އީލޮން މަސްކްގެ ނުފޫޒުގެ ސަބަބުން އެމެރިކާގެ ވައިޓް ހައުސްގެ ބައެއް އިސްވެރިން މާޔޫސްވެއްޖެކަމަށް ރިޕޯޓްތައް ބުނެފިއެވެ. އެމެރިކާގެ 15 އަށް ވުރެ ގިނަ ފެޑެރަލް އޭޖެންސީތަކުގެ މައްޗަށް ޓެކް ބިލިއަނަރު އީލޮން މަސްކްގެ ނުފޫޒު ފުޅާވަމުންދާ ވަގުތެއްގައި، މަސްކްގެ ޓީމުން ކަންކަން ކުރިއަށް ގެންދާ ގޮތާ މެދު ރައީސް ޓްރަމްޕްގެ އިސް އެހީތެރިންގެ ހިތްހަމަނުޖެހުން އިތުރުވަމުންދާކަމަށް ވަނީ ހާމަވެފައެވެ. ޓްރަމްޕްގެ ޗީފް އޮފް ސްޓާފް ސޫޒީ ވައިލްސް އާއި އޭނާގެ ޓީމަށް ވަނީ މަސްކްގެ “ޑިޕާޓްމަންޓް އޮފް […]
އަޙްމަދު ދާއޫދު
ތައިލެންޑުގެ ވެރިރަށް ބެންކޮކުގައި އިއްޔެ ނިމިގެންދިޔަ އޭޝިއަން ރައިފަލް އެންޑް ޕިސްޓަލް ކަޕް 2025 ގައި ދިވެހިރާއްޖެއަށް ތާރީޚީ ކާމިޔާބީއެއް ލިބިއްޖެއެވެ. މި މުބާރާތުގެ އަންހެން އެއަރ ޕިސްޓަލް ކެޓަގަރީގެ ޖޫނިއަރ ބައިން ރާއްޖޭގެ 15 އަހަރުގެ ކުޅުންތެރިޔާ މަރިޔަމް އީޝަލް މިސްބާހު ވަނީ ރިހި މެޑެލް ހޯދައިފައެވެ. މި ކާމިޔާބީ ފާހަގަކޮށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވަނީ އީޝަލް އަށް މަރުޙަބާ ވިދާޅުވެފައެވެ. އޭޝިއާގެ 23 ޤައުމަކުން ބައިވެރިވި މި މުބާރާތުގައި އީޝަލް ވަނީ […]
ޔުމްނާ ޢަލީ
ށ.ގޮއިދޫގައި ސްލިޕްވޭއެއް ތަރައްގީ ކުރުމަށް ލިޓަސް މޯލްޑިވްސްއާއި ހަވާލުކޮށްފިއެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި ގޮއިދޫ ކައުންސިލާއި ލިޓަސް މޯލްޑިވްސްއާއި ދެމެދު ސޮއިކޮށްފައި ވަނީ 13 ފެބްރުއަރީ 2025 ގައި ގޮއިދޫ ކައުންސިލުގައި އެކަމަށްޓަކައި ބޭއްވި ހާއްސަ ބައްދަލުވުމުގައެވެ. ގޮއިދޫގެ ލޭންޑްޔޫސް ޕްލޭނުގައި ސްލިޕްވޭއެއް ތަރައްގީ ކުރުމަށް ކަނޑައަޅާފައިވާ ބިމުގައި، ސްލިޕްވޭއެއް ތަރައްގީ ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް، އެ ކައުންސިލުން ބީލަމަށް ހުޅުވާލާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓ...
އިބްރާހިމް ޚަލީލް
ވޯލްޑް އެސެމްބްލީ އޮފް މުސްލިމު ޔޫތު (ވަމީ) އާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ ގުޅިގެން އިންތިޒާމް ކުރާ ޢުމްރާ ދަތުރުގެ ބައިވެރިން މިއަދު ފުރައިފިއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނީ، މި ދަތުރަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަހަރުގެ ރިޔާސީ ބަޔާނުގައި އިޢުލާން ކުރައްވާފައިވާ އިސްލާމިކް ލީޑަރޝިޕް ޕްރޮގްރާމްގެ ދަށުން ކުރިއަށްދާ ދަތުރެއް ކަމަށެވެ. 14 ފެބްރުއަރީ އިން 21 ފެބްރުއަރީ 2025 އަށް ސްޓަޑީ ޓުއަރ އެއްގެ ގޮތުގައި ބާއްވާ މި […]
ޔުމްނާ ޢަލީ
މާލޭގެ ރަސްފަންނާއި ސަލްޓަންޕާކްގެ ރީތިކަމާއި އާރޯކަން އަނބުރާގެނެސްދީ ކުރިއަށްވުރެ ވެސް ފުރިހަމަކޮށްދެއްވާނެކަމަށް ރައީސް ޑރ. މުހަމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މި ދެތަން ވެސް ވަނީ ރައީސް މުޢިއްޒުގެ ހައުސިން މިނިސްޓަރުކަމުގައި އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައެވެ. ނަމަވެސް އެތަންތަން މިހާރު ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރަސްފަންނާއި ސަލްޓަންޕާކް ގެ ޙާލަތު ފެނިވަޑައިގެން ހިތާމަކުރަށްވާ ކަމަށެ...
