މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ކ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (01:00 އިން 07:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,388 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 286 ވަނަ ޞަފްޙާ

ސްކޭމްކޮށްގެން 279,600 ރުފިޔާ ވަގަށްނެގި މައްސަލާގައި އިތުރު ބަޔަކު ހައްޔަރުކޮށްފި

ސްކޭމްކޮށްގެން 279,600 ރުފިޔާ ވަގަށްނެގި މައްސަލާގައި އިތުރު ބަޔަކު ހައްޔަރުކޮށްފި

މީހެއްގެ ސޯޝަލް މީޑިއާ އެކައުންޓުތައް ކޮމްޕްރޮމައިޒްކޮށް، އޭނާގެ ހިއްސާ އޮންނަ ކުންފުނީގެ ބެންކު އެކައުންޓުން 279,600 އަށްވުރެ ގިނަ ރުފިޔާ ވަގަށްނެގި މައްސަލާގައި އިތުރު ތިން މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން އަލަށް ހައްޔަރުކޮށްފައިވަނީ ސ. ހުޅުދޫ / ނާދީ، މުނާޛު ޖައުފަރު (24އ) އާއި ގދ. ގައްދޫ / އަތިރީއައްސޭރި، މުޙައްމަދު ނާއިޝް ނަބީލް (24އ) އާއި ސ. ހިތަދޫ / ހާލަމް، ޙަސަން ވިއާމް (19އ) އެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ […]

ޔުމްނާ ޢަލީ
ކުޅުދުއްފުށީގެ ސަރުކާރު ތިން ސްކޫލްގައި އެކަށޭނަ މިންވަރަށް މުދައްރިސުން އެބަތިބި، ފޮތްތައް ލިބުމުގައި ބޮޑު ދަތިކަމެއް ނެތް

ކުޅުދުއްފުށީގެ ސަރުކާރު ތިން ސްކޫލްގައި އެކަށޭނަ މިންވަރަށް މުދައްރިސުން އެބަތިބި، ފޮތްތައް ލިބުމުގައި ބޮޑު ދަތިކަމެއް ނެތް

ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމާ ގުޅިގެން ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް އެ ސިޓީގެ ސަރުކާރު ތިން ސްކޫލަށް ޒިޔާރަތްކުރައްވައި، ސްކޫލްތަކުގެ ހާލަތު އޮޅުންފިލުއްވައިފިއެވެ. މި ޒިޔާރަތުގައި މޭޔަރު ވަނީ ސްކޫލްތަކުގެ ޕްރިންސިޕަލުންނާ ބައްދަލުކުރައްވައި، ކިޔެވުމުގެ ކަންކަން ކުރިއަށްދާ ގޮތާއި މިވަގުތު ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި، އެ ސިޓީގެ ސަރުކާރު ތިން ސްކޫލުގައި މިއަހަރު ޖުމްލަ 2,717 ދަރިވަރުން ތައުލީމު...

