މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,415 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 476 ވަނަ ޞަފްޙާ

ބަންޑާރަ ކޮށީގައި މީހަކު ނިޔާވި މައްސަލަ ފުލުހުން ބަލަނީ

ބަންޑާރަ ކޮށީގައި މީހަކު ނިޔާވި މައްސަލަ ފުލުހުން ބަލަނީ

ބަންޑާރަ ކޮށީގައި ދިވެހި ފިރިހެނަކު ނިޔާވެފައިވާ މައްސަލައެއް ތަޙުޤީޤު ކުރަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިންގޮތުގައި، މި މައްސަލަ ފުލުހުންނަށް ރިޕޯޓުކުރެވުނީ މިރޭގެ ވަގުތެއްގައެވެ. ނިޔާވި ފަރާތަކީ އުމުރުން 35 އަހަރުގެ ދިވެހި ފިރިހެނެއްކަން ފުލުހުން ވަނީ ކަށަވަރުކޮށްދެއްވާފައެވެ. ނަމަވެސް، މި ވަގުތަށް އިތުރު މަޢުލޫމާތެއް ހާމަކުރައްވާފައެއް ނުވެއެވެ. ބަންޑާރަކޮށްޓަކީ ސިފައިންގެ މައި މަރުކަޒު ހުންނަ ތަނެވެ.

ޔުމްނާ ޢަލީ
ކަރަންޓް ކެނޑެން މެދުވެރިވި ސަބަބު ދެނަގަނެ މައުލޫމާތު އާންމު ކުރާނަން: ފަހުމީ

ކަރަންޓް ކެނޑެން މެދުވެރިވި ސަބަބު ދެނަގަނެ މައުލޫމާތު އާންމު ކުރާނަން: ފަހުމީ

މިއަދު ގްރޭޓަރ މާލެ އިންޓަރކަނެކްޝަން ގްރިޑަށް ކުރިމަތިވި މައްސަލައިގެ ސަބަބުން މާލެ އާއި ހުޅުމާލެއަށް ކަރަންޓު ކެނޑުނު ހާދިސާއާ ގުޅޭ މަޢުލޫމާތު ދެނެގަނެ ފަހުން އާންމުކުރާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ. ފަހުމީ ވިދާޅުވީ، ގްރޭޓަރ މާލެ އިންޓަރކަނެކްޝަން ގްރިޑަށް ކުރިމަތިވެފައިވާ މައްސަލަ މިހާރު ވަނީ ހައްލުކުރެވި، މާލެ އާއި ހުޅުމާލެއަށް ކަރަންޓުގެ ޚިދުމަތް އަލުން ފޯރުކޮށްދެވިފައި ކަމަށެވެ. އަދި ފަހުމީ ވަނީ ކަރަންޓު އ...

ޔުމްނާ ޢަލީ
މަޖިލީހުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާ މާދަމާ

މަޖިލީހުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާ މާދަމާ

ރައްޔިތުންގެ މަޖިލީހުގެ މި 2025 ވަނަ އަހަރުގެ ދެވަނަ ދައުރުގެ ފުރަތަަމަ ޖަލްސާ މާދަމާ އަށް ތާވަލުކޮށްފިއެވެ. މާދަމާ ހެނދުނު 9:00 ގައި ފަށާ މި ޖަލްސާގެ އެޖެންޑާގައި އެންމެ މުހިންމު މައްސަލައެއްގެ ގޮތުގައި އޮތީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ޢައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާއި ގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުމުގެ މައްސަލަ އެވެ. މީގެ އިތުރުން ނޭޕާލާއި، އަޔަރލޭންޑާއި އަދި ޔުކްރޭނަށް ނޮން-ރެސިޑެ...

