މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:30 އިން 23:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު Over the country އަށް (19:00 އިން 01:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,381 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 261 ވަނަ ޞަފްޙާ

ޚާމަނާއީ ޝަހީދުކޮށްލުމާ ގުޅިގެން އިންޑިއާގެ މުސްލިމުންގެ ބޮޑެތި މުޒާހަރާތަކެއް، ކަޝްމީރުގެ ސްކޫލްތަކާއި ކޮލެޖްތައް ބަންދު

ޚާމަނާއީ ޝަހީދުކޮށްލުމާ ގުޅިގެން އިންޑިއާގެ މުސްލިމުންގެ ބޮޑެތި މުޒާހަރާތަކެއް، ކަޝްމީރުގެ ސްކޫލްތަކާއި ކޮލެޖްތައް ބަންދު

އީރާނުގެ އެންމެ އިސް ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން، އިންޑިއާގެ އެކި ސަރަޙައްދުތަކުގައި ތިބި މުސްލިމުން ނުކުމެ ބޮޑެތި މުޒާހަރާތަކެއް ފަށައިފިއެވެ. މިދިޔަ ހޮނިހިރު ދުވަހު އެމެރިކާއާއި އިސްރާއީލުން ގުޅިގެން އީރާނަށް ދިން ވަރުގަދަ ވައިގެ ހަމަލާތަކެއްގައި ޚާމަނާއީ އަވަހާރަވުމާ ގުޅިގެން، އިންޑިއާގެ މުސްލިމުން ދަނީ އެމަނިކުފާނުގެ މަރަށް އިންސާފު ހޯދުމަށް ގޮވާލަމުންނެވެ. މި ހާދިސާގެ ހިތާމައިގައި އާދީއްތަ ދުވަހު އިންޑިއާގެ ގިނަ ސިޓީތަކެއްގައި އެތައް ހާސް މުސްލިމުން މަގުތަކަށް ނުކ...

ނާޒިމާ އަލީ
މޮނިޓަރުންނާއި އޮބްޒާވަރުންގެ ގޮތުގައި ކުރިމަތިލުމަށް އިތުރު ފުރުޞަތެއް

މޮނިޓަރުންނާއި އޮބްޒާވަރުންގެ ގޮތުގައި ކުރިމަތިލުމަށް އިތުރު ފުރުޞަތެއް

2026 އެޕްރީލް 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއް ހަމަ މިދުވަހު ނެގުމަށް ހަމަޖެހިފައިވާތީ، މޮނިޓަރުންނާއި އޮބްޒާވަރުންގެ ގޮތުގައި ކުރިމަތިލުމަށް އިތުރު ފުރުޞަތުއް ދިނުމަށް އިލެކްޝަން ކޮމިޝަނުން ނިންމައިފި އެެވެ. އެގޮތުން މޮނިޓަރުން އަދި އޮބްޒާވަރުންގެ ގޮތުގައި ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުން 2026 މާރިޗު 03 ވާ އަންގާރަ ދުވަހުން ފެށިގ...

އައިޝަތު ޢާދަމް
އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވާން ނަން ނޯޓު ކުރުމުގެ ފުރުސަތު މި މަހު ހުޅުވާލަނީ

އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވާން ނަން ނޯޓު ކުރުމުގެ ފުރުސަތު މި މަހު ހުޅުވާލަނީ

އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައި ބާއްވަން ނިންމާފައިވާ ” ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު” ގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ނަން ނޯޓު ކުރުމުގެ ފުރުސަތު މި މަހުގެ ތެރޭގައި ހުޅުވާލާނެ ކަމަށް އިގްތިސާދީ ތަރައްގީއާ ވިޔާފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެ އެވެ. އިއްޔެ ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވަޒީރު ވަނީ މި އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވަނީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ އަހަރުގެ ގޮތުގައި ކަމަށް ވިދާޅު...