ޔުމްނާ ޢަލީ
ދެ އަހަރުގެ ކުށްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ކުށުގައި 25 އަހަރުގެ ހުކުމް ތަންފީޒުކުރަމުންދިޔަ ކާފަ މަރުވެއްޖެއެވެ. މޯލްޑިވްސް ކަރެކްޝަންސް ސާވިސް އިން މިއަދު ބުނީ ހުޅުމާލޭ ޖަލުގައި 25 އަހަރުގެ ޙުކުމް ތަންފީޛުކުރަމުން ދިޔަ ގއ. ކަނޑުހުޅުދޫ، ރިހިވެލި، އިބްރާހިމް ދީދީ (67 އަހަރު) ރޭ ދަންވަރު ކުއްލި ގޮތަކަށް މަރުވެފައިވާ ކަމަށެވެ. ކަރެކްޝަންސް އިން މައުލޫމާތު ދިން ގޮތުގައި ހައި ބަލްޑް ޕްރެޝަރ، ކޮލެސްޓްރޯލް އަދި ޓްރެމަރސް، ފަދަ ބަލިތަކަށް ބޭސްކުރަމުން އައި، އިބްރާހިމް ދީދީ […]
ޔުމްނާ ޢަލީ
އޮސްޓްރޭލިއާގެ ހުޅަނގު ސަރަހައްދަށް ކެޓަގަރީ 5 ގެ ތޫފާން ޒެލިއާގެ ނުރައްކާ ކުރިމަތިވަމުންދާތީ، އެސަރަހައްދުގެ ރައްޔިތުން ވަރަށް ބޮޑަށް ފަރުވާތެރިވުމަށް އިންޒާރު ދީފިއެވެ. މިތޫފާނުގައި ގަޑިއަކު 320 ކިލޯމީޓަރުގެ ބާރުމިނުގައި ވައިޖެހުމުގެ ފުރުސަތު އޮތްކަމަށް މޫސުމާ ބެހޭ އިދާރާތަކުން ބުނެއެވެ. ޕިލްބަރާ ސަރަހައްދުގެ ޕޯޓް ހެޑްލަންޑާއި ކަރާތާ އާ ދެމެދުން ސައިކްލޯން އެއްގަމަށް އަރާނެކަމަށް މޫސުމާ ބެހޭ އިދާރާތަކުން ލަފާކުރެއެވެ. މިއީ އޮސްޓްރޭލިއާގެ އެންމެ ބޮޑު ދަގަނޑުގެ އެކްސްޕޯޓް އޮންނަ ބަނދަރު ސަރަހައް...
އަޙްމަދު ދާއޫދު
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޓިކްޓޮކް މަނާކުރުން އޭޕްރީލް 5 އާ ހަމައަށް ފަސްކުރެއްވުމާ ގުޅިގެން، އެޕަލް އަދި ގޫގުލްގެ އެޕް ސްޓޯތަކުން ޓިކްޓޮކް ލިބެން ފަށައިފިއެވެ. އެޕަލްއާއި ގޫގުލް އިން ޗައިނާގެ މި އެޕް އެމީހުންގެ އެޕް ސްޓޯރުގައި ބެހެއްޓުމުގެ ސަބަބުން އެއްވެސް ޖޫރިމަނާއެއް ނުކުރެވޭނެކަން ރައީސް ޓްރަމްޕް ޔަގީންކޮށްދެއްވިއެވެ. 170 މިލިއަން އެމެރިކާ ރައްޔިތުން ބޭނުންކުރާ މި މަޝްހޫރު ކުރު ވީޑިއޯ އެޕް، އެތައް ހަފްތާއެއްގެ މުއްދަތަކަށް ބަންދުވެފައި އޮތުމަށްފަހު، މިހާރުވަނީ އަލުން ޚިދުމަތްދޭން...