ޔުމްނާ ޢަލީ
މާލޭގެ ހުރިހާ ސަރަހައްދަކަށް ކަރަންޓް ދީފި

މާލޭގެ ހުރިހާ ސަރަހައްދަކަށް ކަރަންޓް ދީފި

މާލޭގެ ހުރިހާ ސަރަހައްދަކަށް މިހާރު ވަނީ ކަރަންޓް ދެވިފައިކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން  ބުނެފިއެވެ. ސްޓެލްކޯއިން ބުނި ގޮތުގައި ހުޅުމާލޭ ރުއްގަނޑު 1 ސަރަހައްދުގައި ބަހައްޓާފައިވާ ޓްރާންސްފޯމަރ އެއް ފިޔަވައިޔަވައި އެހެން ހުރިހާ ޓްރާންސްފޯމަރ އެއް މިހާރު ވަނީ އެނަރޖައިޒް ކުރެވިފައެވެ. މި ޓްރާންސްފޯމަރ ހުރި ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި ކަރަންޓް ނުލިބޭ ކަސްޓަމަރެއް ހުރިނަމަ އަލުގަނޑުމެންގެ އިމަރޖެންސީ ނަންބަރު 104 އަށް ގުޅުއްވުން އެދޭ ކަމަށް ސްޓެލްކޯއި...

ޔުމްނާ ޢަލީ
މާލޭގެ ބޮޑު ބަޔަކަށް ކަރަންޓް ދީފި

މާލޭގެ ބޮޑު ބަޔަކަށް ކަރަންޓް ދީފި

މާލޭގެ ބޮޑު ބަޔަކަށް ކަރަންޓް ދެވިފައިވާކަމަށް ސްޓެލްކޯއިން ބުނެފިއެވެ. އެ ކުންފުނިން ބުނީ އިތުރު ސަރަހައްދުތަކަށް ކަރަންޓް ދިނުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށެވެ. ޓެކްނިކަލް މައްސަލައެއް ދިމާވެ މާލެ އާއި ހުޅުމާލެއާއި ހުޅުލެ ހިމެނޭހެން ކަރަންޓް ކެނޑުނީ މިއަދު މެންދުރު 12:45 ހާއިރުއެވެ. މިކަމާގުޅޭ މައުލޫމާތު ދިނުމުގެ ނޫސްވެރިންގެ ބައްދަލުވުމެއް 15:30 ގައި ބާއްވަން ސްޓެލްކޯއިން ވަނީ ނިންމާފައެވެ.  

ޔުމްނާ ޢަލީ
ވީއައިއޭ އަށް ކަރަންޓް ދީފި

ވީއައިއޭ އަށް ކަރަންޓް ދީފި

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) އަށް ކަރަންޓު އަލުން ފުރިހަމައަށް ލިބިފައިވާކަމަށް އެ އެއާޕޯޓް ހިންގާ އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ. އެމްއޭސީއެލުން ބުނިގޮތުގައި މިއަދު މެންދުރުފަހު 2:05 ގައި ވީއައިއޭ އަށް އަލުން ކަރަންޓު ވަނީ ލިބިފައެވެ. އެމްއޭސީއެލުން ބުނީ ކުރިން، މާލެ ސަރަޙައްދުގައި ދިމާވި ކަރަންޓު ކެނޑުމުގެ މައްސަލައިގެ ސަބަބުން އެއަރޕޯޓަށްވެސް އޭގެ އަސަރުކުރި ކަމަށެވެ. އެއީ މައި ކަރަންޓު ވިއުގަ އަކީ އެމްއޭސީއެލްގެ އަމިއްލަ ކަރަންޓު އުފެއްދުމުގެ ނިޒާމ...

ޔުމްނާ ޢަލީ
ކޭއާރުއެޗުގައި ތަޖުރިބާކާރު ޑޮކްޓަރުންގެ ޓީމަކާއެކު ހާއްސަ ކޭމްޕެއް

ކޭއާރުއެޗުގައި ތަޖުރިބާކާރު ޑޮކްޓަރުންގެ ޓީމަކާއެކު ހާއްސަ ކޭމްޕެއް

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ތަޖުރިބާކާރު ޑޮކްޓަރުންގެ ޓީމަކާއެކު ހާއްސަ ކޭމްޕެއް ބާއްވަން ނިންމައި ކޭމްޕްގައި ޑޮކްޓަރަށް ދެއްކުމަށް ނަން ނޯޓުކުރަން ހުޅުވާލައިފިއެވެ. ކޭއާރުއެޗުން ބުނިގޮތުގައި މި ކޭމްޕަކީ އެ ހޮސްޕިޓަލާއި ސިއްޙީ ވުޒާރާގެ އިތުރުން މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އިން ގުޅިގެން އޮޕްރޭޝަން ޑޮކްޓަރުންގެ ޙާއްސަކ ކޭމްޕެކެވެ. މި ޖޫން މަހު 12 އިން 14 އަށް ކޭއާރުއެޗުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ކޭމްޕުގައި މުޅި ޖުމްލަ ތަޖުރިބާކާރު 8 ޑޮކްޓަރުން ހަރަކާތްތެރިވުމަށް […]

