މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް (15:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,427 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 626 ވަނަ ޞަފްޙާ

ލެޕްޓޮޕްތަކަކާއި ފޯނުތަކެއް ވަގަށް ނެގި ދެ މީހަކު ހައްޔަރުކޮށްފި

ލެޕްޓޮޕްތަކަކާއި ފޯނުތަކެއް ވަގަށް ނެގި ދެ މީހަކު ހައްޔަރުކޮށްފި

މާލޭގެ ހެންވޭރު ގެއަކުން އިލެކްޓްރޯނިކްސް އެއްޗެހިތަކެއް ވަގަށްނެގި މައްސަލައެއްގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނިގޮތުގައި މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ހ. ސަމަރ ގްރީން، އިބްރާހިމް ޒަކަރިއްޔާ (33 އަހަރު) އާއި ސ. ހިތަދޫ / ކުރިބޯށިގެ، މުޙައްމަދު ޒަރީރު (36 އަހަރު) އެވެ. މި ދެ މީހުން އެ ގެއިން ވަގަށް ނަގާފައިވާ ކަމަށް ތުހުމަތު ކުރެވޭ އިލެކްޓްރޯނިކްސް ބައެއް ތަކެތި އެ މީހުންގެ އަތުން ފުލުހުން ވަނީ […]

ޔުމްނާ ޢަލީ
ހދ.އަތޮޅު ކައުންސިލުން އައިޑީކާޑް ޕްރިންޓް ކުރެވޭނެ އިންތިޒާމް ހަމަޖައްސައިފި

ހދ.އަތޮޅު ކައުންސިލުން އައިޑީކާޑް ޕްރިންޓް ކުރެވޭނެ އިންތިޒާމް ހަމަޖައްސައިފި

ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް ޕްރިންޓް ކުރެވޭނޭ އިންތިޒާމް ހަމަޖައްސައިފިއެވެ. މި ހިދުމަތް ހދ.އަތޮޅު ކައުންސިލުގައި ފަށާފައި މިވަނީ އައިޑީކާޑާއި ޕާސްޕޯޓުގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށް ސަރުކާރުން މިހާރު ފަށާފައިވާ މަޝްރޫއުގެ ތެރެއިންނެވެ. މިގޮތުން ހދ.އަތޮޅު ކައުންސިލުގެ އިތުރުން މި ހިދުމަތް މިހާރު ހުޅުމާލެ ފޭސް 01 އަދި 02 ގެ އިތުރުން ވިލިމާލޭގައި ވެސް ވަނީ ފަށާފައެވެ. އަދި ގއ. އަތޮޅާއި، ދ އަތޮޅާއި ލ އަތޮޅުގައި ވެސް ސަރުކާރުން […]

އިބްރާހިމް ޚަލީލް
މިއަހަރު ސްޓެލްކޯއަށް 120 މިލިޔަން ރުފިޔާގެ ފައިދާ ނެރެވޭނެ: ފަހުމީ

މިއަހަރު ސްޓެލްކޯއަށް 120 މިލިޔަން ރުފިޔާގެ ފައިދާ ނެރެވޭނެ: ފަހުމީ

2023 ވަނަ އަހަރު ގެއްލުމުގައި ނިންމާލަން ޖެހުނު ނަމަވެސް 2024 ވަނަ އަހަރު ނިމިގެންދާނީ ސްޓެލްކޯއަށް 120 މިލިޔަން ރުފިޔާގެ ފައިދާއަކާއި އެކުގައިކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ. އެމްޑީ ފަހުމީ މިހެން ވިދާޅުވީ، ސަރުކާރުގެ ފުރަތަމަ 52 ހަފްތާގެ ތެރެގައި އެ ކުންފުނިން ކުރި މުހިއްމު މަސައްކަތްތަކާއި ގުޅޭގޮތުން ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައެވެ. އެމްޑީ ފަހުމީ ވިދާޅުވީ، 2023ވަނަ އަހަރަކީ ސްޓެލްކޯއަށް ގެއްލުމުގައި ހިންގުނު އަހަރެ...

