އަޟްހާ އީދު ފާހަގަ ކުރުމުގެ ގޮތުން ތަފާތު ކުޅިވަރުތައް ކުޅުމަކީ މުޅި ރާއްޖޭގައި ވަރަށް ފޯރީގައި ކުރަމުން އަންނަ ކަމެކެވެ. އޭގެތެރޭގައި މުސްލިމުންގެ ސަގާފަތާއި، ދިވެހީންގެ އާދަކާދައާއި ނުގުޅޭ، އަދި ދީނީގޮތުން ހުއްދަ ނޫން އެތައް ކުޅިވަރުތަކެއް ވެސް ހިމެނޭކަމީ އެންމެން ދަންނަ ހަގީގަތެކެވެ. ނަމަވެސް އަޅުގަނޑުމެންނަށް ލިބިފައިވާ އެންމެ ބޮޑު ނިއުމަތް ކަމުގައިވާ އިސްލާމް ދީނުގެ ހުކުމްތަކާއި، އުސޫލްތަކާއި ފުށުނާރާގޮތަށް އީދު ކުޅިވަރުތައް ބޭއްވުމަށް، މަދުން ނަމަވެސް ރާއްޖޭގެ ބައެއް ރަށްރަށުން އަންނަނީ މަ...
އިބްރާހިމް ޚަލީލް
17 މެއި 2010 ގައި ޢަމަލުކުރަންފެށި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ހިޔަލުގައި ރާއްޖޭގެ ހިންގުމުގެ ނިޒާމު ލާމަރުކަޒީ ނިޒާމަށް ދީއްލައިލެވި، މިވޭތުވަމުންދާ 15 ވަނަރަކަށް އަހަރު ތެރޭ އެ ޤާނޫނުން ބާރު ލިބިގެން ސިޓީ، އަތޮޅު އަދި ރަށު ކައުންސިލްތައް އަންނަންނީ އުފެދި ހިންގަމުންނެވެ. މި ކައުންސިލްތަކަށް ޤާނޫނުން ލިބިދީފައިވާ ބާރުގެ މިންވަރުގެ ބާރުގެ ބޭނުންކޮށްގެން ވެސް ކައުންސިލްތަކަށް އެދެވޭ ނަތީޖާއަކަށް މަސައްކަތް ނުކުރެވޭކަމުގެ ޝަކުވާ ރައްޔިތުންގެ އޮވެއެވެ. ނ...
އައިޝަތު އައިނީ އާމިރު
ހދ. ކުޅުދުއްފުށި ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޤުރުއާން މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. “ކުޅުދުއްފުށީ ޤުރުއާން މުބާރާތް” ގެ ނަމުގައި ކުރިއަށް ގެންދާ މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ޖުލައި މަހުގެ 19 އިން 21 އަށް ކުޅުދުއްފުށީގައެވެ. މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، ބައިވެރިވުމަށް އެދޭ ފޯމް ފުރުއްވުމަށްފަހު 22 ޖޫން 2025 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން އެ ދަރިވަރަކު […]
އިބްރާހިމް ޚަލީލް
ޖަރުމަނުން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރާ ދެ ލަނޑު ޖަހައި، 2-1 ގެ ނަތީޖާއިން ޖަރުމަނު ބަލިކޮށް ޔުއެފާ ނޭޝަންސް ލީގުގެ ފައިނަލުން ޕޯޗުގަލް ޖާގަ ހޯދައިފިއެވެ. ރޭ ޖަރުމަނުގެ އެލިއެންޒް އެރީނާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުން ޕޯޗުގަލް އިން ޖަރުމަނުގެ މައްޗަށް ހޯދި ކާމިޔާބަކީ އެ ޓީމަށް ވަރަށް ހާއްސަ ކާމިޔާބެކެވެ. ސަބަބަކީ ޖަރުމަނު އަތުން ޕޯޗުގަލްއަށް ފާއިތުވި 25 ހަކަށް އަހަރުތެރޭ މޮޅެއް ހޯދިފައި ނެތުމެވެ. އެންމެ ފަހުން ޖަރުމަނު އަތުން […]
އިބްރާހިމް ޚަލީލް
ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. «صِيَامُ يَوْمِ عَرَفَةَ، أَحْتَسِبُ عَلَى اللهِ أَنْ يُكَفِّرَ السَّنَةَ الَّتِي قَبْلَهُ، وَالسَّنَةَ الَّتِي بَعْدَهُ» رواه مسلم މާނައީ: ”ޢަރަފާތް ދުވަހު ރޯދަ ހިފުމުގެ ސަބަބުން، އިސްވެ ދިޔަ އަހަރުގެ ފާފައާއި ކުރިއަށް އޮތް އަހަރުގެ ފާފަ ފުއްސަވާ ދެއްވާނެކަމަށް، ﷲ ތަޢާލާގެ ޙަޟްރަތުން ތިމަންކަލޭގެފާނު އުންމީދުކުރައްވަމެވެ.” ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. «خَيْرُ الدُّعَاءِ دُعَاءُ يَوْمِ عَرَفَةَ، وَخَيْرُ […]