އައިޝަތު އައިނީ އާމިރު
ޖަނަރޭޓަރުތައް ޖައްސަން ފަށައި، ދަރުމަވަންތަ އާއި އައިޖީއެމްއެޗަށް ކަރަންޓް ދީފި

ޖަނަރޭޓަރުތައް ޖައްސަން ފަށައި، ދަރުމަވަންތަ އާއި އައިޖީއެމްއެޗަށް ކަރަންޓް ދީފި

މާލޭއާއި ހުޅުމާލޭގެ ޖަނަރޭޓަރުތައް ޖައްސަން ފަށާފައިވާކަމަށް ސްޓެލްކޯއިން ބުނެފިއެވެ. ޓެކްނިކަލް މައްސަލައެއް ދިމާވެ މާލެ އާއި ހުޅުމާލެއާއި ހުޅުލެ ހިމެނޭހެން ކަރަންޓް ކެނޑުނީ މިއަދު މެންދުރު 12:45 ހާއިރުއެވެ. ކަރަންޓް ދިނުމުގެ އެންމެ ފަހުގެ އަދާހަމަ ހާމަކުރަމުން ސްޓެލްކޯއިން ބުނީ މާލޭއާއި ހުޅުމާލޭގެ ޖަނަރޭޓަރުތައް ޖައްސަން ފަށާފައިވާކަމަށެވެ. މީގެ އިތުރުން ކްރިޓިކަލް ތަންތަނުގެ ގޮތުގައި ބެލެވޭ އައިޖީއެމް ހޮސްޕިޓަލާއި ދަރުމަވަންތަ ހޮސްޕިޓަލަށް މިހާރު ވަނީ ކަރަންޓު ދެވިފައިވާކަމަށް ވެސް އެ ކުންފުނ...

ޔުމްނާ ޢަލީ
ކަރަންޓް ދިޔަ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަނީ

ކަރަންޓް ދިޔަ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަނީ

ޓެކްނިކަލް މައްސަލައެއް ދިމާވެ މާލެ އާއި ހުޅުމާލެއާއި ހުޅުލެ ހިމެނޭހެން ކަރަންޓް ކެނޑިފައިވާ މައްސަލަ ރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ކަމާބެހޭ ފަރާތްތަކުގައި ދަންނަވާފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ޓެކްނިކަލް މައްސަލައެއް ދިމާވެ މާލެ އާއި ހުޅުމާލެއާއި ހުޅުލެ ހިމެނޭހެން ކަރަންޓް ކެނޑުނީ މިއަދު މެންދުރު 12:45 ހާއިރުއެވެ. މިކަން ދިމާވި ސަބަބު ދެނެގަތުމަށް ސްޓެލްކޯއިން މައްސައްކަތް ކުރަމުން އަންނައިރު، ރައީސް ޑރ. މުޢިއްޒު ދެންމެ އެކްސްގައި ކުރެއްވި ޕޯސްޓެ...

ޔުމްނާ ޢަލީ
ޓެކްނިކަލް މައްސަލައެއް ދިމާވެ މާލެ އާއި ހުޅުމާލެއިން ކަރަންޓް ކެނޑިއްޖެ

ޓެކްނިކަލް މައްސަލައެއް ދިމާވެ މާލެ އާއި ހުޅުމާލެއިން ކަރަންޓް ކެނޑިއްޖެ

ޓެކްނިކަލް މައްސަލައެއް ދިމާވެ މާލެ އާއި ހުޅުމާލެއިން ކަރަންޓް ކެނޑިއްޖެއެވެ. ސްޓެލްކޯ އިން ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލެއާއި ހުޅުމާލެއިން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ. ދިމާވެ މައްސަލަ ދެނަގަނެ ހައްލު ކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަކަަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ. ”ދިމާވި މައްސަލަ ބަލަމުން ދަނީ، މިވަގުތު މާލެ އާއި ހުޅުމާލެ އޮތީ ޓޯޓަލް ބްލެކްއައުޓެއްގައި” ސްޓެލްކޯއިން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނެފަވެއެވެ. އެ ކުންފުނިން ވަނީ ދިމާވާނެ ދަތިތަކަ...