ޙުސައިން ޝަހުދީ
ސިލްސިލާ ވާހަކަ: ލޯބިވިޔަސް 15

ސިލްސިލާ ވާހަކަ: ލޯބިވިޔަސް 15

ކުރީގެ އަދަދާއި ގުޅޭ، ” މަންމާ! ” ނަދީމްގެ އަޑުން ދޮރާ ދިމާލަށް އެންމެންނަށް ބަލައިލެވުނީ އެއްފަހަރާއެވެ. އެ ވަގުތު އެންމެންގެ ނަޒަރު ހުއްޓުނީ ނަދީމްއާ ދާދި ގާތުގައި ހުރި ޒައިނާއާ ދިމާލަށެވެ. ނުތަނަވަސްކަމާއެކު ޒައިނާ ވެސް ފަހަރަކު މީހެއްގެ މޫނަށް ބަލަމުން ދިޔައެވެ. ނަދީމް އުއްމީދު ކުރި ގޮތާ ހިލާފަށް، މަންމައާއި ބައްޕަގެ މޫނުމަތިން ހިނިތުންވުން ނުފެނުމުން އޭނާ ހުރީ ކޮންމެވެސް ވަރަކަށް ޖެހިލުންވެފައެވެ. ހިންދިރުވާލަމުން ނަދީމް، ޒައިނާއަށް ބަލައިލިއެވެ. އަދި ގަދަކަމުން ހީލީ، ޒައިނާ […]

ސަލާމާ ޢަބްދުލް ޢަލީމް
އެމެޒޯން ކުންފުނީގެ ޓުވިޗް އަށް 2 މިލިއަން ލީރާގެ ޖޫރިމަނާއެއް

އެމެޒޯން ކުންފުނީގެ ޓުވިޗް އަށް 2 މިލިއަން ލީރާގެ ޖޫރިމަނާއެއް

ޑޭޓާ ހާމަވުމުގެ މައްސަލައެއްގައި ތުރުކީގެ ޕާސަނަލް ޑޭޓާ ޕްރޮޓެކްޝަން ބޯޑު (ކޭވީކޭކޭ) އިން އެމެޒޯން ކުންފުނީގެ ގޭމިންގ ޕްލެޓްފޯމް ޓުވިޗް އަށް 2 މިލިއަން ލީރާ (58،000 އެމެރިކާ ޑޮލަރު) ގެ ޖޫރިމަނާއެއް ކޮށްފިއެވެ. މި ޚަބަރު އަނަޑޯލު އެޖެންސީ އިން ހޮނިހިރު ދުވަހު ވަނީ ރިޕޯޓުކޮށްފައެވެ. 125 ގީގަބައިޓްގެ ޑޭޓާ ލީކުވުމާ ގުޅިގެން ކޭވީކޭކޭ އިން ތަޙުޤީޤެއް ފަށާފައިވެއެވެ. މި ތަޙުޤީޤުން ދައްކާގޮތުގައި ޓުވިޗް އިން މި މައްސަލަ ދިމާވުމުގެ ކުރިން އެކަށީގެންވާ ސެކިއުރިޓީ ފިޔަވަޅުތައް […]

