމާތު ފޯރުކޮށްދޭ ވެބްސައިޓްތައް ފަސޭހައިން ދެނެގަނެވޭނެ ގޮތް ހެދުމާއި، އޮޅުވާލުމުގެ ގޮތުން ހަދާފައިވާ ވެބްސައިޓްތަކުން ރައްކާތެރިވުމަށް މަގުފަހިކޮށްދިނުމެވެ. ގޫގުލްގެ ތަރުޖަމާނެއް ވިދާޅުވި ގޮތުގައި، އޮންލައިންކޮށް އިތުބާރުހުރި ވިޔަފާރި...
އަޙްމަދު ދާއޫދު