މުލިއާގޭ ވެހިކަލް ގަރާޖު ޒުވާނުންގެ މަރުކަޒަކަށް ބަދަލުކުރަން ރައީސް ނިންމަވައިފި
ރިޔާސީ ގަނޑުވަރު، މުލިއާގޭ ވެހިކަލް ގަރާޖުގެ ގޮތުގައި ބޭނުން ކުރަމުން އަންނަ އިމާރާތާއި ގޯތި ”ޒުވާނުންގެ ތާޑް ސްޕޭސް” އެއް ނުވަތަ ޒުވާނުންގެ މަރުކަޒެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ. ލިލީމަގުގައި ހުންނަ، މުލިޔާގެ މި ގަރާޖު “ޒުވާނުންގެ ތަރޑް ސްޕޭސް” ނުވަތަ ޒުވާނުން ބާރުވެރިކުރުވައި، ހުނަރުވެރިކުރުވައި، މުޖުތަމަޢުގެއެކި ފަރާތްތަކާއެކު އިޖުތިމާޢީ ގުޅުން ބަދަހިކުރުމަށް ޒުވާނުންގެ މަރުކަޒެއްގެ ގޮތުގައި ތަރައްޤީކުރެއްވުމަށް ރައީސް ނިންމެވީ، އާދީއްތަ ދުވަ...