އިތިޔޯޕިޔާގައި ޓްރަކެއް ފުރޮޅާލައި 71 މީހުން މަރު
އިތިޔޯޕިޔާގައި ޓްރަކެއް ފުރޮޅާލައި ހިނގި ހާދިސާއެއްގައި މަދުވެގެން 71 މީހުން މަރުވެއްޖެއެވެ. ސިދާމާ ސަރަޙައްދުގެ ސަރުކާރުގެ ތަރުޖަމާނު އަދި ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އިތިޔޯޕިޔާގައި މީހުން އަރުވައިގެން ދުއްވަމުންދިޔަ ޓްރަކެއް ކޯރަކަށް ވެއްޓި ހިނގި ހާދިސާއެއްގައި މަދުވެގެން 71 މީހުން ވަނީ މަރުވެފައެވެ. ސިދާމާ ސަރަޙައްދުގެ މުވާސަލާތީ ބިއުރޯއިން އާދީއްތަ ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން މި ހާދިސާ ހިނގާފައިވަނީ ބޯނާ ޑިސްޓްރިކްޓުގައެވެ. ސިދާމާ ސަރަޙައްދުގެ ސަރ...