ޔުމްނާ ޢަލީ
ރާއްޖެ ބައިނަލްއަގުވާމީ މާލީ މަރުކަޒަކަށް ހެދުމުގެ މަސައްކަތަށް ކުންފުންޏެއް

ރާއްޖެ ބައިނަލްއަގުވާމީ މާލީ މަރުކަޒަކަށް ހެދުމުގެ މަސައްކަތަށް ކުންފުންޏެއް

“ގްރޭޓަރ މާލެ ފައިނޭންޝަލް ޑިސްޓްރިކްޓް ލިމިޓެޑް” ގެ ނަމުގައި އައު ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު މިއަދު އުފައްދަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 15/2025 އިން މި ކުންފުނި އުފައްދަވާފައިވަނީ ކުންފުނީގެ ޤާނޫނު (ޤާނޫނު ނަންބަރު 2023/7) ގެ 15 ވަނަ މާއްދާގެ ދަށުންނެވެ. މި ކުންފުންޏަކީ ދިވެހި ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާ އޮންނަ ކުންފުންޏެކެވެ. މި ކުންފުނި އުފެއްދެވުމުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް، ޑިޖިޓަލް ފައިނޭންޝ...

ޔުމްނާ ޢަލީ
ބެންޒެމާގެ ލަނޑުތަކުން މޮޅުވެ އިއްތިހާދުން ކިންގް ކަޕް ކާމިޔާބުކޮށްފި

ބެންޒެމާގެ ލަނޑުތަކުން މޮޅުވެ އިއްތިހާދުން ކިންގް ކަޕް ކާމިޔާބުކޮށްފި

ސައުދީ ކިންގް ކަޕް އޮފް ޗެމްޕިއަންސްގެ ފައިނަލްގައި އަލް ޤަދްޝިއާ ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން އަލް-އިއްތިހާދުން ހޯދައިފިއެވެ. ހުކުރު ދުވަހު ކުޅުން ފައިނަލު މެޗު، އިއްތިހާދުން ކާމިޔާބު ކޮށްފައި ވަނީ 3-1 ގެ ނަތީޖާއިންނެވެ. މި ސީޒަންގައި މޮޅު ކުޅުމެއް ދެއްކި އަލް-އިއްތިހާދުން ވަނީ ސައުދީ ޕްރޮފެޝަނަލް ލީގުގެ ޗެމްޕިއަންކަން ވެސް ހޯދާފައެވެ. ކިން ކަޕަކީ އެ ޓީމުން މި ސީޒަންގައި ކާމިޔާބުކުރި ދެވަނަ ތައްޓެވެ. މިއީ 2018 ވަނަ އަހަރު ފަހުން އެ ޓީމަށް ކިންގް […]

އިބްރާހިމް ޚަލީލް
ސިލްސިލާ ވާހަކަ: ފުރާނައިން ލޯބިވަމޭ (20)

ސިލްސިލާ ވާހަކަ: ފުރާނައިން ލޯބިވަމޭ (20)

ކުރީގެ އަދަދާއި ގުޅޭ: ޝަބްނަމްއަށް ހަސަން ފެނުމާޢެކު ދުވެފައި ގޮސް ހަސަންގެ އަތުގައި ހިފިއެވެ. ލިބުނު ހައިރާންކަމާއެކު ހަސަންއަށް ޝަބްނަމްގެ މޫނަށް ބަލައިލެވުނެވެ. އޭރު ޝަބްނަމް ހުރީ އުފަލުން ފޮޅިފައެވެ. އޭނާ ހަސަންގެ އަތުގައި ހިފައިގެން ކުރިއަށް ހިނގައިގަތެވެ. ދަމަމުން ކަހަލަ ގޮތަކަށެވެ. ހަސަން ކުރިއަށް ހިނގަމުން ދިޔައީ ޝަބްނަމްގެ ބާރުގައެވެ. އެ ވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ތަބަކަށް ޖޫސްތަށިތައް ލައިގެން ބަދިގެއިން ނިކުތް މަރިޔަމްއެވެ. އިސާހިތަކު މަރިޔަމްއަށް ވެސް އެ މަންޒަރު ފެނުނެވެ. އެއ...