އަޙްމަދު ދާއޫދު
ޖޯޖިއާގެ އިންތިޚާބުގައި ވެރިކަން ކުރާ ޕާޓީއަށް ބޮޑު ކާމިޔާބެއް

ޖޯޖިއާގެ އިންތިޚާބުގައި ވެރިކަން ކުރާ ޕާޓީއަށް ބޮޑު ކާމިޔާބެއް

ޖޯޖިއާގެ އާންމު އިންތިޚާބުގައި ވެރިކަން ކުރާ ޕާޓީ ބޮޑު ކާމިޔާބެއް ލިބިއްޖެއެވެ. ޖޯޖިއާގެ އިންތިޚާބީ ކޮމިޝަނުން އެ ޤައުމުގެ އާންމު އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާން ކޮށްފައިވާއިރު، މި ނަތީޖާއިން ދައްކާގޮތުގައި ވެރިކަން ކުރާ ޕާޓީ ކަމުގައިވާ ޖޯޖިއަން ޑްރީމް ޕާޓީއަށް 150 މެންބަރުންގެ ޕާލިމަންޓުގައި 89 ގޮނޑި ލިބިފައިވެއެވެ. މިއީ އޮކްޓޯބަރު 26 ވަނަ ދުވަހު ބޭއްވުނު އިންތިޚާބުގައި އެ ޕާޓީއަށް ލިބުނު 53.93 އިންސައްތަ ވޯޓުގެ ނަތީޖާއެވެ. ޖޯޖިއާގެ ވެރިރަށް ޓްބިލިސީގައި ބޭއްވުނު ނޫސްވެރިންގެ […]

އަޙްމަދު ދާއޫދު
ރާއްޖޭގެ ފުރަތަމަ ޑިވަލޮޕްމެންޓް ބޭންކް ހުޅުވައިފި

ރާއްޖޭގެ ފުރަތަމަ ޑިވަލޮޕްމެންޓް ބޭންކް ހުޅުވައިފި

ރާއްޖޭގެ ފުރަތަމަ ޑިވަލޮޕްމެންޓް ބޭންކް، ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް) ރޭ ހުޅުވައިފިއެވެ. ރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި އެ ބޭންކް ހުޅުއްވައި ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. މި ބޭންކް ހުޅުއްވައިދެއްވުމަށްފަހު ރައީސް ވަނީ މި ބޭންކު ބައްލަވާލައްވާފައެެވެ. ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ ކުންފުންޏެއްގެ ގޮތުގައި ރައީސް، ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑްގެ ނަމުގައި މި ބޭންކް އުފެއްދެވީ 16 މެއި 2024 ގައެވެ. ޑިވެލޮޕްމަނ...

ޔުމްނާ ޢަލީ
ހަތް ލަނޑުން މޮޅުވެ ޖަރުމަނު ކުއާޓާއަށް

ހަތް ލަނޑުން މޮޅުވެ ޖަރުމަނު ކުއާޓާއަށް

ޔުއެފާ ނޭޝަންސް ލީގުގެ ގްރޫޕް އޭގެ ގްރޫޕް ތިނެއްގައި ޖަރުމަނާއި ބޮސްނިއާ ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ކާމިޔާބުކޮށް ކުއާޓާ ފައިނަލުން ޖަރުމަނު ޖާގަ ހޯދައިފިއެވެ. ރޭ އަމިއްލަ ގައުމުގައި ޖަރުމަނުން ވަނީ 7-0 ގެ ތަފާތު ބޮޑު ނަތީޖާއިން ބޮސްނިއާ ބަލިކޮށްފައެވެ. މުޅި މެޗުގައި ވެސް ޖަރުމަނުގެ ފަރާތުން މޮޅު ކުޅުމެއް ފެނުނުއިރު، އެ ޓީމުން ފުރަތަމަ ލަނޑުޖެހީ ދެވަނަ މިނެޓުގައެވެ. މި ލަނޑު ޖަހައިދިނީ މުސިއާލާއެވެ. އެ ޓީމްގެ ދެވަނަ ލަނޑު 23 ވަނަ މިނެޓުގައި […]

އިބްރާހިމް ޚަލީލް
ދުނިޔޭގައި ހިމަބިހި ޖެހޭ މީހުންގެ އަދަދު 20 އިންސައްތަ އިތުރުވެއްޖެ

