ގައުމަށް ޚިދުމަތެއް ކުރުމަށް، މުޖުތުމައަށް ފައިދާއެއް ކުރާނެކަމުގެ އުންމީދުގައި، އެހެންމީހުންގެ ދިރިއުޅުމުގެ ފެންވަރަށް ހެޔޮބަދަލެއް ގެނައުމަށް ބޭނުންވެގެން، އިޚްލާސްތެރިކަމާއެކު މީހަކު ކުރާ މަސައްކަތަށް ފާޑުކިޔުމަކީ ކުރަން ފަސޭހަކަމެކެވެ.

އެއީ ދުލެއް ނުވަތަ ގަލަމެއް އޮތް ކޮންމެ މީހަކަށް ކުރެވިދާނެކަމެކެވެ. އެހެންނަމަވެސް، ކުރިންދެންނެވި ފަަދަ ޚިދުމަތްތެރި އަދި ކަންކުރާ މީހަކަށް ވުމަށްޓަކާ - ތަންދޮރުފިލާފައި ހުރުމާ، އެކަމަށް ވަގުތުދޭނެ މީހަކަށްވުމާ، ހެޔޮނިޔަތެއް އޮތުމާ، ޒާތީނުވުމާ، ދެމިހުރުމަކީ މުހިންމު ދައުރެއް އަދާކުރެއެވެ.

Ad
rt

މިކަންކަމަކީ ނޭއްގާނިކަމާއެކު ކަންކަމަށް ފާޑުކިޔުމާއި ނެތިމޮށުމުގެ އާދަ ކަށީގައި ހިފާފައިވާ މީހަކަށް ފަސޭހަކަމެއް ނޫނެވެ.

ދިވެހިންގެ ގައުމިއްޔަތުގެ ތަރިކަ ރައްކާތެރިކުރުމާއި ތަންދޮރުފިލާފައިތިބި ޒުވާން ޖީލެއް ބިނާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދިގުމުއްދަތަކަށް ނުކުރެވި އިހުމާލުވެފައި އޮތުމުގެ ނަތީޖާއާއި އަޅުގަޑުމެން މިއަދު މިދަނީ ކުރިމަތިލަމުންނެވެ. އެއީ ވަރަށް ހިތި ހިތްދަތި ހަގީގަތެކެވެ.

ދިވެހި ގައުމިއްޔަތުގެ އެންމެ އިސަބަހާތަކަކީ - މާއްދިއްޔަތާ، އަނެކުންނަށް އެއްވެސް އިހުތިރާމެއް ނެތި ތިމާގެ ޒާތީ އަގީދާއަކީ ކަންއޮންނާންވާނެ އަދި ތެދު ހަމައެކަނި ގޮތްކަމާ، ފަނާކުރުވަނިވި ވަސީލަތްތަކުން ހޯދާ ކާމިޔާބީތައް ކަމުގެ އިހްސާސް މިއަދު ކުރެވެއެވެ.

މިއީ މިގައުމުގެ މުސްތަގުބަލާމެދު ޚިޔާލުކުރާ ކޮންމެ މީހަކު ފުންކޮށް ވިސްނާ ފިކުރުކުރަންޖެހިފައިވާ ވަގުތެކެވެ.