މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް (15:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,427 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 590 ވަނަ ޞަފްޙާ

އަލްހިޖްރައިގެ އުމްރާ ހުއްދަ ހިފަހައްޓައި ޖޫރިމަނާކޮށް މައްސަލަ ފުލުހަށް ހުށަހަޅައިފި

އަލްހިޖްރައިގެ އުމްރާ ހުއްދަ ހިފަހައްޓައި ޖޫރިމަނާކޮށް މައްސަލަ ފުލުހަށް ހުށަހަޅައިފި

އަލްހިޖްރަ ޓްރެވަލް އެންޑް ޓްއާރސް ޕްރައިވެޓް ލިމިޓެޑުން ޢުމްރާވެރިން ހާލުގައި ޖައްސާފައިވާމައްސަލައެއް ފެންމަތިވުމުން، އެ ކުންފުންޏާމެދު ހަރުކަށި ފިޔަވަޅުތަކެއް އަޅައިފިއެވެ. މިކަން ހާމަކޮށްފައިވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ. އެބަޔާނުގައި ބުނެފައިވަނީ، 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ޢުމްރާ ދަތުރަށް ފައިސާ ދެއްކި ނަމަވެސް، އެ ފައިސާއިން ޢުމްރާވެރިންގެ ދެކޮޅު ޓިކެޓު ހަމަނުޖައްސައި، އެ ފައިސާ ކުންފުނީގެ އެހެން ކަންކަމަށް ބޭނުންކޮށްފައިވާކަމަށް އަލ...

އަލީ އާދިލް
ގިނަ އަދަދެއްގެ ފަތުރުވެރިން މާލެ ފައިބާތީ ޓްރެފިކަށް ސަމާލުވުމަށް އެދިއްޖެ

ގިނަ އަދަދެއްގެ ފަތުރުވެރިން މާލެ ފައިބާތީ ޓްރެފިކަށް ސަމާލުވުމަށް އެދިއްޖެ

ޕަސެންޖަރ ލައިނަރ އަކުން ގިނަ އަދަދެއްގެ ފަތުރުވެރިން މާލެ ފައިބާތީ ޓްރެފިކަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ. ފުލުހުން މިއަދު ބުނީ، ރާއްޖެ އައުމަށް ހަމަޖެހިފައިވާ ޕަސެންޖަރ ލައިނަރ އަކުން ގިނަ އަދަދެއްގެ ފަތުރުވެރިން 2025 ޖަނަވަރީ 9 އަދި 10 ވަނަ ދުވަހު މާލޭގެ 1 ނަންބަރު ޖެޓީ އާއި 2 ނަންބަރު ޖެޓީން މާލެއަށް އަރާ ފޭބުމަށް ހަމަޖެހިފައިވާކަމަށެވެ. އެހެންވެ އެސަރަހައްދުގެ ޓްރެފިކަށް ބާރުބޮޑުވާނެކަމަށް ބެލެވޭކަމަށް ފުލުހުން ބުންޏެވެ. ‘’އެހެންކަމުން އެސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކު...

ޔުމްނާ ޢަލީ
ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު ރޯދަ މަހުގެ ކުރިން އިއުލާންކުރެވޭނެ: ރައީސް

ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު ރޯދަ މަހުގެ ކުރިން އިއުލާންކުރެވޭނެ: ރައީސް

ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު ރޯދަ މަހުގެ ކުރިން އިއުލާންކުރެވޭނެކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގަައި އިމާރަތްކުރަމުން އަންނަ 4،000 ފްލެޓަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓު އާންމުކުރަން މީގެ ކުރީން އެކި ތާރީޚްތައް ދިން ނަމަވެސް އަދިވެސް އެ ލިސްޓް އޮތީ އާންމު ނުކޮށެވެ. އެ ލިސްޓާމެދު ކުރިމަތިލި ފަރާތްތަކުން ދިގު އިންތިޒާރެއް ކުރަމުން އަންނައިރު، އެ ލިސްޓް އާންމު ނުކުރެވިދަނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ 2 […]