ދުނިޔޭގައި ހިމަބިހި ޖެހޭ މީހުންގެ އަދަދު 20 އިންސައްތަ އިތުރުވެއްޖެ

ދުނިޔޭގައި ހިމަބިހި (މީސެލްސް) ޖެހޭ މީހުންގެ އަދަދު 20 އިންސައްތަ އިތުރުވެއްޖެކަމަށް ފަހުގެ ދިރާސާއަކުން ދައްކައިފިއެވެ. ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ (ޑަބްލިއު.އެޗް.އޯ) އާއި އެމެރިކާގެ ސެންޓަރ ފޮރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ޝާއިޢުކޮށްފައިވާ އައު ދިރާސާއަކުން ދައްކާ ގޮތުގައި، މިދިޔަ އަހަރު ދުނިޔޭގައި ގާތްގަނޑަކަށް 10.3 މިލިއަން މީހުންނަށް މީސްލްސް ޖެހިފައިވެއެވެ. މިއީ 2022 ވަނަ އަހަރާ އަޅާބަލާއިރު 20 އިންސައްތައިގެ އިތުރުވުމެކެވެ. މި ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި،...

އަޙްމަދު ދާއޫދު
ހުޅުމާލެ ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް އަޕްގްރޭޑްކޮށް ހުޅުވައިފި

ހުޅުމާލެ ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް އަޕްގްރޭޑްކޮށް ހުޅުވައިފި

ހުޅުމާލެ ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް އަޕްގްރޭޑްކޮށް މިއަދު ހުޅުވައިދެއްވައިފިއެވެ. އެ ހޮސްޕިޓަލްގައި މިއަދު އޮތް ރަސްމިއްޔާތުގައި އައި ޚިދުމަތްތަކާއެކު މި ހޮސްޕިޓަލް ހުޅުއްވައިދެއްވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ. މިކަމަށް ބޭއްވުނު ރަސްމިއްޔާތުގައި ރައީސް ވަނީ ހުޅުމާލެ ހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓަރ ކޮމްޕްލެކްސް، އިންޓެންސިވް ކެއަރ ޔުނިޓް (އައި.ސީ.ޔޫ.)، ނިއޯނޭޓަލް އިންޓެންސިވް ކެއަރ ޔުނިޓް (އެން.އައި.ސީ.ޔޫ.) އަދި ސެންޓްރަލް ސްޓެރިލައިޒޭޝަން ޑިޕާޓްމަންޓް (ސީ.އެސް.ޑީ) ގެ ޚިދުމަތްތައް ވެސ...

ޔުމްނާ ޢަލީ
ޑްރޯން ބޭނުންކޮށްގެން ހިންގި އޮޕަރޭޝަނެއްގައި، ރާއްޖޭގެ އުތުރުން ބޯޓެއް އަތުލައިފި

ޑްރޯން ބޭނުންކޮށްގެން ހިންގި އޮޕަރޭޝަނެއްގައި، ރާއްޖޭގެ އުތުރުން ބޯޓެއް އަތުލައިފި

ޑްރޯން ބޭނުންކޮށްގެން ހިންގި އޮޕަރޭޝަނެއްގައި ބޯޓެއް އަތުލައިފި އެވެ. އެމްއެންޑީއެފް އިން ކުރި ޓުވީޓެއްގައި ވިދާޅުވީ، މި ބޯޓު އަތުލައިގަނެފައިވަނީ އެމްއެންޑީއެފް އެއަރ ކޯރގެ ޑްރޯން ބޭނުންކޮށްގެންނާއި އަދި އެމްއެންޑީއެފް ކޯސްޓްގާޑުން ގުޅިގެން ރާއްޖޭގެ އުތުރުގެ ސަރަހައްދު ބެލެހެއްޓުމަށް ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ކަމަށެވެ. “ޑްރޯނުން ވަނީ ބޭރު ޤައުމެއްގެ ބޯޓެއް، ޤާނޫނާ ޚިލާފަށް ރާއްޖޭގެ ސަރަޙައްދުގައި އުޅެނިކޮށް ލޮކޭޓްކޮށްފަ.” އެމްއެންޑީއެފްއިން ވިދާޅުވި އެވެ. ކޯސްޓްގާޑުން މި ބޯޓް އިންޓަރސެޕްޓް...

