''ނަމާދު އޭގެ ވަގުތުގައި އަދާކުރުމަކީ ﷲގެ ޙަޟުރަތުގައި އެންމެ ލޮބުވެތިކަންބޮޑު ޢަމަލު''
الله سُبْحَانَهُ وَتَعَالَىގެ ޙަޟުރަތުގައި އެންމެ ލޮބުވެތިކަންބޮޑު ޢަމަލަކީ ނަމާދު އޭގެ ވަގުތުގައި އަދާކުރުންކަމުގައި މިއަދުގެ ހުކުރު ހުތުބާގައި ހަނދާންކޮށްދީފިއެވެ. ނަމާދަށް ފަރުވާތެރިވުމުގެ މައްޗަށް މިއަދު ރާއްޖޭގެ މިސްކިތްތަކުގައި ދިން ހުކުރު ހުތުބާގައި، ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޙަޟުރަތުގައި އެންމެ ލޮބުވެތިކަންބޮޑު ޢަމަލަކީ ނަމާދު އޭގެ ވަގުތުގައި އަދާކުރުންކަމުގައި ހަނދާންކޮށްދީފަވެއެވެ. ނަމާދަށް ފަރުވާތެރިވުމުގެ މުހިންމުކަން ބަޔާންކޮށްދެމުން މި ހުތުބާގައި ވަނީ ނަމާދަކީ ދީނުގެ ތަނބުކަން ހަނދާނ...