Thiladhun
ވިލިމާލޭގައި ޗައިނާގެ ހިލޭ އެހީގެ ދަށުން އިމާރާތްކުރުމަށް ހަމަޖެހިފައިވާ 112 އެނދުގެ އާ ހޮސްޕިޓަލަށް “ވިލިމާލެ-ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް” ގެ ނަން ދީ މާލެ ސަރަހައްދަށް އަނެއްކާވެސް ބޮޑު ހޮސްޕިޓަލެއް އެޅުމަށް ނިންމައިފިއެވެ. މި ނިންމުން އިއުލާންކުރެވުނީ ހޮސްޕިޓަލް އެޅުމަށް ބޭނުންވާ “ލެޓާ އޮފް އެކްސްޗޭންޖު” ގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައެވެ. ދަރުމަވަންތަ ހޮސްޕިޓަލުގައި ބޭއްވުނު މި ރަސްމިއްޔާތުގައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވި ގޮތުގައި، މި އެއްބަސްވު...
އަލީ އާދިލް
2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. މި ކަން އެމަނިކުފާނު ހާމަކުރައްވާފައިވަނީ އެމްޑީޕީ އަދި ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރުންނަށް ފޮނުއްވި މެސެޖެއްގައެވެ. އެ މެސެޖުގައި ނަޝީދު ވިދާޅުވެފައިވަނީ “ކިހިނެއްތޯ ފެންނަނީ؟، ކޮންމެ ގޮތަކަށް ޖަވާބު ދެއްވި ނަމަވެސް އަޅުގަނޑުމެންގެ ގުޅުމަށް ބުރޫނާރާނެ” ކަމަށެވެ. ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީތަކުގެ ނިޒާމު ތަޢާރަފުވެގެން އައިއިރު، އެންމެ ކުރީ ސަފުގައި ހ...
އަލީ އާދިލް
ތިލަދުންމަތީ އުތުރުބުރި ހިމެނޭހެން މެރިކަލްޗަރ ތަރައްގީކުރާ ފަސް ސަރަހައްދު މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ކަނޑައަޅައިފިއެވެ. އެ ފަސް ސަރަހައްދުގެ ތެރޭގައި ހިމެނެނީ ހއ.އަތޮޅު، ރ.އަތޮޅު، ކ.އަތޮޅު، މ.އަތޮޅުގެ އިތުރުން ތ.އަތޮޅެވެ. މި ޒޯނުތައް ކަނޑައެޅުމާއެކު އެ ޒޯނުތަކުގައި އިންވެސްޓުކުރާ ފަރާތްތަކަށް ހާއްސަ ލުއިތަކެއް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން މެރިކަލްޗާ މަޝްރޫއުތައް ހިންގުމަށް އިންވެސްޓުކުރާ ފަރާތްތަކުގެ އަތުން އިކުއިޒިޝަން ކޯސްޓެއް ނުނެގުމާއެކު، އެ މަ...
އިބްރާހިމް ޚަލީލް
ކުޅުދުއްފުށި ސިޓީގައި ކަރަންޓުގެ ޚިދުމަތް ދިނުމާ ގުޅޭގޮތުން ސިޓީ ކައުންސިލާއެކު އެއްބަސްވުމެއްގައި ސޮއިކުރުމަށް ފެނަކައިން އިންކާރުކޮށްފައިވާތީ، އެ ކުންފުންޏާ ދެކޮޅަށް ޝަރީޢަތަށް މައްސަލަ ހުށަހެޅުމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން ނިންމައިފިއެވެ. މި ނިންމުން ނިންމާފައިވަނީ، ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 206 ވަނަ އާންމު ޖަލްސާގައެވެ. މި ނިންމުމާއި ގުޅިގެން ކުޅުދުއްފުުށީ ސިޓީ ކައުންސިލުން ނެރެފައިވާ ބަޔާނެއްގައި ބުނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގ...
