މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ކ. އަތޮޅުން ފެށިގެން ތ. އަތޮޅަށް (07:00 އިން 13:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,420 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 513 ވަނަ ޞަފްޙާ

ފުލުހުންގެ ބެލުމުގެ ދަށުގައިވާ ގިނަ އަދަދެއްގެ ބަނގުރާ ދޫނިދޫގައި ނައްތާލައިފި

ފުލުހުންގެ ބެލުމުގެ ދަށުގައިވާ ގިނަ އަދަދެއްގެ ބަނގުރާ ދޫނިދޫގައި ނައްތާލައިފި

ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ދޫނިދޫގައި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ. މިގޮތުން ނައްތާލާފައިވަނީ އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން، ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރަލެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވިގޮތުގައި، ނައްތާލާފައިވާ ބަނގުރާގެ ތެރޭގައި ހިމެނެނީ 457 ބްރޭންޑެޑް ފުޅި، 490 ޕެޓް ފުޅި އަދި 282 ދަޅު ބިޔަރެވެ. މީގެ އިތުރުން، އެހެނިހެން ތަކެތީގެ ގޮތުގައި ތިން އައިޓަމް ނައްތާލާފައިވާކަމަށް ފުލުހުން ވިދާޅުވިއެވ...

އަލީ އާދިލް
ތިލަދުންމަތީގެ 26 ރަށެއްގައި ދަނޑުވެރިކަމުގެ ތަމްރީނު ކުރިއަށް

ތިލަދުންމަތީގެ 26 ރަށެއްގައި ދަނޑުވެރިކަމުގެ ތަމްރީނު ކުރިއަށް

ތިލަދުންމަތީގެ 26 ރަށެއްގައި ދަނޑުވެރިކަމާއި ބެހޭ ތަމްރީނުތަކެއް ކުރިއަށް ދާކަމަށް ދަނޑުވެރިކަމާއި ދިރޭ ތަކެއްޗާއި ބެހޭ ވުޒާރާއިން ބުނެފިއެވެ. އެގޮތުން ހދ، ހއ އަދި ށ އަތޮޅުގެ ރަށްތަކުގައި މި ތަމްރީންތައް ކުރިއަށްދާއިރު، މިއީ އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރ ޑިވެލޮޕްމަންޓް، އިފާޑާއި ދިވެހި ސަރުކާރު ގުޅިގެން ކުރިއަށްގެންދާ މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް، މެޕްގެ ދަށުން ކުރިއަށް ގެންދާ ތަމްރީނުތަކެކެވެ. ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ބުނީ މެޕްގެ ދަށުން ހިންގާ މި ޕްރޮގްރާމްތަކުގެ އަމާޒަކ...

އައިޝަތު އައިނީ އާމިރު
މަސްޖިދުއްނަބަވީގެ އިމާމު ރާއްޖެ ވަޑައިގަންނަވައިފި

މަސްޖިދުއްނަބަވީގެ އިމާމު ރާއްޖެ ވަޑައިގަންނަވައިފި

މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު ރަސްމީ ދަތުރުފުޅެއްގައި މިއަދު މެންދުރު ރާއްޖެ ވަޑައިގަންނަވައިފިއެވެ. އެމަނިކުފާނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުޙަބާ ދެންނެވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އަދި އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފްގެ އިތުރުން ވުޒާރާގެ އިސްވެރިންނެވެ. އެމަނިކުފާނަށް އެއާޕޯޓުން ވަނީ ރަތްދޫލައިގެ މަރުޙަބާއެއް ދަންނަވާފައެވެ. އެމަނިކުފާނުގެ މި ދަތުރުފުޅަކީ ރައީސުލްޖުމުޙޫރިއްޔ...