އަލީ އާދިލް
މީީޑިއާ ކޮމިޝަން ބިލް ބޭރުކުރަން ގޮވާލާ ޕެޓިޝަން

މީީޑިއާ ކޮމިޝަން ބިލް ބޭރުކުރަން ގޮވާލާ ޕެޓިޝަން

“މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން” ގެ ނަމުގައި އާ ކޮމިޝަނެއް އުފައްދަން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލް މަޖިލީހުން ބޭރުކުރަން ގޮވާލާ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފިއެވެ. މި ޕެޓިޝަންގައި ނޫސްވެރިން ސޮއިކުރުން ކުރިއަށްދަނީ އެމްޖޭއޭގެ އޮފީހުގަ އެވެ. މި ޕެޓިޝަނުގައި ބުނެފައިވާ ގޮތުން މި ބިލާ އެއްގޮތަށް މީޑިއާގެ ރެގިއުލޭޓަރީ ނިޒާމު އިންތިޒާމުވެގެން ދިއުމަކީ ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން އެތައް އަހަރެއް ފަހަތަށް...

އަލީ އާދިލް
ހދ.ރައީސްގެ މަގާމު ހުސްވެފައިވާކަން އީސީއަށް އަންގައިފި

ހދ.ރައީސްގެ މަގާމު ހުސްވެފައިވާކަން އީސީއަށް އަންގައިފި

ތިލަދުންމަތީ ދެކުނުބުރީ (ހދ) އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ސިރާޖް އެ މަގާމުން ވަކިކުރުމަށް ކައުންސިލުން ފާސްކޮށްފައިވާތީ، ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އެކަން އިލެކްޝަން ކޮމިޝަން (އީސީ) އަށް އަންގައިފިއެވެ. 22 އޯގަސްޓް 2024 ގައި ބޭއްވި އަތޮޅު ކައުންސިލްގެ ބައްދަލުވުމުގައި ރައީސްކަމުން ސިރާޖު ވަކިކުރަން ހުށަހެޅުއްވީ ހިރިމަރަދޫ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދެވެ. ރައީސް ވިދިވިދިގެން ހަތް ޖަލްސާއަށް ހާޒިރުވެފައިނުވާތީ އޭނާ މަގާމުން ވަކިވެއްޖެކަމަށް ކ...

ޔުމްނާ ޢަލީ
ނޮޅިވަރަމް ޓާފު ދަނޑު ރަސްމީކޮށް ހުޅުވައި ކައުންސިލްކަޕް ފަށައިފި

ނޮޅިވަރަމް ޓާފު ދަނޑު ރަސްމީކޮށް ހުޅުވައި ކައުންސިލްކަޕް ފަށައިފި

ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމްގައި ޓާފް އަޅައިގެން ތަރައްގީކުރި ބޮޑު ފުޓްބޯޅަ ދަނޑު ރަސްމީކޮށް ހުޅުވައި “ނޮޅިވަރަމް ކައުންސިލް ކަޕް 2024” ފުޓްބޯޅަ މުބާރާތް ފަށައިފިއެވެ. އިއްޔެ ހަވީރު މި މުބާރާތް ފެށުމުގެ ރަސްމިއްޔާތާއި ރަސްމީކޮށް އެ ދަނޑު ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާފައިވާއިރު، އެ ރަށަށް ވަޑައިގެން ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާފައި ވަނީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އެވެ. ނޮޅިވަރަމްގައި އެ ދަނޑު ހެދުމުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ 2019 ވަނަ އަހަރުއެވެ. އެ މަސައްކަތް […]

އިބްރާހިމް ޚަލީލް
އާޖެންޓީނާއާއި އަރާ ހަމަކުރަން ލިބުނު ފުރުސަތު ކޮލަމްބިއާއިން ނަގާލައިފި

