''މަސް ރައްކާކުރެވޭ ކެޕޭސިޓީ 25000 ޓަނާ ހަމަޔަށް، ޕްރޮސެސިން ކެޕޭސިޓީ 365 ޓަނާ ހަމަޔަށް އިތުރު ކުރެވޭނެ''
ކުރިއަށް އޮތް ހަތަރު އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގައި ކަޅުބިލަމަސް ރައްކާކުރެވޭ މިންވަރު 25,000 ޓަނަށް އަދި ޕްރޮސެސްކުރެވޭ މިންވަރު 365 ޓަނަށް އިތުރުކުރެވޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވީ “ރައްޔިތުންނާއެކު” ސިލްސިލާ ޕޮޑްކާސްޓްގެ 4 ވަނަ އެޕިސޯޑުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ. މި ޕޮޑްކާސްޓްގައި ރައީސް ވިދާޅުވި ގޮތުގައި މިހާރު ކަޅުބިލަމަސް ރައްކާކުރެވޭ މިންވަރު ހުރީ 9,500 ޓަނު ހިސާބުގައެވެ. އަދި ޕްރޮސެސްކުރެވޭ މިންވަރު...