ޔުމްނާ ޢަލީ
މަސްވެރިކަމުގެ ސިނާއަތް ފުޅާކޮށް، މީހުން އިތުރުކުރުމުގެ މަސައްކަތް މިދަނީ ކުރަމުން: ރައީސް

މަސްވެރިކަމުގެ ސިނާއަތް ފުޅާކޮށް، މީހުން އިތުރުކުރުމުގެ މަސައްކަތް މިދަނީ ކުރަމުން: ރައީސް

ބޭރުގެ އެހީ އާއި ސަރުކާރުގެ ބަޖެޓުގެ ތެރެއިން މަސްވެރި ސިނާޢަތް ފުޅާކޮށް، އެ ސިނާޢަތަށް މީހުން އިތުރުކުރުމުގެ މަސައްކަތް ފަށައިގެން މި ސަރުކާރުން މިހާރު ކުރިއަށް އެބަގެންދާކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާާޅުވީ، ހުވަދު އަތޮޅަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ގއ. ދެއްވަދޫ އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ދެއްވަދޫގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، މަސްވެރިނ...

ޔުމްނާ ޢަލީ
ބިލްބާއޯ ބަލިކޮށް ބާސެލޯނާ ފައިނަލަށް

ބިލްބާއޯ ބަލިކޮށް ބާސެލޯނާ ފައިނަލަށް

ސްޕެނިޝް ސުޕަ ކަޕުގެ ފައިނަލުން ބާސެލޯނާ ޖާގަ ހޯދައިފިއެވެ. މިއީ ސްޕެނިޝް ސްޕަކަޕް ސައުދި އަރަބިއްޔާގައި ކުޅޭ ތިންވަނަ ފަހަރެވެ. މިއީ މި މުބާރާތް ސައުދީގައި ބޭއްވުމުގެ ބޭނުމަކީ އެ ގައުމުގައި ފުޓްބޯޅަ ކުރިއެރުވުމުގެ އިތުރުން ކުޅުންތެރިންނަށް ލިބޭ މާލީ މަންފާ އިތުރުކުތުމެވެ. ސައޫދީ އަރަބިއްޔާގެ ޖިއްދާގެ ކިންގް އަބްދުﷲ ސްޕޯޓްސް ސިޓީ ސްޓޭޑިއަމުގައި ކުޅުނު މެޗުގައި ބާސާގެ ފުރަތަމަ ލަނޑު 17 ވަނަ މިނެޓުގައި ޖަހައިދިނީ ގަވީއެވެ. މިއީ އޭނާގެ ކަކުލަށް ލިބުނު އަނިޔާގައި ދަނޑުން […]

އިބްރާހިމް ޚަލީލް
ޑްރަގްގެ ވަބާގައި ޖެހިފައި ތިބޭ މީހުންނަށް ފަރުވާދިނުމަށް ކައުންސިލަރުން ތަމްރީނު ކުރަނީ

ޑްރަގްގެ ވަބާގައި ޖެހިފައި ތިބޭ މީހުންނަށް ފަރުވާދިނުމަށް ކައުންސިލަރުން ތަމްރީނު ކުރަނީ

މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބޭ މީހުންނަށް ފަރުވާދޭ ކައުންސިލަރުން ބިނާކުރުމުގެ މަސައްކަތް ފެށުމުގެ މަޝްވަރާތައް ނެޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އިން ފަށައިފިއެވެ. މަސްތުވާތަކެއްޗާ ބެހޭ ޤާނޫނު 17/2011 ގެ ދަށުން އުފެދިފައިވާ އެންޑީއޭގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދީ، އެމީހުން ރަނގަޅުކޮށް، އަނބުރާ މުޖުތަމަޢަށް ގެނައުމަށް މަސައްކަތްކުރުން ހިމެނިފަވެއެވެ. މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބޭ މީހުންނަށް ފަރުވާދޭ ކައުންސިލަރުން ބިނާކުރުމުގެ...

