މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް (15:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,427 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 619 ވަނަ ޞަފްޙާ

56 ބިލިއަން ރުފިޔާގެ އަންނަ އަހަރުގެ ބަޖެޓު ފާސްކޮށްފި

56 ބިލިއަން ރުފިޔާގެ އަންނަ އަހަރުގެ ބަޖެޓު ފާސްކޮށްފި

2025 ވަނަ އަހަރަށް ލަފާކޮށް، ސަރުކާރުން ފޮނުވާފައިވާ ދައުލަތުގެ ބަޖެޓް މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. މިއަދުގެ މަޖިލިސް ޖަލްސާގައި ވަނީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ދިރާސާ ކުރި ކޮމެޓީގެ ރިޕޯޓަށް ވޯޓަށް އަހާފައެވެ. ބަޖެޓް މަޖިލީހުން ފާސްކުރުމަށް ނެގި ވޯޓުގައި 70 މެންބަރަކު ވަނީ ބަޖެޓް ފާސް ކުރުމަށް ވޯޓު ދެއްވާފައެވެ. އަންނަ އަހަރާށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ، 56.6 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ. މީގެ ތެރެއިން، ޚަރަދުގެ ގޮތުގައި ހިނގާނީ 49.2 […]

ޔުމްނާ ޢަލީ
ދަރުމަވަންތަ ހޮސްޕިޓަލާއި ދިމާ މޫދުން އަނިޔާތަކަކާއެކު އޮތް މީހަކު ފެނިއްޖެ

ދަރުމަވަންތަ ހޮސްޕިޓަލާއި ދިމާ މޫދުން އަނިޔާތަކަކާއެކު އޮތް މީހަކު ފެނިއްޖެ

ދަރުމަވަންތަ ހޮސްޕިޓަލާއި ދިމާ މޫދުން އަނިޔާތަކަކާއެކު އޮތް މީހަކު ފެނިއްޖެއެވެ. ފުލުހުން ބުނީ ދަރުމަވަންތަ ހޮސްޕިޓަލާއި ދިމާ ތޮށީގެ ބޭރު މޫދުގައި އަނިޔާވެފައި އޮތް މީހަކު ފެނިފައިވާ ކަމަށެވެ. އެމީހާ މިހާރު ވަނީ ފަރުވާއަށް އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައެވެ. ސީނުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ. ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުނީ އަނިޔާވެފައި ވަނީ އެމީހާގެ ބޮލަށެވެ. އެމީހާގެ ބޮލަށް އަނިޔާ ވެފައި ވަނީ އުޅަނދެއްގައި ޖެހިގެންކަމަށް ބެލެވޭކަމަށް ވެ...

ޔުމްނާ ޢަލީ
ސްޓެލްކޯއިން ހިންމަފުށީގައި އަލަށް ގާއިމުކުރި ވޯލްޓޭޖް ޑިސްޓްރިބިއުޝަން ވިއުގަ ކަމިޝަންކޮށް ނިންމާލައިފި

ސްޓެލްކޯއިން ހިންމަފުށީގައި އަލަށް ގާއިމުކުރި ވޯލްޓޭޖް ޑިސްޓްރިބިއުޝަން ވިއުގަ ކަމިޝަންކޮށް ނިންމާލައިފި

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ކ.ހިންމަފުށީގައި އަލަށް ގާއިމުކުރި ވޯލްޓޭޖް ޑިސްޓްރިބިއުޝަން ވިއުގަ އެނަޖައިޒްކޮށް، ކަމިޝަންކޮށް ނިންމާލައިފިއެވެ. ސްޓެލްކޯ އިން ބުނީ އެ ކުންފުނީގެ ފަރާތުން ހިންމަފުށީގައި އަލަށް ޤާއިމު ކުރި މީޑިއަމް ވޯލްޓޭޖް ޑިސްޓްރިބިއުޝަން ވިއުގަ މިހާރު ވަނީ އެނަޖައިޒްކޮށް ކަމިޝަން ކުރެވިފައިކަމަށެވެ. މި އައު ވިއުގައާއިއެކު ހިންމަފުށީގެ ވޯލްޓޭޖް ޑްރޮޕްގެ މައްސަލަ ހައްލުވެ، އަލަށް އާބާދުވަމުންދާ ސަރަޙައްދަށް ޑިސްޓްރިބިއުޝަން ނެޓްވޯކު ފުޅާކުރެވިގެން ގޮސްފައި...