ޔުމްނާ ޢަލީ
ދިއްދޫ މަސްޖިދުއްރަޙްމާ ހުރި ބިމުގައި ޒަމާނީ މިސްކިތެއް ހަވާލުކޮށްފި

ދިއްދޫ މަސްޖިދުއްރަޙްމާ ހުރި ބިމުގައި ޒަމާނީ މިސްކިތެއް ހަވާލުކޮށްފި

ހއ. ދިއްދޫ މަސްޖިދުއްރަޙްމާ ހުރި ބިމުގައި ޒަމާނީ މިސްކިތެއް އެޅުމަށް ކޮންޓެކްޓަރާއެކު ދިއްދޫ ކައުންސިލުން އިއްޔެ ސޮއިކޮށްފިއެވެ. ދިއްދޫ ކައުންސިލުން މި މަސައްކަތް ހަވާލުކޮށްފައި ވަނީ ސަހަރު އިންވެސްޓްމަންޓާއެވެ. މި މަސައްކަތް ކޮންޓެކްޓަރާއި ހަވާލުކުރެވުނުކަން ފާހަގަކުރަށްވައި ދިއްދޫ ކައުންސިލްގެ ރައީސް އަބުދުﷲ ރަޝީދު ވިދާޅުވީ، އެކި ސަބަބުތަކާ އުދަގޫތަކާ އެކު ދުވަސްތަކެއް ލަސްވެގެން ދިޔަކަމުގައި ވީނަމަވެސް މި މިސްކިތުގެ އަމަލީ މަސައްކަތް ފެށުމަށް ސޮއިކުރެވިގެން ދިއުމަކީ ދިއްދޫ ރައްޔިތުންނަށް ލިބު...

ޔުމްނާ ޢަލީ
ނ.ގެ ދެވަނަ އެއާޕޯޓު ވިހަފަރުގައި އަޅަން ބިންހިއްކަން ފަށައިފި

ނ.ގެ ދެވަނަ އެއާޕޯޓު ވިހަފަރުގައި އަޅަން ބިންހިއްކަން ފަށައިފި

ނ. އަތޮޅު ވިހަފަރުގައި އެއަރޕޯޓު ތަރައްޤީކުރުމަށް ބޭނުންވާ ބިންހިއްކުމުގެ ޢަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. މި މަސައްކަތް ފެށުމަށް މިއަދު މެންދުރުފަހު ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. ނ. ވިހަފަރުގައި އެއަރޕޯޓެއް ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ކަނޑައަޅުއްވައި، އިޢުލާންކުރެއްވީ 2024 ވަނަ އަހަރުގެ މާރޗް މަހުގެ ތެރޭގައެވެ. އަދި 2025 ވަނަ އަހަރުގެ ޖުލައި މަހު ނ.އަތޮޅުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، 2026 ވަނަ އަހަ...

ޔުމްނާ ޢަލީ
އެސްއީޒެޑްގެ ދަށުން ނ.އަތޮޅުގައި ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓްގެ ބިންގާ އަޅައިފި

އެސްއީޒެޑްގެ ދަށުން ނ.އަތޮޅުގައި ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓްގެ ބިންގާ އަޅައިފި

ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ދަށުން ނ. އަތޮޅުގައި ހިންގާ ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓް މިއަދު ރަސްމީކޮށް ފަށައިފިއެވެ. މިގޮތުން ނ. އަތޮޅުގެ ދިގުފަރު ފަޅާއި، ދެކުނުފަރު އަދި ކުރަމާދޫ ހިމެނޭ ސަރަހައްދުގައި ތަރައްޤީކުރާ ‘އައިލާ ސަސްޓެއިނަބަލް ޓައުންޝިޕް’ މަޝްރޫޢުގެ ބިންގާ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިއަދު އަޅުއްވައިދެއްވައިފައެވެ. މިއީ އެސްއީޒެޑްގެ ދަށުން ހިންގާ ފުރަތަމަ ބޮޑު މަޝްރޫޢެވެ. ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަ...

ޔުމްނާ ޢަލީ
ހުއްދައެއް ނެތި ވިޔަފާރި އުސޫލުން ރޮށި ފިހެ ވިއްކަމުންދިޔަ ތަނެއް ބަންދުކޮށްފި

ހުއްދައެއް ނެތި ވިޔަފާރި އުސޫލުން ރޮށި ފިހެ ވިއްކަމުންދިޔަ ތަނެއް ބަންދުކޮށްފި

މާލޭގައި އެއްވެސް ހުއްދައެއް ނެތި ވިޔަފާރި އުސޫލުން ރޮށި ފިހެ ވިއްކަމުންދިޔަ ތަނަކާއި، ގަވާއިދާ ހިލާފަށް ހިންގަމުންދިޔަ ފިހާރައެއް ކަމާބެހޭ އިދާރާތަކުން ބަންދުކޮށްފިއެވެ. މި ދެ ތަން ބަންދުކޮށްފައިވަނީ 2026 ޖެނުއަރީ 28 ވަނަ ދުވަހު ދިވެހި ފުލުހުންގެ ޚިދުމަތާއި، މޯލްޑިވްސް އިމިގްރޭޝަން އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގުޅިގެން މާލޭގައި ކުރިއަށް ގެންދިޔަ ޖޮއިންޓް އިންސްޕެކްޝަނެއްގެ ތެރެއިންނެވެ. މި އިންސްޕެކްޝަނުގައި ބިދޭސީން ދިރިއުޅޭ ދެ ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން މައ...