ޙުސައިން ޝަހުދީ
ލިވަޕޫލް ބަލިކޮށް ޓޮޓެންހަމުން ފައިނަލްގެ އުންމީދު ބޮޑުކޮށްފި

ލިވަޕޫލް ބަލިކޮށް ޓޮޓެންހަމުން ފައިނަލްގެ އުންމީދު ބޮޑުކޮށްފި

އިނގިރޭސި ލީގު ކަޕް ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ރޭ ޓޮޓެންހަމާއި ލިވަޕޫލް ބައްދަލުކުރި މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބުކޮށް ފައިނަލުގެ އުންމީދު ޓޮޓެންހަމުން ބޮޑުކޮށްފިއެވެ. ރޭ ޓޮޓެންހަމްގެ ދަނޑުގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނިޓަށް ވެފައިވަނިކޮށް އެ ޓީމަށް ޖަހައިދީފައި ވަނީ ލޫކަސް ބާގްވެލްއެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ ސޮލަންކޭގެ އެހީތެރިކަމާއި އެކުއެވެ. މެޗުގެ ކުރީކޮޅު ޓޮޓެންހަމްގެ އުރުގުއޭ މިޑްފީލްޑަރު، […]

އިބްރާހިމް ޚަލީލް
ހިޔާވެހި ފައިނޭންސް ސްކީމަކީ ރައްޔިތުންނަށް ލިބިފައި އޮތް ރަނުގެ ފުރުޞަތެއް: ރައީސް

ހިޔާވެހި ފައިނޭންސް ސްކީމަކީ ރައްޔިތުންނަށް ލިބިފައި އޮތް ރަނުގެ ފުރުޞަތެއް: ރައީސް

ހިޔާވެހި ފައިނޭންސް ސްކީމަކީ ރައްޔިތުންނަށް ލިބިފައި އޮތް ރަނުގެ ފުރުޞަތެއްކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާާޅުވީ، ހުވަދޫ އަތޮޅަށް ރައީސް މުޢިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ގއ. މާމެންދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ، ގެދޮރުވެރިކަމާއި ބޯހިޔާވަހިކަން ކަށަވަރުކުރުމަށްޓަކައި ހިޔާވެހި ފައިނޭންސް ސްކީމަކީ ރައްޔިތުންނަށް ލިބިފައި އޮތް ރަނުގެ ފުރުޞަތެއް ކަމަށެވެ....

ޔުމްނާ ޢަލީ
ކުރުވާހަކަ: ހަމަ އެންމެ ކުށަކުން

ކުރުވާހަކަ: ހަމަ އެންމެ ކުށަކުން

އޮފީސް ކެންޓީނުން ކައިބޮއި ހެދުމަކީ އަހަރެންގެ އާދައެއް ނޫނެވެ. އޮފީހުގައި އުޅޭތާ  އެއް އަހަރު ހޭދަ ކުރެވުނު އިރު އެއް ފަހަރު ވެސް އެ ތަނަކަށް ނުވަންނަމެވެ. ބައެއް މީހުން އެކަމާ އަހަންނާ މަލާމާތްކުރެއެވެ. އަހަންނަކީ “ދަހި” މީހެއްކަމުގައި ބުނެ އަހަންނަށް މަލާމާތްކޮށް ހަދައެވެ. އެހެނަސް، މުސާރައިގެ ތިންބައިކުޅަ އެއްބައި ކެންޓީނަށް ހޭދަ ކުރުމަކީ އަހަންނަށް ވާނެ ކަމެއް ނޫނެވެ. އާދައިގެ މަތިން މިއަދު ވެސް އަހަރެންގެ މުރާލި އަނބިމީހާ ހުރީ އަހަރެންގެ ދަބަހަށް ތަށިބަރި ލައިފައެވެ. […]