ޔުމްނާ ޢަލީ
ފިރިމީހާ ނަމާދެއް ނުކުރޭ، އަނބިދަރީންގެ ޙައްޤުތައް އަދާނުކުރާނަމަ ވަރިއަށް އެދެވޭނެތޯ؟

ފިރިމީހާ ނަމާދެއް ނުކުރޭ، އަނބިދަރީންގެ ޙައްޤުތައް އަދާނުކުރާނަމަ ވަރިއަށް އެދެވޭނެތޯ؟

ސުވާލު: އަޅުގަނޑުގެ ފިރިމީހާ އެކިގޮތްގޮތަށް ނަސޭހަތްދީގެން ވެސް ދީނީ ކަންތަކާ ވަރަށް ދުރު، ނަމާދަކަށް ނާރާ. އަނބިދަރީންގެ ކަން ތަކަށް ވަރަށް ފަރުވާ ކުޑަ ގިނަވަގުތު ހޭދަ ކުރަނީ ރައްޓެހިންނާ އެކީގައި، މިފަދަ ހާލަތުގައި އަނބިމީހާ އަށް ވަރިއަށް އެދެވިދާނެތޯ؟ الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن تبعهم باحسان إلى يوم الدين، أما بعد: ޚުލާޞާ ޖަވާބު: ސުވާލުގައި ޒިކުރުކުރެވިފައިވާ ޙާލަތަކީ، އަނބިމީހާ ވަރިއަށް އެދުން […]

ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު
“ބުސްތާން" ޑރ އާދަމް ޝަމީމް އާއެކު ނޮޅިވަރަމުގައި ޙާއްސަ ހަރަކާތްތަކެއް!

“ބުސްތާން" ޑރ އާދަމް ޝަމީމް އާއެކު ނޮޅިވަރަމުގައި ޙާއްސަ ހަރަކާތްތަކެއް!

ހދ. ނޮޅިވަރަމުގައި ދީނީ އިޖުތިމާއީ ހަރަކާތްތައް ހިންގާ ޖަމިއްޔަތުއްރިސާލާ އާއި ނޮޅިވަރަމް ކައުންސިލާ ގުޅިގެން އިންތިޒާމުކުރާ “ބުސްތާން” އިވެންޓް މި ހަފްތާބަންދުގައި ބޭއްވުމަށް ހަމަޖެހިއްޖެ އެވެ. މި އިވެންޓްގައި ޑރ. އާދަމް ޝަމީމް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ޖަމިއްޔާއިން އިއުލާނުކޮށްފައިވެއެވެ. އިވެންޓްގެ ފުރަތަމަ ދުވަސް ކަމުގައިވާ ހުކުރު ދުވަހުގެ ހެނދުނު ޝައިޚާއެކު ނާސްތާ ބޭއްވުމަށްފަހު، ކުޑަކުދިންނަށް އަމާޒުކޮށްގެން ޑިސިޕްލިން އާއި ކުޅިވަރު ކުޅުމުގައި ގެންގުޅެންޖެހޭ އިސްލާމީ އުސޫލުތައް އު...

އިބްރާހިމް އަސްވާޤް
ސްޓެލްކޯއިން ރަކީދޫގައި ހިންގި އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫއު ކާމިޔާބު!

ސްޓެލްކޯއިން ރަކީދޫގައި ހިންގި އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫއު ކާމިޔާބު!

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ރަކީދޫގައި ހިންގި އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫއު ކާމިޔާބުކަމަށާއި އިޔާދަކުރަނިވި ހަކަތައިއިން ކަރަންޓު ދިނުމުގެ މަސައްކަތް ކުރި އަރާފައިވާ ކަމަށް އެކުންފުނިން ބުނެފި އެވެ. ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިހާރު ރަކީދޫއަށް ކަރަންޓުގެ ހިދުމަތް މިހާރު ފޯރުކޮށްދެނީ ހައިބްރިޑް ޕީވީ-ބެސް-ޑީޖީ ސިސްޓަމް ބޭނުންކޮށްގެން ކަމަށެވެ. ފަހުމީ ވިދާޅުވީ މިހާރު އެރަށަށް ކަރަންޓު ދިނުމަށްޓަކައި...