އައިޝަތު ޢާދަމް
ވިޒިޓް މޯލްޑިވްސްގެ ރަސްމީ ވޮލެޓްގެ ގޮތުގައި ސްވައިޕް ހަމަޖައްސައިފި

ވިޒިޓް މޯލްޑިވްސްގެ ރަސްމީ ވޮލެޓްގެ ގޮތުގައި ސްވައިޕް ހަމަޖައްސައިފި

ބޭންކް އޮފް މޯލްޑިވްސްގެ ޑިޖިޓަލް ވޮލެޓް ސްވައިޕް އަކީ ވިޒިޓް މޯލްޑިވްސްގެ ރަސްމީ ވޮލެޓުގެ ގޮތުގައި ހަމަޖައްސައިފި އެވެ. ގައުމީ ބޭންކުން ބުނީ އެ ބޭންކުގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ސްވައިޕް އަދި ވިޒިޓް މޯލްޑިވްސްއާ ދެމެދުގައި މިކަމާ ގުޅޭ ސްޓްރެޓިޖިކް އެއްބަސްވުމުގައި ސޮއިކުރެވިފައިވާ ކަމަށެވެ. ބީއެމްއެލްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފެވެ. އަދި ވިޒިޓް މޯލްޑިވްސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ އެންޑް މެނޭ...

އައިޝަތު ޢާދަމް
ދަތިކަމެއް ނެތި ޑޮލަރު ލިބޭނެ: ސައީދު

ދަތިކަމެއް ނެތި ޑޮލަރު ލިބޭނެ: ސައީދު

ރާއްޖެއަށް ޑޮލަރުގެ ތާށިކަމެއް ނެތް ކަމަށާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުފުޅެއް ނަމަ އެކަން އެގޮތަށް ކުރިއަށްދާނެކަމުގެ ޔަގީން އިގްތިސާދީ ތަރައްގީއާ ވިޔާފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެ އެވެ. ރާއްޖެއިން ބޭރަށް ފުރާ ކޮންމެ ދިވެއްސަކަށް އެއާޕޯޓުން ދޫކުރަމުންދާ 500 ޑޮލަރު 1،000 ޑޮލަރަށް އިތުރުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ 2024 ވަނަ އަހަރު ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރަން ބޭއްވި ޖަލްސާގައި ވާހަކަފުޅު...

އައިޝަތު ޢާދަމް
ވޯޓުލާން ރަޖިސްޓަރީވެފައިވާ ފޮށީގެ މަޢުލޫމާތު އާންމުކޮށް، ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފި

ވޯޓުލާން ރަޖިސްޓަރީވެފައިވާ ފޮށީގެ މަޢުލޫމާތު އާންމުކޮށް، ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފި

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު، އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ފޮށީގެ މަޢުލޫމާތު ހިމެނޭ ރަޖިސްޓަރީ އިލެކްޝަންސް ކޮމިޝަނުން އިއްޔެ އާންމުކޮށްފި އެވެ. އިލެކްޝަން ކޮމިޝަނުން އިއްޔެ ވަނީ އަންނަ އެޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ގ...

އައިޝަތު ޢާދަމް
އިޒުރޭލުގެ މޮސާޑް - އެންމެ  އަނިޔާވެރި ޖާސޫސީ އިދާރާ

އިޒުރޭލުގެ މޮސާޑް - އެންމެ އަނިޔާވެރި ޖާސޫސީ އިދާރާ

އިޒުރޭލުގެ ޖާސޫސީ އިދާރާކަމުގައިވާ މޮސާޑަކީ ދުނިޔޭގައި އޮތް އެންމެ ނުރައްކާތެރި އަދި އެންމެ އަނިޔާވެރި ޢަމަލުތައް ހިންގާ ޖާސޫސީ އިދާރާއެވެ. އިޒުރޭލުގެ މަސްލަހަތު ހިމާޔަތްކުރުމުގެ ނަމުގައި، މުޅި ދުނިޔޭގައި މި ޖަމާޢަތުން ދަނީ ގިނަގުނަ ސިއްރު އޮޕަރޭޝަންތަކާއި ލާއިންސާނީ އަނިޔާވެރި ޖަރީމާތައް ހިންގަމުންނެވެ. މޮސާޑު އުފެދުނީ 1949 ވަނަ އަހަރު ގައެވެ. އޭގެ ކުރިން ވެސް އެކި ނަންނަމުގައި އިޒުރޭލުގައި ޖާސޫސީ ސިއްރު މަސައްކަތްތައް ކުރަމުން އައެވެ. އިޒުރޭލުގެ ފުރަތަމަ ބޮޑުވަޒީރު ޑޭވިޑް ބެންގެ އިރުޝާދުގެ ދަށ...