ޔުމްނާ ޢަލީ
ތިލަފުށީގައި މަރުވެފައި އޮއްވާ ފެނުނީ ބަންގްލަދޭޝް މީހެއް، ހާދިސާ ހިނގީ ހޯމަ ދުވަހު

ތިލަފުށީގައި މަރުވެފައި އޮއްވާ ފެނުނީ ބަންގްލަދޭޝް މީހެއް، ހާދިސާ ހިނގީ ހޯމަ ދުވަހު

ސިނާއީ ރަށް ކ. ތިލަފުށީގެ ސައިޓެއްގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީއަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެމީހާ މަރުވެފައި އޮއްވާ ފެނިފައިވާއިރު، އެމީހާ އަކީ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށް ފުލުހުން މިއަދު ބުނެފިއެވެ. މި މައްސަލައިގެ އަދާހަމަ ދެމުން ފުލުހުން މިއަދު ބުނީ ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވާ ފެނިފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަމީން މިއާ (24އ) ކަމަށެވެ. ”މިހާތަނަށް ބެލި ބެލުމުން، އަމީން މިއާ ނިޔާވުމުގެ ހާދިސާ ހިނގާފައިވަނީ 2026 ޖެނުއަރީ 26...

ޝިއުނާ އާދަމް
"ޕީސް ކައުންސިލް" ހަމައެކަނި ޣައްޒާއަށް ހާއްސަކުރުމަށާއި ފަލަސްތީނަށް ރަސްމީ ގޮނޑިއެއް ދިނުމަށް ބްރެޒިލުން ޝަރުތުކޮށްފި

"ޕީސް ކައުންސިލް" ހަމައެކަނި ޣައްޒާއަށް ހާއްސަކުރުމަށާއި ފަލަސްތީނަށް ރަސްމީ ގޮނޑިއެއް ދިނުމަށް ބްރެޒިލުން ޝަރުތުކޮށްފި

އެމެރިކާއިން ހުށަހަޅާފައިވާ އާ “ޕީސް ކައުންސިލް” ގައި ބްރެޒިލުން ބައިވެރިވުމަށްޓަކައި، އެ ގައުމުގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ދަ ސިލްވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ދެ ޝަރުތެއް ހުށަހަޅުއްވައިފިއެވެ. މި ޝަރުތުތަކުގެ ތެރޭގައި ކައުންސިލްގެ ދައުރު ހަމައެކަނި ޣައްޒާގެ މައްސަލައަށް ހާއްސަކުރުމާއި، ފަލަސްތީނަށް އދ. ގެ ސަލާމަތީ މަޖިލީހުން ރަސްމީ ގޮނޑިއެއް ދިނުން ހިމެނެއެވެ. ބްރެޒިލްގެ ރިޔާސީ ގަޑުވަރުން އާންމުކުރި ބަޔާނެއްގައިވާ ގޮތުން، މި ޝަރުތުތައް ހުށަހަޅުއްވާފައިވަނީ ރައީސް ލޫލާ އާއި ރައީސް...