ސަލާމާ ޢަބްދުލް ޢަލީމް
މެޓާ އާއި އީބޭ ގުޅިގެން އާ ހިދުމަތެއް ފަށަނީ

މެޓާ އާއި އީބޭ ގުޅިގެން އާ ހިދުމަތެއް ފަށަނީ

މެޓާ އާއި އީބޭ ގުޅިގެން ފޭސްބުކް މެދުވެރިކޮށް އީބޭއިން އޯޑަރު ކުރެވޭ އާ ޚިދުމަތެއް ފަށަން ނިންމައިފިއެވެ. މެޓާ އިން މިއަދު ހާމަކުރި ގޮތުގައި، ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް އީބޭގެ ތަކެތި ގަނެވޭނެ އައު ޚިދުމަތެއް ތަޢާރަފުކުރަން ނިންމާފައިވާއިރު، މި ޚިދުމަތް ފުރަތަމަ ފަށާނީ ޖަރުމަނުވިލާތް، ފަރަންސޭސިވިލާތް އަދި އެމެރިކާގައެވެ. މި ޚިދުމަތުގެ ދަށުން، ފޭސްބުކް މާކެޓްޕްލޭސް ބޭނުންކުރާ ފަރާތްތަކަށް އީބޭގައި ހުންނަ ތަކެތި ބަލައި، އީބޭ މެދުވެރިކޮށް އެތަކެތި ގަތުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީގެ ސަ...

އަޙްމަދު ދާއޫދު
ސަޢޫދީގެ އެކި ސަރަޙައްދުތަކަށް ވިއްސާރައާއި ފެންބޮޑުވުމުގެ ނުރައްކާ

ސަޢޫދީގެ އެކި ސަރަޙައްދުތަކަށް ވިއްސާރައާއި ފެންބޮޑުވުމުގެ ނުރައްކާ

ސަޢޫދީ ޢަރަބިއްޔާގެ އެކި ސަރަޙައްދުތަކަށް ވިއްސާރައާއި ފެންބޮޑުވުމުގެ ނުރައްކާ ކުރިމަތިވެއްޖެއެވެ. ސަޢޫދީ އަށް ކުރިމަތިވެފައިވާ ގަދަ ވިއްސާރައާއި ފެންބޮޑުވުމުގެ ސަބަބުން އެ ޤައުމުގެ މަގުތަކާއި ގިނަ ސަރަޙައްދުތަކެއް ވަނީ ފެނުއަޑީގައެވެ. މޫސުމީ ނުތަނަވަސްކަން އަދިވެސް އިތުރު ދުވަސްތަކަކަށް ދެމިގެންދާނެ ކަމަށް ލަފާކުރެވެއެވެ. ސައޫދީގެ ނެޝަނަލް ސެންޓަރ ފޮރ މެޓިއޮރޮލޮޖީން އަންގާރަ ދުވަހު ދެއްވި މަޢުލޫމާތުގައިވާ ގޮތުން، މައްކާއާއި މަދީނާގެ އިތުރުން އިރުމަތީ ސަރަޙައްދުގެ ބައެއް ހިސާބުތަކަށް ވަނީ އެންމެ...

އަޙްމަދު ދާއޫދު
ސިޔާސީ އަނިޔާއެއް ނުދޭނަން، ބަދަލު ހިފުމެއް ނޯންނާނެ: ރައީސް

ސިޔާސީ އަނިޔާއެއް ނުދޭނަން، ބަދަލު ހިފުމެއް ނޯންނާނެ: ރައީސް

ސިޔާސީ ވިސްނުމުގެ ތެރެއިން ބަޔަކު ހައްޔަރުކުރުމަކީ އެ މަނިކުފާނު ޤަބޫލުފުޅުކުރައްވާ ކަމެއް ނޫން ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް ބަޔަކަށް ސިޔާސީ އަނިޔާއެއް ނުދެއްވާނެ ކަމަށާއި އަދި ބަދަލު ހިއްޕެވުމެއްވެސް ނޯންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ. ހުވަދު އަތޮޅުގެ ބައެއް ރަށްތަކަށް ރައީސް މުޢިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ގއ. މާމެންދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، މި ސަރުކ...

