ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ 4،000 ފްލެޓްގެ ރީ-އިވެލުއޭޝަންގެ މަސައްކަތަށް އެއްވެސް ފަރާތަކުން ނުފޫޒެއް ނުފޯރުވޭނެކަމުގެ ޔަގީންކަން ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ދީފިއެވެ.

އެ ވުޒާއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ގެދޮރުވެރިޔާ ސްކީމާއި ގުޅިގެން އާންމުންގެ ހިތްތަކުގައި ނުބައި ތަސައްވުރު އުފެދޭ ގޮތަށް ބައެއް ފަރާތްތަކުން މީސްމީޑިއާގައި ހަގީގަތެއްނެތް ވާހަކަތަކެއް ފަތުރަމުންދާ ކަމަށެވެ.

Ad
rt

އެ ސްކީމުގެ ދަށުން ފުލެޓް ދިނުމުގައި ކުރިއަށްދާ ރީ-އިވެލުއޭޝަންގެ މަސައްކަތްތައްް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ބައެއް ސިޔާސީ ފަރާތްތަކުން ނުފޫޒު ފޯރުވާކަމަށް ބުނެ ފަތުރަނީ ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދޭގޮތަށް، ކަނޑައެޅިގެން ހަގީގަތާއި ހިިލާފަށް ދޮގެއް ކަމަށް އެ ވުޒާރާގެ ބަޔާނުގައި ބުނެފަވެއެވެ.

"މި ސްކީމާއި ގުޅިގެން ކުރިއަށްދާ ރީ-އިވެލުއޭޝަންގެ މަސައްކަތްތަށް އެއްވެސް ފަރާތަކުން ނުފޫޒެއް ނޯފުވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެންމެހައި ރައްޔިތުންނަށް އަރުވަމެވެ،". ގެދޮރުވެރިކަމާ ބެހޭ ވުޒާރާގއ ބަޔާނުގައި ވެއެވެ.

ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނީ އެ ވުޒާރާގެ މަގްސަދަކީ މި ސްކީމްގެ ދަށުން ފްލެޓްތައް ލިބިގެންދާނީ އެންމެ ހައްގުވެރި ފަރާތްތައް ކަމުގައި ކަނޑައެޅިގެންދިއުން ކަމަށް ވެސް އެ ވުޒާރާގެ ބަޔާނުގައި ބުނެފަވެއެވެ.