އަޙްމަދު ދާއޫދު
ޣައްޒާގެ ރައްޔިތުން އެހެން ގައުމުތަކަށް ބަދަލުކުރުމަށް ޓްރަމްޕް ގެންގުޅޭ ޕްލޭނާ ދެކޮޅަށް ތެދުވުމަށް ހަމާސްއިން އަރަބި ސަމިޓަކަށް ގޮވާލައިފިއެވެ. ހަމާސްއިން އަރަބި ހުރިހާ ގައުމުތަކަށް ގޮވާލީ، ކުރިއަށް އޮތް އަރަބި ސަމިޓާއި އޯއައިސީގެ މިނިސްޓީރިއަލް ބައްދަލުވުން އެކަމަށް ޚާއްޞަ ކުރުމަށެވެ. ހަމާސްގެ ސްޕޯކްސްޕާސަން ހަޒެމް ގާސެމް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޓްރަމްޕްގެ މި ހުށަހެޅުމާ ދެކޮޅަށް މިސްރު، ޖޯޑަން، ސައޫދީ އަރާބިޔާ އަދި އެހެން ގައުމުތަކުން ނަގާފައިވާ ސްޓޭންޑަށް ޝުކުރުވެރިވާ ކަމަށެވެ. އަދި...
އަޙްމަދު ދާއޫދު
ދިވެހިރާއްޖެއާއި ސަޢުދީ އަރަބިއްޔާއާ ދެމެދު ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭ އެއްބަސްވުމަށް ސަޢުދީ އަރަބިއްޔާގެ ކެބިނެޓުން ރުހުން ދީފިއެވެ. މިކަން ހާމަކޮށްފައި ވަނީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން ވަނީ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއް މެވެރިކޮށެވެ. ރާއްޖެ އާއި ސައޫދީ މި އެއްބަސްވުމުގައި ސޮއިކުރެވިފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހުއެވެ. މިއީ ދިވެހިރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއާއި ސަޢުދީ އަރަބިއްޔާގެ ޖެނެރަލް އޮތޯރިޓީ އ...
ޔުމްނާ ޢަލީ
ޓްރަމްޕް އާއި މޯދީ ދެ ގައުމުގެ ވިޔަފާރީގެ ގުޅުން ހަރުދަނާކުރުމަށް މަޝްވަރާކޮށްފިއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ، ދެ ގައުމުގެ ވިޔަފާރީގެ ގުޅުން ހަރުދަނާކުރުމަށް މަޝްވަރާކުރުމަށް އެއްބަސްވެފައިވާއިރު، ވައިޓް ހައުސްގައި ބޭއްވުނު ބައްދަލުވުމުގައި، އިންޑިއާއިން އެމެރިކާގައި އުފައްދާ އިތުރު ހަނގުރާމަވެރި މަތިންދާބޯޓާއި، ތެޔޮ އަދި ގޭސް ގަތުމަށް އެއްބަސްވިއެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި އިންޑިއާއަށް އެފް-35 ސްޓެލްތް ފައިޓަރ ޖެޓް ވިއްކުމުގެ މަގު ތަނަވ...
އަޙްމަދު ދާއޫދު
ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރު އަދި އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހަންމާ)، ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ދައްކަންޖެހޭ 5.2 މިލިއަން ރުފިޔާގެ ދަރަނި އަދާކުރުމަށް މަހަކު 83,000 ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ. މި މައްސަލައިގައި، ކުރިން ވެސް ސިވިލް ކޯޓުން ވަނީ މުހަންމާ އަށް ފައިސާ ދެއްކުމަށް ހުކުމްކޮށްފައެވެ. ނަމަވެސް، އެ ހުކުމާ އެއްގޮތަށް ފައިސާ ނުދައްކާތީ، ބީއެމްއެލްއިން ވަނީ އެ ހުކުމް ތަންފީޒުކޮށް […]
ޔުމްނާ ޢަލީ
ސިނަމަން ދޮންވެލި ރިސޯޓް ކައިރީގައި ސްނޯކްލިންއަށް ގޮސްއުޅުނު ފިރިހެން ފަތުރުވެރިއަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ. އެމްއެންޑީއެފުން ބުނީ، މި ފަތުރުވެރިޔާ ގެއްލުނު ކަމުގެ ރިޕޯޓު ލިބުމާއެކު، ވަގުތުން ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. މި މަސައްކަތުގައި އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑްގެ އެހީތެރިކަން ދަނީ ހޯދަމުންނެވެ.