ސަލާމާ ޢަބްދުލް ޢަލީމް
މިއަހަރުގެ މިސް ވޯލްޑް ތާޖު ތައިލެންޑްގެ އޯޕަލް އަށް

މިއަހަރުގެ މިސް ވޯލްޑް ތާޖު ތައިލެންޑްގެ އޯޕަލް އަށް

ތައިލެންޑްގެ އޯޕަލް ސުޗާޓާ ޗުއަންގްސްރީ މިސް ވޯލްޑް 2025 ގެ ތާޖު ހޯދައިފިއެވެ. މިއަހަރުގެ މިސް ވޯލްޑް މުބާރާތުގެ ގްރޭންޑް ފިނާލޭގައި އޮތީ މެއި 31 ވަނަ ދުވަހު އިންޑިއާގެ ހައިދަރާބާދުގައެވެ. މި އިވެންޓްގައި މި އަހަރުގެ މިސް ވޯލްޑް ތައިލެންޑްގެ އޯޕަލް ސުޗާޓާ ޗުއަންގްސްރީގެ ބޮލުގައި މިސް ވޯލްޑް ތާޖު އަޅުވައިދިނީ މިދިޔަ އަހަރުގެ މިސް ވޯލްޑް ޗެކް ރިޕަބްލިކްގެ ކްރިސްޓީނާ ޕިޝްކޯވާ އެވެ. މިސް ވޯލްޑް 2025 ގެ ރަނަރަޕް އަކަށް ހޮވިފައި ވަނީ […]

ޔުމްނާ ޢަލީ
ބޮޑުތަނުން އިންޓަ ބަލިކޮށް ޕީއެސްޖީ ފުރަތަމަ ފަހަރަށް ޔޫރަޕްގެ ރަސްކަމަށް

ބޮޑުތަނުން އިންޓަ ބަލިކޮށް ޕީއެސްޖީ ފުރަތަމަ ފަހަރަށް ޔޫރަޕްގެ ރަސްކަމަށް

ބޮޑުތަފާތަކުން އިންޓަ މިލާން ބަލިކޮށް ޔުއެފާ ޗެމްޕިއަންސް ލީގުގެ ތަށި ޕީއެސްޖީން ފުރަތަމަ ފަހަރަށް ކާމިޔާބުކޮށްފިއެވެ. ރޭ ޖަރުމަނުގެ ބަޔާން މިއުނިކްގެ ދަނޑުގައި ކުޅުނު ފައިނަލުމެޗު ޕީއެސްޖީން ކާމިޔާބު ކޮށްފައި ވަނީ 5-0 ގެ ނަތީޖާއިން އިންޓަ މިލާން ބަލިކޮށްގެންނެވެ. މިއީ ޗެމްޕިއަންސް ލީގު ފައިނަލެއްގައި މިހާތަނަށް ނުކުތް އެންމެ ތަފާތު ބޮޑު ނަތީޖާއެވެ. މީގެކުރިން ފައިނަލް މެޗެއްގައި އެންމެ ތަފާތު ބޮޑު ނަތީޖާއެއް ފެނިގެން ގޮސްފައިވަނީ 1994 ވަނަ އަހަރު ފައިނަލުގައެވެ. އެ އަހަރު ފައިނަލުގައި […]

އިބްރާހިމް ޚަލީލް
''އާ ހުށަހެޅުމުން ހަނގުރާމަ ނިމުމަކަށް އަންނާނެކަމުގެ އެއްވެސް ޔަގީންކަމެއް ނެތް''

''އާ ހުށަހެޅުމުން ހަނގުރާމަ ނިމުމަކަށް އަންނާނެކަމުގެ އެއްވެސް ޔަގީންކަމެއް ނެތް''