އަލީ އާދިލް
ކޯޓު އަމުރު އޮތަސް ތުހުމަތުކުރެވޭ ފަރާތުގެ އަންނައުނު ބާލުވައިގެން ފޮޓޯ ނުނަގާނެ: ފުލުހުން

ކޯޓު އަމުރު އޮތަސް ތުހުމަތުކުރެވޭ ފަރާތުގެ އަންނައުނު ބާލުވައިގެން ފޮޓޯ ނުނަގާނެ: ފުލުހުން

ކޯޓު އަމުރެއް އޮތް ނަމަވެސް ތުހުމަތުކުރެވޭ ފަރާތުގެ އަންނައުނު ބާލުވައިގެން ފޮޓޯ ނެގުމަކީ ފުލުހުން ކުރާ ކަމެއް ނޫން ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފިއެވެ. ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޖިނާއީ ތަޙުޤީޤަކަށް މީހެއްގެ ފޮޓޯ ނުވަތަ އަޑުގެ ސާމްޕަލް ނަގަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރެވޭނީ އެ ފަރާތުގެ ރުހުމާއެކު ނުވަތަ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. އަދި މިފަދަ ސާމްޕަލްތައް ހިމެނެނީ ހަށިގަނޑުގެ ބޭރުން ނެގޭ ސާމްޕަލްގެ ގޮތުގައި ކަމަށް […]

ޔުމްނާ ޢަލީ
''ސިފައިން އަމިއްލަ ނަފުސާ ޢާއިލާތަކަށްވުރެ އަބަދުވެސް އިސްކުރީ ޤައުމާއި ރައްޔިތުން''

''ސިފައިން އަމިއްލަ ނަފުސާ ޢާއިލާތަކަށްވުރެ އަބަދުވެސް އިސްކުރީ ޤައުމާއި ރައްޔިތުން''

ސިފައިން އަމިއްލަ ނަފުސާ ޢާއިލާތަކަށްވުރެ އަބަދުވެސް އިސްކުރީ ދިވެހި ޤައުމާއި ރައްޔިތުންގެ މަޞްލަޙަތުކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ ދިވެހި ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ. މި ޚިޠާބުގައި ރައީސް ވިދާޅުވެފައިވާ ގޮތުގައި ދިވެހީންގެ އެވޭލާ ތާރީޚުގެ ވާހަކަތައް ފެންނާން އޮތް އެންމެ ދުރު ހިސާބުން ފެށިގެން މިއަދާއި ހަމަޔަށްވެސް ޖަޒީރާ ރަށްތަކެއްގެ ގޮތުގައި އޮތް މި ޤައުމު، އ...

ޔުމްނާ ޢަލީ
ސިލްސިލާ ވާހަކަ: ފުރާނައިން ލޯބިވަމޭ (6)

ސިލްސިލާ ވާހަކަ: ފުރާނައިން ލޯބިވަމޭ (6)

ކުރީގެ އަދަދާއި ގުޅޭ: ” މަގޭ ހަސަނަށް ކިހިނެއް ވީ؟ އަލިފުޅުބޭ!” މަރިޔަމް ރޯން ފެށުމުން ހާނިމް ވެސް ރޯން ފަށައިފިއެވެ. އޭރު ސާމިހް ވެސް ބިރުގެންފައި ހުރެ، އަލިފުޅުގެ މޫނަށް ބަލަމުން ދިޔައެވެ. ” ދޯންޏެއް އެހެލަން އުޅެނިކޮށް، ވީއެއް ނުވީއެއް ނޭނގެ، ހަސަނުގެ ފައި ދަށުވީ.” އަލިފުޅު ބުނެލީ ނުހަނު ބާރަށެވެ. އެއާއެކު މަރިޔަމްއަށް ދުއްވައި ގަނެވުނެވެ. ނަމަވެސް އޭނާގެ ދެ ފައިގައި ކަސްތޮޅު އެޅުނީ، ފަތްޖެހި އެނދުގައި އޮތް ސާޔާ މަތިން ހަނދާން […]

ސަލާމާ ޢަބްދުލް ޢަލީމް
އިތުރު ވަގުތުގައި ވަލްވަޑޭ ޖެހި ހިތްގައިމު ލަނޑުން ރެއާލަށް މުހިންމު މޮޅެއް