ނާޒިމާ އަލީ
އައު ބަދަލުތަކާއެކު ގިރާވަރުފަޅުން ދޫކުރާ ގޯތިތަކުގެ ޕްލޮޓް ކަނޑައެޅުމުގެ ގުރުއަތު ހޮނިހިރުދުވަހު

އައު ބަދަލުތަކާއެކު ގިރާވަރުފަޅުން ދޫކުރާ ގޯތިތަކުގެ ޕްލޮޓް ކަނޑައެޅުމުގެ ގުރުއަތު ހޮނިހިރުދުވަހު

ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލުތަކާ ގުޅިގެން، އެ ފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ މެދުގައި އަލުން ގުރުނެގުމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން ނިންމައިފިއެވެ. މި ބަދަލު ގެނައުމަށް ނިންމީ ކުރީގެ ޕްލޭންގައި 610 ގޯތި މަދުވާތީ، ޖުމްލަ 4072 ގޯތި ހިމެނޭ ގޮތަށް އައު ޕްލޭނެއް އެކުލަވާލުމަށްފަހުގައެވެ. އައު ލޮޓް ނަންބަރުތައް ކަނޑައެޅުމަށް ބާއްވާ މި ގުރުއަތުލުން އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 09:30 ގައި ސޯޝަލް ސެންޓަރުގައެވެ. ގުރުއަތު ނެގުމުގެ […]

ޔުމްނާ ޢަލީ
ބްލޮކް ގްރާންޓް ކުޑަވުމުން ކައުންސިލްގެ މަސައްކަތު ތާވަލުގައި ހުރި ޚިދުމަތްތައް ދިނުމަށް ދަތިވޭ: ހއ.އަތޮޅު ކައުންސިލް

ބްލޮކް ގްރާންޓް ކުޑަވުމުން ކައުންސިލްގެ މަސައްކަތު ތާވަލުގައި ހުރި ޚިދުމަތްތައް ދިނުމަށް ދަތިވޭ: ހއ.އަތޮޅު ކައުންސިލް

2026 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުން ހއ.އަތޮޅު ކައުންސިލަށް ދީފައިވާ ބްލޮކް ގްރާންޓްގެ މިންވަރު ކުޑަވުމުގެ ސަބަބުން ކައުންސިލްގެ މަސައްކަތު ތާވަލުގައި ހުރި ރައްޔިތުންނާއި ގުޅުންހުރި ޚިދުމަތްތައް ދިނުމަށް ދަތިތަކާއި ކުރިމަތިލާންޖެހިފައިވާކަމަށް އެ ކައުންސިލުން ބުނެފިއެވެ. ހއ.އަތޮޅު ކައުންސިލުން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ، ދައުލަތުގެ ބަޖެޓުން މި އަހަރު އެ ކައުންސިލަށް ކަނޑައަޅާފައިވާ 2.6 މިލިއަން ރުފިޔާ ކަމަށެވެ. އަދި މި އަދަދަކީ ކުރިއަށް އޮތް ތިން މަސް ދުވަހަށް ބެލިނަމަވެސް މުވައްޒަފުނ...

ޔުމްނާ ޢަލީ
ކޮލަމްބިއާގެ މަތިންދާބޯޓެއް ވެއްޓި މަޖިލީހުގެ މެންބަރަކާއެކު ދަތުރުކުރި އެންމެން މަރުވެއްޖެ

ކޮލަމްބިއާގެ މަތިންދާބޯޓެއް ވެއްޓި މަޖިލީހުގެ މެންބަރަކާއެކު ދަތުރުކުރި އެންމެން މަރުވެއްޖެ

ކޮލަމްބިއާގެ މަތިންދާބޯޓެއް ވެއްޓި، އެ ބޯޓުގައި ދަތުރުކުރި އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރަކާއެކު 15 މީހުން މަރުވެއްޖެއެވެ. ކޮލަމްބިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރަކު ހިމެނޭހެން 15 މީހުންނާއެކު ދަތުރުކުރި މި ބޯޓު، ބުދަ ދުވަހު ވެއްޓުނީ ކޮލަމްބިއާ އާއި ވެނެޒުއޭލާ ގުޅޭ ބޯޑަރު ކައިރިއަށެވެ. މި ހާދިސާގައި ބޯޓުން ދަތުރުކުރި ހުރިހާ ފަސިންޖަރުންނާއި ފަޅުވެރިން މަރުވެފައިވާ ކަމަށް ކޮލަމްބިއާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނެފައިވެއެވެ. ކޮލަމްބިއާގެ ދައުލަތުގެ އެއާލައިން “ސަޓޭނާ” އިން އޮޕަ...