އައިޝަތު އައިނީ އާމިރު
މާލޭގައި ގްރޫޕަކުން ގޮސް ހަމަލާދީ މަރާލި މުހައްމަދު އަނަސްގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާކުރާ މީހުން ބަންދު ނުކުރަން ހައި ކޯޓުން ދެވަނަ ފަހަރަށް ނިންމުމުން އެ މައްސަލަ އަނެއްކާވެސް ސުޕްރީމް ކޯޓުގައި ދައުލަތުން އިސްތިއުނާފުކޮށްފި އެވެ. ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ޖުލައި، 2017 ގައި ގްރޫޕަކުން ގޮސް ހަމަލާދީ އަނަސް މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނާއި މ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާގު އަދި މ. ދިމިޝްގު އުސްމާން […]
އަލީ އާދިލް
ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ ދެ މަގާމަށް ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު އައްޔަން ކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ. މި ދެ މަގާމަށް މީހުން ހޯދުމަށް މިދިޔަ މަހުގެ 17 ވަނަ ދުވަހުން ފެށިގެން ހަފުތާއެއްހާ ދުވަހަށް ހުޅުވާލުމުން 12 ބޭފުޅަކު ކުރިމަތިލެއްވި އެވެ. އޭގެ ތެރެއިން ސަލީމާއި ހަމީދު އައްޔަން ކުރުމަށް ރުހުން ހޯދުމަށް ރައީސް […]
ޔުމްނާ ޢަލީ
ލ. ގަމުގެ ކައިރީގައި އޮންނަ މަހާކަނފުށި (ފަޅު ރަށެއް) ކައިރީގައި މަސް ހިފަން މޫދަށް ފޭބި މީހަކު ގެއްލިގެން ހޯދަނިކޮށް ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ. ފުލުހުން ބުނީ، ލ. ގަމުގެ ކައިރީގައި އޮންނަ މަހާކަނފުށި ކައިރީގައި މަސް ހިފަން މޫދަށް ފައިބާ އުޅުނު މީހަކު ގެއްލިފައިވާ މައްސަލައެއް މިއަދު ހެނދުނު 9:50 އެހާކަށްހާއިރު އެ މުއައްސަސާއަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނި ގޮތުގައި، މި މީހާ ހޯދުމުގެ މަސައްކަތް ކުރިއަށް ދަނިކޮށް، 11:00 އެހާކަށްހާއިރު، ގެއްލުނު […]
ޔުމްނާ ޢަލީ
މި އަހަރުގެ ތިމާވެށީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން “ނަލަވެށި – ށަވިޔަނި 2025” ގެ ނަމުގައި ސާފުކުރުމުގެ ބޮޑު ހަރަކާތެއް ށ.އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުރިއަށް ގެންދިޔުމަށް އެ އަތޮޅު ކައުންސިލުން ނިންމައިފިއެވެ. ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ވެސް ޖޫން މަހުގެ 5 ވަނަ ދުވަހެވެ. ނަމަވެސް މި އަހަރުގެ އެ ދުވަސް ދިމާވަނީ ހައްޖު ދުވަހަށެވެ. ވުމާއިއެކު ސާފުކުރުމުގެ ހަރަކާތް ށ.އަތޮޅުގައި ކުރިއަށް ގެންދަން […]
އިބްރާހިމް ޚަލީލް
ސޫރަތުލް ބަޤަރާގެ 196 އިން 203 އަށް ހުރި އާޔަތްތަކުގައި އަޅުގަނޑުމެންނަށް ޙައްޖާއި ޢުމްރާގެ އަޅުކަމާ ބެހޭ ވަރަށް މުހިންމު މަޢުލޫމާތުތަކެއް ދެއްވާފައިވެއެވެ. އަދި އަޅުގަނޑުމެންނަށް ވަރަށް ގިނަ އިރުޝާދުތައް ދެއްވާފައިވެއެވެ. މިއާޓިކަލްގައި ހިމަނާލަނީ މިއާޔަތް ތަކުގެ ތަފްސީރަށެވެ. وَأَتِمُّوا الْحَجَّ وَالْعُمْرَةَ لِلَّهِ ۚ فَإِنْ أُحْصِرْتُمْ فَمَا اسْتَيْسَرَ مِنَ الْهَدْيِ ۖ وَلَا تَحْلِقُوا رُءُوسَكُمْ حَتَّىٰ يَبْلُغَ الْهَدْيُ مَحِلَّهُ ۚ فَمَن كَانَ مِنكُم مَّرِيضًا أَوْ بِهِ أَذًى […]