އިތުރު ވަގުތުގައި ވަލްވަޑޭ ޖެހި ހިތްގައިމު ލަނޑުން ރެއާލަށް މުހިންމު މޮޅެއް

ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި އެތުލެޓިކް ބިލްބާއޯ ބައްދަލުކުރި މެޗު އެއްވަރުވާން ދަނިކޮށް އިތުރު ވަގުތުގައި، ފެޑެރިކޯ ވަލަވަޑޭ ޖެހި ހިތްގައިމު ލަނޑުން ރެއާލުން މުހިންމު މޮޅެއް ހޯދައިފިއެވެ. ރޭ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ރެއާލުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއިންނެވެ. ޕޮއިންޓް ތާވަލުގެ އެއްވަނާގައި މިވަގުތު އޮތީ ބާސެލޯނާއެވެ. އެ ޓީމަށް 32 މެޗުން 73 ޕޮއިންޓް ލިބިފައިވާއިރު ދެވަނާގައި ރެއާލް އޮތީ 32 މެޗުން 69 ޕޮއިންޓް ހޯދައިގެންނެވެ. މި […]

އިބްރާހިމް ޚަލީލް
ދިވެހި މިނިވަންކަމުގެ ދަންމަރު އުދަރެސްތަކަށް އުފުލައިދެނީ، ދިވެހި ސިފައިން ޤުރުބާނީ: ރައީސް

ދިވެހި މިނިވަންކަމުގެ ދަންމަރު އުދަރެސްތަކަށް އުފުލައިދެނީ، ދިވެހި ސިފައިން ޤުރުބާނީ: ރައީސް

ދިވެހި މިނިވަންކަމުގެ ދަންމަރު އުދަރެސްތަކަށް އުފުލައިދެނީ، ދިވެހި ސިފައިންގެ ޖޯޝާއި، ޤުރުބާނީއާއި ނުގުޑާ ޢަޒުމުން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ފޮނުއްވައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓްގައި ރައީސް ވިދާޅުވެފައިވާ ގޮތުގައި، ދިވެހީންނަށް ލިބުނު ކޮންމެ ކުރިއެރުމަކާއި ކާމިޔާބެއްގެ ސިއްރަކީ، މިނިވަން ދައުލަތެއްގެ ގޮތުގަައި މި ޤައުމު ދެމިއޮތުމެވެ. ”ދިވެހި މިނިވަންކަމުގެ ދަންމަރު އުދ...

ޔުމްނާ ޢަލީ
އެމެރިކާގައި ޓްރަމްޕާ ދެކޮޅު މުޒާހަރާތައް ވަރުގަދަވަނީ

އެމެރިކާގައި ޓްރަމްޕާ ދެކޮޅު މުޒާހަރާތައް ވަރުގަދަވަނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސިޔާސަތުތަކާ ދެކޮޅަށް އެ ޤައުމުގެ އެކި ސަރަޙައްދުތަކުގައި ހިނގަމުންދާ މުޒާހަރާތައް ވަރުގަދަވަމުން އަންނަކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ. މި މުޒާހަރާތަކުގައި އެތައްހާސް މީހުން ބައިވެރިވެ، ޓްރަމްޕް ސަރުކާރުގެ އެކި ސިޔާސަތުތަކާ ދެކޮޅަށް އަޑުއުފުލަމުންދާކަން ވަނީ ފެންނަން ފަށާފައެވެ. ވޮޝިންގްޓަން ޑީސީގައި ހިނގި މުޒާހަރާގައި ބައިވެރިން ވަނީ ވައިޓް ހައުސްގެ ކުރިމަތީގައި އެއްވެ، “މަސައްކަތްތެރިންނަށް ބާރު ލިބިދޭންޖެހޭ”، “ރަސްކަމެއް ނޫން”، “އިސްރާއީލަށް ހަތިޔާރު...