އިސްރާއީލުން ޣައްޒާގައި ދެމުންދާ ހަމަލާތައް ހުއްޓާލައި، ހަނގުރާމަ ހުއްޓައިލުމަށް އެމެރިކާ އިސްވެ ހުށަހަޅާފައިވާ އައު ހުށަހެޅުމާމެދު ”އެއްވެސް ޔަގީންކަމެއް ނެތް” ކަމަށް ފަލަސްތީނުގެ ޖަމާޢަތް ހަމާސްއިން ބުނެފިއެވެ. މި ހުށަހެޅުމާއި ގުޅޭގޮތުން ހަމާސް ޖަމާއަތުގެ އިސް އޮފިޝަލެއް ކަމަށްވާ ބާސެމް ނައިމް ހޮނިހުރި ދުވަހު ”އަލް ޖަޒީރާ” އަށް ބުނެފައިވަނީ ހުށަހެޅިފައިވާ އެއްބަސްވުމުގައި “ހަނގުރާމަ ނިމުމަކަށް އަންނާނެކަމުގެ އެއްވެސް ޔަގީންކަމެއް ނެތް” ކަމަށެވެ. އޭނާ ބުނެފައިވަނީ މެދުއިރުމައްޗަށް ކަނޑައަޅާފައި...

ޔުމްނާ ޢަލީ
ހުރިހާ ޙާޖީންގެ ހާލު ރަނގަޅު: ދިވެހި ޙައްޖު މިޝަން

ހުރިހާ ޙާޖީންގެ ހާލު ރަނގަޅު: ދިވެހި ޙައްޖު މިޝަން

މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ދިޔަ ހުރިހާ ޙާޖީންގެ ހާލު ވެސް ރަނގަޅުކަމަށް ދިވެހި ޙައްޖު މިޝަނުން މިއަދު ހާމަކޮށްފިއެވެ. ދިވެހި ޙައްޖު މިޝަނުން މަޢުލޫމާތު ދެއްވިގޮތުގައި، ހަތަރު ފްލައިޓެއްގެ މަތިން ޙާޖީން މައްކާއަށް ވަނީ ފޮނުވިފައެވެ. މިއަހަރު ތަޢާރަފުކުރެވުނު މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ޙާޖީންނަށް ދަތުރުކުރުމުގެ އިންތިޒާމު ހަމަޖެހުމާއެކު، ދަތުރުގައި ވަރަށް ބޮޑު ލުއިފަސޭހަތަކެއް ލިބިގެން ގޮސްފައިވާކަމަށް މިޝަނުން ފާހަގަކުރެއްވިއެވެ. މި އިނީޝިއޭޓިވްގެ ސަބަބުން ޖިއްދާ...

ޔުމްނާ ޢަލީ
ހުޅުމާލޭގައި ހިނގި މާރާމާރީއެއްގައި މީހެއްގެ ނޭފަތް ފަޅާލައިފި

ހުޅުމާލޭގައި ހިނގި މާރާމާރީއެއްގައި މީހެއްގެ ނޭފަތް ފަޅާލައިފި

ހުޅުމާލޭގައި ދެ މީހަކު ދެމެދު ހިނގި މާރާމާރީއެއްގައި އެކަކުގެ ނޭފަތް ފަޅާލައިފިއެވެ. ފުލުހުން މައުލޫމާތުދިން ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިރޭ 20:20 އެހާކަށްހާއިރު ހުޅުމާލޭގެ ފޭސް 1 ގައި ހުންނަ ކެފޭއެއްގެ ކައިރީގައެވެ. ފުލުހުންގެ ޚިދުމަތުން ބުނި ގޮތުގައި މި މާރާމާރީގައި އެކަކުގެ ނޭފަތް ވަނީ ފަޅައިގެން ގޮސްފައެވެ. އަނެއް މީހާއަށް ބޮޑު އަނިޔާއެއް ވެފައިވާކަމަށް ބޭރުފުށުން ފެންނަން ނެތްކަމަށް ފުލުހުން ބުނެއެވެ. މި ހާދިސާގައި އަނިޔާވި ފަރާތް ފަރުވާ ހޯދުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާކަން ވެސް [...

ޔުމްނާ ޢަލީ