ނާޒިމާ އަލީ
ކާށިދޫ ފަޅުގައި އާއި ފަރުމުލި ފަޅުގައި ޓޫރިސްޓް ރިޒޯޓް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ހުޅުވާލައިފި

ކާށިދޫ ފަޅުގައި އާއި ފަރުމުލި ފަޅުގައި ޓޫރިސްޓް ރިޒޯޓް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ހުޅުވާލައިފި

ކ. ކާށިދޫ ފަޅުން ބައެއްގައި އާއި ނ. އަތޮޅު ފަރުމުލި ފަޅުގައި ޓޫރިސްޓް ރިޒޯޓް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ބީލަމަށް ހުޅުވާލައިފިއެވެ. މިއީ ފަތުރުވެރިކަން ތަރައްޤީކުރުމަށް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ ރަށްރަށާއި ފަޅުތަކުގެ ތެރެއިން ދޫކުރާ ދެ ސަރަހައްދެކެވެ. މި އިޢުލާނުގައިވާ ގޮތުން، ކ. ކާށިދޫ ފަޅުގެ ސަރަހައްދުން 115.21 ހެކްޓަރު ކަނޑައަޅާފައިވަނީ 10 ހެކްޓަރުގެ ރަށެއް ހިއްކުމަށެވެ. އަދި ނ. އަތޮޅު ފަރުމުލި...

ޔުމްނާ ޢަލީ
ފުނަދޫގައި ވެސް ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ބީލަމަށް

ފުނަދޫގައި ވެސް ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ބީލަމަށް

ށ. ފުނަދޫގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ބީލަމަށް ހުޅުވާލައިފިއެވެ. ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ކުރި އިޢުލާނުގައި ބުނެފައިވަނީ، ފުނަދޫގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ 3 ހެކްޓަރުގެ ބިމުގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލުމަށް އެ މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ. މި މަޝްރޫޢަށް ޝައުގުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން އ...

ޝިއުނާ އާދަމް
ތިލަފުށިން ގެއްލިގެން ހޯދަމުންދިޔަ ބިދޭސީ މީހާ މަރުވެފައި އޮއްވާ ފެނިއްޖެ

ތިލަފުށިން ގެއްލިގެން ހޯދަމުންދިޔަ ބިދޭސީ މީހާ މަރުވެފައި އޮއްވާ ފެނިއްޖެ

ސިނާއީ ރަށް ކ. ތިލަފުށީގެ ސައިޓެއްގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީއަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެމީހާ މަރުވެފައި އޮއްވާ ފެނިއްޖެއެވެ. އެމީހާ ގެއްލިފައި ވަނީ މި މަހުގެ 26 ވަނަ ދުވަހުއެވެ. އެމީހާ ގެއްލިގެން ހޯދަމުން އަންނަކަމަށް ފުލުހުން ހާމަކުރީ މިއަދު ހަވީރުއެވެ. އެކަމުގެ އަޕްޑޭޓްދެމުން ފުލުހުން ބުނީ އެމީހާ މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށެވެ. އެއީ ކޮން ގައުމަކަށް ނިސްބަތްވާ މީހެއްކަމެއް ފުލުހުން އަދި ނުބުނެއެވެ. ފުލުހުން ބުނީ އިތުރު ތަފްސީލް ފަހުން […]

ޔުމްނާ ޢަލީ
ބާރަށުގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް ހިންގަން އަލުން ބީލަމަށް

ބާރަށުގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް ހިންގަން އަލުން ބީލަމަށް