އަޙްމަދު ދާއޫދު
އަޤްޞާ މިސްކިތް ތަޅާލުމަށް އިސްރާއީލުން ގޮވާލުމުން ޔޫއޭއީން ކުށްވެރިކޮށްފި

އަޤްޞާ މިސްކިތް ތަޅާލުމަށް އިސްރާއީލުން ގޮވާލުމުން ޔޫއޭއީން ކުށްވެރިކޮށްފި

އިސްރާއީލުން އަލްއަޤްޞާ މިސްކިތް ތަޅާލުމަށް ގޮވާލުމާއި، ކްރިޝްޓިއަނުންގެ ދީނުގެ މުޤައްދަސް ހޮނިހިރު ދުވަހުގެ އިޙްތިފާލު ފާހަގަކުރުމުގައި ބައިވެރިވި ނަޞާރާއިންނަށް ފުލުހުން އަނިޔާކުރި ކުރުން ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އިން  ކުށްވެރިކޮށްފިއެވެ. އެމިރޭޓްސްގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިސްލާމީ އަދި މަސީޙީ މުޤައްދަސް ތަންތަނަށް ފުރިހަމަ ރައްކާތެރިކަން ދިނުމަށާއި، އަލްއަޤްޞާ މިސްކިތަށް ކުރަމުންދާ ނުރައްކާތަކާއި އަދި ރުޅިއަރުވާފަދަ ޢަމަލުތައް ހުއްޓާލުމަށް ގޮވާލާކަމަށ...

އަޙްމަދު ދާއޫދު
މޯދީއާއި މަސްކް މަޝްވަރާކޮށްފި

މޯދީއާއި މަސްކް މަޝްވަރާކޮށްފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި ޓެސްލާ އަދި ސްޕޭސްއެކްސްގެ ސީއީއޯ އީލޮން މަސްކް ޓެކްނޮލޮޖީގެ ދާއިރާއިން އެއްބާރުލުން ދިނުމުގެ ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ. މި މަޢުލޫމާތު ހާމަކުރެއްވީ ބޮޑުވަޒީރު މޯދީ އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައެވެ. މޯދީ ވިދާޅުވި ގޮތުގައި މި ދެ ފަރާތުގެ މެދުގައި ހިނގި މަޝްވަރާގައި “އެކި މައުޟޫތަކާ ބެހޭގޮތުން ވާހަކަދެކެވުނު” އިރު، މީގެ ތެރޭގައި “މިއަހަރުގެ ކުރީކޮޅު ވޮޝިންގްޓަން ޑީސީގައި ބޭއްވުނު ބައްދަލުވުމުގައި މަޝްވަރާކުރެވުނު ބައެއް...

އަޙްމަދު ދާއޫދު
މަދީނާގެ ހަރަމްފުޅުގެ އިމާމުގެ ދަތުރުފުޅު: ބޮޑު ދަރުހަކާއި އިމާމުވެ ހުކުރު ނަމާދު ކުރައްވާނެ

މަދީނާގެ ހަރަމްފުޅުގެ އިމާމުގެ ދަތުރުފުޅު: ބޮޑު ދަރުހަކާއި އިމާމުވެ ހުކުރު ނަމާދު ކުރައްވާނެ

މަދީނާގެ މަސްޖިދުއްނަބަވީގެ އިމާމު އަދި ޚަޠީބް ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލްބުދައިރު މާދަމާ ރަސްމީ ދަތުރުފުޅެއްގައި ދިވެހިރާއްޖެއަށް ވަޑައިގަންނަވާނެ ކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފި އެވެ. މިއީ 40 އަހަރުގެ ތެރޭގައި ދެ ޙަރަމްފުޅުގެ އިމާމުންގެ ތެރެއިން އިމާމެއް ރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، މި ދަތުރުފުޅަކީ އިސްލާމީ އުއްމަތުގެ މަތީ މުޙިއްމު ޝަހުސިއްޔަތުތައް ރާއްޖެ ގެންނެވުމަ...