Thiladhun
ހުޅުމާލޭ ފޭސް 2 ގެ ހިޔާ ޕާކު ސަރަޙައްދުގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ރޭ ޒަޚަމްކޮށްލި މައްސަލާގައި 16 އަހަރުގެ ފިރިހެން ކުއްޖަކު ހައްޔަރުކޮށްފިއެވެ. މި މާރާމާރީ އާއި ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުން އަންކަން ހާމަކުރީ ރޭ 22:52 ހާއިރުއެވެ. ފުލުހުން ބުނީ މި މައްސަލާގައި 16 އަހަރުގެ ދިވެހި ފިރިހެން ކުއްޖަކު އެ މުއައްސަސާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފި މި ހަމަލާ އަމާޒުވެފައި ވަނީ އިންޑިއާ […]
ޔުމްނާ ޢަލީ
1446 ވަނަ އަހަރުގެ ޙައްޖަށް ދިވެހިރާއްޖެއިން ދަތުރުކުރި ހުރިހާ ޙައްޖުވެރިންވެސް މިހާރު ވަނީ މިނާއަށް ދަތުރުކޮށްފައެވެ. ދިވެހި ޙައްޖު މިޝަނުން ބުނެފައިވާ ގޮތުގައި ދިވެހި ޙައްޖުވެރިން މިނާއަށް ދަތުރު ފައްޓަވާފައިވަނީ އިއްޔެ ރޭގެ ވަގުތެއްގައެވެ. ދިވެހި ހައްޖުވެރިން މިނާ އަށް ދަތުރުކުރީ 21 ބަހުގައެވެ. މިއަހަރު ދިވެހިރާއްޖެއިން ޖުމްލަ 1000 ޙައްޖުވެރިން ޙައްޖުގެ އަޅުކަން ފުރިހަމަކުރަމުންދާއިރު، ރާއްޖޭގެ ޙައްޖު މިޝަނުން ހާމަކުރި ގޮތުގައި ހުރިހާ ޙައްޖުވެރިންގެ ޙާލުވެސް ރަނގަޅެވެ. މިނާއަށް ދިޔުމަށްފަހު،...
ޔުމްނާ ޢަލީ
ކުޅުދުއްފުށީ ސިޓީ ކައުންސިލުން، ކުޅުދުއްފުށީގެ ސަރުކާރު 3 ސްކޫލަށް 2025 ވަނަ އަހަރަށް ކަނޑައަޅާފައިވާ “ސްކޫލް ގްރާންޓް” ހަވާލުކުރުމުގެ އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މޭޔަރާއި ސްކޫލަތަކުގެ ޕްރިންސިޕަލުންނާއި ޓީޗަރުންގެ އިތުރުން ސިޓީ ކައުންސިލް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. އެގޮތުން މި ގްރާންޓްގެ ދަށުން މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރުވެސް ކޮންމެ ސްކޫލަކަށް 100،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހ...
އައިޝަތު އައިނީ އާމިރު
ކުރީގެ އަދަދާއި ގުޅޭ: ހަސަންގެ ވާހަކަތައް އަޑު އަހަން ހުރި ރަޝީދުގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދާކަށް މާ ގިނަ ވަގުތުތަކެއް ނުނެގިއެވެ. ރަޝީދުގެ މޫނުމަތިން ފެންނަމުންދާ ނުތަނަވަސްކަމާއި ހިތްހަމަ ނުޖެހުމުގެ ސަބަބުން ހަސަން ވަރަށް ބޮޑަށް ބިރުގެންފިއެވެ. މިހާރު ހަސަން ހުރީ ވެސް ރަޝީދުގެ ކުރިމަތިން ދެވޭނެ ވަގުތެއްގެ އިންތިޒާރުގައެވެ. ” ޝަބްނަމްއާ ކައިވެނި ކުރީމަ ހަސަންގެ ދިރިއުޅުން ހަލާކުވާނެޔޭ މިހާރު ތި ކިޔަނީ ކީއްވެ؟ ކުރިން ވެސް ތިހެން ބުނެވުނީސް ދޯ؟ ކައިވެންޏަށް އެދުނު […]
ސަލާމާ ޢަބްދުލް ޢަލީމް