އިބްރާހިމް އަސްވާޤް
ދުނިޔޭގައި އޮންނަނީ 7 ބައްރެއް ނޫން، 6 ބައްރު: ދިރާސާ

ދުނިޔޭގައި އޮންނަނީ 7 ބައްރެއް ނޫން، 6 ބައްރު: ދިރާސާ

ދުނިޔޭގައި އޮންނަނީ 7 ބައްރު ނޫން ކަމަށާއި، އޮންނަނީ ހަމައެކަނި 6 ބައްރު ކަމަށް އާ ދިރާސާއަކުން ދައްކައިފިއެވެ. މިއީ މިހާތަނަށް ގަބޫލުކުރެވިފައިވާ ގޮތާ މުޅިން ޚިލާފު ހޯދުމެކެވެ. “ގޮންޑްވާނާ ރިސަރޗް” ޖާނަލްގައި މިއަހަރު ޝާއިޢުކޮށްފައިވާ މި ދިރާސާގައި ބުނެފައިވަނީ، ޔޫރަޕާއި އުތުރު އެމެރިކާ އަދިވެސް ވަކިވެފައި ނުވާ ކަމަށެވެ. އަދި މި ދެ ބައްރަކީ އެއް ބައްރެއްގެ ގޮތުގައި ބެލިދާނެ ކަމަށެވެ. މި ދިރާސާގެ މައިގަނޑު ލިޔުންތެރިޔާ، ޔުނިވަރސިޓީ އޮފް ޑާބީގެ ޑރ. ޖޯޑަން ފެތިއަން […]

އަޙްމަދު ދާއޫދު
ބޭރު ފައިސާއާބެހޭ ބިލެއް އެކުލަވާލައި ޚިޔާލަށް ހުޅުވާލައިފި

ބޭރު ފައިސާއާބެހޭ ބިލެއް އެކުލަވާލައި ޚިޔާލަށް ހުޅުވާލައިފި

މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭރު ފައިސާއާބެހޭ ބިލެއް އެކުލަވާލައި، އެ ބިލުގެ ޑްރާފްޓަށް އާންމުންގެ ޚިޔާލަށް ހުޅުވާލައިފިއެވެ. މި ބިލަކީ ދިވެހިރާއްޖޭގައި ބޭރު ފައިސާއިން މުއާމަލާތްތައް ކަނޑައެޅުމާއި، ދިވެހިރާއްޖޭގައި ބޭރު ފައިސާ ގެންގުޅުމާއި، ގަނެވިއްކުން ހުއްދަކުރުމާއި، ދިވެހިރާއްޖެއަށް ބޭރުފައިސާ އެތެރެކުރުމާއި، ރާއްޖެއިން ބޭރު ފައިސާ ބޭރުކުރުމާއި، ޤާނޫނުގެ ދަށުން ރާއްޖޭގައި ފޮރިން އެކްސްޗޭންޖް ރޭޓް ކަނޑައެޅުމާއި، ބޭރު ފައިސާ ދިވެހިރާއްޖޭގައި ޖަމާކުރުމާއި އަދ...

ޔުމްނާ ޢަލީ
ދުނިޔޭގެ އެންމެ ދުވަސްވީ ފިރިހެން މީހާ 112 އަހަރުގައި މަރުވެއްޖެ

ދުނިޔޭގެ އެންމެ ދުވަސްވީ ފިރިހެން މީހާ 112 އަހަރުގައި މަރުވެއްޖެ

ދުނިޔޭގެ އެންމެ ދުވަސްވީ ފިރިހެން މީހާ 112 އަހަރުގައި މަރުވެއްޖެއެވެ. ދުނިޔޭގެ އެންމެ ދުވަސްވީ ފިރިހެނާގެ ރެކޯޑް ގާތްގަނޑަކަށް 9 މަސްދުވަހު އޮތް ޖޯން އަލްފްރެޑް ޓިނިސްވުޑް، މަރުވީ އިނގިރޭސިވިލާތުގައެވެ. އޭނާގެ އާއިލާއިން ބުނާ ގޮތުގައި، ޓިނިސްވުޑް މަރުވެފައިވަނީ ހޯމަ ދުވަހު، އޭނާ އުފަންވި ލިވަޕޫލް ކައިރީގައި ހުންނަ އިނގިރޭސިވިލާތުގެ އުތުރު-ހުޅަނގު ސަރަހައްދެއްގައެވެ. ޓިނިސްވުޑް އުފަންވެފައިވަނީ 26 އޯގަސްޓް 1912 ގައެވެ. ޓިނިސްވުޑް ބުނެފައިވަނީ އޭނާގެ ދިގު އުމުރަކީ “ހަމައެކަނި ހެޔޮ ނަސީބެއް” ކަމަށެ...