އަލީ އާދިލް
ދުވަހުން ދުވަހަށް މައުލޫމާތު ފޯރުކޮށްދިނުމަށް ރައީސްގެ ވަޓްސްއެޕް ޗެނަލެއް

ދުވަހުން ދުވަހަށް މައުލޫމާތު ފޯރުކޮށްދިނުމަށް ރައީސްގެ ވަޓްސްއެޕް ޗެނަލެއް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ރައްޔިތުންނާ ސީދާ ގުޅުން ބަދަހިކުރުމުގެ ގޮތުން ރަސްމީ ވަޓްސްއެޕް ޗެނަލެއް އުފައްދަވައިފިއެވެ. މި ޗެނަލަކީ ދުވަހުން ދުވަހަށް އަޕްޑޭޓްތަކާއި، މުހިންމު މަޢުލޫމާތުތަކާއި އަދި މެސެޖުތައް ރައްޔިތުންނާ ހިއްސާކުރުމަށް ޚާއްޞަކުރެވިފައިވާ ޗެނަލެެއްކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ. ރައީސް މުޢިއްޒު އެމަނިކުފާނުގެ ސޯޝަލް މީޑިއާ އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެ ޗެނެލާއި ގުޅުމަށް އެންމެހާ ރައްޔިތުންނަށް ދައުވަތު ދެއްވާފައެވެ. “އަޅުގަނޑުގެ ރަސްމީ ވަޓްސްއެޕް ޗެ...

ޔުމްނާ ޢަލީ
ރާއްޖޭގައި ވިޔަފާރި އުސޫލުން މޫދުވިނަ އާލާކުރުމުގެ މަޝްރޫޢުއެއް ފަށައިފި

ރާއްޖޭގައި ވިޔަފާރި އުސޫލުން މޫދުވިނަ އާލާކުރުމުގެ މަޝްރޫޢުއެއް ފަށައިފި

ރާއްޖޭގައި ފުރަތަމަ ފަހަރަށް ވިޔަފާރި އުސޫލުން މޫދުވިނަ އާލާކުރުމުގެ މަޝްރޫޢުއެއް މިއަދު ފަށައިފިއެވެ. މަސްވެރިކަމާއި ބެހޭ ވުޒާރާއިން މިއަދު ބުނީ، ފުރަތަމަ ފަހަރަށް ރާއްޖޭގައި ވިޔަފާރި އުސޫލުން މޫދުވިނަ އާލާކުރުމުގެ މަޝްރޫޢުއެއް މިއަދު ފަށާފައިވާ ކަމަށެވެ. ބ. އަތޮޅު ފެހެންދޫގައި ފްލޯޓިންގް އޭކަރސް އިން ކުރިޔަށްގެންދާ މަޝްރޫޢު ރަސްމީކޮށް މިއަދު އިފްތިތާހުކޮށް ދެއްވީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އަހްމަދު ޝިޔާމް އެވެ. އެ ވުޒާރާއިން ބުނިގޮތުގައި މިއީ، ރައީސް ޑރ. މުޙައްމަދ...

ޔުމްނާ ޢަލީ
ކުޅުދުއްފުށީގައި މާލިއްޔަތު ޤަވާއިދާއި ބެހޭ ތަމްރީނު ޕްރޮގުރާމެއް

ކުޅުދުއްފުށީގައި މާލިއްޔަތު ޤަވާއިދާއި ބެހޭ ތަމްރީނު ޕްރޮގުރާމެއް

ކުޅުދުއްފުށި ސިޓީގައި މާލިއްޔަތު ޤަވާއިދާއި ބެހޭ ތަމްރީނު ޕްރޮގުރާމެއް ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމަކީ ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އެދިލެއްވުމަށް ޕަބްލިކް ފައިނޭންސް އިންސްޓިޓިއުޓްގެ ފަރާތުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. ހަފްތާ ބަންދުގައި ކުރިއަށް ގެންދިޔަ މި ޕްރުގްރާމުގައި ކުޅުދުއްފުށި ސިޓީ ކައުންސިލްގެ އިދާރީ މުވައްޒަފުންނާއި، ރަށުގެ އިދާރާތަކުގެ ގިނަ މުވައްޒަފުންގެ އިތުރުން ހދ އަތޮޅަށް ނިސަބަތްވާ ކައުންސިލްތަކުގެ ބައެއް މުވައްޒަަފުންވެސް ވަނީ ބައިވެރިވެފައެވެ.  އެގޮތުން މި ޕް...