ޢަބްދުﷲ ސަޢީދު
'ހަމަލާއަށް މައުލޫމާތު ދިނީ ޚާމަނާއީ ހުންނެވި އިމާރާތުގައި ހުރި އެމެރިކާގެ ޖާސޫސެއް'

'ހަމަލާއަށް މައުލޫމާތު ދިނީ ޚާމަނާއީ ހުންނެވި އިމާރާތުގައި ހުރި އެމެރިކާގެ ޖާސޫސެއް'

އެމެރިކާ އާއި އިސްރާއީލު ގުޅިގެން އީރާނުގެ އެންމެ އިސް ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ޝަހީދުކޮށްލުމަށް 28 ފެބްރުއަރީ 2026 ގައި ދިން ހަމަލާތަކާ ގުޅިގެން އާންމުކޮށްފައިވާ އިންޓެލިޖެންސް ރިޕޯޓްތަކާއި ތަހުގީގީ މައުލޫމާތުތަކުގައިވާ ގޮތުން، އިސްރާއީލުގެ “އޮޕަރޭޝަން ރޯރިންގ ލަޔަން” އަދި އެމެރިކާގެ “އޮޕަރޭޝަން އެޕިކް ފިއުރީ” ގެ ނަމުގައި ހިންގި މި އޮޕަރޭޝަނުގައި ޚާމަނާއީ ޝަހީދުކޮށްލާފައިވަނީ، އެތައް އަހަރަކަށް ދެމިގެންދިޔަ، ސައިބަރ ޓެކްނޮލޮޖީއާއި ޖާސޫސީ ކަންކަން ބޭނުންކޮށްގެން ރޭވި ރޭވުމެއްގެ ދަށުންކަން ހާ...

ނާޒިމާ އަލީ
އިހަވަންދިއްޕޮޅު ތަރައްޤީކުރުން ތަންފީޒުކުރުމުގެ މަސައްކަތްތައް 'މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ ޑިވެލޮޕްމަންޓް'ގެ ދަށަށް

އިހަވަންދިއްޕޮޅު ތަރައްޤީކުރުން ތަންފީޒުކުރުމުގެ މަސައްކަތްތައް 'މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ ޑިވެލޮޕްމަންޓް'ގެ ދަށަށް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ސަރުކާރުގެ ސައްތައިންސައްތަ ހިއްސާވާ ކުންފުންޏެއް ކަމަށްވާ ގްރޭޓަރ މާލެ ފައިނޭންޝަލް ޑިސްޓްރިކްޓް ލިމިޓެޑްގެ ނަން، “މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ ޑިވެލޮޕްމަންޓް ލިމިޓެޑް” ގެ ނަމަށް ބަދަލުކުރައްވައިފިއެވެ. ރައީސްގެ ގަރާރަކުން މި ބަދަލު ގެންނަވާފައިވާއިރު، ގްރޭޓަރ މާލެ ފައިނޭންޝަލް ޑިސްޓްރިކްޓް ލިމިޓެޑަކީ ރާއްޖެ ބައިނަލްއަގުވާމީ މާލީ މަރުކަޒަކަށް ހަދައި، އިގްތިސާދު ކުރިއެރުވުމަށް 2025 ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ. މި ކުންފުނީގެ މައިގަނޑު މަގުސަދަކީ ޑިޖިޓަލް ފަ...

