ފެނަކައިގެ ޕެޓީކޭޝް ފައިސާ ނަހަމަގޮތުގައި ބޭނުންކުރި މައްސަލަ ޕީޖީ އޮފީހަށް
ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ސައިޓުތަކަށް ދޫކުރެވިފައިވާ “ޕެޓީކޭޝް” ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ މައްސަލައެއްގައި ދަޢުވާކޮށްދިނުމަށް އެދި 10 އެޕްރީލް 2025 ގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން މަޢުލޫމާތު ދީފިއެވެ. މި މައްސަލާގައި ދަޢުވާކޮށްދިނުމަށް އެދި ފޮނުވާފައިވަނީ ފެނަކައިގެ ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ކުރީގެ ޑެޕިއުޓީ ޑިރެކްޓަރ އަޙްމަދު ސާތިޝް ސަޢީދު (ހަސީނީވިލާ، ސ.ފޭދޫ)، ކުރީގެ ސީނިއަރ އިންޖިނިއަރ މުޙައްމަދު ޢާޞިދު (ނިރޮޅުމާގެ، ތ.ތ...