ޔުމްނާ ޢަލީ
ގްރީންލޭންޑް މިނިވަންވެދާނެ، އެމެރިކާގެ ސްޓޭޓަކަށް ނުވާނެ: ޑެންމާކް

ގްރީންލޭންޑް މިނިވަންވެދާނެ، އެމެރިކާގެ ސްޓޭޓަކަށް ނުވާނެ: ޑެންމާކް

ގްރީންލޭންޑް މިނިވަންވެދާނެ ކަމަށާ، އެހެންނަމަވެސް އެމެރިކާގެ ސްޓޭޓަކަށް ނުވާނެ ކަމަށް ޑެންމާކުން ބުނެފިއެވެ. އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް ގްރީންލޭންޑް، އެމެރިކާގެ ބައެއްގެ ގޮތުގައި ހެދުމަށް ބާރުގެ ބޭނުން ކުރަންޖެހިދާނެ ކަމުގެ އިންޒާރެއް ދެއްވުމާއި ގުޅިގެން، ޑެންމާކުގެ ފޮރިން މިނިސްޓަރު ވިދާޅުވީ ގްރީންލޭންޑްގެ ރައްޔިތުން ބޭނުންވާނަމަ މިނިވަންވުމުގެ ފުރުސަތު އޮތްކަމަށާއި، ނަމަވެސް އެމެރިކާގެ ސްޓޭޓަކަށް ނުވާނެ ކަމަށެވެ. ޓްރަމްޕްގެ ބަޔާނާ ގުޅިގެން ގްރީންލޭންޑްގެ ބޮޑުވަޒީރު މޫޓް އީ...

އަޙްމަދު ދާއޫދު
ހާލުގައި ޖެހުނު އުމްރާވެރިން ހުކުރު ދުވަހު ރާއްޖެ ގެނެވޭތޯ މަސައްކަތް ކުރަނީ

ހާލުގައި ޖެހުނު އުމްރާވެރިން ހުކުރު ދުވަހު ރާއްޖެ ގެނެވޭތޯ މަސައްކަތް ކުރަނީ

ހާލުގައި ޖެހުނު އުމްރާވެރިން މި މަހު 10 ގައި ރާއްޖެ ގެނެވޭތޯ މަސައްކުރަމުން އަންނަކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބުނެފިއެވެ. އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ މީޑިއާ ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވީ، އެމީހުން ތިބިހޮޓަލުން ނިކުންނަން ޖެހޭތީވެ އެމީހުން ފުރަންވަންދެން ހައްޖު ކޯޕަރޭޝަނުގެ އެހީތެރިކަމުގައި ތިބޭނެ ކަމަށެވެ. ‘’އެމީހުންގެ ކެއުމާއި ބުއިމުގެ އިންތިޒާމް ހަމަޖައްސައިދެވޭނެ. އުމްރާވެރިންގެ ތެރޭގައި 12 އަހަރުގެ 3 ކުދިން ހިމެނޭ.’’ ޝ...

ޔުމްނާ ޢަލީ
ރަޖުނީއަށް ވިނަރެސް ފްލެޓު ލިބުނީ ރަނގަޅަށް: ފުލުހުން

ރަޖުނީއަށް ވިނަރެސް ފްލެޓު ލިބުނީ ރަނގަޅަށް: ފުލުހުން

އިކޮނޮމިކް ކްރައިމް ޑިޕާޓްމެންޓްގެ ވެރިޔާ، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޖުނީ ޝުއައިބަށް ވިނަރެސް ފްލެޓެއް ލިބިފައިވަނީ އުސޫލުގެ ތެރެއިން ރަނގަޅަށް ކަމަށް ފުލުހުން ހާމަކޮށްފިއެވެ. މިއަދު ނޫސްވެރިންގެ ވަޓްސްއެޕް ގުރޫޕުގައި ފުލުހުން ކުރި ޕޯސްޓެއްގައި ފުލުހުން ބުނީ ރަޖުނީއަށް ވިނަރެސް ފްލެޓެއް ލިބުމުގައި އުސޫލަކާ ޚިލާފު އަމަލެއް ހިނގާފައިވޭތޯ ކަމާބެހޭ އިދާރާތަކުން ހިއްސާކޮށްފައިވާ މަޢުލޫމާތު ދިރާސާކޮށް ބެލުމުން، އެކަމުގައި މަސައްލައެއް ފާހަގަ ކުރެވިފައި ނުވާކަމަށެވެ. މި މައްސަލަ ފުރަތަމަ ކުރިމަތ...