ޔުމްނާ ޢަލީ
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ވޭތުވި ފަސް އަހަރުގެ ބީލަންތަކުގެ ތަފްސީލް އާންމުކޮށްފި

ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ވޭތުވި ފަސް އަހަރުގެ ބީލަންތަކުގެ ތަފްސީލް އާންމުކޮށްފި

ކުޅުދުއްފުށީ ސިޓީ ކައުންސިލުން 2021 ވަނަ އަހަރުން ފެށިގެން 2025 ވަނަ އަހަރުގެ ނިޔަލަށް ކުރިއަށް ގެންގޮސްފައިވާ އެންމެހާ ބީލަންތަކާއި ބެހޭ ތަފްޞީލު މަޢުލޫމާތުތައް އެ އިދާރާގެ ވެބްސައިޓުގައި އާންމުކޮށްފިއެވެ. މިއީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ހުށަހެޅުނު ގިނަ ހުށަހެޅުންތަކަކަށް ޖަވާބުދާރީވުމުގެ ގޮތުންނާއި، ކައުންސިލްގެ މަސައްކަތްތަކަކީ ދެފުށްފެންނަ ނިޒާމެއްގެ ތެރެއިން ކުރެވޭ މަސައްކަތްތަކަކަށް ހެދުމަށް އެޅުނު ފިޔަވަޅެއްކަމަށް ސިޓީ ކައުންސިލުން ބުންޏެވެ. ކައުންސިލުން ހާމަކ...

ޔުމްނާ ޢަލީ
ޚާމަނާއީގެ އަނބިކަނބަލުން އަވަހާރަވެއްޖެ

ޚާމަނާއީގެ އަނބިކަނބަލުން އަވަހާރަވެއްޖެ

އީރާނުގެ ކުރީގެ މަތީ މަޤާމު ފުރުއްވި އާޔަތުﷲ އަލީ ޚާމަނާއީގެ އަނބިކަނބަލުން މަންސޫރާ ޚޮޖަސްތޭ ބާގިރްޒާދާ، 2026 މާރިޗު 2 ވީ ހޯމަ ދުވަހު އަވަހާރަވެއްޖެއެވެ. އީރާނުގެ ރަސްމީ މީޑިއާ މަޞްދަރުތައް ކަމަށްވާ ތަސްނީމް އަދި ޕްރެސް ޓީވީން މަޢުލޫމާތު ދޭ ގޮތުގައި، އެކަމަނާ އަވަހާރަވީ 28 ފެބުރުވަރީ 2026 ގައި އެމެރިކާއާއި އިސްރާއީލުން ގުޅިގެން ދިން ވައިގެ ހަމަލާތަކުގައި ލިބުނު ބޮޑެތި އަނިޔާތަކަށް ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ. ތެހެރާނުގައި ހުންނަ ސުޕްރީމް ލީޑަރުގެ ގަނޑުވަރަށް އަމާޒުކޮށް […]

ނާޒިމާ އަލީ
އީރާނާ ދެކޮޅު ހަނގުރާމާގައި ބައިވެރިއެއް ނުވާނަން: ޖަރުމަނު

އީރާނާ ދެކޮޅު ހަނގުރާމާގައި ބައިވެރިއެއް ނުވާނަން: ޖަރުމަނު

އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ދޭ އެއްވެސް އަސްކަރީ ހަމަލާއެއްގައި ބައިވެރިނުވާނެކަން ޖަރުމަނުން ކަށަވަރުކޮށްދީފިއެވެ. ޚާރިޖީ ވަޒީރު ޔޯހަން ވަޑެފުލް ހޯމަ ދުވަހު ވިދާޅުވީ، ތެހެރާންގެ ނިއުކްލިއަރ އަދި ބެލިސްޓިކް މިސައިލް ގާބިލުކަން ނައްތާލުމަށް ވޮޝިންޓަނާއި ތެލް އަވީވުން ކުރާ މަސައްކަތަށް ބާލިންއިން ތާއީދުކުރި ނަމަވެސް، އަމަލީ ގޮތުން އެއްވެސް ހަމަލާއެއްގައި ބައިވެރިނުވާނެ ކަމަށެވެ. ދައުލަތުގެ ބްރޯޑްކާސްޓަރު ‘ޑޮއިޗްލަންޑްފަންކް’ އަށް ދެއްވި އިންޓަވިއުއެއްގައި ވަޑެފުލް ވިދާޅުވީ، ޔޫރަޕްގެ...