އާޖެންޓީނާއާއި އަރާ ހަމަކުރަން ލިބުނު ފުރުސަތު ކޮލަމްބިއާއިން ނަގާލައިފި

ދެކުނު އެމެރިކާ ބައްރުގެ ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ކޮލަމްބިއާއާއި އުރުގުއޭ ބައްދަލުކުރި މެޗު ކާމިޔާބު ކޮށްގެން ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތް އާޖެންޓީނާއާއި ޕޮއިންޓްގެ ގޮތުން އަރާ ހަމަކުރަން ލިބުނު ފުރުސަތު ކޮލަމްބިއާއިން ނަގާލައިފިއެވެ. އުރުގުއޭގައި ރޭ ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ 3-2 ގެ ނަތީޖާއިންނެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ކޮލަމްބިއާއިންނެވެ. މި ލަނޑު 31 ވަނަ މިނެޓުގައި ޖަހައިދިނީ ކުއިންޓެރޯއެވެ. ފުރަތަމަ ހާފު […]

އިބްރާހިމް ޚަލީލް
އޭދަފުށީގައި 1،000 ހައުސިންގް ޔުނިޓް ޢިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އޭދަފުށީގައި 1،000 ހައުސިންގް ޔުނިޓް ޢިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ބ. އޭދަފުށީގައި 1،000 ހައުސިންގް ޔުނިޓް ޢިމާރާތްކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މިކަމަށް ބޭއްވި ރަސްމިއްޔާތު މިއަދު ރައީސް އޮފީހުގައި ބާއްވާފައިވާއިރު، މި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެސް ބައިވެރިވެވަޑައިގަތެވެ. ދިވެހި ސަރުކާރުން މި މަސައްކަތް ހަވާލުކޮށްފައި ވަނީ ޗައިނާގެ ކުންފުންޏެއްކަމަށްވާ  ޗައިނާގެ ސިނޯހައިޑްރޯ އެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޢިމާރާތްކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ އަބްދުﷲ މުއްޠަލިބެވެ. މި ރަސްމިއްޔާތުގައި...

ޔުމްނާ ޢަލީ
ވަޤްފު މަޝްރޫޢުގެ ދަށުން ނެއްލައިދޫގައި 10 އައުޓްލެޓްގެ ޢިމާރާތެއް

ވަޤްފު މަޝްރޫޢުގެ ދަށުން ނެއްލައިދޫގައި 10 އައުޓްލެޓްގެ ޢިމާރާތެއް

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ވަޤްފު މަޝްރޫޢުގެ ދަށުން ހދ. ނެއްލައިދޫގައި 10 އައުޓްލެޓްގެ ޢިމާރާތެއް އެޅުމަށް، ވަޤްފު މަޝްރޫޢުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މިއަދު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތުގައި، މި އެއްބަސްވުމުގައި އެ ވުޒާރާގެ ފަރާތުން ސޮއި ކުރެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ. އަދި ނެއްލައިދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް މުޙައްމަދު އަލީފްއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނީ...

ޔުމްނާ ޢަލީ
ރޮނާލްޑޯގެ ލަނޑުތަކުން މޮޅުވެ ޕޯޗުގަލް ކުއާޓާއަށް

ރޮނާލްޑޯގެ ލަނޑުތަކުން މޮޅުވެ ޕޯޗުގަލް ކުއާޓާއަށް

ޔުއެފާ ނޭޝަންސް ލީގުގެ ގްރޫޕް އެކެއްގައި ރޭ ޕޯޗުގަލްއާއި ޕޮލެންޑް ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ޕޯޗުގަލް އިން ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ. މި މެޗުގައި ފެނިގެންދިޔަ ހުރިހާ ލަނޑެއް ވެސް ޖަހާފައި ވަނީ ދެވަނަ ހާފުގައެވެ. ފުރަތަމަ ލަނޑު 59 ވަނަ މިނެޓުގައި ނޫނޯ މެންޑޭޒް ތަނަވަސް ކޮށްދިން ފުރުސަތެއްގައި ރަފޭލް ލިއާއޯ ޖަހައިދިންއިރު ދެވަނަ ލަނޑު 72 ވަނަ މިނެޓުގައި ޖަހައިދިނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މިއީ ޕެނަލްޓީއަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ. […]

އިބްރާހިމް ޚަލީލް