އަޙްމަދު ދާއޫދު
އީސީ އާއި އޭސީސީގެ ރައީސާއި ނައިބު އައްޔަނުކުރުމުގެ ބާރު ރައީސަށް ދިން ބިލުތައް ތަޞްދީޤުކުރައްވައިފި

އީސީ އާއި އޭސީސީގެ ރައީސާއި ނައިބު އައްޔަނުކުރުމުގެ ބާރު ރައީސަށް ދިން ބިލުތައް ތަޞްދީޤުކުރައްވައިފި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސާއި ނައިބު ރައީސް އައްޔަން ކުރުމުގެ ބާރު ރައީސްއަށް ދޭގޮތަށް އެ ދެކޮމިޝަންގެ ގާނޫނަށް ގެނައި އިސްލާހުތައް ހިމެނޭ ބިލުތައް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ތަޞްދީޤުކުރައްވައިފިއެވެ. އޭސީސީގެ ރައީސާއި ނައިބު ރައީސް އައްޔަނު ކުރުމުގެ ބާރު ދިނުމަށް ހިމަނާފައިވާ އެންޓި ކޮރަޕްޝަންގެ ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލު، ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ ފެލިދޫ ދާއިރާގެ މެންބަރު އާދަމް ޒާހިރުއެވެ. […]

ޔުމްނާ ޢަލީ
ޔުކްރެއިންގެ ހަމަލާއެއްގައި އުތުރު ކޮރެއާގެ އިސް ކޮމާންޑަރަކު ޒަޚަމް ކޮށްލައިފި

ޔުކްރެއިންގެ ހަމަލާއެއްގައި އުތުރު ކޮރެއާގެ އިސް ކޮމާންޑަރަކު ޒަޚަމް ކޮށްލައިފި

ޔުކްރެއިންގެ ހަމަލާއެއްގައި، ރަޝިއާގައި ހަރަކާތްތެރިވަމުންދާ އުތުރު ކޮރެއާގެ ސިފައިންގެ އިސްކޮމާންޑަރަކު ޒަޚަމް ކޮށްލައިފިއެވެ. މިއީ ރަޝިޔާއާ ގުޅިގެން ކޮރެއާގެ ސިފައިން ޔުކްރެއިންގެ ހަނގުރާމައިގައި ބައިވެރިވާން ފެށުމަށްފަހު، ކޮރެއާގެ ސިފައިންގެ މީހަކަށް އަނިޔާ ލިބުނު ފުރަތަމަ ފަހަރެވެ. މިކަން ހިނގާފައިވަނީ ރަޝިޔާގެ ކުރުސްކް ސަރަހައްދަށް ޔުކްރެއިން ދިން ހަމަލާއެއްގައެވެ. ހުޅަނގުގެ މަޞްދަރުތަކުން ބުނާ ގޮތުގައި، މި އޮފިސަރަށް އަނިޔާވެފައިވާ މިންވަރާއި އަނިޔާ ވީ ކިހިނެއްކަން އަދި ސާފެއް ނުވެއެވެ. “ދ...

އަޙްމަދު ދާއޫދު
''ފްލެޓް ލިބޭނީ އެންމެ ހައްގުވެރި ފަރާތްތަކަށް، ނުފޫޒެއް ނުފޯރުވޭނެ''

''ފްލެޓް ލިބޭނީ އެންމެ ހައްގުވެރި ފަރާތްތަކަށް، ނުފޫޒެއް ނުފޯރުވޭނެ''

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ 4،000 ފްލެޓްގެ ރީ-އިވެލުއޭޝަންގެ މަސައްކަތަށް އެއްވެސް ފަރާތަކުން ނުފޫޒެއް ނުފޯރުވޭނެކަމުގެ ޔަގީންކަން ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ދީފިއެވެ. އެ ވުޒާއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ގެދޮރުވެރިޔާ ސްކީމާއި ގުޅިގެން އާންމުންގެ ހިތްތަކުގައި ނުބައި ތަސައްވުރު އުފެދޭ ގޮތަށް ބައެއް ފަރާތްތަކުން މީސްމީޑިއާގައި ހަގީގަތެއްނެތް ވާހަކަތަކެއް ފަތުރަމުންދާ ކަމަށެވެ. އެ ސްކީމުގެ ދަށުން ފުލެޓް ދިނުމުގައި ކުރިއަށްދާ ރީ-އިވެލުއޭޝަންގެ މަސައ...