ނާޒިމާ އަލީ
ނަތަންޔާހޫގެ އޮފީހަށާއި އެއަރފޯސް ކޮމާންޑަރުގެ މަރުކަޒަށް އީރާނުން ވަރުގަދަ ހަމަލާތަކެއް ދީފި

ނަތަންޔާހޫގެ އޮފީހަށާއި އެއަރފޯސް ކޮމާންޑަރުގެ މަރުކަޒަށް އީރާނުން ވަރުގަދަ ހަމަލާތަކެއް ދީފި

މި ހިނގާ މާރިޗު މަހުގެ 2 ވީ ހޯމަ ދުވަހު، އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހަށާއި، އެ ގައުމުގެ އެއަރފޯސް ކޮމާންޑަރު ދިރިއުޅުއްވާ މަރުކަޒަށް އަމާޒުކޮށް ވަރުގަދަ މިސައިލް ހަމަލާތަކެއް ދީފިއެވެ. ތެހެރާނުން މި ހަމަލާތައް ދީފައިވަނީ އީރާނުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން އޭގެ ބަދަލުހިފުމުގެ ގޮތުންނެވެ. އޮޕަރޭޝަން ޓްރޫ ޕްރޮމިސް 4 އީރާނުގެ އައި.އާރު.ޖީ.ސީ އާ ގުޅުން […]

ނާޒިމާ އަލީ
''މި ދަނޑިވަޅުގައި ރާއްޖެއިން މަސައްކަތްކުރާނީ ޢަރަބި އިސްލާމީ ޤައުމުތަކާއެކީ އެކަތިގަނޑެއްގެ ގޮތުގައި''

''މި ދަނޑިވަޅުގައި ރާއްޖެއިން މަސައްކަތްކުރާނީ ޢަރަބި އިސްލާމީ ޤައުމުތަކާއެކީ އެކަތިގަނޑެއްގެ ގޮތުގައި''

މެދުއިރުމަތީގައި އެމެރިކާ އާއި އިސްރާއީލުން އިސްވެ އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމަ އާއި ގުޅިގެން، ދިވެހިރާއްޖެއިން މަސައްކަތްކުރާނީ ޢަރަބި އިސްލާމީ ޤައުމުތަކާއެކު އެއް ބްލޮކެއްގެ ގޮތުގައިކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވަނީ މި ހަނގުރާމައަކީ އިސްލާމީ އުންމަތަށް ލިބުނު ބޮޑު ހިތާމައެއްގެ ގޮތުގައި ސިފަކުރައްވައި، ދެވޭ ޙަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ. ސަރަޙައްދީ މަސްލަ...

ޔުމްނާ ޢަލީ
އެމެރިކާއިން އިސްކަންދެނީ އިސްރާއީލުގެ ދިފާޢުއަށްބުނެ ގަލްފްގެ ބައިވެރިން ބާކީކޮށްލާފައިވާކަމުގެ ޝަކުވާ

އެމެރިކާއިން އިސްކަންދެނީ އިސްރާއީލުގެ ދިފާޢުއަށްބުނެ ގަލްފްގެ ބައިވެރިން ބާކީކޮށްލާފައިވާކަމުގެ ޝަކުވާ

އީރާނުގެ ބަދަލުހިފުމުގެ ހަމަލާތަކާ ގަލްފުގެ ގައުމުތަކުން ކުރިމަތިލާން ޖެހިފައިވާ މި ނުތަނަވަސް ދަނޑިވަޅުގައި، އެމެރިކާއިން އިސްކަންދެނީ ހަމައެކަނި އިޒްރޭލުގެ ދިފާއަށް ކަމަށް ބުނެ ގަލްފުގެ ބައިވެރިން ކަންބޮޑުވުން ފާޅުކޮށްފިއެވެ. ”އަލްޖަޒީރާ”އާ ވާހަކަދެއްކެވި ސައުދީ އަރަބިއްޔާގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި، އެމެރިކާގެ މި އަމަލުތަކުގެ ސަބަބުން އެ ސަރަހައްދުގެ ގާތް ބައިވެރިން “ބާކީކޮށްލާފައިވާ” ކަމުގެ އިހުސާސް ކުރެވެއެވެ. މި ހިތްހަމަނުޖެހުންތައް އުފެދިފައިވަނީ އީރާނާ ދެކޮޅަށް އެމެރިކާއިން ކުރި...