އިސްމާއިލް މޫސާ
އެމްޑީޕީގެ ހޯރަފުށީ ދާއިރާގެ ރައީސަކަށް ސައްލޭ

އެމްޑީޕީގެ ހޯރަފުށީ ދާއިރާގެ ރައީސަކަށް ސައްލޭ

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ހޯރަފުށީ ދާއިރާގެ ރައީސްކަމަށް، އެ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ސަލީމް (ސައްލެ) އިންތިޚާބުވެެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަން ވެސް ކުރަށްވާފައިވާ ސައްލެ އެ މަގާމަށް ހޮވުނުކަން ހާމަކުރީ މިއަދު އެވެ. އެމްޑީޕީން އެ ޕާޓީގެ ޤައުމީ މަޖިލީހުގެ ހުސްވެފައިވާ ހއ. ހޯރަފުށީ ދާއިރާގެ ރައީސްކަން ހިމެނޭހެން ރ. އިނގުރައިދޫ ދާއިރާގެ ރައީސް އަދި ގއ. ވިލިނގިލީ ދާއިރާގެ ރައީސް ކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލީ މިމަހުގެ 2 […]

ޔުމްނާ ޢަލީ
އުމްރާއަށް ދިޔަ ބަޔަކު ހާލުގައި ޖެހިގެން ސަރުކާރުން އެހީވަނީ

އުމްރާއަށް ދިޔަ ބަޔަކު ހާލުގައި ޖެހިގެން ސަރުކާރުން އެހީވަނީ

އަލްހިޖްރަ ގްރޫޕްގެ ހަވާލުގައި އުމުރާއަށް ދިޔަ ބަޔަކަށް ދިމާވެފައިވާ ހާލަތު ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، އެ މީހުން ރާއްޖެ ގެނައުމަށް ކޮށްދެވެން އޮތްކަމެއް ކުރަށްވާނެ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބުނެފިއެވެ. އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ މީޑިއާ ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވީ، އަލްހިޖްރަ ކިޔާ ކުންފުންޏެއްގެ ހަވާލުގައި އުމުރާއަށް ދިޔަ ބަޔަކު ދިމާވެފައިވާ ހާލަތު އެ ވުޒާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. ‘’އެ ރައްޔިތުނ...

ޔުމްނާ ޢަލީ
ބޭނުންވާ މިންވަރަށް ކާބޯތަކެތި ހެއްދުމުގެ މަސައްކަތް ވަނީ ފެށިފައި: ރައީސްް

ބޭނުންވާ މިންވަރަށް ކާބޯތަކެތި ހެއްދުމުގެ މަސައްކަތް ވަނީ ފެށިފައި: ރައީސްް

ރާއްޖެއަށް ބޭނުންވާ މިންވަރަށް ރާއްޖޭގައި ކާބޯތަކެތި ހެއްދުމުގެ މަސައްކަތް ވަނީ މިހާރު ވަނީ ފެށިފައިކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، މިހާރު ހުވަދުއަތޮޅަށް އެމަނިކުފާނު ކުރަށްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ގއ. ނިލަންދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާ މުޚާޠިބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ދިވެހި ދަނޑުވެރިންނަށް އުންމީދު ދެއްވަމުން ރައީސް ވިދާޅުވީ، ދިވެހިރާއްޖޭގައި ދަނޑުވެރިންނަށް އޮތީ އުފާފާގަތިކަން ކަމަށެވެ. ރަ...

ޔުމްނާ ޢަލީ