ހއ. ބާރަށު ޓޫރިޒަމް ޒޯނުގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން އަލުން އިޢުލާންކޮށްފިއެވެ. މިއީ މި މަޝްރޫޢު ކުރިއަށް ގެންދާނެ ފަރާތެއް ހޯދުމަށް އެ ވުޒާރާއިން އިޢުލާންކުރި ހަތަރު ވަނަ ފަހަރެވެ. ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މި މަޝްރޫޢަށް ކަނޑައަޅާފައިވަނީ ބާރަށުން 71,832 (ހަތްދިހަ އެއްހާސް އަށްސަތޭކަ ތިރީސް ދޭއް) އަކަމީޓަރުގެ ބިމެކެވެ. މި ބިމުގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް ހިންގުމަށް ޝައުޤުވެރ...

ޔުމްނާ ޢަލީ
ކާބޯތަކެތީގެ ޚިދުމަތް ފޯރުކޮށްދޭ ތަންތަނުން ނަގާ ފީތައް ކުޑަކޮށްފި

ކާބޯތަކެތީގެ ޚިދުމަތް ފޯރުކޮށްދޭ ތަންތަނުން ނަގާ ފީތައް ކުޑަކޮށްފި

ކާބޯތަކެތީގެ ޚިދުމަތް ފޯރުކޮށްދޭ ތަންތަނުން ނަގަމުން އަންނަ ރަޖިސްޓްރޭޝަން ފީއާއި ކެޓަގަރީ ފީ ކުޑަކުރުމަށް މިނިސްޓްރީ އޮފް ހެލްތުން ނިންމައިފިއެވެ. ހެލްތް މިނިސްޓްރީން ބުނީ މި ބަދަލު ގެނެސްފައިވަނީ “ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނާއި ފަރާތްތައް ރަޖިސްޓްރީކޮށް ލައިސަންސް ދޫކުރުމުގައި ޢަމަލު ކުރާނެ ގޮތުގެ އިންތިޤާލީ އުސޫލު” ބަޔާންކުރާ 2024 ވަނަ އަހަރުގެ ގަވާއިދުގެ ދަށުންނެވެ. މި ގަވާއިދުގެ ދަށުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން (އެމް.އެފް.ޑީ.އޭ) ނަގަމުންދާ ފީތަކަށް ބޮޑު ލުޔެއް ދިނުމަށް ވަ...

ޔުމްނާ ޢަލީ
ގިނަ އަދަދެއްގެ ޑްރަގާއެކު ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފި

ގިނަ އަދަދެއްގެ ޑްރަގާއެކު ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފި

ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހުޅުމާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ. މި ޖަނަވަރީ މަހުގެ 26 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނަކީ ފުލުހުން ކުރިއަށްގެންދާ “އޮޕަރޭޝަން އަލިމަގު” ގެ ދަށުން ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެންނެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހމ. ސިފްކޯހިޔާ 0801 ބީ / މާލެ، އ...

ޔުމްނާ ޢަލީ
ތިލަފުށީގައި މަސައްކަތްކުރާ ބިދޭސީއަކު ގެއްލިގެން ހޯދަން ފަށައިފި

ތިލަފުށީގައި މަސައްކަތްކުރާ ބިދޭސީއަކު ގެއްލިގެން ހޯދަން ފަށައިފި

ކ. ތިލަފުށީގެ ސައިޓެއްގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީއަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި މީހާ ގެއްލިފައިވަނީ 26 ޖެނުއަރީ 2026 އިން ފެށިގެންނެވެ. މި މީހާ ގެއްލިގެން އުޅޭކަމުގެ ރިޕޯޓު ފުލުހުންނަށް ހުށަހަޅާފައިވަނީ 28 ޖެނުއަރީ 2026 ގައެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ، ގެއްލިގެން ހޯދަމުންދާ ބިދޭސީ މީހާ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރަމުން އަންނަކަމަށެވެ. އެ މީހާއާ ބެހޭ އިތުރު ތަފްސީލެއް ފުލުހުން […]

ޔުމްނާ ޢަލީ