ދިވެހި ފުޓްބޯޅައިގެ ރަން ތާރީޚެއް އޮންނަ ހުރާގައި 25 އަހަރު މެދުކެނޑުމަކަށްފަހު ބޮޑު ފުޓްބޯޅަ މުބާރާތެއް
ފުޓްބޯޅަގެ ރަން ތާރީޚެއް އޮތް ކ. ހުރާގައި، ގާތްގަނޑަކަށް 25 އަހަރުގެ މެދުކެނޑުމަކަށް ފަހު ބޮޑު ފުޓްބޯޅަ މުބާރާތެއް ފަށައިފިއެވެ. ”އިލަވެން ސައިޑު” އަށް ކުޅޭ މި މުބާރާތް އިއްޔެ ފަށާފައިވާއިރު، މި މުބާރާތަކީ އެރަށު ބެލެސިމޯ ސްޕޯޓްސް އިން އިންތިޒާމް ކޮށް އެރަށު ކައުންސިލާއި ގުޅިގެން ކުރިއަށްގެންދާ މުބާރާތެކެވެ. ”ބެލެސިމޯ ސްޕޯޓްސް ފުޓްބޯޅަ މުބާރާތް 2025”ގެ ނަމުގައި ހުރާ ރަސްމީ ބޮޑު ފުޓްބޯޅަ ދަނޑުގައި އިއްޔެ ހަވީރު ފެށި މި މުބާރާތް ޝަރަފްވެރިކޮށްދެއްވީ، ގދ. އަތޮޅުގެ […]