ޔުމްނާ ޢަލީ
ކުޅިވަރު ކުރިއަރުވަން ހއ.އަތޮޅުގެ ކައުންސިލް ތަކުން ކުރާ މަސައްކަތަށް ޝުޖާއުގެ ޝުކުރު

ކުޅިވަރު ކުރިއަރުވަން ހއ.އަތޮޅުގެ ކައުންސިލް ތަކުން ކުރާ މަސައްކަތަށް ޝުޖާއުގެ ޝުކުރު

ކައުންސިލްތަކަށް ލިބޭ މަދު އާމްދަނީން ވެސް ހއ.އަތޮޅުގައި ކުޅިވަރު ކުރިއަރުވަން އެ އަތޮޅުގެ ކައުންސިލް ތަކުން ކުރާ މަސައްކަތް ފާހަގަކޮށް ބާރަށު ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ. ޕީއެންސީގެ ނައިބު ރައީސްކަން ވެސް ކުރަށްވަމުން ގެންދަވާ ޝުޖާއު މިހެން ވިދާޅުވީ، ސަރުކާރުގެ ފަރާތުން، ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު (ލަތީބެ) މަޖިލީހަށް ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނުށް އިޞްލާޙު ގެނައުމުގެ ބިލަށް ބަހުސް ކުރަށްވަމުންނެވެ. މި ބިލުގެ ބަހުސް...

ޔުމްނާ ޢަލީ
ހަނިމާދޫ އެއާޕޯޓްގައި ސީޕްލޭން ޓާމިނަލެއް ތަރައްގީކުރަނީ

ހަނިމާދޫ އެއާޕޯޓްގައި ސީޕްލޭން ޓާމިނަލެއް ތަރައްގީކުރަނީ

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ ހަގީގީ ފައިދާ ލިބިގެންދާނީ އެ ސަރަހައްދުގައި ހުރި ފަތުރުވެރިކަމުގެ ހިދުމަތްދޭތަންތަނަށް ފަސޭހައިން އެ އެއާޕޯޓުން ދަތުރުކުރެވޭނޭ އިންތިޒާމް ހަމަޖެއްސިގެން ކަމަށްވާތީ، އެ އެއާޕޯޓުގައި ސީޕްލޭން ޓާމިނަލެއް ތަރައްގީކޮށް، ސީޕްލޭންގެ ހިދުމަތް ފަށަން ނިންމާފައިވާ ކަމުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލިހުގެ ސްޓޭޓް އޯންޑް އެންޓަޕްރައ...

އިބްރާހިމް ޚަލީލް
468 ކިލޯ ޑްރަގް މައްސަލާގައި ހިމެނޭ ބިދޭސީން 30 ދުވަހަށް ބަންދު

468 ކިލޯ ޑްރަގް މައްސަލާގައި ހިމެނޭ ބިދޭސީން 30 ދުވަހަށް ބަންދު

ރާއްޖޭގެ ސަރަޙައްދުގައި ގަވާއިދާ ޚިލާފަށް ހަރަކާތްތެރިވަނިކޮށް އަތުލައިގަތް ސްރީލަންކާގެ މަސްބޯޓަކުން މަސްތުވާތަކެތި ފެނުނު މައްސަލައާ ގުޅިގެން ހައްޔަރުކުރި 5 މީހުން ކަސްޓޯޑިއަލް ޖަލެއްގައި 30 ދުވަހަށް ބަންދުކުރުމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން އިއްޔެ އަމުރު ކޮށްފިއެވެ. މި މައްސަލައިގައި ހައްޔަރުކުރެވުނު ސްރީލަންކާގެ ފަސް މީހުންގެ ކަސްޓޯޑިއަލް ޖަލެއްގައި 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަން ހާމަކޮށް ފުލުހުން ވަނީ އެ ފަސް މީހުންގެ ވަނަވަރު ވެސް މިއަދު ހާމަކޮށްފައެވެ. މި ފަސް މީހުނ...

