ބޮޑު ޗުއްޓީއަށްފަހު ދިރާސީ އައު އަހަރުގެ ކިޔެވުން ފަށައިފި
ދޮޅުމަސް ދުވަހުގެ ބޮޑު ޗުއްޓީއަށްފަހު، ރާއްޖޭގެ 219 ސަރުކާރު ސްކޫލެއްގައި މިއަދު އާ ދިރާސީ އަހަރުގެ ކިޔެވުން ފަށައިފިއެވެ. އެޑިއުކޭޝަން މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މި އަހަރު ރާއްޖޭގެ ސްކޫލްތަކުގައި ޖުމްލަ 80,715 ދަރިވަރުން ތައުލީމު ހާސިލްކުރަމުންދާނެއެވެ. އޭގެ ތެރެއިން ގްރޭޑް 1 އަށް އަލަށް 4,790 ދަރިވަރުން ވަނީ ވަދެފައެވެ. މީގެ ތެރޭގައި މާލެ ސަރަހައްދުގެ ސްކޫލްތަކަށް ވަތް 1,748 ދަރިވަރުންނާއި އަތޮޅުތެރޭގެ ސްކޫލްތަކަށް ވަތް 3,042 ދަރިވަރުން ހިމެނެއެވެ. ދަރިވަރުންނަށް ކިޔަ...