ޔުމްނާ ޢަލީ
ކުރީގެ ފިރިމީހާ މަރާލި މައްސަލާގައި އުމުރަށް ޖަލަށްލާފައިވާ މަރިޔަމް ނަޒާހާގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން މިއަދު ދަމަހައްޓައިފި އެވެ. ހ. ބައިކެނޑިގޭ މަރިޔަމް ނަޒާހާ 25 އަހަރަށް ޖަލަށްލާން 2011 ގައި އޭރުގެ ޖިނާއީ ކޯޓުން ހުކުމްކުރީ ޖޫން، 2010 ގައި އޭނާގެ ކުރީގެ ފިރިމީހާ މއ. އެދުރުގޭ ހަސަން ޝާހިދަށް ވަޅިއަކުން ހަމަލާދީ އޭނާ މަރާލިކަން ނަޒާހާގެ އިއުތިރާފުން ސާބިތުވުމުންނެވެ. ނަޒާހާ ބުނާގޮތުގައި ޝާހިދު މަރާލީ އޭނާގެ ފަރާތުން ލިބިފައިވާ އަނިޔާތަކުގެ ސަބަބުންނެވެ. ސުޕްރީމް […]
ހުސައިން ހަބީބް
ހދ. ހަނިމާދޫގައި މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ އެ އިދާރާގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހަނިމާދޫގައި މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. ފެބުރުވަރީ 12 ވަނަ ދުވަހު ހަނިމާދޫ ޕޮލިސް ސްޓޭޝަނާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ދެ މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ. މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަ...
ޔުމްނާ ޢަލީ
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރައީސް ޙަމްދީ ޢަޤީލް މަޤާމުން ވަކިކޮށްފިއެވެ. ސަރުކާރުގެ ބައެއް އިސް އޮފިޝަލުން މިކަން ކަށަވަރުކޮށްދިން ނަމަވެސް، މިހާތަނަށް ސަރުކާރުން މިކަން ރަސްމީކޮށް އިޢުލާނުކޮށްފައެއް ނުވެއެވެ. ޙަމްދީ ޢަޤީލް ޕީސީބީގެ ރައީސްކަމުގެ މަޤާމަށް އައްޔަނުކުރެވުނީ 2023 ވަނަ އަހަރުގެ ނޮވެމްބަރު 22 ވަނަ ދުވަހުއެވެ. ޙަމްދީ ޢަޤީލަކީ ސަރުކާރުގެ އެކި މަޤާމުތަކުގައި މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. އޭގެ ތެރޭގައި ފިއުލް ސަޕްލައި މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ...
ޔުމްނާ ޢަލީ
ނުރައްކާތެރި ކުށްތަކަށް އަރައިގަތުމުގައި ބައިވެރިވާ ކަމަށް ތުހުމަތު ކުރެވޭ މީހަކު ފުރައިގެން ދިޔުމުން އަނބުރާ ރާއްޖެ ގެނެސް މިއަދު ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ މިހާރު ހިނގަމުންދާ މާރާމާރީތަކުގެ ތުހުމަތު ކުރެވޭ، އަދި ނުރައްކާތެރި ކުށްތަކަށް އަރައިގަތުމުގައި ބައިވެރިވާ ކަމަށް ތުހުމަތު ކުރެވޭ 31 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިންގޮތުގައި، މި ފަރާތް ފުލުހުންގެ ބެލުމުގ...
ޔުމްނާ ޢަލީ
ކުރީގެ އަދަދާއި ގުޅޭ: ހައިރާންކަމާއިއެކު އަރޫޝާއަށް ދާއިންގެ މޫނަށް ބަލަން ހުރެވުނީއެވެ. އަރޫޝާއާ މެދު އެއްވެސް ފަރުވާލެއް ނުބަހައްޓާ، މޭޒުމަތީގައި ހުރި ދަބަސް ނަގައިގެން ދާއިން ހިނގައިގަތީ ނިކުންނާށެވެ. ” ދާއިން…” އެއާއެކު އަރޫޝާ ބަލި އަޑަކުން ގޮވާލިއެވެ. ” އަހަންނަކަށް ނެތް ވަގުތެއް. ފެރީ ގަޑި ވަރަށް ކައިރި ވެއްޖެ.” ދާއިން ބުނެލިއެވެ. އޭރު އޭނާ ހުރީ ދޮރާ ހިސާބަށް ގޮހެވެ. ” އަހަރެން ބޭނުން ދާއިންއާ ވާހަކަ ދައްކަން.” އަރޫޝާ ބުންޏެވެ. ” ކިތަންމެ […]
ސަލާމާ ޢަބްދުލް ޢަލީމް