ޔުމްނާ ޢަލީ
ފޯޅަވަހި ލިބުން އެންމެ ޙައްޤުކަން ބޮޑީ ދިވެހިންނަށް: ރައީސް

ފޯޅަވަހި ލިބުން އެންމެ ޙައްޤުކަން ބޮޑީ ދިވެހިންނަށް: ރައީސް

ފޯޅަވަހި ލިބުން އެންމެ ޙައްޤުކަން ބޮޑީ ދިވެހިންނަށްކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ނޫސްވެރިންނާ ބައްދަލުކުރައްވައި މިއަދު ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ފޯޅަވައްސަކީ ދިވެހިންނާ ގުޅުންހުރި ތަނެއްކަމުގެ ތާރީޚީ ހެކިތައް ފެންނަން އެބަހުރި ކަމަށެވެ. މިކަމުގެ ހެއްކެއްގެ ގޮތުން ރައީސް ފާހަގަކުރެއްވީ، ފޯޅަވަހީގެ ޗާޓަކާ އެކު 9 ވަނަ ޙަސަން ރަސްގެފާނު 16 ވަނަ ޤަރުނުގައި ލިޔުއްވާފައިވާ ސިޓީފުޅެވެ. ރައީސް ވިދާޅުވީ ފޯޅަވަހި ލިބުން ހައްގުވެރި ޤައުމަކާ އެތަން ހަވާލުކުރާ...

ޔުމްނާ ޢަލީ
އެފްއޭއެމްގެ ޚިޔާނާތުގެ މައްސަލާގައި ހިމެނޭ އަމީންގެ ބައި ހައިކޯޓުގައި އިސްތިއުނާފްކޮށްފި

އެފްއޭއެމްގެ ޚިޔާނާތުގެ މައްސަލާގައި ހިމެނޭ އަމީންގެ ބައި ހައިކޯޓުގައި އިސްތިއުނާފްކޮށްފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) އަށް ލިބެންޖެހޭ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލާގައި ހިމެނޭ އަމީން ކޮންސްޓްރަކްޝަން ޕްރައިވްޓް ލިމިޓެޑްގެ މައްޗަށް ދައުލަތުން އުފުލި ދަޢުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފްކޮށްފިއެވެ. އެފް.އޭ.އެމްގެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލާގައި އަމީން ކޮންސްޓްރަކްޝަންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ މަނީ ލޯންޑަރކުރުމަށް އެހީތެރިވުމުގެ ކުށުގެ ދަޢުވާއެ...

ޔުމްނާ ޢަލީ
މިއަދު ސުކޫކު ދައްކަންޖެހުނަސް އެ މިންވަރަށް ފައިސާ އެބަހުރި: ރައީސް

މިއަދު ސުކޫކު ދައްކަންޖެހުނަސް އެ މިންވަރަށް ފައިސާ އެބަހުރި: ރައީސް

މިއަދު ސުކޫކު ދައްކަންޖެހުނު ކަމުގައި ވީ ނަމަވެސް އެ މިންވަރަށް ފައިސާ އެބަހުރި ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، 500 މިލިއަން ޑޮލަރުގެ ސުކޫކު 8 އޭޕްރިލް 2026 ގައި ދެއްކެވުމަށް ސަރުކާރުން ނިންމަވާފައިވާއިރު، އެކަމަށް ބޭނުންވާ ފައިސާ މިހާރުވެސް ރިޒާވްގައި އެބަހުރި ކަމަށެވެ. ސުކޫކާ ގުޅޭ ތަފްސީލު ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ، މި ފައިސާ ދެއްކެވުމަށްޓަކައި 650 މިލިއަން ޑޮލަރަށްވުރެ ބޮޑުއަދަދެއް މިހާ...

ޝިއުނާ އާދަމް