އައިޝަތު އައިނީ އާމިރު
ބެލެނިވެރީންނާއި ސްކޫލްތަކުން އުންމީދުކުރާ ފަދަ ނަތީޖާއެއް ލިބުމަކީ އެދޭގޮތް: ރައީސް

ބެލެނިވެރީންނާއި ސްކޫލްތަކުން އުންމީދުކުރާ ފަދަ ނަތީޖާއެއް ލިބުމަކީ އެދޭގޮތް: ރައީސް

މިއަހަރުގެ އެސް.އެސް.ސީ އަދި އޯލެވެލް އިމްތިޙާނުގައި ބެލެނިވެރީންނާއި ސްކޫލްތަކުން އުންމީދުކުރާ ފަދަ ރަނގަޅު ނަތީޖާއެއް ލިބުމަކީ އެދިވަޑައިގަންނަވާ ގޮތްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މިއަހަރުގެ މަތީ ސާނަވީ އިމްތިހާނުތައް މިއަދު ފަށާފައިވާއިރު، މިއަދު ވަނީ އެސްއެސްސީ އިމްތިހާނުގެ އިސްލާމް އަދި ދިވެހި މާއްދާގެ އިމްތިހާން ބާއްވާފައެވެ. އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މި މަހުގެ 2 ވަނަ ދުވަހުން ފެށިގެން ބައެއް މާއްދާތަކުގެ ޕްރެކްޓިކަލް ބައި ވަނީ ކުރިއ...

ޔުމްނާ ޢަލީ
ޕްރިފެރެންޝަލް ވޯޓާއެކު ނަމަ އެއްބުރުން ވޯޓުލައި ސަރުކާރެއް އުފެއްދުމަށް ތާއީދު: ނަޝީދު

ޕްރިފެރެންޝަލް ވޯޓާއެކު ނަމަ އެއްބުރުން ވޯޓުލައި ސަރުކާރެއް އުފެއްދުމަށް ތާއީދު: ނަޝީދު

ޕްރިފެރެންޝަލް ވޯޓާއެކު ނަމަ އެއްބުރުން ވޯޓުލައި ސަރުކާރެއް އުފެއްދުމަށް ތާއީދު ކުރަށްވާކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ. ރިޔާސީ އިންތިޚާބުގެ ނަތީޖާ އެއް ބުރުން ނެރުމަށް ޤާނޫނު އަސާސީ އަށް ބަދަލުގެނައުމުގެ ވިސްނުން ރައީސް ޑރ. މުހައްމަދު މުޢިއްޒު ގެންގުޅުއްވާކަމަށް ވަނީ އަޑުފެތުރިފައެވެ. އަދި އެމަނިކުފާނުގެ ވިސްނުންފުޅަކީ ޕްރިފެރެންޝަލް ވޯޓާއެކު އެ ބަދަލު ގެނައުންކަމަށް ވެސް އަޑުފެތުރިފަވެއެވެ. މި ބަހުސް ދިވެހިންގެ ތެރޭގައި މިހާރު ގަދަވެފައިވާއިރު، ދަ ޑިމޮކްރެޓިކްސް...

ޔުމްނާ ޢަލީ
ބްރޯޑްކޮމް އަށް މެމްބަރަކު ހޯދުމަށް ހުޅުވާލައިފި

ބްރޯޑްކޮމް އަށް މެމްބަރަކު ހޯދުމަށް ހުޅުވާލައިފި

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) އަށް އައު މެމްބަރަކު ހޯދުމަށް ރައީސް އޮފީހުން މިއަދު ހުޅުވާލައިފިއެވެ. މި ފުރުޞަތު ހުޅުވާލާފައިވަނީ މިހާރު ކޮމިޝަނުގައި ތިއްބެވި މެމްބަރުންގެ ތެރެއިން އެއް މެމްބަރެއްގެ މަޤާމުގެ މުއްދަތު ހަމަވާތީއެވެ. ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި، މި މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވިފައި އޮންނާނީ މިއަދުން ފެށިގެން 29 އެޕްރީލް 2025 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށެވެ. ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ފޯމު ބަލައިގަންނާނީ ރ...

ޔުމްނާ ޢަލީ