ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑުކޮށް، އިތުރު ކައުންސިލަރުންނަށް ނަސޭހަތް ދީފި
ހއ. ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު، މުސާރަ ނުހިނގާ ގޮތަށް ތިން މަސް ދުވަހަށް ސަސްޕެންޑުކޮށް، ކައުންސިލްގެ އެހެން ކައުންސިލަރުންނަށް ނަސޭހަތްތެރިވުމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ނިންމައިފިއެވެ. އެލްޖީއޭއިން ނެރުނު ބަޔާނެއްގައިވާ ގޮތުން، ވަހީދު ސަސްޕެންޑުކުރަން ނިންމީ މައްސަލައިގެ ކުޑަބޮޑު މިނަށް ބެލުމަށް ފަހުގައެވެ. މިގޮތުން، އެލްޖީއޭއަށް ހުށަހަޅާފައިވާ ޝަކުވާތަކާ ގުޅިގެން ޖުމްލަ އަށް މައްސަލައެއްގެ އިންކުއަރީއެއް ހިންގުމަށް ފަހުގައެވެ. ވަހީދު ސަސްޕެންޑުކުރަން ނިނ...