އަފްޣާނިސްތާން ހަނގުރާމަ - ވޭތުވެދިޔަ ތިންމަހު 1174 މީހުން މަރުވެފައިވޭ: ޔޫއެން
އަފްޣާނިސްތާނުގައި ކުރަމުންދާ ހަނގުރާމައިގައި ފާއިތުވި 3 މަސްދުވަހު ދެވުނު ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު ‘މީގެ ކުރިން ދުވަހަކުވެސް ނުވާ ވަރަށް އިތުރުވެފައިވާ’ ކަމުގައި އދ. އިން ހާމަކޮށްފިއެވެ. އެ ޖަމްއިއްޔާއިން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ ފާއިތުވި ޖުލައި މަހުން ފެށިގެން ސެޕްޓެންބަރުގެ ނިޔަލަށް ދެވުނު ހަމަލާތަކުގައި 1174 މީހުން މަރުވެ، 3139 މީހުން ޒަޚަމްވެފައި ވާއިރު، މިއީ ފާއިތުވި އަހަރުގެ މި ތިން މަހާ އަޅާބަލާއިރު %42 ގެ އިތުރުވުމެކެވެ. ގިނަ މީހުން މަރުވެފައި ވަނީ […]