ޔުމްނާ ޢަލީ
ތަދުކަނޑުވަން ބޭނުންކުރާ ދެ ބޭހަކުން ނުރައްކާތެރި ކެމިކަލެއް ފެނިގެން ރާއްޖޭގައި މަނާކޮށްފި

ތަދުކަނޑުވަން ބޭނުންކުރާ ދެ ބޭހަކުން ނުރައްކާތެރި ކެމިކަލެއް ފެނިގެން ރާއްޖޭގައި މަނާކޮށްފި

ތަދުކަނޑުވަން ބޭނުންކުރާ ދެ ބޭހަކުން ނުރައްކާތެރި ކެމިކަލެއް ފެނިގެން އެ ބޭހުގެ އެއްވެސް ބެޗެއް އެތެރެކޮށް، ވިއްކައި ބޭނުންކުރުން ރާއްޖޭގައި މިއަދު މަނާކޮށްފިއެވެ. މިކަން އަންގައި މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން ނެރުނު ސަމާލުގެ މެސެޖުގައި ބުނެފައި ރާއްޖެ އެތެރެކޮށް ބޭނުންކުރަމުންގެންދާ ބޭސްތަކަކީ ފެންވަރު ރަނގަޅުކަން ކަށަވަރު ކުރުމަށް އެ އޮތޯރިޓީން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ. މިގޮތުން މާކެޓުން ބޭހުގެ ސާމްޕަލް ނަގައި މެދުކެނޑުމެންނެތި ޓެސްޓް ކުރަމުން...

ޔުމްނާ ޢަލީ
މަސްތުވާތަކެތީ ގާނޫނަށް ހުށަހަޅާ އިސްލާޙްތަކާއި ގޭންގް ކުށްތަކުގެ ބިލު މަޖިލީހަށް ފޮނުވަނީ

މަސްތުވާތަކެތީ ގާނޫނަށް ހުށަހަޅާ އިސްލާޙްތަކާއި ގޭންގް ކުށްތަކުގެ ބިލު މަޖިލީހަށް ފޮނުވަނީ

މަސްތުވާތަކެތީ ގާނޫނަށް ސަރުކާރުން ހުށަހަޅާ އިސްލާޙްތަކާއި ގޭންގް ކުށްތަކުގެ ބިލު މަޖިލީހަށް ފޮނުވަން ތައްޔާރުވެފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަސްތުވާތަކެތީގެ ވަބާއިން ދިވެހި ޤައުމު ސަލާމަތްކުރުމަށް ދައުލަތުގެ އިދާރާތަކުން ކުރަމުން އަންނަ މަސައްކަތަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ މިހާރު އަމަލުކުރަމުންދާ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގައި ހުރި ބައެއް އުނިކަންކަން ކަމަށެވެ. އެހެންކަމުން، މަސްތުވާތަކެތީގެ މަ...

ޔުމްނާ ޢަލީ
ކުޅިވަރުގެ ދާއިރާގެ ތަފާތުކުރުން ނައްތާލުމަށް ހިމަނައި ކުޅިވަރު ގާނޫނަށް އިސްލާހް ހުށަހަޅައިފި

ކުޅިވަރުގެ ދާއިރާގެ ތަފާތުކުރުން ނައްތާލުމަށް ހިމަނައި ކުޅިވަރު ގާނޫނަށް އިސްލާހް ހުށަހަޅައިފި

ކުޅިވަރުގެ ދާއިރާގައި ތަފާތުކުރުން ނައްތާލައި އަންހެނުންނާއި ފިރިހެނުންގެ މެދުގައި ފަރަގު ކުޑަކުރުން ހިމަނައި ވެހިރާއްޖޭގެ ކުޅިވަރު ޤާނޫނުށް އިޞްލާޙު ގެނައުމުގެ ބިލެއް މިއަދު މަޖިލީހަށް ހުށަހަޅައިފިއެވެ. ސަރުކާރުގެ ފަރާތުން މި ބިލު ހުށަހަޅުއްވާފައި ވަނީ ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު (ލަތީބެ) އެވެ. މި ބިލުގައި ދިވެހިރާއްޖޭގެ ކުޅިވަރާބެހޭ ޤާއުމީ މަޖިލީހާއި، މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް ގާއިމުކޮށް ރެގިއުލޭޓްކޮށް، ޤައުމީ ކުޅިވަރު އެސޯސިއޭޝަންތަކާއި ފެޑެރޭޝަން...

ޔުމްނާ ޢަލީ