އިހަވަންދޫ ސްކޫލްގައި ދީނީ ކަންކަމަށް ހާއްސަކޮށް ޞާލިޙް ބިނާކޮށްދެއްވި "ދާރުލް ޢިލްމު" އިމާރާތް ހުޅުވައިފި
ހއ. އިހަވަންދޫ ސްކޫލްގެ ދަރިވަރުންނާއި މުވައްޒަފުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި، ނިޝާން މުލީގެ އިއްޒަތުގެ ވެރިޔާ އަދި ދަމާސް ކުންފުނީގެ ޗެއާމަން މުޙައްމަދު ޞާލިޙްގެ ދީލަތި އެހީގައި ބިނާކުރި ދެ ބުރީގެ އިމާރާތް މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ. “ދާރުލް ޢިލްމު” ގެ ނަމުން ނަންދެވިފައިވާ މި އިމާރާތަކީ އިހަވަންދޫ ސްކޫލްގެ ދަރިވަރުންނާއި މުވައްޒަފުންގެ ކިބައިގައި ދީނީ ރޫޙު ވަރުގަދަކުރުމުގެ މަޤްޞަދުގައި ބިނާކުރެވުނު ތަނެކެވެ. މި އިމާރާތް ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ނަމާދުކުރުމަށާއި، ކ...